އިދިކޮޅު އެމްޑީޕީގެ އެންމެ އިސް ފަރާތަކަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެއްޖެއެވެ.

އެމްޑީޕީގެ އެންމެ އިސް ފަރާތުގެ މަގާމުގައި މިހާތަނަށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން "އެ ޕާޓީ ވެރިކަމުގައި އޮންނަ އިރު އެ އިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީ އަށް ނިސްބަތްވާ މީހެއް ނަމަ ޕާޓީގެ އެންމެ އިސް ފަރާތަކަށް ވާނީ އެމީހެއް" ކަމަށެވެ.

އެހެންކަމުން ރައީސް ނަޝީދުގެ ބަދަލުގައި އެމްޑީޕީގެ އެންމެ އިސް ފަރާތަކަށް މިހާރު އިބޫ ވަނީ ވެގެން ގޮސްފައެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ރައީސް ނަޝީދަކީ އެމްޑީޕީގެ މިހާރު ރައީސްއެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވަން ނިންމެވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން ފަހުން އެކަން ވަނީ އެކަން އަނބުރާ ގެންގޮސްފައެވެ. އެއާއެކު ރައީސް ނަޝީދުގެ ތާއީދާއެކު އިންތިހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނަވީ ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބޫ އަށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް އަންނަ ބުރާސްފަތި ދުވަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކެމެރާ

    ފްލެޓް ދޮންބެ ވަރަށް ކަޑަވާނެ

    • ކެމެރާ

      ކެމެރާ މާ ކަޑަ ވެއްޖެ ދޯ

  2. މުހައްމަދު އަހްމަދު

    ހާދަހާ ދެރައޭ ނަޝީދަށް ދެން އަލުން ދިރުމެއްނެތޭ... މާދަމަާވެސް ނަޝީދު ހުންނާނޭ ކަމުގެ އުއްމީދެއްނެތޭ...

  3. ރީނދޫ ގުންޑާ

    ވަރަށް ސަޅި. ޓެރަރިސްޓުގެ ވަސްވެސް ފިލުވާލާ.

  4. ޭަބޮއިހަލާކު

    ހަމަ ރަގަޅަށްތިވީ މޮޔަގޮލައެއް ދޮގުވެރިއެއް އިސްލާމްދީން ނުދަންނަ ޖާހިލެއް ވަގެއް މިހެން ބުނީމަ ހަޖަމް ނުވާ މީހުން އުޅޭނެ އެހެން ނަމަވެސް ހަގީގަތްވާނީ ހަގީގަތަށް ދެއްތޯ! ނަޝީދަކީ މިގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެެރި ކަމާއި އެކަކު އަނެކަކަށްކުރި އިހްތިރާމާއި ގަދަރު ކުޑަކޮށް މީހުންގެ އަބުރު ވެއްޔާއި މޮޑެން ދަސްކޮށްދިން މީހާ މިގައުމުގަ މިއޮތް ޖަީލު ހަޔާތް ކަނޑުވާލި ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ކެއްނާރި ނަޝީދު