ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުގެ ގޮނޑިވެސް ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުއާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲއާއި، ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ މަޖިލީހުގެ މެންބަރުކަމުން ވަކި ނުވާކަމަށް ހުކުމް ކޮށްފައެވެ.

އެއާއެކު މެމްބަރުކަމުން ވަކިވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅާފައެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން ދެން ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދާއި، ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުހައްމަދާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދާއި، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީއެވެ.

ޕީޕީއެމް އިން ވަކި ކުރުމާ ގުޅިގެން މި 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިއާޔަތްކޮށެވެ. އެ ހުކުމް ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ނަމަވެސް އެ ހުކުމުގެ ކުރިން ވެސް ޕީޕީއެމުން ވަކިވާން މި މެމްބަރުން ސިޓީ ފޮނުވާފައިވާތީ ގޮނޑި ގެއްލުނު މައްސަލަ އެ ބޭފުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކުރުމުން، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް މިހާރު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ހުސޭނުބޭ

  ވޯޓުގެ ފަހުން ތިނޫން އަޑެއް އަދި ނީވޭ! މިއީކަން ނޭގޭ މައުމޫނު އެ ބުނާ ހަނދުކޭތައަކީ!

  • ބޭބެ

   ސަދޫމްގައި ހިފާ ހަނދުކޭތަ!! މިއޮތީ ވާކަމެއް!! ހުރިހާ ކަމެއް ތިހެންގޮސް ނިންމާނެ!! ކުރާނެކަމެއް ނެތް!! ދެން އޮތީ ޙަމްދުކޮށް ހެއްދެވި ފަރާތަށް ދުޢާކުރުން!! މިނޫން ދުވަހެއް ދައްކަވާތޯ!! މިއޮތީ ޢަދުލު އިންސާފޭ މިކިޔާއެއްޗެއް މުޅިން އެހެން މަރުޙަލާއަކަށް ގެންގޮސްފަ!! ނުފޫޒު!! މަގާމުގެ ދަހިވެތިކަން!! ފައިސާ!! މިކަންތައްތައް ތަންތަނަށް އަދި މީހުންގެ ސިކުނޑިތަކަށް ވަނީމާ ޢަދުލެއް އިންސާފެއް އެހެންކަމެއް ނޮއޮންނާނެ!! ކަންކަން އޮންނާނީ ހަމައިން ނެއްޓިފަ!! މިކަންތައްތައް މިދާގޮތުން މިރާއްޖޭގައި ދާޚިލީ ތަޅާފޮޅުން ދާދި އަވަހަށް އުފެދިގެން ހިގައިދާނެ!! މިއީ ހިތާމަހުރިކަމެއް!! ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އިންސާފުން!! މީހަކަށް ބެލުމެއް ނެތި!! އެކަން މިވަނީ މިހާރު ނެތިގޮސްފައި!!

 2. ނަފީސާ

  ކޯޓުތައް ތިހުރީ މިހާރު ގައްޑާކޮށް! ފަނޑިޔާރުން ތިތިއްބެވީ މިހާރު ޖަޒުބާތުގައި! މިހާރު ސަޅި! ތިވަރެއްނެތް! ﷲގެ ޙުކުމްފުޅަކަށް އިންތިޒާރުގައި އެބަ ިބީމެވެ.

 3. ޖަޒީރާ ފަލި

  ވާވާވާ. މިނިވަން ކޯޓުތައް މާދަމާ ވާނީ އެމްޑީޕީ އަށް ކޯއްޗަކަށްބާ؟

 4. ފަނާދު

  ސަޅި އިނގޭ. ސާބަހޭ ކޯޓުތަކަށް. ލާރި ލާރި ޔޭސް ހުކުމް ކަމިންގ. ހެޕީ ހުކުން ކަމިން. ގިވް ސަމް މަނީ

 5. ބާރީގާޒީ

  ތިއޮތީގެ ޖަންގަލީގެ އިންސާފު. މީހުން ރޭގަނޑު ނިދާފަތިއްބަ ގާޒީއަކު ވަގައް ަނަގައިގެން ތިމަންނާ ގެންދިޔާމޭ މީޑިއާއައްތައް ކުރިމަތީގަ ބުނީމަވެސް ހެތްކެއްނެތް. އަންނި އައް ހުކުމް ކޮއްފަ އޮންނާނީ އެންމެ އިންސާފުވެރިކޮއް

  • ބޯބުރި

   ހޫނ . ހައްޔަރު ނުކުރަން ހުކުމް ކޮއްފި. ހީވަނީ ވަރަށްކަޑަވާނެހެން ބަޔަކުމީހުން

 6. Anonymous

  މިހާރު ހުރިހާހުކުމެވެރަންގަޅުވާނެ. ވަރަށް ސަލާމް

  • ޕެނަލްޑޯ

   ކުރިން ކުރި ހުކުމްތައްވެސް އެއްބަޔަކަށް ރަނގަޅު. ޔާނޫ، ކޯޓްތަކަށް އަތްބާނައިގެން ހުކުމް ކުރިއިރު ހެވިފަ އަތް ޖަހަން. ޔާމިނު އަކަށް ދެން ބޭނުން އެއްޗެއް ނުހެދޭނެ. ކޯޓްތަކުގެ ޤާޒީން މިހާރު އެތިބީ ޔާމިނުގެ އަނިޔާވެރިކަމުން މިންޖުވެފަ.

