ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅު މެމްބަރުން މަސައްކަތް ފަށައިފިއެވެ.

ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އިދިކޮޅު މެމްބަރުން މަސައްކަތް ކުރަމުން އަންނަކަން ހާމަވީ މިހާރު ލީކުވެފައިވާ އިދިކޮޅު ކޯލިޝަން މެންބަރުންގެ ރަސްމީ ވަޓްސްއެޕް ގްރޫޕްގެ ޗެޓް ލޮގުތަކުންނެވެ.

އެގޮތުން މި ގްރޫޕްގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޤަފޫރު މޫސާ ވަނީ ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ވެއްދުމަށް ގޮވާލާފައެވެ. މިކަމަށް ތާއީދުކުރާކަން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ހާމަކުރެއްވިއިރު، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ އެއީ މިހާރު މިހާރަށް ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި މައްސަލަ މަޖިލީހަށް ވެއްދުމާ ގުޅޭގޮތުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވެސް ވާހަކަދައްކާފައިވާއިރު، ސައުދު ވަނީ "ޔާމީން އިމްޕީޗް ކުރަން ތިޔަބޭފުުޅުން ތައްޔާރު؟" މި ގްރޫޕްގައި ދެން ތިބި މެމްބަރުންގެ ގާތު އައްސަވާފައެވެ.

ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން އިދިކޮޅު މެމްބަރުން މަސައްކަތް ފަށާފައިވާއިރު، މަޖިލީހުގެ މެޖޯރިޓީ މިހާރު ވަނީ އިދިކޮޅަށް ލިބިފައެވެ. އިދިކޮޅަށް ތާއީދުކުރާ 45 މެމްބަރުން މަޖިލީހުގައި މިވަގުތު ތިބިއިރު، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރުމަށްޓަކައި މުޅި މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓް ބޭނުންވާނެއެވެ.

ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދާދިފަހުން ވަނީ މަޖިލީހަށް ވައްދާފައެވެ. މި މައްސަލަ އަންނަ މަހުގެ އަށްވަނަ ދުވަހަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ކުކުޅޭ

  މި މެމްބަރުންނަކީ މިމީހުންގެ ދާއިރާތަކުން ރއްޔިތުން ވަކި ޕާޓީއެއްގެ ޓިކެޓްގައި އައީމަ ނޫނީ ވަކި ޕާޓީއަކުން ސަޕޯޓް ކުރީތީ ހޮވި ބައެއް. ރައްޔިތުންނަށް ޣައްދާރުވެ ފައިސާ ބޮނޑިބޮނޑި ހިފައިގެން ފިލީ. އަޅެ އަހަރެމެންގެ ދާއިރާގެ ތިހިރަ ލަތީފް ދެން ހޮވިބަލަ މޮޅިއްޔާ!

 2. ނުރަބޯ

  ކަލޭމެން ނަށް ރައީސްޔާމީންގެ މައްޗަށް އިތުބާރު ނެތަސް ދިވެހި ރައްޔިތުންގެ ތެރެއިން ގައުމަށާ އިސްލާމްދީނަށް އިޚްލާޞްތެރި އެންމެން ރައީސް ޔާމީނަށް އިތުބާރު ކުރެއެވެ. ކަލޭމެން ކަންބޮޑުވަނީ އެކަން ކަލޭމެންނަށް ޔަގީންވާތީ އެވެ.

 3. ނާފިއު

  މިހާރުތިކުރަނީ ބަދަލު ހިފުމުގެ ރޫހު ތިކަން ތިގޮތައްކުރާނަމަ ކޮންމެވެސްދުވަހަކުން ތިކަމުގެ ހިތިރަހަ ކަރުބުޑުގަލާނެ

 4. ތޮޅިމިރުސް

  އަވަހަށް ހުށަހަޅަންވީ، މިހާރު ދެން ހަމަ ނަމެއްގަ ހުރިކަން.

