ސިނަމާލެ ބުރިޖަށް ދަތުރު ކުރުމަށް އަޅާފައި އޮންނަ ހައިވޭގައި މިއަދު ހެނދުނު ވޭނެއް ކޮންޓްރޯލް ނުކުރެވިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ މިއަދު ހެނދުނު 06:00 ހާއިރު މާލެ އިން ހުޅުމާލެ އަށް ދުއްވާފައި ދިޔަ ވޭނެއް ހައިވޭ ދެކަފިވާ ހިސާބުން ކޮންޓްރޯލް ނުވެގެން އަރިމަތީ ފެންސްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މިއެކްސިޑެންޓްގައި އަނިޔާ ވެފައި ވަނީ ވޭން ދުއްވަން އިން ބިދޭސީ ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ވިދާޅުވީ އެކްސިޑެންޓް ވެގެން ބިދޭސީ އަކު މިއަދު ހުޅުމާލޭ ހޮސްޕިޓަލަށް ގެނައި ކަމަށާއި ނަމަވެސް އިތުރު ފަރުވާ ދިނުމަށް މިހާރު އޭނާ އައިޖީއެމްއެޗް އަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އޭނާ އަށް އެކި ވަރުގެ ގިނަ އަނިޔާތަކެއް ވެފައިވާ ކަމަށް އާސަންދަ އިން ވިދާޅުވިއެވެ.

ރޭ ވެސް ހުޅުމާލެ އިން މާލެ އަށް ހައިވޭ ގައި ދަތުރު ކުރަމުން ދިޔަ ދެސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާ ވިއެވެ.

ސިނަމާލެ ބުރިޖާއި، ބުރިޖަށް ދަތުރު ކުރުމަށް ހަދާފައިވާ ހައިވޭތަކުގައި އެކްސިޑެންޓް ހިނގުން ވަނީ ވަރަށް ބޮޑަށް އާންމު ވެފައެވެ. ގިނައިން އެކްސިޑެންޓް ހިނގަމުން ދަނީ އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ. ބުރިޖާއި، ހައިވޭގައި ވެސް އޯވަޓޭކް ކުރުމަކީ މަނާކަމެއް ކަން ފުލުހުން ގެންދަނީ ތަކުރާރުކޮށް ހަނދާން ކޮށްދެއްވަމުންނެވެ. ނަމަވެސް އަދިވެސް ގިނަ މީހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޑެލްބޯއި

    ފުލުހުންނެއް ނުބަލަހައްޓާ! ބުރިޖްގެ ޓޮލް ކަލެކްޓް ކުރަން ހަރުކުރާ ޔުނިޓަކީ ޖީޕީއެސް އެއް އިންނަ އެއްޗަކަށް ހަދާ 50 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާނަމަ ޖޫރިމަނާ ކުރަން ފަށަންވީ. އޭރުން ޑްރައިވަރުންތައް މައިތިރިވެދާނެ!!! އެއީ ވަރަށް ފަސޭހައިން މިޒަމާނުގެ ޓެކްނޮލޮޖީއިން ކޮށްލެވިދާނެ ކަމެއް.

    • ފުލުހުން

      ފުލުހުން ބަލަން ޖެހޭނީ ކޮންމެ ވެހިކަލެއްގައި ފުލުހަކު ބައިންދައިގެން. ފަރުދީ ޒިންމާ އަދާކުރޭ ފުރަތަމަ?

      • ރޮޑްނީ

        އެންމެ ކަޑަކަމަށް ކިޔާ ލަންކާގައި ވެސް ފުލުހުން ނުކުމެ ވަރަށް ރަގަޅަށް ޓްރެފިކު ބަލަހައްޓާ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހައިވޭ ޕެޓްރޯލް އަދި މިނޫން ވެސް ނަންނަމުގައި ޓްރެފިކު ބަލަހައްޓާ ގަވާއިދާ ހިލާފުވާ ފަރާތްތައް ހިފާ ހައްޔުކޮށް ޖޫރިމަނާކޮށް ލައިސަންސް ބާތިލްކުރޭ. ދަންނަވީ އެއްޗަކީ އިންސާނުންނަކީ ވެސް ވަކި އުސޫލެއްގެ ދަށުން ބެލެހެއްޓެންޖެހޭނެ ބައެއްކަން. ފަރުދީޒިންމާއޭ ކިޔާފައި މަސްޢޫލިއްޔަތުން ރެކިގެނެވިގެންނުވާނެ. ރައްޔިތުން މުސާރަދީފައި ތިބެނީ ރައްޔިތުންނަށް ސަލާމަތްކަން ފޯރުކޮށްދޭން.

