ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރައްޔިތުން މަޖިލީހުގެ ޖަލްސާ ކުރާ މާލަމަށް ފެނުގެ އަސަރުކޮށް މަޖިލިސް ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅިއްޖެއެވެ.

ޖަލްސާ ކުރާ މާލަމަށް ފެން ލީކް ވެފައި ވާތީ މިއަދު 09:00 ގައި ފަށަން އޮތް ޖަލްސާ ފެށުން ލަސް ކުރިއެވެ. ނަމަވެސް 09:40 ހާއިރު މަޖިލީހުގެ ޖަލްސާ ވަނީ ފަށާފައެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލެއް ފާސްކުރުމެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ކުރާ މާލަމަށް ފެން ވަން އިރު ރޭ މެންދަމުން ފެށިގެން މާލެ އަށް ދަނީ މެދުނުކެނޑި ވާރޭ ވެހެމުންނެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ދޮޅު ފޫޓަށް ފެން ބޮޑުވެފައެވެ. ހައުސިން މިނިސްޓްރީ އިން ވިދާޅުވާ ގޮތުގައި ފެން ހިންދަން ބޭނުން ކުރާ ޕަމްޕްތަކަށް ބަޔަކު ވަނީ ގަސްދުގައި ގެއްލުން ދީފައެވެ.

މާލޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިން ގެންދަނީ ކުރަމުންނެވެ.

ފާއިތުވި ދެތިން ދުވަހު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލެ އާއި ދެކުނުގެ ގިނަ ރަށްރަށުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދާއޫދު

    ނޫންނޫން! މަޖްލިސްފުޅުގެ ޖަލްސާފުޅުތައް ކުރައްވާ މާލަންފުޅަށް ފެންފުޅު ވެދެވަޑައިގަތީ! މިއީ އެފަދަ ޢިއްޒަތްތެރި ތަނަކަށް ނިސްބަތްކުރެވޭނޭ ގޮތަކީ!

    • ބަކުރު

      އަދިވެސް ނުބައި! މަޖިލިސްފުޅުގެ ޖަލްސާފުޅު ކުރައްވާ މާލަންފުޅަށް ފެންފުޅު ވަދެވަޑައިގަތީ! މިގޮތަށް ރައްޔިތުންގެ މަޖިލިސްފުޅުގެ އެންމެމާތްފުޅު ޢިއްޒަތްތެރި ބޭފުޅުންނަށް މުޚާތަބްފުޅު ކުރައްވަން ވާނީ.. .

  2. ބޭބެ

    ރަގަނޅު!! ތިތާ ތިބި މީހުން ތިތަން ތާހިރު ނުކުރާތީ ގުދުރަތީ ގޮތުންވެސް ފެން ވަންނަވަރު ވެއްޖެ ތިތާ ތެރެއަށް!! ތީ މީހާރު މިރާއްޖޭގައި 7 ފަހަރު ފެނުން ދޮވެ ސާފުތާހިރު ކުރަންޖެހިފައިވާ ދެ ތަނުގެ ތެރެއިން އެންމެ މުޑުދާރު ތަނެއް!! ތިތަން މުޑުދާރުވަނީ ތިތާ ތެރެއަށް ރައްޔިތުންގެ ފަރާތުން ވައްދާފަ ތިބޭ މީހުން ކުރާ ވިޔާނުދާ ކަންތައްތަކުގެ ސަބަބުން!! ކަޅުފައިސާއަށް ޖީބުތައް ބަރުކުރާތީ!! ކިތަންމެ ބާރެއް އަމިއްލައަށް ހޯދައިގެންވިޔަސް މީހުންގެ ޙައްގުތަކަށް އަރައިގަންނަނީ އެމީސް މީހުންގެ އަބުރު ކަތިލަމުން!! ދޮގު ހެދުމާއި މަކަރާއި ހީލަތް އިންތިހާއަށް ބޮޑު!! މިއީ ކިތަންމެ ބަޔަކު ދައްކާ ވާހަކަ!! ނުވަތަ ތުހުމަތުކުރާ ކަންތައްތައް!! ތުހުމަތުކުރަނީވެސް ސަބަބުތައް ހުރެގެން!! އެހެންވީމަ ތިތަނަށް ފެންވަދެގެން ނަމަވެސް ތާހިރުކުރަން ލަސްވެއްޖެ!!

  3. ޢަލީ

    ރައީސްގެ އިތުބާރުގެ މައްސަލަ އޮއްވާ ޖަލްސާ ނުކުރެވޭވާހަކަ ކުރިންކިޔާ މިހާރު އެކަން ބަދަލުވީތޯ، އެމީހަކާއެމީހަކު، ސަބީލިއްލާހި

  4. ކަނދޮޅޭ

    އަތުންފައިން މަސައކަތެއްނުކޮށް އަނގައަރުވައިގެން ބޮޑުމުސާރަލިބޭތަނެއް ތިނޫނީ ނެތް!

  5. އަހްމަދު

    ބަލަގަ އިއްޔެގަބޭނުންވިދެބިލެއްގެ މަސައްކަތްނިންމާލާފަ މިއަދުއެއްކަލަ އިހްލާސްތެރިމެންބަރުންކޮޅު ރައްޔިތުންގެއަޑު އަނބިދަރިންނަށް އިއްވަން ގޭގަމަޑުކުރެއްވީތޯ ސްޕްރިންކޯޓުން އެބަޖެހޭ ޖަލްސާތަކުގަ ބައިވެރިނުވާ މެނބަރުންގެ މުސާރަ އުނިކުރެވޭނެ ހުކުމެއް ސޫމޯޓޯއަކުންނަމަވެސްނިންމަން ރައްޔިތުންފައިސާ ބޭކާރުވެގެންނުވާނެ

  6. މަޖިލިސް

    ރިޔާސަތުގަ އިންނަވާ ބޭފުޅެއްގެ ހިމާޔަތުގައި ފެންސްޖަހައި ރިޔާސަތު އަތްނުފޯރާހާ އުހަށް ނެގިބަޔަކަށް ފެންވަނުން ކޮންޓްރޯލް ނުކުރެވޭނަމަ ތީ ބޮޑު ޖޯކެއް

  7. ވގ

    މޫސަޔާ ހަވާލަކުރޭ އޭނަވަރައްމޯޅުވާ ނުވަންނަގޮތްހަދަން