އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އިދިކޮޅު ކޯލިޝަނުން ފޮނުވާ ބަޖެޓު ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވާއިރު، ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އާއި އިދިކޮޅު ކޯލިޝަނުން ގުޅިގެން އަންނަނީ ކުރަމުންނެވެ.އޮޑިޓް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓު ކަނޑައަޅައި މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ނަޝީދު ވިދާޅުވި އަންނަ އަހަރުގެ ބަޖެޓު މި ސަރުކާރުން ހުށައެޅުމަކީ ހަރުދަނާ ކަމެއް ނޫން ކަމަށެވެ"މިހާރު އޮތް ސަރުކާރުން އެމީހުންގެ (އިދިކޮޅު ކޯލިޝަންގެ) ބަޖެޓު ހުށަހެޅުމަކީ އަޅުގަނޑަކަށް ނުފެނޭ އެއީކީ މާ ހަރުދަނާ ކަމެއް ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މާލިއްޔަތު ގާނޫނުގައި އެންމެ ފުރަތަމަ ކަނޑައެޅީ ދައުލަތުގެ ބަޖެޓު ހުށަހަޅަން ވާނީ އަހަރު ނިމުމުގެ އެއް މަސް ދުވަސް ކުރިން ކަމަށެވެ.

ނަމަވެސް އަހަރު ނިމުމުގެ ދެ މަސް ކުރިން ދައުލަތުގެ ހުށަހަޅާ ގޮތަށް ބަދަލު ކުރީ ސްކޫލް ކުދިންގެ ޗުއްޓީއާއެކު، މެމްބަރުން ވެސް ބޮޑު ޗުއްޓީއަށް ވަޑައިގަތުމަށް ބޭނުންވުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ބަޖެޓު އެކުލަވާލުމަށް ފުރިހަމަ ވަގުތު ދޭން ޖެހޭ ކަމުގައި މެންބަރު ނަޝީދު ވިދާޅުވިއެވެ،.

"އެ ގާނޫނު ނުދަނޭ ކޮންމެ ފަސް އަހަރުން އެއް އަހަރު ރިޔާސީ އިންތިޚާބެއް އަންނާނެ ކަމެއް. އާ ސަރުކާރެއް އަތުވެދާނެ ކަމެއް. ސިޔާސަތުތަކާއި ޕްރޮގްރާމްތައް ބަދަލުވެދާނެ ކަމެއް. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އެ ގާނޫނަށް ވެސް އެ ޖާގަ ދޭން. ކޮންމެވެސް ވަގުތެއްގައި އެމީހުންނަށް އެކަން ކުރެވޭނެ ގޮތަށް،" މެމްބަރު ނަޝީދު ވިދާޅުވި އެވެ.

މި އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    ރަނގަޅު

  2. ކާފަދ

    ޕްރޮފެސަރޫ! އެޤާނޫނުހެދުމުގާ ކަލޭ ބައިވެރިއެއް ނުވަމުތަ؟

  3. ދރހ

    ކަލޯ.....ދެން ރަނގަޅު ނުރަނގަޅު ކިޔުން ހުއްޓާލާ....ކުޅުދުއްފުއްޓަކަށް ތިއެއް ބޭނުމެއް ނޫން.....