ނިމިހެން ދިޔަ ރިޔާސީ އިންތިޚާބުގެ މަސައްކަތާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގައި ވަގުތީގޮތުން މަސައްކަތް ކުރި ބަޔެއް މުވައްޒަފުންގެ ފޯނަށް އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ގުޅައި، އޭގެ ބަޔެއް މުވައްޒަފުން އިލެކްޝަންސް ކޮމިޝަނުގެ ޢިމާރާތާ ހަމަޔަށް ގެނެސް، އެ މުވައްޒަފުންނަށް އޮޅުވާލައިގެން، އެހެން ތަންތަނަށް ގެންގޮސް، އެފަދަ މުވައްޒަފުންނާ އިލެކްޝަންސް ކޮމިޝަނުގެ ނަމުގައި ސުވާލުކޮށް، ބިރުދައްކައި ހަދަމުން ގެންދާ ކަމުގެ މަޢުލޫމާތު ލިބިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވީ މިރޭ އެކޮމިޝަނުން ނެރުއްވި ނޫސްބަޔާނެއްގައެވެ. ބަޔާނުގައި ވިދާޅުވީ އަދި ކޮމިޝަނުގެ ބަޔެއް މުވައްޒަފުންނާއި، މެންބަރުންނަށާއި، ޢާއިލާތަކަށްވެސް ބިރުދައްކަމުން ގެންދާކަން ފާހަގަ ކުރައްވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ބިރުދައްކާ އިންޒާރުދޭ ކަމަށް ކުރިން ވެސް ބައެއް މެންބަރުން މީޑިއާގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައި ވިދާޅުވީ މި ކަމަކީ، ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީއަކަށް ތާއީދުކުރާ ސިޔާސީ ވަކިބަޔަކު އިސްވެ ތިބެގެން ކުރާ ކަމަކަށްވީނަމަވެސް، މިފަދަ ޢަމަލުތަކަކީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ޚިލާފު، އަދި ޑިމޮކްރެސީ އާ ވަރަށް ބީރަށްޓެހި، ވަރަށް ނާތަހުޒީބު ޢަމަލަކަށްވާތީ، މި ފަދަ ޢަމަލުތައް އިލެކްޝަންސް ކޮމިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

"އަދި ހަމައެހެންމެ، "ރިޔާސީ އިންތިޚާބު 2018" ގެ މަސައްކަތާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގައި ވަގުތީގޮތުން މަސައްކަތް ކުރި މުވައްޒަފުންނާއި، އަދި މިހާރު ކޮމިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތެއް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަން ބޭނުންނަމަ، އެކަން އެފަދަ މުވައްޒަފުންނަށް އަންގާނީ، ރަސްމީ ގޮތުން، ކޮމިޝަނުގެ ލިޔުމަކުން ނުވަތަ ކޮމިޝަނުގެ ފޯނު ލައިނަކުން ކަމުގައިވެސް އެ ފަދަ މުވައްޒަފުންގެ މަޢުލޫމާތަށްޓަކައި އަންގަމެވެ." ކޮމިޝަންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިފަދަ ނާތަހުޒީބު ޢަމަލުތައް ނުކުރުމަށާއި، ޤާނޫނުއަސާސީ ގެ 24 ވަނަ މާއްދާއިން، ކޮމިޝަނުގެ މުވައްޒަފުންނަށާއި، މެންބަރުންނަށް ލިބިދީފައިވާ ޒާތީ ދިރިއުޅުމުގެ ޙައްޤަށް އަރައި ނުގަތުމަށް އިސްވެ ދެންނެވުނު ފަރާތްތަކަށް އަންގައި، އިލްތިމާސް ކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ މަސައްކަތާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގައި ވަގުތީގޮތުން މަސައްކަތް ކުރި ބަޔެއް މުވައްޒަފުންނަށް އިންޒާރު ދެމުން ގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއިރު އިންތިޚާބުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް އެލަވަންސް ނުލިބޭތީ އޮފިޝަލުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކުމާރު

    ސަރީފުއައް އެއްޗެއްދިނީ އަކުރަމުއޭ. އެއީ.ކޯޗެއްތޯ.ބުނެދީފާނަންތަ. އެ އޯޑިއޯއިން ސަރީފުގެ ނާތަހުޒީބުކަން ފިލައި ގާދޫކޮލުން ނުކުމެގެން ހިނގައްޖެ

  2. ހުސޭނުބޭ

    ޝަރީފޫބެ، އަވަހަށް އެލެވެންސްކޮޅު ހަމަޖައްސަދެއްވާ.