  2. މަށޭ

    އެއްލަކިން ލައިސަންސް.. ޒުވާނުންނަށްޓަކާ. ތިން މިލިޔަން ރުފިޔާ ކާލީ ޒުވާނުން ބޮލުގަ އަޅުވާފަ

  3. ސަނދުވާ

    ޢާންމުގޮތެއްގައި އޯވަރޓޭކް ކުރެވެނީ، 4 ނުވަތަ 3 ސައިކަލް ސަފަކަށް އެތުރިލައިގެން މަޑުމަޑުން ދުއްވާފައި ދަތުރު ކުރުމުން އަވަހަށް އަންނަން ބޭނުންވާ މީހާޔަށް ބޮޑު އުނދަގުލަކަށް ވާތީއެވެ. މިފަދަ ކަންތައްތައް ބަލައި ޙައްލު ނުކުރެވޭނަމަ އަދިވެސް އެކްސިޑެންޓްތައް ގިނަވެ، އަނިޔާ ލިބުމާއި، މަރުވާމީހުންގެ ޢަދަދު ދާނީ އިތުރުވަމުންނެވެ. ހިތާމަހުރިކަމެއް.

  4. މޫސާ ހަލީލް

    ދުއްވާ އެއްޗަކަށް އެރިއްޖެޔާ ތިބެނީ ހޭބަލިވެފާ ވިޔާ މިހާރު ހުންނާނީ ވޭން ދުއްވިފައެއް ނޫ

  5. ޖ.އާރު

    ބާރަށް ދުއްވާ ހިތްވަރުލާ ދުއްވާ
    ލިބެނީ އަނިޔާ ބިރަކަށް ނުބަލާ

  6. މުހައްމަދު

    އޯވަޓޭކް ކުރުން މަނާކުރުމަކީ އެކްސިޑެންޓް ނުވުމަށް އޮތްް ހައްލެއްނޫން. ބޭނުންވަނީ އޯވަޓޭކް ކުރުމަށް ރަނގަޅު ސިސްޓަމެއް. ރަނގަޅު ގޮތެއް. ވެހިކަލް ދުއްވުމުގައިވެސް އެހެންމީހުންނަށް، އަނެކާއަށް އިޙްތިިިިިިރާމް ކުރުމުގެ ރަނގަޅު ޘަޤާފަތެއް އަށަގެންނެވުން މުހިއްމު ކަމެއް ކަމުގައި ދެކެން.

  7. އެލް

    ބައެއް ފަހަރު އޯވަޓޭކް ކުރަން ޖެހޭނެ، ކުރި މަތީ އިދެދާނެ 15 ގައި މީހަކު ދުއްވާލަ ދުއްވާލަ ނޫނީ ފޯނުގަ، ދެން ހަމަ ފަހަތުގަ ނުދެވިފަ ތިބެންވީތަ، އެކަމަކު އެހެންމީހުންނަށާ އަމިއްލަ މީހާގެ ރައްކާތެރިކަމަށް ވިސްނާފަ އޯވަޓޭކް ކުރަން ޖެހޭނީ، އަދި ދުއްވާނެ ވަކި ސްޕީޑެއް ކަޑައެޅުން މުހިއްމު އެއަރުން އެވަރުގަ ދުއްވާނީ، އެއައްވުރެ މަޑުން ދުއްވަންޏާ ފައިން ކުރާނީ، މިތާ އޮންނަނީ 25 ހާއި 50 ދޭތެރޭ ދުއްވުން ކަންނޭގެ، އަދި އެއައްވުރެ މަޑުން ދުއްވިޔަސް އޯކޭ ޔޯ، އެކަމަކު ހައިވޭއެކޯ

  8. ޝަހާ

    އެމީހެއްގެ ރައްކާތެރިކަން އެމީހަކު އަމިއްލައަށް ހޯދާ! ހެލްމެޓް އެޅުމަށް ޤަވާޢިދު ހަދާ މަޖުބޫރު ނުކުރި ނަމަވެސް ތިމާގެ އަމިއްލަ ސަލާމަތާާއި ރައްކާތެރިކަމަށްޓަކައި ހެލްމެޓް އަޅައިގެން ދުއްވަމާ!

