ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މެޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެން އެ މެންބަރުން ވަކިވަކިން ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަތައް ބަލާ ނިންމައި، އެއިން އެއްވެސް މެންބަރެއްގެ މެންބަރުކަން ގެއްލިފައި ނުވާކަމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ސްޕްރީމް ކޯޓުން ކުރި ހުކުމްތަކުގައި ބުނެފައިވަނީ، މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެކަމާމެދު ގޮތެއް ނިންމުމުގެ ބާރު އިލެކްޝަންސް ކޮމިޝަންވެސް ހިމެނޭހެން ދިވެހިރާއްޖޭގެ އެއްވެސް މުއައްސަސާއަކަށް، ނޯންނާނެ ކަމަށާއި، އެއީ ހަމައެކަނި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ކަމަށެވެ.
ސްޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސްޕްރީމް ކޯޓުން ކަމަށް ކަނޑައަޅާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 74 ވަނަ މާއްދާއަށް ރިއާޔަތް ކުރެއްވުމާއެކުގައެވެ.
ސްޕްރީމް ކޯޓުން މި ނިންމެވުން ނިންމެވިއިރު ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 10 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތް ކުރައްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކަނޑައެޅުއްވިއިރު، 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުންތައްވެސް ސްޕްރީމް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ވިދާޅުވެފައިވަނީ، ސްޕްރީމް ކޯޓުގެ 2017 ވަނަ އަހަރުގެ 17 ވަނަ ނިންމެވުން، ޖުލައި މަހުގެ 13 ވަނަ ދުވަހު ނިންމަވާފައިވާއިރު، އެ ދުވަހުން ފެށިގެން ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް މަޖިލީހަށް އިންތިޚާބު ވުމަށްފަހުގައި ޕާޓީން ވަކިވެއްޖެނަމަ، ނުވަތަ ޕާޓީން ވަކި ކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ އެކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން މެންބަރު ކަމުން ވަކިވާނެ ކަމަށް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމެވުން ނިންމެވި ދުވަހުގެ ކުރީގެ ތާރީޚުތަކުގައި ހިނގާފައިވާ ކަންކަމަށް އެ ހުކުމް ތަޠުބީޤު ނުކުރެވޭނެކަން ސްޕްރީމް ކޯޓުގެ 2017 ވަނަ އަހަރުގެ 9 ނަންބަރު ކޯޓު އަމުރުން ވަރަށް ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
ސްޕްރީމް ކޯޓުން ވިދާޅުވީ، މެންބަރަކު ޕާޓީއަކުން ވަކިކޮށްފައިވަނީ އެމެންބަރަކު ކުރި އަމަލަކީ، ނުވަތަ އަމަލުގެ ވަކި ބަޔަކީވެސް އެ ހުކުމުގެ ކުރިން ހިނގާފައިވާ ކަމެއް ނަމަ ސްޕްރީމް ކޯޓުގެ 2017 ވަނަ އަހަރުގެ 17 ވަނަ ގަޟިއްޔާ އެ މެންބަރެއްގެ މައްޗަށް ތަޠުބީޤުކޮށް މެންބަރުކަމުން ވަކި ނުކުރެވޭނެ ކަމަށެވެ.
12 މެންބަރެއްގެ މަޖިލިސް ގޮނޑި ނުގެއްލޭކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އިއްތިފާޤުން ހުކުމް އިއްވާފައިވާއިރު، އެއަށްފަހު މިއަދު ހަވީރު އެ މެންބަރުން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އިސްލާހީ މަސައްކަތަށް ކުރަމުންއައި މަސައްކަތް މިހާ ހިސާބުން ހުއްޓާ ނުލައްވާނެ ކަމަށާއި، އެ މަސައްކަތުގައި އަލަށް އުފެދޭ ސަރުކާރާއެކު ސާބިތުކަމާއެކު ދެމިތިއްބަވާނެ ކަމަށެވެ.