 5. ޢީސީ

  ވެރިކަމާ ދަހިވެތިވިޔަސް ތިދެން ބޮޑުވަރު މިހާރު މިއޮތީ ކުޑަދުވަސްކޮޅެއް ދައުރު ހަމަވަން. މާތްﷲއިރާދަކުރެއވިއްޔާ ތިހުރިހާއެްމެން ކަރުމަރު ހިފާކަށް މާގިނަދުވަހެއް ނުނަގާނެ ރައިސް ޔާމީނަކީ މިގައުމުގަ މިހާތަނަށް ވެރިކަންކުރި އެއްމެ ކެއްތެރި ރައީސް އަދި ތިމީހުން ދުލުން ބުނާނެ ރައީސް ޔާމީން ރަނގަޅޭ

 6. ސޭއަ

  މަޖިލިސް އުވާލަންވީ. ޢަހަރެއް ނިމިގެން ދާއިރު މަސައްކަތް ކުރަނީ މަދު ދުވަހަކު. މަސައްކަތް ކުރާ ދުވަހުވެސް ދަރިންނާއެކު ޓީވީ ބަލަާލަން ނުކެރޭ ގޮވާ އަވަގުރާނުން. ރައްޔިތުންގެ ލާރި ކައިގެންތިބެ ރައްޔިތުންނަށް ނުހުރުއްޕާން ކުރުންނޫން ކަމެއް ނުކުރޭ. ޑްރާމާ ކުޅޭމީހުންނާ ނަށާމީހުންނާ ނުކިޔަވާ ތަނެއްދޮރެއް ވަކިނުވާ މީހުން އެތަނަށްވަދެ މުޅިތަން ހަލާކުކޮށްފިއޭ. ރައީސް ޔާމީން އެމަގާމުން ތިގޮތަށް ދުރެއް ނުކުރެވޭނެ. ރައީސް ޔާމީން މިގައުމަށް ގެނެސްދެއްވި ތަރަަށްގީ ފެނިފަ ހަޖަމް ނުވެގެން އުޅެނީ. ވޯޓު އޮޅުވާލައިގެން އިންތިހާބު ކާމިޔާބުވީވެސް. އަދިވެސް ގައުމިގެ ރައީސްކަމުގަހުރީ ރައީސް ޔާމީން

 7. ބޮއްބޮ

  ރައީސް ޔާމީންގެ ވެރިކަން ދެން މިވަގުތަށް އެ ނިމެނީއެވެ. މަކަރާ ޙީލަތުން ގެނައި ވެރިކަމުގެ ހުވާ ކުރަން މިހާރުމިވަނީ ވަގުތު ކުޑަތަން ވެފައެވެ. އެހެންކަމުން މިދަނޑިވަޅު ގައިވެސް ރައީސް ޔާމީންގެ އިތުބާރު ނެތް މައްސަލަ ހުށަހަޅައިގެން ބޭކާރު މަސައްކަތްތަކެއް ނުކޮށް، ކަލޭމެން ނަށް ދައުލަތުންދޭ މުސާރަޔާ އެއްވަރުގެ މަސައްކަތްތަކެއް ދައުލަތަށް ކޮށްދިނުން މާ އައުލާކަން ބޮޑެވެ. ކަލޭމެން ކިތަންމެ ވަރަކަށް ރައީސް ޔާމީނާ ޙަސަދަވެރިވެގެން ޖައްސާލައިގެން ތެޅިބޭލިއަސް ރައީސް ޔާމީން މިގައުމަށް ކޮށްދިން ފައިދާ ހުރި މަސައްކަތްތަކުގެ ޕޮއިންޓް ފަހެއް ވެސް ކަލޭމެންނަށް ނުކޮށްދެވޭނެ އެވެ.....!!!

 8. Abdul Latheef

  ބަޔަކު ހޭބަލިވާނެ ވަރު ފެނި އެގިއްޖެބާ؟ މީވެސް ދުވަހެއް. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގަ ތިޔަ މަޖިލީސް ހިއްސާ ބާޒާރަކަށްވެގެން ދާނެ ކަމުގެ ރަގަބީލު ޖެހެމުން ތިޔަހަރަ ދަނީއެވެ. އަހަރުމެން މިތިބީ ތިޔަބައިގަނޑު ވެރިކަމާ ހުރެ ތޮޅޭތަން ބަލާށެވެ. ކުރެވޭނެ ތަރައްގީއެއްވެސް ދެނެއް ނޯންނާނެކަން ޔަގީނެވެ. ދިވެހިން އެބަޖެހޭ އަބަދު އެންމެ ޗެނަލެއް ބެލުމުގެ ބަދަލުގަ ހުރިހާ ޗެނެލްވެސް ބަލަން. އޭރުން ވާނުވާ އެގޭނީ.