  9. ޢަލިތަކުރު

    ތިޔައީ އެޗް.ޑީ.ސީ ގެ ވޭނެއް.. ހޭކުޑާ ވެގެން ދުއްވާތާ ކިތަންމެ ދުވަހެއް.. ހިތާމަ އަކީ މިއޮއްބޮޑު ބްރިޖް އާއި ހައިވޭގަ ޖުމްލަވެސް 02 ޓްރެފިކް ފުލުހުން ތިބޭކަން. އެއީ ބްރިޖް ފަށާ ހިސާބުގަ ހުންނަ ފުލުހަކާ ބްރިޖް ނިމޭ ހިސާބުގަ ހުންނަ ފުލުހެއް.. ދަންނަވަންތޯ މީ ދެރަވަރު.. މަގުގެ އެތައް މިތާ އެބަ ޖެހޭ ޗެކް ޕޯސްޓްތައް ގާއިމް ކުރަން.. ބާރަށް ދުއްވާ ވެހިކަލްތައް ފާހަގަ ކޮށް ކޮންމެވެސް އެއް ކޮޅަކުން އަތުޖެހޭނެ. އެހިސާބުން ބޮޑު ޖޫރިމަނާ އަކާ އެކު ވެހިކަލް ޓޯކޮއްލީމަ ކޮންމެވެސް ވަރެއް ވާނެ.. ލޯބިން ފިރުމައިގެން ނަސޭޙަތްދީގެން ޗަލާކަހަލަ މީހުންނެއްނޫން މިހާރު ގިނައިން މިއުޅެނީ.. ތިޔަހުރީ ބިދޭސީންގެ ހުރިވަރު. އަދި ކޮބާ ދިވެހިންހެ ހާލަތު. ދަގަނޑު ކެނޑޭނީ ދަނގަޑުން.. ލައްކަ ވާހަކަ މިބުނީ..

  10. އިންސާފް

    ގަވާއިދާހިލާފައް އެއްޗެތިދުއްވާ ފަރާތްތައް ހުއްޓުއް ވޭނީ އެމީހަކު ދުއްވި ވެހިކަލެއް ވަކިމުއްދަތަކައް ފުލުހުންގެ ބެލުމުގެދަށައް ގެންގޮސްގެން

  11. ޖޮއްބެ

    ވާގޮތަކީ ބްރިޖްމަތިން ނުވަތަ ހައިވޭ އިންވެސް ދުއްވަމުން ދެ ސައިކަލް އެއްހަމައެއްގައި ދުއްވަމުން އެކި އެކި ވާހަކަ ދައްކަނީ އެވަގުތު އެ ދެ ސައިކަލްގެ ވެސް ދުވެލި މާ ބާރެއް ނުވާނެ އެހެންކަމުން ފަހަތުން އަންނަ މީހާ އަވަހަށްދާން ބޭނުންވާތީ އޯވަރ ޓޭކްކުރަނީ.

  12. މަހުރީން

    ވަރަށް ހިތާމަވެރި ހަބަރެއް

  13. އުދުހޭ ކުރަފި

    ތީ ދުއްވާނެ ޖާގަ ތަންކޮޅެއް ތަނަވަސް ވީމަވެސް ވާވަރު.މިމީހުންނަށް ވިސްނޭނީ އަނިޔާއެއް ލިބިގެން އެނދުމަތީގަ ހިރިނުލެވޭ ވަރުވީމަ.ހާއްސަކޮށް ސައިކަލުތަކުގަ އުދުހި މިއުޅޭ ޒުވާނުން.

  14. ޅިޔަނު

    ޥެނެ ކޭ ނުބުނޭ ބުނޭ ހައުސިން ގެ ވޭނެކޭ

  15. ދޮންބެ

    އާންމުގޮތެއްގައި ކޮމްޕެނީ ތަކުގެ ވޭން ދުއްވަން ތިބޭ މީހުން ވަރަށް ބާރަށް މިމާލޭގަވެސް ދުވާކަމަށް ފާހަގަ ކުރެވެއެވެ.

  16. އަހުމަދު

    އެޗްޑީސީ ގެ ވޭނެއް