ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ވުމަކީ ގުޅިފައިވާ ޕާޓީތަކަށް ލިބުނު ހިތްވަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު މިނިވަން ވުމަކީ އިދިކޮޅު ހަތަރު ލީޑަރުންގެ ވިސްނުން ފުޅާއެކު ގައުމު ހަމަ މަގަށް އެޅުވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރައްވާ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އިތުރުން، އެމަނިކުފާނާއި މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރުނީ ރައީސް ނަޝީދު ޖަލަށްލާން ހުކުމް ކުރި މައްސަލަ ރިވިއުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގައި، ރައީސް ނަޝީދުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި އަދި އެމަނިކުފާނާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރެއް ނެރެދޭން އެދިފައިވާތީއެވެ.

މި އަމުރު ނެރުނުއިރު އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބާޣީރިޔާޒު

  ނަސީދުގެ ވެރިކަން ވައްޓާލެވުނީީ ވަރައް އުފާވޭ

 2. ހަބަރޭ

  ބަލަ އަދި މިކަން ނުނިމޭ! ދެންއޮތީ ފެށުން. ކޯނީ ރިޕޯޓް އަލުން މުރާޖައާ ކޮއް 7 ފެބްރުއަރީގެ ހުރިހާ ޖަރީމާހިންގި އެންމެންނައް އަދަބު ދެވެން ޖެހޭ!

 3. އުމަރު

  ތިޔައީ ހަމަ ޢަބުދުﷲ ރިޔާޒްތޯ ސުވާލްއުފެދޭ

 4. އުމަރު

  ތިޔައީ ހަމަ ޢަބުދުﷲ ރިޔާޒްތޯ ސުވާލްއުފެދޭ .މިއީ ޙައްޤެއްނޫން .ޢަދުލް އިންސާފު ޤައިމް ކުރުމަށް ވެރިކަމަށް އައި މީހުން މިކުރަނީ މިހާރު ކޮންކަމެއްތޯ.މިއީ ޢދުލް އިންސާފު ތޯ .ނޫން މިއީ ބޭއިންސާފު .އެކިމީހުންނަށް އެކިގޮތް މިއަށް ކިޔަނީ . މިއީޢަދުލްއިންސާފުވިއްޔާ ވަރަށްވެސް ނިކަމެތިންނަށް ދެރަވާނެ.

 5. އުމަރު

  ތިޔައީ ހަމަ ޢަބުދުﷲ ރިޔާޒްތޯ ސުވާލްއުފެދޭ .މިއީ ޙައްޤެއްނޫން .ޢަދުލް އިންސާފު ޤައިމް ކުރުމަށް ވެރިކަމަށް އައި މީހުން މިކުރަނީ މިހާރު ކޮންކަމެއްތޯ.މިއީ ޢދުލް އިންސާފު ތޯ .ނޫން މިއީ ބޭއިންސާފު .އެކިމީހުންނަށް އެކިގޮތް މިއަށް ކިޔަނީ . މިއީޢަދުލްއިންސާފުވިއްޔާ ވަރަށްވެސް ނިކަމެތިންނަށް ދެރަވާނެ. މިއީ ޤާނޫނު އާއި ޚިލާފް ޢަމަލެއް .

 6. ރިޔާޒު

  ކުރިންފަހަރު ވެރިކަން ވައްޓާލި ގޮތައް ވެރިކަން ވައްޓަން ނޫޅުމަށް ނަސޭހަތް ތެރި ވަން ތިޔާ ބާޣީ ބޭބޭ ފުޅުންނަށް ރިޔާޒު، ނާޒިމު، އެފްއޭ، ޤާސިމު، އިމްރާނު، މައުމޫނު، ޖަމީލު އަދިވެސް އަދިވެސް ރިޔާޒުލަފާ ދޭ ފަރާތަކީ އެއްހަރަކުން 24 ފަހަރު ކަށި ޖެއްސަސް އިސްލާހުވާނެ މީހެއް ނޫން

 7. ޑީޑީ ބުރި ގާޑިޔާ

  ނަޝިދަކީ އެދުވަހު ކަލޭމެން ބަޣާވާތްކޮށްގެން ރައީސް ކަމުން ވައްޓާލިމީހާ ހަނދާން އެބަހުރިތަ، އެހެންވީމަ ތިހެނޭ ކިޔާފަ މާބޮޑަށް ހެވިފަ ހުންނާނެކަމެއްނެތް ވަރަށް ވާހަކަ މިބުނީ