  3. ޝަރީފޫފޫފޫފޫ

    ތިބުނިގޮތުންވިއްޔާ ތިކަންކުރަނީ ކޮންބައެއްކަން ތިބުނާ އޮފިޝަލަށް މިހާރު އެގޭނެ. ފޭސްޓް ފޭސްޓާ ބައްދަލުވެފަހުރީމަ އެހެންވީމަ ތިއީ ހަގީގަތެނަމަ ފުލުހަށްދޭ ބަޔާން ނެރުމަކުން އަމާނެނުވާނެ.

  4. ތަކުރު

    އަނެއްކާ ކޮންބައެއްގެ ބޮލުގައި ކޮންފަދަ އިލްޒާމެއް އަޅުވަންބާ އީ ސީ އިން އެ އުޅެނީ؟ ކެވުނު "ކަޓް"ކޮޅުގެ މަތީން އެހެން މީހުންގެ ވިސްނުން އަނބުރާ ލަންވެގެން ވެސް ތޯއްޗެއް.!

  5. ސަލީމު

    ޝަރީފޫ ވަގައްނެގި ވޯޓްތައްކޮބާހޭ މިއެއނޫންއުޅެންއޮތްދުނިޔެއަކީ

    • އަޙް

      ވޯޓު ވަގަށް ނަގަން އުޅެ އެކަން ކާމިޔާބު ނުވީމާ މިހާރު ކޮން ވަގަކަށް ގޮވާކަށް، މިކަހަލަ ނާތަހުޒީބު އަމަލުތައް ހިންގާނީވެސް ހަމަ ތިހެން އުޅޭ ބައެއް

  6. .ކެކި

    .ކޮންމެވެސް ގޮތަކުން އަދި ތިކުރަން އުޅޭ ކަންތައް ގަނޑުވެސް އެނގޭނެ އަބަދުވެސް ތިމީހުން އުޅޭނީ މީހުނަށް ކަންތައް ތައް އޮޅުވާލެވޭތޯ ތިއީ ތެދުބަހެއް ކީއްކުރަން ތެދުވެރި ކަމާއެކު ކަމެއް ވެސް ކުރާނެ ބައެއްނޫން މިހާރު ދެން އޮތް އިންތިޚާބަށް ކޮންމެވެސް ފަސާދަ ގަނޑެއް ފެތުރޭނެ ގޮތެއް އެ ހޯދަނީ.

  7. ނުރަބޯ

    ތިމަރަ ބަޣާވާތް މިހާރު އޮތީ ނިމިފައި. ދެން އިތުރަށް ކުރާނެކަމެއް ދައްކާނެ ވާހަކައެއްނެތް. ތިޔައީވެސް ފަތުރަމުންދާ ދޮގުޚަބަރެއް. އެކަން އިނގޭނީ އަނެއްކާވެސް އޯޑިއޯ އެއް ލީކުވީމާ.

  8. ނިމާލް

    ކަނަޑައެޅިގެން ދޮގު! ބަޔަކުދިން ބޮޑަތިއިނާމުތަކުގެބަދަލުގައި ހެޔޮކަމެއްކޮށްދީގެންތިބެ އިތުރަށް އިނާމުހޯދުމަށާ ، އަނިޔާލިބުނު ޕާޓީއަށް ގޯނާކުރުވަން ތިޔަ ހިންގާ ލާއިންސާނީ ނާތްހުޒީބީ ޢަމަލުތައް ހުއްޓާލުމަށް ކޮރަޕްޓް އީސީގެ އިސް ވެރިންނަށް ދަންނަވަމެވެ.

  9. މިއަދު

    ތިބަޔާނުގައި ޕީޕީ އެމްގެ ވާހަކަ ސީދާ ޝަރީފް ނުބުނީ ކީއްވެބާ؟

  10. Anonymous

    މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގައި މަކަރާ ޙީލަތުގެ ބޮޑެތި މައްސަލަތަކެއް ހުރިކަން އެއީ ހަމަ ހަގީގަތައް ވާއިރު ތިޔަބުނާ ވަގުތީ މުވައްޒަފުން ނަށްވެސް މިކަން އެނގިފައި ވާނަމަ އެމީހުން ވެސް އެކަމުގެ ފާފަ އުފުލަން ނުޖެހޭނެ އެއްވެސް ގޮތެއް ނެތެވެ.