އަންނަ ބުރާސްފަތި ދުވަހު މާލެ ވަޑައިގެންނެވުމުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި މި ވަގުތު ތިބި ދިވެހިންނާއި ބައްދަލު ކުރަން ފަށައިފިއެވެ.

ނަޝީދު ވަނީ އިއްޔެއާއި މިއަދުވެސް ލަންކާގައި ތިބި ދިވެހިންނާއި ބައްދަލު ކުރައްވާފައެވެ. ނަޝީދު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ނަޝީދަށް ކުލަގަދަކޮށް މަރުހަބާ ދެންނެވުމަށް އެމްޑީޕީއިން ތައްޔާރުވަމުން ދާއިރު ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ ޗާންދަނީ މަގު ރީފްސައިޑް ކަންމަތިންނެވެ.

އަންނަ މަހު ފުރަތަމަ ދުވަހު ނަޝީދު މާލެ ވަޑައިގަންނަވަން ނިންމަވާފައި ވާއިރު އެދުވަހުގެ ހަރަކާތަކުގެ ސަލާމަތީ ކަންކަން ސިފައިންނާއި ފުލުހުން ބަލަހައްޓަވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ، ތިން އަހަރާއި ނުވަ މަހާއި 10 ދުވަސް ވަންދެން އަމިއްލަ ގައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމާއި ގުޅޭގޮތުން އެމްޑީޕީން ބުނެފައި ވަނީ، ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މަދަނީ، ސިޔާސީ ހައްގުތައް ބޭނުން ކުރުމުގައި އެއްވެސް ހުރަހެއް އެދުވަހު ނޯންނާނެކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު 13 އަހަރަށް ޖަލަށް ލާން ހުކުމް 13 މާރިޗް، 2015 ވަނަ ދުވަހުއެވެ. ނަމަވެސް ޖަލުގައި ހުންނަވަނިކޮށް މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން 2016 ޖެނުއަރީގައި ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ. އަދި ދޭތެރެ ދޭތެރެއިން އަވައްޓެރި ސްރީ ލަންކާއަށް ވަޑައިގެން، އެގައުމުގައި ހުންނަވައިގެން ރާއްޖޭގެ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަލި

  ނަޝީދު ހަމައައީ ޖަލަށް. ގައިދީން ތިބޭނީ ޖަލުގައި

 2. ކެމެރާ

  ގައުމަށް ނުފޮރުއްޕާން ކުރަން

 3. ކާފް

  މިސޮރު މަރަށްތެޅޭހެން ހީވަނީ!

 4. ފާތުމަ

  ގައުމުގައި ދެން ރައްޔިތުން އުޅުމަށް ނުފޮރުއްޕާން ކުރާނެ. އެއްވެސް ލަދެއް ހަޔާތެއް ހުރި އިންސާނެއް ނޫން ނަޝީދަކީ. ބޮޑު ގައިދީއެކޭ އުފަލާ އަރާމުގައި އުޅެމުން ދުވަނީ. އެކަމަކު ރައްޔިތުންނަށް ހަމަހަމަކޮށް ކަންކުރާ ވާހަކަ މީނާ ގޮވާނެ

 5. Anonymous

  ކަލޯއޭ ރާއްޖެއައިސް ދެން ކުރީގައި އުޅުނުހެން ހިތުހުރި ވާހަކައެއް ދައކައިގެން ނޫޅޭށެވެ. ނިކަން މަޑުމައިތިރިވެ އަދަބުވެރި އުޅުމެއް އުޅެވޭތޯ ބަލާށެވެ. އަތުގައި ނެތީ ކޯއްޗެއް ހެއްޔެވެ. މުއްސަދިކަން އެބައޮެތެވެ. މުއްސަނދި އަތްބަކުވެސް އެބަހުއް

 6. ޙަސަން

  ކަލޯއޭ ރާއްޖެއައިސް ދެން ކުރީގައި އުޅުނުހެން ހިތުހުރި ވާހަކައެއް ދައކައިގެން ނޫޅޭށެވެ. ނިކަން މަޑުމައިތިރިވެ އަދަބުވެރި އުޅުމެއް އުޅެވޭތޯ ބަލާށެވެ. އަތުގައި ނެތީ ކޯއްޗެއް ހެއްޔެވެ. މުއްސަދިކަން އެބައޮެތެވެ. މުއްސަނދި އަތްބަކުވެސް އެބަހުއްޓެވެ. ވެރިކަންވެސް ކުރެއްވިއްޖެއެވެ. ދެން މިޤައުމު ހަމަހިމޭންކަމާއެކު އޮތަދޭށެވެ.

 7. ާަެރަމއު

  ވަދާއީ ޝޯދީފަ އާދޭ ވެެިކަމަށް އަރަން ތިއުޅެނީ އިބު އަތުން ވެރިކަން ފޭރިގަންނަން މާކުރިން އިނގޭ ތިކުޅިގަނޑު

 8. ރުޒާނާ ޗޮއްޕަޓު

  ވަދާއީ ސަލާމޭ؟ ޓެރަރިސްޓުންގެ ދުނިިޔެ އަޅާ، ދުނިޔޭން ބޭރަށް ދަނީތަ؟ "އެކޮޅު" ލިބޭތޯ ފަހު ވަގުތުވެސް ކަމެއް ކުރެވޭތޯ ބަލާނެނަމަ ރަނގަޅުތާ. ޣަރަގު ވީ މީހާވެސް ފަހު ވަގުތު އުޅުނު ވިއްޔަ ގޮތެއް ވޭތޯ