ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުނީ އެމްޑީޕީން ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން ބޭނުންނުވާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރަނީ ވެރިކަން ބަދަލުކުރަންޖެހޭނީ އިންތިހާބަކުން ކަމަށެވެ.

"އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން. ރާއްޖޭގެ ވެރިކަން މިދަނީ އެއް ފަހަރު ތިރިން، އަނެއް ފަހަރު މަތިން. ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުނީ އެމްޑީޕީން ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން ބޭނުންނުވާތީ. އަޅުގަނޑުމެން ގަބޫލުކުރަނީ ވެރިކަން ބަދަލުކުރަންޖެހޭނީ އިންތިހާބަކުން ކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުނީ އެމްޑީޕީން ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރަން ބޭނުންނުވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ސުޕްރީމް ކޯޓު މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުން ފެބްރުއަރީ 01 ވަނަ ދުވަހު އަމުރު ނެރުނީ ވެސް ޤާނޫނާއި ހިލާފަށް ކަމަށް ރައީސް ޔާމީންގެ ސަޕޯޓަރުން ގަބޫލު ކުރައްވައެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދު ވަނީ އިންޑިއާ ސިފައިން ރާއްޖެ ފޮނުވައިގެން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ގޮވާލައްވާފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގާ، އޭނާ ރަހީނު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރުމާއި ގުޅޭ ގޮތުން ވެސް ރައީސް ނަޝީދު ވަނީ މިރޭ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މާލެ ވަޑައިގަންނަވާއިރު އެމަނިކުފާނު ހައްޔަރުނުވާނެ ގޮތަށް ކަންކަން އިންތިޒާމް ވެފައި އޮތުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށެވެ. ރައީސް ނަޝީދުގެ މައްސަލަ އަމިއްލަފުޅަށް ސުޕްރީމް ކޯޓަށް ހުށަނާޅުއްވައި، އެމައްސަލަ ރިވިއުކުރުމަށް ދެންނެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެންނެވީ އެކަން އެމަގުން ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށްވާތީ ކަމަށާއި، މިހާރު ކަންތައް ވެގެން ދިޔަ ގޮތަކީ ނިޒާމުގައި ނެތް ގޮތެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޖަލުތަކުގައި ކަން ހިނގާ އުޞޫލުން މިސާލު ނަންގަވަމުން ރައީސް ނަޝީދު ވިދާޅުވީ ގޮޅިން ނެރެގެން ދޫކޮށްލަން ގެންދާއިރު "ތަކެއްޗާއިއެކު" ނިކުތުމަށް އަންގާކަމަށާއި، މިފަހަރު މާލެއަށް ވަޑައިގަންނަވަނީ އެބީދައިން ތަކެއްޗާއިއެކު ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނަންތޯ ސުވާލު ދެންނެވުމުން ރައީސް ނަޝީދު ވާދަ ނުކުރައްވާނެކަމަށް ވިދާޅެއް ނުވެއެވެ. އެސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްޕުޅު ބިނާކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ވެރިކަން ދިފާޢުކުރެއްވުމަށް ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރެއްވުމަށްކަމަށެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

 1. އައްޑޫސިޓީ

  ނަޝީދު ބުނާބަހެއް ވިއްޔާއެބަލަން ޖެހޭނީއިދިކޮޅަށް. އިބޫގެވެރިކަން ދިފާއުކުރަން ބުނުމަކީ ވެރިކަންދައުރު ހަމަނުވަނީސް ބަދަލުކުރުން. މިހާތަނަށް ކެނެރީގެއިން ކިތައްބަޣާވާތް ކޮށްފިތަ؟ދުވަހަކުވެސް ކާމިޔާބެއްނުވޭ. ނަޝީދުގެ ސަރުކާރާއިދިކޮޅައް އެންމެބަޣާވާތެއް ކުރީވެރިކަން އޮތީބީވެފަ. މިފަހަރު އެއައްވުރެ އަވަސްވާނެ ކަމަށްއުންމީދު ކުރެވޭ.