 9. އަބޯ

  ވަގުތެއްނެތް .މައްސަލ؛ަ ވައްދާފަ މަޖިލީހުގެ ކޮމިޓީއަކަށް ތަހުގީގަށް ފޮނުވާފަ ކޮމިޓީންނިންމާފަ މަޖިލީހަށް ފޮނުވުމުން މަޖިޅިހުގަ އެޖެންޑާކުރުމަށް ފަހު ފުރަތަމަކިޔުމުގެ ފަހުން ޔާމީނަށް އެކަން އެންގުމަށްފަހު 14 ދުވަސް ދިނުމަށް ފަހު މަޖިލީހުގެ ބަހުސްފެށޭނީ މިއީ ގާނޫނުއަސާސީގަ މިކަން އޮތްގޮތް . އިޖްރާތު ނުބައިވެއްޖެނަމަ ޔާމީނަށް އެބައޮތް ސްޕްރީމްކޯޓަށް ހުށަހަޅާ ސައްހަކަންކަނޑައަޅަންވެސް މުއްދަތު ވީމާ ތިޔަކަމެއްވާކަށްނެތް.

 10. ޙައްވަ

  ވެރިކަމަށް އެރިއްސުރެ ވައްކަން ކޮށް، މަޖިލީހާ، ޖުޑިޝިއަރީ އަދި މިނިވަން ހުރިހައި މުއައްސަސާތައް ފުނޑާލި މިރައީސް އަޒުލް ކުރުން މާލަސްވެއްޖެ.

  • ހުސޭނުބޭ

   އެހެވެދޯ ޖުޑިޝަރީ ކަލޭމެންގެ އަންބޮނޑިގައި އެ އޮތީ! ފަޓާސްބަރިއެއްހެން ދުވާލަކު 50 ޝަރީޢަތުގެ ޙުކުމް އަނެއް އަތަށް އަނބުރާލަނީ!

  • Anonymous

   ތި ހުރިހާ ކަމެއް ރައްދުވާ ވެރިޔާ ފާޅުވާން ވަރަށް ކައިރިވެއްޖެ.

 11. Anonymous

  ދެން މައްސަލައެއްނެތް ކިތައްމެވަރަކަށް އިތުބާރު ނެތްކަމުގެ ވޯޓުނެގިޔަސް، ރައީސު ޔާމީނު ވެރިކަމަށް އިސްވެ އެއްއަހަރުވީއިރު އެނގިއްޖެ ރައްޔިތުންނަށް ފައިދާވާ ރައްޔިތުންނަށް ކަމުދާ ވެރިކަމެއް ކުރަމުންދާކަން، އެހިސާބުން އިދިކޮޅު މީހުންގެ ފަޔަށް ހިނިއަރައިގެން ވެރިކަން ވައްޓާލަން މުޒާހަރާތަށްކޮށްގެން ކުރިމަސައްކަށް އެމަނިކުފާނުގެ ހިކުމަތްތެރި ވިސްނުން ބޭނުންކޮށް ނާކާމިޔާބުކޮށް ޖަލަށްލާންޖެހުނު ބަޔަކު ޖަލަށްލާފަ އެމަނިކުފާނުވަނީ ވެރިކަން ދިފާއުކޮށް 5އަހަރުގެ ދައުރު ހަމަކޮށްފައި، ދެން ލަލަލާ

 12. ޙާލުގެ ދުލުން

  ޝައްކެއްވެސްނެތް މިޤައުމުގައި ދީނަށް ލޯބިކުރާ ﷲއަށް ބިރުވެތިވާ މީހުން ތިބީ ރައީސް ޔާމީންގެ ފަހަތުގައި.

 13. ރާޅު ބޯއީ

  މަޖިލީހު މެންބަރުން ކުރާނެ އެހެންކަމެއް ނެތީ އުތަ؟ އާ ސަރުކާރު ވެރިކަމާ ހަވާލުވާން މިހާ ކުޑަ ދުވަސްކޮޅަކަށްވެފަ އޮއްވާ ޒާތީ ހަސަދައިން ފޯވާން ކީއްކުރަން އުޅެނީ. ގައުމުގެ އިޖުތިމާއީ ފޭރާން ވީދާ ހަލާކުކުރާ ބަޔަކީ މި މަޖިލިސް މެންބަރުންތައް. ގައުމެއް ނެތް. މިމީހުންގެ ނިމުން ވަރަށް ހިތިވާނެ.