ތިކަން ތިޔަހެން އޮތްކަން ސުޕުރީމްކޯޓައް އެނގޭއިރު އަހަރު ދުވަސް ޕާލިމެންޓުގެ 12 މެމްބަރަކުގެ ގޮނޑިގެއްލިއްޖެކަމައް އީސީ އިން ބުނެގެން އެ މެމްބަރުންގެ ގާނޫނީ ޒިންމާއާއި އެކަހެރިކުރެވިފައި ވީވުމުގެ ޒިންމާ ތިަޔަ ސުޕުރީމް ކޯޓުން އުފުލާކައް ނުޖެހޭނެތޯ..؟
ބުނާނެ އެއްޗެއްނެއް ކިތައް މައްސަލަ ކޯޓުތަކުގާއެބަހުރިބާ ހަފުތާ އެއްގެ ތެރޭ ހުރިހާކަމެއް ނިމުނީ ބޮޑުކެކުރި ކުޑަކެކުރި
ތިހާސާފުކޮށް އޮތް ކަމެއް ނުނިމިލަސްވީ ކަމެއް ނަެގުނީ
މިހާރުމިއީ ގޮނޑި ހުސްކުރުމުގެ ޒަމާނެއްނޫނެއްނު ތިޔަ ދެ މުވައްސަސާ އިންވެސް ކުރަމުން ތިިޔަގެންދަނީ ހަމަ އެއް މަސައްކަތެއް ނޫންތޯ؟ އެއީ ކުރިން ހުސްވިކަމަށް ބުނެފާސްކޮށް ތައްގަނޑުޖެހި ގޮނޑިތައް (ރަގަޅު ކަޓެއްލާފަ) ހުސް ނުވާކަމަށް ނިންމާ އެމީސްމީހުންނަށް އެ ގޮނޑިތައް ދެނީނޫންތޯ....؟ކެކެކެކެ?.....!!!!
އީސީ އިން ކުރަން ބޭނުންވި ކަންކަން މިހިނދަށް ކޮށް ނިމިއްޖެ. ވީމާ އީސީ މިހާރުތިޔައޮތީ ފެންކައްކާ ބޮއްޔަށްވެފަ. މިހާރު ކުރަންވާ ހުރިހާ ކަމެއް އިސްފިރޭނު ކޯޓުން ކުރެވޭނެ. އެހެންވީމާ މިހާރު ދިޔަދޮވީގެ ހޮޅި އޮތީ ތީމުގޭތެރެއަށްވާގޮތައް.
ސްޕްރީމް ކޯޓް ގެ ޖަޖުންނަށް ރުފިޔާގަޑު ދިނީމަ ހޭލެވިގެން އަހަރުދުވަސް ފަހުން މައްސަލަތައް ރުފިޔަާ ދިންކޮޅަށް ނިންމާލީ
ޤއ އާއި މޢޤ ގެ ނީލަން ފިހާރައިން ނިންމާނީ އެ މީހުން ބޭނުންވާ ގޮތަށް. އެ 2 މިހުން ނީލަމުން ނަގަން ބޭނުންވާ އެއްޗެއް އެ މީހުން ނަގާނެ. ތި މީހުން ނިކަން ޖަލުގަ އެތިބަ 2 މީހުން ދޫކޮށްލައި ތިމާ މީހާ ނިލަން ފިހާރައިގެ މެނޭޖަރުކަމުން އިސްތިއުފާ ދީފަ އެ ދެ މީހުން ތިތަނަށް ލާ ބަލަ! ކިތންމެ ވަރަކަށް އބ ރުއްސަން އުޅުނަސް ތިތާގެ މެނޭޖަރުކަން އޮތީ މައިރޖޔަލަށް ދޭން ނިންމާފަ. ސަލާން.
ތިމީހުންތިޖަހާ ސަކަރާތް ބަލަން އަހަރެމެން މިތިބީ ތިމީހުންގެ ގޮތްދޫނުކުރުމާއި ބޮޑާކަން
ބަލަން، ތިމީހުނާއި ބައްދަލުވާނެ އިންސާފުގެ ދުވަސް ދުރުގަ އޮތްކަމަށް ނުބަލާތި؟ ﷲގެ
އިރާދަފުޅާއެކު އަނިޔާވެރިންގެ މަސައްކަތް ކާމިޔާބު ނުވުމަށް ކުރެވެން ހުރިހާ މަސައްކަ
ތެއް މިތިބީ ކުރަން
ކިތަންމެވަރަކަށް ރިވިޔު ކުރިޔަސް އަބްދުލާ މުހަންމަދު ގިރިފުށީގަ ބަންދު ކޮށްފަނުބަހައްޓާކަމަކަށް ނުވާނެ (ސަދޫގޭމީހުންއޮޅުވާލަން)ތިޔައުޅެނީ ހަމަރައްޔިތުންނައް
އެއީ އިންސާފުވެރި ނުވެވިދާނެތީ. ބަލާބަލަ ސުޕްރީމް ކޯޓުގެ ނިޔާތަށް ކިހާ އިންސާފުވެރި މަ މިއަދު ދިވެއްސަކައްވީތީ އެބަ ލަދުގަނޭ