  • ބޭބެ

   ވެރިކަން ވައްޓަން ވަރަށް މަސައްކަތްކުރި!! މަގުމައްޗަށް މީހުން ނެރެެގެން އެކަން ކުރެވޭތޯވެސް ބެލި!! މީހުންގެ ތަރުޙީބު ކުޑަ އެކަމުގައި!! ދެން ރާއްޖެއިން ބޭރުގައި ހުރެގެން ކޮމަންވެލްތާއި އިނގިރޭސިންގެ ޕްރެޝަރު އެކި ގޮތްގޮތުން ކޮށްގެންެވެސް ކުރެވޭތޯ ބެލި!! ޔޫރަޕިޔަން ޔޫނިއަންގައި ހިމެނޭ ބައެއް މެމްބަރުން މެދުވެރިކޮށްވެސް އެޔުނިޔަންތެރެއިން ޕްރެޝަރ ކޮށްގެންވެސް ވެރިކަން ބަދަލުކުރެވޭތޯބެލި!! ބޭރުގެ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަށް މެދުވެރިކޮށްވެސް ވެރިކަން ބަދަލުކުރެވޭތޯ މަސައްކަތްކުރި!! ސަރުކާރާ ދައުލަތާ އަދި ރާއްޖެއާއި ބެހޭގޮތުން ޙަގީގަތާއި ޚިލާފު އެތައް ވާހަކަތަކެއް ދައްކައިގެން ރާއްޖޭގެ އަގު ބޭރު ދުނިޔޭގައި ވައްޓައިގެން މަސައްކަތްކުރަމުން ދިޔައީ!! އޭގެ ސަބަބުން ރާއްޖެއަށް ގިނަ ގެއްލުން ތަކެއްވެސް ވި!! ވެރިކަން ބަދަލުކުރެވުނީ އިންތިޚާބުން!! އެކަންވެސް އެމްޑީޕީ އެކަނި ނިކުމެ ކުރަން އުޅުނުނަމަ ނުވާނެ!! މިއީ 100% ކަށަވަރުކަމެއް!! ޔާމީންގެ ވެރިކަން ބަދަލުކުރެވުނީ ރައިސް މައުމޫނާ ގާސިމް އިބްރާހިމް އާއި އަދިވެސް ބައެއް އެހެން ސިޔާސީ މީހުން ބައިވެރިވެގެން ކުރި މަސައްކަތުން!! އެހެންވީމަ ދެން ރާއްޖޭގައި އޮންނާނީ އެމްޑީޕީގެ ވެރިކަމެއް ނޫން!! ދެން އަންނަ ވެރިކަން ވާނީ ކޯލިޝަންގެ ވެރިކަމަކަށް!! އެއީ 40% އެމްޑީޕީ 30% ޖޭޕީ 25% މައުމޫނު ފެކްޝަން އަދި 5% އަދާލަތު ހިމެނޭގޮތުން އެކުލަވާލެވޭ ވެރިކަމެއް!! ދެން އަންނަ ވެރިކަމުގައި ކޮރަޕްޝަނާއި ފަސާދަ މަދުކުރެވެންވާނެ!! ވައްކަން ކޮށްގެން ނުވާނެ!! އެއްވެސް މީހަކު ޖަލަށްލާ އަނިޔާ ނުޙައްގުންވިޔަސް ދީގެންނުވާނެ!! ކިޔަވައިގެން ތިބި ތަޢުލީމީ މީހުން ވަޒީފާތަކަށް ލާންޖެހޭނީ!! ގަންޖާ ބޯ އަބަދު ހަމައިގައިތިބެން ބޭނުންނުވާ ބަޔަކު ތިބެގެންނުވާނެ!!

 2. Anonymous

  ވެރިކަަން ވައްޓަން އުޅެއުޅެ ނުވެއްޓުނީ ކޮން ދޮގެއްހަދާކައް. ދޮގު ގޯނިބެ އަބަދުވެސް ދޮގެއް ހަދާނުލާ ހުރުން އުނދަގޫވާނެ

  • ގަރޫ

   ވެއްޓިފަ އެއޮތީ 23 ސެޕްޓެމްބަރުން ފެށިގެން. ކަޑަވާނެ

 3. ޅޮޓަސް

  ކިތަންމެ ވަރަކައްވެސް ވައްޓާލަން އުޅުން ކާމިޔާބު ނުވީ. ވަރައް އުފާ ވޭ ދޭތެރެ ދޭތެރެ އިން ތިކަހަލަ ޅެން ކިޔާ ދޭތީވެ.

