ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ޕީޕީއެމް ނައިބުރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެ ޕާޓީގެ ޕީޑީ ޖެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދުގެ މެދުގައި މިއަދު ހޫނު ޒުވާބެއް ހިނގައިފިއެވެ.

މީސް މީޑިޔާގައި މިހާރު އާއްމުވެފައިވާ ވީޑިޔޯ އިން ރިޔާޒު އާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން އަދުރޭ އެއްޗެހި ކިޔާ މަންޒަރު ފެނެއެވެ. އަދުރޭ އެއްޗެހި ކިޔަމުންދިޔައިރު ކައިރީގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވެސް ހުއްޓެވެ.

ނަމަވެސް ޒުވާބު ހޫނުވެގެން ގޮސް އަދުރޭ ރިޔާޒާއި ކައިރިވާން ފެށުމުން އެކަމަށް ނިހާން ހުރަސް އެޅި މަންޒަރު ވެސް ވީޑިޔޯ އިން ފެނިގެންދެއެވެ. އެއާއެކު އަދުރޭ ނިހާން ކޮއްޕާލާ މަންޒަރު ވެސް މި ވީޑިޔޯ އިން ފެނިގެންދެއެވެ.

ރިޔާޒު ވެސް އަދުރޭ އާއި ދިމާލަށް ކޮންމެވެސް އެއްޗެއް ކިޔަމުންދިޔަ ނަމަވެސް، ރިޔާޒު ދެއްކި ވާހަކައެއް މި ވީޑިޔޯ އިން ސާފުވެފައެއް ނުވެއެވެ. މި ވީޑިޔޯގައި އަދުރޭ ރިޔާޒު އާއި ދިމާލަށް ހަޑިހުތުރު ބަސް ވެސް ބޭނުންކޮށްފައިވެއެވެ.

އަދުރޭ އާއި ރިޔާޒު މި ޒުވާބު ކުރީ ކޮން މައްސަލަ އަކާއި ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބަށްފަހު ރިޔާޒު ޕީޕީއެމް އާއި އަދި ސަރުކާރާއި ދެކޮޅުވާން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. އެއާއެކު ޕީޕީއެމްގެ އިސް މަގާމުތަކުން އޭނާ ދުރުކުރުމުގެ މަސައްކަތް އެ ޕާޓީން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފާއިގު

    ތިޔައީ އެއްވަރުގެ ދެމީހުން ތިމާހާ މީހަކު ނެތިގެންއުޅޭނީ ރިޔާޒު ހުންނާނީ އެއިރެއްގަ އޮންނަ ސަރުކާރާ އެއްކޮޅަށް އޭނަގެ މައްސަލައެއް ހިލުވާލަފާނެތީ

  2. ރައިސްމޭން

    ރައްޔިތުންނަށް މުނާފިގުންގެ ސިފަތައް ކިޔާދޭން އަދުރޭ ލަދުގަންނަންޖެހޭނެ.. ފުރަތަމަ ކަމަކަށް ތިމާ ހިތްހަމަނުޖެހޭ ދަނޑިވަޅުތަކުގަ އަނެއް މުސްލިމު އަޚާއާ ދިމާލަށް ރޯއަވަގުރާނަ ގޮވުމަކީވެސް މުނާފިގުކަމުގެ އަލާމާތްތަކުގެތެރޭގައި ހިމެނޭކަމެއްކަން އަދުރޭއަށް ދަންނަވާލަން..

  3. އަފީފާޯ

    ތިރިޔާޒުމެންނަކީއަބަދުވެސްފައިސާފަހާދުވާމީހެއް
    ތިމީހުންވަފާތެރިޔެއްނުވާނެދުވަހަކުވެސްވަރައްރަގަޅުކަމައްހެދިގެންބަލާބަލަދިންލަޑުިހާރުއެބައަޑުއިވޭ
    ތިންހާސްއަކަފޫޓުގެބިމެއް އެމްޑީޕީސަރުކާރުންދޭން
    ވައުދުވެފަޔޯއޮތީމބަދަލުވިމެންބަރުންނައް
    އެހެންވެމިތިބަގެން ތެޅިއަރުވަނީ މިފަހަރު

    މަގޭވެސް 7 ވޯޓު އިގިދާނެތާ؟ މިހިރީބަލަން
    ވަނީކިހިނެއްތޯ؟؟؟

  4. ރިޔާޒު

    ޢަދުރޭ ޒުވާބު ނުކޮށްބާ ..... މިނޫންގޮތެއްނެތޭ އެހެންވީމަ އިބޫ ފަހަތަށް މިއެރީ .. ސޮރީ އަދޫ......

    • ބަބުލްގަމް

      ހިހިހިހީ...ހާދަ ލޯބިންނޭ ތިގޮވާލީ.."އަދޫ"މީ ގާރލް ކުއްޖެއްގެ ނަމެއްނު.

  5. ޢައިންތު

    ތެޔޮވަގު އަހަރުމެން ބަލައެއްނުގަންނާނަން ކަލެއެއް. މިހުރިހާދުވަހު ރ.ނަޝީދުއަށް ހިތުހުރިއެއްޗެއްގޮވާފަ މިއަދު މޑޕ އަށްވެރިކަންލިބުނީމަ ތިދުވަންފެށީ

  6. ޙަސަން

    ކޮއްގެން ހުރި ކަންކަން ބިތުފަންގިއަށްލާ ފޮރުވައިގެން އުޅެވޭނީ، އެއިރަކު ބަންޑާރަ ގަނޑާ ޙަވާލުވެ ހުރިމީހާގެ ފަހަތު ތިމާމީ ވަރަށް ހެޔޮއެދޭ މީހަކަށް ހެދިގެން ހުރުމުން، މަށެއް ނުބުނަން ރިޔާޒް ރަޝީދު ބިތުފަންގިއަށް އެއްޗެއްލައި ފޮރުވައިގެން އުޅެއެކޭ ހަމަ އެމީހުން އެމީހުނަށް އެވާހަކަ ދައްކަނީ، މިއީ ލައްކަގިނަ ވާހަކަ، ރައްޔިތުން ގެ ބަސްބުނުމަށް މީހަކު ހޮވަން ވޯޓުދޭއިރު މިކަމަށް ސަމާލުވާންޖެހޭ، ލޮބުވެތި ރައްޔިތުން ވަރަށް ބޮޑަށް ސިކުނޑީގެ ބޭނުން ކުރަންޖެހޭ، ދެތިން މީހަކުވެގެން މުޅި ޤައުމު ލޫޓުވާލަނީ މިކަމުގެ ހުރިހާ ގެއްލުމެއް ނިކަމެތި ތައްޔިތު މީހާއަށް

  7. ސަޅި

    ތ.އަތޮޅުގަ މުޅިންތިބީ ތިކަހަލަ މެންބަރުން މިލައްކަ ވަާހަކަ