 14. އަހުން

  މަގުސަދަކީ ނަޝީދުގެ ނާގާބިލް ކަމުން ދައުރު ހަމަ ނުކުރެވުނީމަ ދެން އަންނަ ރައީސުންނަށް ވެސް ޖެއްސުންކޮށް ދައުރު ހަމަ ކުރުމަށް ހުރަސް އެޅުން. މި މެމްބަރުނގެ މުސާރައާއި އިނާޔަތްތަށް ކުޑަކުރަންވީ ހުސް ރިލޯޓް އެންޑް ރާސްޓަސް ހުސް ވަގުން ހަމަ

 15. އަހަންމާބެ

  ޤައުމެއްވާނެތް...... މަޖިލީހުގަތބި އިއްޒަތްތެރި މެނބަރުންނާ، ދެންވެސް ތިބި ބަޔަކާވެގެން މިއޮތް ކުޑަދުވަސްކޮޅުވެސް ކެތްކޮށްލައިގެން ތިބޭހާ ހިތްވަރެއްނެތް. ހުވާކުރީމަ ކިހާވަރެއް ވާނެބާ؟ ނޫނޭ.. ޤާނޫނުގަ އިޖުރާއަތްތައް ކޮންމެ ގޮތަކަށްހުއްޓަސް މިއަދު މިވެރިންބޭނުންވާ ކޮންމެ ގޮތަކަށް ކަންކުރެވިދާނެ. ފައިސާގެ ބާރު.......

 16. ޑީޑީ ބުރި ގާޑިޔާ

  މުޅި މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓަކީ 45 އެއްތޯ؟ ތިކަމެއް ކުރާނެ ފުރުޞަތެއް ކަލޭމެނަށް ނުލިބުނުކަމަށް މަބަލާނީ، އެހެނީ އެހާ ދުވަހެއް ނޮވެމްބަރު 17 އާއި މިދެމެދަކު ދެންނެތް

 17. ތޫބެ

  މިބަލަނީ، ގާނޫނު އަސާސީގެ ބޮޑު މާއްދާ ކަމުގައިވާ "ދިވެހި ރާއްޖޭގެ ދީނަކީ އިސްލާމް ދީން" އަދި "ދިވެއްސަކަށްވާނީ، މުސްލިމެއް" ކަމަށް އިންނަ 2 މާއްދާ ބާތިލް ކުރުމަށް ބޭނުންވާ ތިންބައިކުޅަ ދެބައި ވޯޓު ލިބޭނެތޯ ކަށަވަރު ކުރުމުގެ ގޮތުން ވަކަރަށް ޖަހާލުމުގެ މަރުހަލާއެއް ތި ދަނީ. ރައްޔިތުންނޭ ވިސްނާ. ކުރިއަށް އޮތީ މަޖްލިހުގެ އިންތިހާބު. އީސީ އޮތީ ޝައިޠާނާގެ ވަސްވާހުގެ ތެރެއަށްވަދެ ގެއްލި ހަލާކުވެފަ.

 18. ހަރީ

  ތިކަން ނުކުރާތީ ގައުމުހަރާބުވެދާނެ

 19. ޝައިޚް

  ތަޣައްޔަރުވެފައިވާ ކޯޓުތަކެއް . ނަޖިސްވެފައިވާ މަޖިލިހެއް . ފުޅައަޅާފަވާ ޙުކުމްތަކެއް. ކިހާދުވަހަކު ތިގޮތުގައި ޖައްބާރުކަން ދައްކާނަމޭ ހީކޮށްގެންބާ މިއުޅެނީ؟ ފިރުޢަވްނާ ، ޤާރޫނުވެސް ބާރާ މުދާލިބުމުން ތިގޮތަށް ޖައްބާރުވެ ބޮޑާވެގަނެގެންއުޅުނެވެ. މާތްﷲ އެދެމީހުން ހިއްޕެވިގޮތް ހަނދާނަށްގެނެސް ، ތިޔަލިބުނު ވެރިކަން ރަގަޅަށް ކުރެވޭތޯ ބަލާށެވެ. މާތްﷲ އީ ބާރުވެރިވަންތަ ޢަޒީޒުވަންތަ އިލާހެވެ. .