 4. ހެހެ

  ކިހާވަރަކައް ތިބޭ ފުޅާ ޔުރަޕް ގައުމު ތަކާގުޅިގެން ސަރުކާރުވައްޓާލަން އުޅުނީ ވީކަމެއް ހަރާން.

 5. Anonymous

  ކަލޭ ކިތައްމެވަރަކަށް ބުންޏަސް މިވެރިކަން ވައްޓަން ކަލޭމެން މަސައްކަތް ނުކުރެއޭ ބުނީމަ ގަބޫލުކުރާނީ ކާކުތަ؟؟ ރައީސު ޔާމީނުގެ ވެރިކަން ވައްޓަން ފުރަތަމަ ކުރިކަމަކީ މުޅިމާލެއަށް ފެން ދޫކޮށްފައިވާ ފެން ސިސްޓަމް ހަލާކުކޮށް ފެންކަނޑާލީ ރައްޔަތުން ޕްރަޝަރކުރުވަން، އެގޮތުންވެސް މިވެރިކަން ވައްޓަން ފަސިހަކަމެއް ނޫންކަން އެގުނީމަ ދެން ވައްތަރުވައްތަރުގެ ބޮޑެތި މުޒާހަރާ ކުރަންފެށީ ނާއިބުރައީސު ވެރިކަމަށް އިސްކުރަން ޖަމީލު ރެޑީކޮށްފަ ބަހައްޓާފަ، އެގޮތުން ކާމިޔާބުނުވުމުން މޭޑޭ އެކޭކިޔާފަ ބޮޑުމުޒާހަރާ ހިންގީ ނާއިބުރައީސު އަދީބު ރެޑީކޮށްފަ ބަހައްޓާފަ، ރައީސު ޔާމީނުގެ ހިކުމަތްތެރި ވިސްނުމުން ކަލޭމެން ފޮނުވި ހުރިހާ ރާޅުތަކުން ސަލާމަތްވެ ވެރިކަން ދިފާކޮށް 5އަހަރުގެ ދައުރު ފުރިހަމަކޮށްފައިވަނީ

 6. މުޙައްމަދު ފިކުރީ

  ކިތަށް ދުވަހު މަގުމައްޗަށް ނުކުމެ ބުނީ ދެން ގެއަށް ވަންނާނީ ވެރިކަން ބަދަލުކޮށްފައޭ. މިހެން ގޮވީ ތިބުނާ ޑީޕީއަކުން ނޫނޭ މިހާރު ތިޔަ ވިދާޅުވަނީ އުރައްޕެއް ނެތިގެންނޭ ވިދާޅުވިޔަސް މާ ރަނގަޅުހެން ހީވަނީ

 7. ހުސޭނުބޭ

  ރައީސް ޔާމީން ވެރިކަން ކުރެއްވީ ވަރަށް ރަނގަޅަށް، ވެރިކަން ވައްޓަންޖެހޭ އެއްވެސް ސަބަބެއްނެތް، ގާނޫނާއި ގަވާޢިދުގެ ތެރެއިން ވެރިކަން ކުރެއްވީ، މިކަމާއި ދެކޮޅަށް ވަކާލާތު ކުރާނެ ގިނަމީހުން ތިބޭނެކަންވެސް އިނގޭ، އެކަމަކުވެސް މިއީ ހަގީގަތް، އިރާދަކުރެއްވިއްޔާ ތި އަނގައިން މިހެން ބުނާނެދުވަސް ﷲގެ ރަޙުމަތުން ވަރަށް އަވަހަށް އަންނާނެ، ކުރިޔަށް އޮތް ފަސްއަހަރުގެ ދައުރަށް ހުވާނުކުރެވެނީސް ކަންކަން ހިނގަމުން މިދާގޮތަށް ބަލާނަމަ މިހާރުވެސް ވެރިކަން ކޮށް ނިމިއްޖެ، އިތުރަށް ކުރާނެ ވެރިކަމެއްނެތް.

 8. ސޮންޏޭ

  ވެރިކަމެއް ނުވެއްޓޭ- ވަގަށްނެގީ.

