ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމަށް ފުލުހުން ފޮޓޯ އާއްމުކޮށްފިއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، އަތިރީގެ، އަޙްމަދު އިބްރާހިމްމަނިކު (62އ) އާއި ގ. ރެއިންބޯ، ޢަލީ ފިރާޤު (53އ) އެވެ.

މިދެމީހުންގެ ތެރެއިން އަޙްމަދު އިބްރާހިމްމަނިކު ހޯދަމުންދަނީ ސިވިލި ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރު 31 ވަނަ ދުވަހުގެ 11:20 އަށް އެކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ޢަލީ ފިރާޤު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތުދަރަނީގެ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރު 31 ވަނަ ދުވަހުގެ 10:00 އަށް އެކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ފުލުހުން ވަނީ މިދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޝަޒީމް މުހަންމާ

  ތިމަރަފުށީ ސަރީފުގެ ބޭބޭ މަނިކުވެސް ތޭ!

 2. އައްކޮ އިބްރާހިމް ތިމަރަފުށި

  ތިޔަ 2 މީހުންނަކީ ވެސް ޖަޒީރާ ރާއްޖޭގެ އިސް ދެރަށްވެހިން... ނޯ ވޮރީސް މިނިވަން ވާނެ!

 3. ބިގުފިިިޝް

  ތިމަރަފުށި،ވިލުފުށި،މަޑިފުށި މިރަށް ރަށުމީހުންނާއި ފައިސާގެ މުޢާމަލާތް ކުރާނީ މޮޔައިންނެވެ.

 4. ހުސޭނުބޭ

  ތިމަރަފުއްޓޭ! ފައިސާ ފެނިފައި ފެމުނު މިޔަރު ގަޔާދިމާލަށް އަންނަހެން އަންނާނެ!