އދ.ދަނގެތި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ.

އިއްޔެ ހިންގި މި އޮޕަރޭޝަންގައި މަގުމަތިން މިމީހާ ހުއްޓުވައި ބަލާފާސްކުރިއިރު އޭނަގެ އަތުގައި އޮތް ދަބަހުގެ ތެރެއިން ފެނުނު ޕީނަޓް ބަޓަރު ދަޅެއްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ އދ.ދަނގެތި ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްނިމައިމޭން

    ބޯންވާނެ، ބޮވެންޖެހޭނެ ނުބޮއި ހުރެގެން ނުވާނެ އެހެންވީމަ ބުއިން އޯކޭ އެއްނު