 9. އަހްމަދުބޭ

  އަންނީ ތަބޭކާރުވާހަކަނުދަށްކާ ތިޔަކޯޓުން ތަމިނިވަންކުރިނަމވެސް ﷲތަޢާލާގެ ހަޒުރަތުގަ ޖަވާބުދާރީވާން ޖެހޭނެ ހަމަ ޔަގީނުންވެސް އދުވަހު ސަލާމަތްކުރަން ލާރިބޮނޑި ހިފައިގެންދާނެދިމާއެއް ދާނެމީހަކު ނުހުންނާނެ

 10. Anonymous

  ޚަލޭމެން ވައްޓާން އުޅުނަސް މިވެރިކަން ނުވެއްޓުނީ މިވެރިކަމުގެ ހުންގާނުގައި ހިފަހައްޓައިގެންހުރި ކައްޕިއަކީ ރ.ނަޝީދުކަހަލަ ރޮނޑެއް ނޫން ވީމައެވެ. މިވެރިކަމުގެ ކައްޕިއަކީ މުޅި ދުނިޔެއިންވެސް ހޮވާލެވޭނެ އެއްމެ ގަޓުހުރި އެއްމެ ގާބިލު ރައީސު ޔާމީނެވެ. ޙަޖަމުނުވާ ބަޔަކު ގަބޫލު ނުކުރިޔަސް ހަގީގަތަކީ މިއީ

 11. ހުސޭނުބޭ

  މި ވެރިކަން ނުވެއްޓުނީ ވެރިކަން ދިފާޢުކޮށްދިނުމަށް ބުއްޅަބޭ ކޮނޑުއަޅައިގެން ހުރުމުންދޯ! ކެކެކެކެކެކެކެކެކެ

 12. ޭހާލުގެ ދުލުން

  އައްޗީޑި އަނގަ އޮތިއްޔާ ކޮންމެ އެއްޗެއްވެސް ބައްމީހުން ކިޔައިފާނެ. ކިތައްމެ ވަރަކަށްވެސް ވައްޓާލަން އުޅުނު މާތްﷲގެ މިންވަރުފުޅުން ނުވެއްޓުނީ.ޢިލުމުލިބިފައި ޙިލްމުވެރިޔަކަށް ރައީސް ޔާމީންވާތީ.ރައީސް ޔާމީންގެ ދައުރުގައި ދިވެހިރާއްޖޭގެ ޙާލަތު ހުރިހާ ދާއިރާއަކުން ކުރިއަރާދާތީވެ އެތަންބަލަން މިމީހުންނަށް ހަމަ ކެތްނުވީ.

 13. މުހުންމަދު

  ތިވާހަކަ އަޑުއިވުމުން ހަނދާންވަނީ ބަނޑުހައިވެގެން މޭބިސްކަދުރު ކޯންޏަށކަށްފުންމ ނާކާމިޔާބު ހިޔަޅެއްގެ ވާހަކައެވެ. ފުންމަ ފުންމާ އަތުނުޖެހުމުން ބުނެލީ ނަސީބަކޭ އަތުނުޖެހުނުކަން ވަރަށް ހުތްވާނެ.

 14. .ބޮއްބެ

  .ހެހެހެހޭ ތިކަމެއްވާ އެނގޭ ތިވީހިޔަޅު މޭބިސްކަދުރަށް ހިޔަޅުވެސް ތިހެން ބުނި ހިޔަޅަށް މިވީ ގޮތަކީ މާބޮޑަށް މޭބިސކަދުރު ކާހިއްވީ ގޮސް ގަސްގަނޑު ކާރީ ފުމެފުމެ ކަދުރެއް ކެވޭ ގޮތެއްނުވި ައައި ރުޅިން ބުނީ ތީ ވަރަށް ހިތި އެއްޗެކޭ މިއެކޭ އެއްވެސް ތަފާތެއް އެބަ އޮތްތޯ.