 7. ދޮންކަލޯ

  އިއްޒަތްތެރި ފަނޑިޔާރުން ގުއިރީފަ ދަނޑިން ތެޅީމަ ބުރާނެ ގަޔަށް. އޭރުން ވަރަށް މީރުވަސް ދުވާނެ.

 8. ަކަމަކުނުދެެެެެ

  ޗިިިޗިޗިި

 9. ﷲ އަކޮބަރު

  މަރްުވަަނެކަން ހަނދަަންކްރަަތ?♨♨♨♨♨♨♨

 10. ޢަފްލާ

  ޑޮލަރު ދިންވަރަކަށް ފަނޑިޔާރުން އިންސާފް ވެރިވާނެ

 11. ފަޅުވެރިން

  ހުސްކުރާ ސޭލް އަޅުވާފައި ހުރިހާ ގޮނޑިތައް ވިއްކައި ނިންމާލަނީ! އިދިކޮޅޭމެންނަށް ވީމާ "ހަވާ ފަޓާސް" އިންޞާފުވެސް ހަމަ އޯކޭ!! ޖަލުތަކުގައި ތިބި ބޮޑެތި މުޖްރިމުންތައް ވަނީ ކުރިން ދޫކޮށް ނިންމާފައި!

 12. ކާފް

  ވާވާވާ! ކޯޓުތައް ތިހުރީ އިންޞާފްގެމަގުގައި މިހާރު!

 13. އަފްލާ

  އިނިލް ހުކުމް އިއްލާ ލިއްލާހި ހުރިހާ ފަނޑިޔާރުން ވެސް ވ މިނިވަން އިންސާފް ވެރި ނަރަކައިން ޖާގަ ހޯދީތީ ޝުކުރިއްޔާ

 14. ތެދު

  ތިބޭފުޅުން އަޑުއަހަންތަ ސަދޫމުގަ ހިމާރުގެންގުޅުނު މީހާއަށް ހުކުންކުރިގޮތް.ވަގައްނެގިމީހާއަށް އެތިވެސް އަދި ލާރިވެސް...!!!!!؟؟؟؟ ހުކުންއިއްވިމީހާއަށްވެސް ފައިދާ...ސުބުހާނަﷲ..

 15. ލިއު

  ލަފާކުރާނެ ކަމެއް ނެތް...ޔަގީން ކުރޭ...އިންސާފު ލިބެމުންދަނީ...އަލްހަމްދުލިއްލާހި

 16. ހޮޔޮނުވަނެ

  މަރުހަނދަންކޮަަްްައްބަލަ

 17. ނައްޓު

  ސުޕްރިމް ކޯޓަކީ މިހާރު އެމްޑީޕީ ގެ ބޮޑުފެންޑާ.... މިހާރު ހުރިހާ ކަމެއްވެސް އޯކޭ!

 18. އިސްނާ

  އެންޑީޕީގެ އިސްލަހީ ހިޔަވަޅު ! ޤާނޫނަށް ދިގުއަތް ބޭނީދޯ، ބޭނުންގޮތެއް ހަމައެއް ލަމައެއްނެތް ގޮޑިގަ ނީށީދެވެއި އިންސާހު ކަތިލައިފި ! މި މީހުންނަށް ތަރައްގީއަށް ކުރެވޭނެ އެއްކަމެއްވެސް ނެތް. ނަހައްގުން ބާރު ބޭނުންކުރަނީ

 19. ނުރަބޯ

  ކޯޓްތަކުގައި ތިބޭ ފަނޑިޔާރުންވެސް ހިތައްއެރިގޮތަކަށް ކަންތައް ކުރިޔަދީގެނެއް ނުވާނެއެވެ. ކުރިން ކުރި ޙުކުމެއް ފަހުން ހަމައެމީހުން އެހެންގޮތަކަށް ބަދަލު ކުރާނަމަ އެ ފަނޑިޔާރަކާ މެދު ދައުވާކޮށް އޭނާއަށް އަދަބު ދޭންޖެހޭނެއެވެ. ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކޮށް ޢާއްމުންގެ އިތުބާރު އުފެއްދުމަށް ޓަކައި މިކަން ކޮންމެހެންވެސް ކުރަންޖެހޭނެއެވެ. މިހެން ނުހަދައިފި ނަމަ މިހާރު އެހިންގާގޮތައް ނުބައި ނުލަފާ ޖަރީމާ ހިންގުމުގެ ފުރުސަތު ފަހިވެފަ އޮންނާނެއެވެ.