ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުޅި މާލޭގައި ފެންބޮޑުވެފައިވާއިރު ވައިގަދަވެ، ހެންވޭރު ލޮނުޒިޔާރާތް މަގުގައި ހުންނަ ޝަހީދު އަލީ މިސްކިތުގެ ބޮޑު ގަހެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.

ގަދަ ވަޔާއި ވިއްސާރައިގެ ސަބަބުން ގަސް ވެއްޓި ލޮނުޒިޔާރާތް މަގުން ދަތުރުފަތުރު ނުކުރެވޭގޮތަށް ބްލޮކްވެފައިވާތީ ފުލުހުން ވަނީ އެގަސް މިހާރު ނަގާފައެވެ.

މައުލޫމާތު ލިބޭގޮތުގައި މިސްކިތަށް ވަންނަ ދޮރު ކައިރީ އިން އެގަސް ވެއްޓި މިސްކިތުގެ އަނެއް ފަޅީގައި ހުރި ގެއަށް ގެއްލުން ލިބިފައިވީ ނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.

މާލޭގެ ސަރަހައްދަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާއިރު ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. ބޯކޮށް ވާރޭވެހޭނެތީ މޫސުމާއި ބެހޭ އިދާރާއިން ވަނީ ކ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން 11:00 އެވެ.

މާލެއަށް ބޯކޮށް ވާރޭވެހި މާލޭގެ އެންމެ ބާރު ބޮޑު މަގުތައް ވަނީ ފެންބޮޑުވެފައެވެ. އަދި ފެންބޮޑުވެފައިވާ މަގުތަކުގެ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން މިހާރު އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވގ

    މުއީޒް ހަދާނަކައް 10.29.2018 ޖަހާލާފަ ބައިންދަ މާލެއައް ވާރެވެހުނުދުވަސް

  2. ލޮޓަސް

    ތި ދިމާލުން ބުރުޒު މަގުގަ މީހުން ފަތަނީ... ކޮބާ މުއިއްޒު.. ކޮބާ ފެން ޕަންޕު...

    • ކިޔާ

      ހިހިހިހ....މިކަހަލަ ދުވަސް ދުވަހު އެއްގަމުގަ ބޮއްކުރާ ، ޑިންގީ ނުވަތަ ލޯންޗު ދުއްވަން ހުއްދަދޭން ފެނޭ.އޭރަށް ފަތާފަ ދާކަށް ނުޖެހޭނެ ދޯ...