 15. އަފީފާ

  މިވެރިކަންވައްޓައްނޭގުނީބަލައައްނިޔަކައްނޭގޭނެވެރި

  ކަންވައްޓާކައްތީހުދުމީހެއްފެނުނީމަ ވެރިކަންދޫކޮއްލާފަދިޔަ

  މީހެއްތިވަރުގެމީހުންނައްކިހިނެއްވެރިކަމެއްވެއްޓޭނީއަހަރުމެންރައްއިތުންގުބޯހައްދަންމިހާރަކުދެންއުޅޭނެކަމެއްނެއްއިބޫއަތުންވެރިކަންފޭރިގައްނަންނޫޅޭތި؟

  އައްނިއަކައްތާއީދެއްނެއް އިބޫއައްމިހާރުމާތާއީދުއެބައޮތް

  ހޫ ސުކުރިއްޔާ

 16. އަފީ

  އިބޫނިކަންވިސްނައިގެންހުރެވޭތޯބަލާތި
  މީދެއުޅިހަމަނުވާ ބުރާންޗެއްމީނަ

  މާލެ އައީމަގުރާދޫްއައްގެންދަންފެނޭހެންހީވަނީ؟؟

 17. އަނަސް

  ހަގީގަތަކީ ދިވެހިރައްޔިތުން އިންތިހާބީ ރައީސް ހޮވީ އިބުރާހިމް މުހައްމަދު ސޯލިހު ސޯލިހު ކަމުން އޭނާ ހޮވާކަށް ނޫން، ރައީސް ނަޝީދަށް ޓަކާ، މަށަށް ފެނޭ އިބުރާހިމް ސޯލިހު ފަހަތަށް ޖެހި ރައީސް ނަޝީދަށް ވެރިކަން ދޭން ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވާނީ އެގޮތް އަނެއްހެން އިބޫ ދަންނަނީ ކިތައް މީހުން؟

 18. ދަރީ

  ބަގާވާތް ތަހުގީގުކޮށް މުޖުރިމުންނަށް ހައްގު އަދަބުދިނުމަށް ގޮވާލަން.

 19. ޖަޒީރާ

  ކަލޭ ކިތައްމެވަރަ؛ކައްވެސް މަސައްކަތް ކުރި ކަލެއައް ނުވެއްޓުނީ ކަލޭ ހީކުރަނީ ކަލޭތީ މާބާރުގަދަ މީހެއްކަމައްތަ ހަގީީގަތުގަ ކަލޭތީ ބޮޑު ފިިނޑިއެއް ނިރުބަވެރިއެއް

 20. ސަންޑޭ

  ކިހިނެއްވެރިިކަން ވަށްޓާނީ މަގުމަށްޗަށްވެސް ނިކުންނަން ނުކެރެި ތިބީ.ވެރިކަން ވެއްޓޭނެ ނަމަ ނުވަށޓާތިބޭނެ ވަރު ބަޔަކު މަކެއް ހޭބުއްދި ހުްންންމާހަކު ގަބޫލު ނުކުރާނެ. ސަބަބަކީ ވެރިކަމާހެ ދި ކުރެވުނު ކަންކަމުގެ ގިނަކަން.،

 21. އަޙްމަދު

  ރޭހުން މޮޅުނުވީ ޗޭނު ނެއްޓުމުންނޭ ބުނާ އުސޫލު. ކިތަންމެ ވަރަކަށް ވެސް އުޅުނު. ނުވީ. ކާލޭޔަށް ތަބާވާ މީހުންކޮޅު ލައިގެން ނުވެގެން ނޫންތޯ މައުމޫން، ގާސި އާއި އިމްރާނު ގެނައީ. ކިހިނެއްތޯވީ އެމީހުންވެ ކަލޭގެ ދަލުގައި ޖެހުނީ. ތީބޮޑު ފެއިކިއާއެއް. ނުވިތާނކަށް ވެރިކަމަށް ވެސް ކުރިމަތި ނުލެވުނު. އެއްވަރަ ބޭރުގައުމު ތަކުގެމީހުން ފައިބުޑުގައި ދޫލާއިގެންވެސް.

