ފާރިސް މައުމޫން – ވަގުތު އިމޭޖްސް : އަމީން ފަހުމީ
ފާރިސް މައުމޫން – ވަގުތު އިމޭޖްސް : އަމީން ފަހުމީ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ފަސްކޮށްދިނުމަށް އޭނާގެ ވަކީލުން އެދިއްޖެއެވެ.

ފާރިސްގެ ވަކީލުން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފަށް ފޮނުއްވި ސިޓީގައި ވަނީ މިއަދު އަޑުއެހުމެއް ބާއްވާ ކަން ވަކީލުންނަށް އެނގުނީ އިއްޔެ އިރުއޮއްސުނު ފަހުން ކަމަށާއި ފާރިސް ބަންދުކޮށްފައި ހުރުމުން އޭނާ އާއި ބައްދަލުކުރަން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މައްސަލަ އާއި ގުޅުންހުރި ބައެއް ލިޔުންތައް ވެސް ނުލިބިވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެ ސިޓީގައި އެދިފައިވަނީ ހެކިބަސް ނަގާ އަޑުއެހުން އަންނަ ހަފުތާގެ ދުވަހަކަށް ފަސްކޮށް ދިނުމަށެވެ.

މި މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ހެކި ހުށަހެޅިއިރު މިއަދު ބާއްވާ އަޑުއެހުމަކީ ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަގަން ބާއްވާ އަޑުއެހުމެކެވެ.

މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން 10 ހެއްކެއް ހުށަހެޅި އިރު ފާރިސްގެ ފަރާތުން ވަނީ 62 މީހުން ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

ފާރިސްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާރިސްގެ މައްޗަށް މިދައުވާ ސާބިތު ނުވެއްޖެނަމަ ވާނެގޮތެއް ސާފުކޮށްލަން ބޭނުން.

  2. ފާރިސްގެ މައްޗަށް މިދައުވާ ސާބިތު ނުވެއްޖެނަމަ ވާނެގޮތެއް ސާފުކޮށްލަން ބޭނުން.

  3. ގަބޫލެއްނުކުރެވޭނެ

    ކޮންތާކުމިޖެހުނީ.. މިއޮތްހުރިހާދުވަހު ގޮވަމުންއައީ އެއްވެސްހެއްކެނެތް ކުށެއްވެސްނުރާ މީހަކޯ ފާރިސްއަކީ.. ދެންލަސް ކުރަންއޮތީ ކޮންކަމެ... ކިތައްމެލަސްކުރިޔަސއ އަވަސްކުރިޔަސް ކުށެއްނެތިއްޔާ ތިކަމަށް ވަގުތުހޭދަކުރުމަކީ ބޭކާރުކަމެ... އަވަހަށް މިއަދުތިކަށްނިންމާލީމަވީނުން... ހެއްކެ އުފެއްދުމަށް ވަގުތުބޭނުންވެދާނެ އެކަމަކު ހުރިހެއްކަކަށް ހޯދަންޖެހޭ ވަގުތެއްނެތް...