 22. ނުރަބޯ

  މިސަރުކާރު ގާއިމުވީއްސުރެ މިހާތަނަށްވެސް ވެރިކަން ވަށްޓާލަން އައީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ކުރެވުނު މުޒާހިރާތައް ހިމެނެއެވެ. ނިންމާލަން، ވަށްޓާލަން، މިންޖުވާން، މިފަހަރު އެހެންނެއްނުވާނެ، އާނދޮގޭ، މިފަދަ ނަންނަމުގައި ދުއްތުރާ ތައް ކުރެވުނެވެ. އަދި މޭޑޭ އަކީވެސް ހަމަ މިފަދަ މުޒަހިރާއެކެވެ. މީގެ އިތުރުން އީޔޫ އާއި ކޮމަންވެލްތް މިގައުމަށް ފާކޮށްގެން ގޮތްގޮތަށް ބިރު ދައްކައިގެން ހިންގި ޖަރީމާތަކާ ދިވެހިރާއްޖެއަށް ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ލިބޭ އެހީ ތަކަށް ހުރަސް އެޅުމާ ރާއްޖޭގެ ސޫރަ ހުތުރުކުރުމާ، ރާއްޖެއަށް ފަތުރުވެރިން ނައުމަށް ކުރެވުނު ކެންޕޭނުތައް ހިމެނެއެވެ. މިއިން ކޮންމެ ކަމަކުން ސަލާމަތް ވުމަށް ޓަކައި ދިވެހިސަރުކާރުން އެތައްހާސް ޑޮލަރެއް ޚަރަދުކުރަން ޖެހުނެވެ. މިފަދަގޮތަކުން ސަރުކާރު ނުވެއްޓުމުން ދެންދިމާކުރީ ނުސީދާ ގޮތުން ބަޣާވާތް ކުރާށެވެ. މިގޮތުން ރ. މަޖްލިހުން މެންބަރުން ގަނެގެން އެމީހުންލައްވާ ސަރުކާރު ވަށްޓާލަން ކުރިމަސައްކަތާ، މަޝްހޫރު ފެބް1 ގެ އުއްތަމަ ބަޣާވާތް ހިމެނެއެވެ. އެންމެފަހުން އައިސް ސަރުކާރު މި ވެއްޓުނީ އީސީގެ މެންބަރުން ނަށް ރިޝްވަތުދީގެން ވޯޓުގައި މަކަރާ ޙީލަތް ހަދައިގެން ގެނެވުނު ތިމަރަ ބަޣާވާތުންނެވެ. އެއަށްފަހު ކޯޓު ތަކަށް ރިޝްވަތު ދީގެންނާ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުދައްކައިގެން ތިޔަގެންދަނީ މައްސަލައަކަށްފަހު މައްސަލައެއް ފަޓާސް ބަރިއެއް ރޯކޮށްލީމާ ގޮވަމުންދާހެން ކަލޭ އެދޭގޮތައް ނިންމަމުން ނެވެ. އެގޮތުން ތިމާމީހާގެ މަށްޗަށް ކުރެވިފައިވާ ޖަލުހުކުމުންވެސް މިހާރު ތިޔަހަރީ ގަދަބާރުން ސަލާމަތްވެ އަމިއްލަ އަށް މިނިވަން ވެގެންނެވެ. އެހެންވީ ދޮގުބުހުތާން ވާހަކަ ދެއްކިޔަކަސް މިހާރު އެކަން ގަބޫލު ކުރާމީހަކު ނެތެވެ.

 23. ފަޟީލާ

  ޔާމީންގެ ވެރިކަން ވައްޓާލަން 6 ފަހަރެއްގެމަތިން އެންމެ މަތީފެންވަރަށް ވަނީ މަސައްކަތްކޮށްފަ! ނަމަވެސް މާތްﷲގެ ކުޅަދުންވަންތަކަމާ ވެރިމީހާގެ ޙިމކުމަތުން ސަލާމަތްވަނީ! ވޯޓުންވެސް ރައީސް ޔާމީން ބައްޔެއްނުވޭ! ރައީސްޔާމީނަށް ލިބުނު 136000 ވޯޓުން 40000 ވޯޓުވަގަށްނަގައިގެން ތިތިބީ މޮޅުވެފަ! ބޮޑު ކޯލިސަނަށްލިބުނީ 90000 ވޯޓު! އިރާދަކުރެއްވިއްޔާ އަދި މިކަންތައް ދައްކަވާނޭ!

 24. ޒާ

  އެކަމަކު މިވެރިކަން ވެއްވައްޓާލަން ނަޝީދު ބޭނުންވާނެ. އަދި ވެއްޓޭނެވެސްމެއެވެ.

 25. ޒަރުޤާވީ ފިކުރީބެ

  ވެރިކަަން ވައްޓަން ކޮންކަމެއްބާ ނުކުރަނީ އިތުރަށް ކުރެވެން އޮތީ ދޮގެއް ހަދާނުލާ ހުރުން އުނދަގޫވާނެ އުޅެއުޅެ ނުވެއްޓުނީ

 26. އަހުމަދު

  އެއްގޮތަކަށްވެސް ނޫޅޭ... ހަނދު ދައްކާފައި އެހެރީ ވަރަށް ސާފު އިރެކޭ ބުނީމަ ޤަބޫލުކުރަންވީ ދޯ ދެން..

 27. އަނާރު

  ނަސީދުގެ ވާހަކަގަބޫލްކުރާނީ ނަސީދުގެ އައުވާނުން ތިއަވާހަކައައް ލިއުމުން ޖަވާބުދޭން 200 ސަފްހާ ބޭނުންވޭ އެހެންވީމާ މިވަގުތު ކުރުކޮށްލާނީ

 28. ޭަބޮއިހަލާކު

  ހަމަ ތެދެއް މިބުނީ މި ނަޝީދަކީ ބޮލަށް ފިތިފަ ހުންނަ ގޮލައެއް މީނައަކަށް ނޭގުނޭ އިންޑިއާ ސިފައިން ރާއްޖެއަރާ މިގައުމުގެ ވެރިކަން ވައްޓާލަދޭށޭކިޔާ މިގޮލާ އާދޭސްކުރިވަރު ދުނިޔޭގަ ތިބި ހުރިހާ ޔަހޫދީންނަށް އާދޭސްކުރިވަރު ބަލަ ބީތާޔާ މިގައުމުގަ ތިބި މޑޕ މީހުން ކަލޭ ރޭގަނޑަކީ ދުވާލޭ ބުނީމަ ގަބޫލުކުރިޔަސް އެއީ ދޮގެއްކަން ގަބޫލުކުރާ ވ.ގިނަ ރައްޔިތުން މިގައުމުގަ އެބަތިބި

 29. ޙަސަން

  ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން، އެވެރިކަމުގެ ހުވާކުރި ދުވަހުން ފެށިގެން އެމް.ޑީ.ޕީ އިން މަސައްކަތްފެށި އަދި މިހާރުވެސް ކުރަމުން ތިދަނީ މިނޫހުގައި (ވަގުތު ނޫހުގައި) އެއޮތީ ރައީސް ޔާމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭކަމުގެ ޚަބަރު، ތިކަހަ ބުހުތާން ފޮނިކަނޑާތީ އަހަރުމެން ބުނަނީ ކަލޭތީ ދޮގުވެރިއެކޭ، ކޮންމެ ކަމެއްވެސްވާނީ މާތްﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުން ވަންތަކަމުން

  ދެން ކަލޭމެން މަސައްކަތް ފަށާނީ އިބޫގެ ވެރިކަން ވައްޓާލަން ކަމަށް މަށަށް ޝައްކުވޭ

 30. އިންސާފް

  އަބަދުވެސް ފިތުނަ މަރުއައިސް ނޭވާހޮޅިއައް އެޅޭއިރުވެސް ފިތުނަ ދެންގައުމު ކޮންރަގަޅެއްވާނީ

 31. ހަރީ

  ކުރިއައްދާމަގުސާފު

 32. ޑީޑީ ބުރި ގާޑިޔާ

  ޔާމީން ގެ ވެރިކަން ނުވެއްޓުނީ މާތްﷲ ގެ އިރާދަފުޅުން، ކަލޭމެން ކިތަންމެ ވަރަކަށްވެސް މަސައްކަތްކުރި، ވެރިކަން ވައްޓާލަން އެތައް ތާރީޙެއްދިން ވެރިކަން ނިންމާލާެކަމަށް މރތއދ ދައްކާ ފަރަންޖީވާހަކަދޯ

 33. ޒަމް

  ވައްޓަން އެތަށް ފަހަރު އުޅުން... ކާމިޔާބު ނުވީ އެއްގޮތަކަށް ވެސް.... މިދިޔަ ފެބްރުއަރީ 7 ގަވެސް ވެރިކަން ވެއްޓޭތޯ ވަރަށް މަސެއްކަތް ކުރި އިދިކޮޅު އެންމެން ވެގެން.

 34. ީއިބުރަ

  ތަޅުވަތަޅުވާ ހަންވި އިރުވެސް ވަށްޓާލަން އުޅުން
  ކަމަކަށް ނުވި.