އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އަމްޖަދު މުސްތަފާ އަށް ތުހުމަތުކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ އިލެކްޝަންސް ކޮމިޝަނުގައި އެކުލަވާލާފައި އޮންނަ މިފަދަ މައްސަލަތައް ބަލާ ކޮމިޓީއަކަށްކަމަށް، އިނގިރޭސި ބަހުން ރާއްޖޭގައި ނެރެމުން އަންނަ "މޯލްޑިވްސް އިންޑިޕެންޑެންޓް" ނޫހުން މިއަދު ބުނެފައިވެއެވެ.

އެނޫހުން ބުނެފައިވާގޮތުން މިއީ އޭނާއަށް ތުހުމަތު ކުރެވޭ މިފަދަ ދެވަނަ މައްސަލައެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓް ނޫހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުއެވެ.

އެނޫހުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ކޮމިޝަނުގެ އަންހެން ދެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރަން އަމްޖަދު މަސައްކަތްކޮށްފައިވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް ކުރި ރަސްމީ ދަތުރެއްގެ ތެރެއިން، މެންބަރާއި ދެ މުވައްޒަފުން ތިބި ހޮޓެލުގައެވެ. އެ ދަތުރަކީ އެއަހަރުގެ ސެޕްޓެމްބަރު މަހު، ފެމްބޯސާ ކޮންފަރެންސްގައި ބައިވެރިވުމަށް ކޮށްފައިވާ ދަތުރެއްކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، މޯލްޑިވްސް އިންޑިޕެންޑެންޓް ނޫހުގައި މިކަން ހިނގާދިޔަ ގޮތްކަމަށް ބުނެ، މުވައްޒަފުން ކިޔައިދީފައިވާ ޙާދިސާ ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، ލިޔުމުގައި މުވައްޒަފުންގެ އަސްލު ނަން ބޭނުންކޮށްފައި ނުވެއެވެ.

އެނޫހުގައިވާ ގޮތުން ދަތުރުގެ ފުރަތަމަ ރޭ، ގޮތް ނޭނގޭ ހިޔަންޏެއް ފެނުނުކަމަށް ބުނެ އަމްޖަދު ވަނީ އަމިއްލަ ކޮޓަރީގައި ނިދަން އޮންނަން ނުކެރޭނެކަމަށް ބުނެ، ދެ އަންހެން މުވައްޒަފުން އުޅޭ ކޮޓަރީގައި އޮންނަން މަސައްކަތް ކޮށްފައެވެ.

"ފުރަތަމަ ރޭ، އަހަރެމެން ނައިބު ރައީސް ހުރި ކޮޓަރީގައި އޯޕަނިން ސްޕީޗު ލިޔަން ތިއްބާ ނައިބު ރައީސް ބުނި އޭނާއަށް އެހެން ދޮރަކުން ގޮތް ނޭނގޭ ހިޔަންޏެއް ފެނުނޭ." އެނޫހުގައި ބުނެފައިވެއެވެ. "ދެން އޭނާ ބުނި އެކަނި ކޮޓަރީގައި ނިދަން އޮންނަން ބިރު ގަނެއޭ." އިތުރަށް ބުނެފައިވެއެވެ.

އަންހެން މުވައްޒަފުންނާ ހަވާލާދީ އެނޫހުގައި އިތުރަށް ބުނެފައިވަނީ އެރޭ އޭނާ ނިދާފައިވަނީ އަންހެން މުވައްޒަފުންގެ ކޮޓަރީގައިކަމަށެވެ.

"އަހަރެންނާ އަނާ (އަސްލު ނަމެއް ނޫން) ނިދަން ދަނިކޮށް ނޫނެކޭ ބުނެ އޭނާ އަހަރެމެން ފަހަތުން އައި. ނައިބު ރައީސް ބުނި އަހަރެންނާއި އަނާ އެނދުގައި އޮންނާށޭ، އޭނާ ތަޅުންމަތީގައި އޮންނާނަމޭ. އޭގެ ކުރީ ރޭ އަހަރެމެންނަށް އެއްވެސް ވަރަކަށް ނުނިދޭތީ އޮށޯންނި ތަނާހެން ނިދިއްޖެ. އަނާ ތެދުވެފައި ބުނި އޭނާ ނިދުމުގެ ކުރިން ނައިބު ރައީސް ނިދައިފިއޭ އެކަމަކު އޭނާއަށް އަބަދު އަބަދު ހޭލެވުނީ އަހަރެމެން އެއްވެސް މީހަކަށް އިތުބާރު ނުކުރާތީ." އަންހެން މުވައްޒަފާ ހަވާލާދީ މޯލްޑިވްސް އިންޑިޕެންޑެންޓް ގައި ބުނެފައިވެއެވެ.

ދަތުރުގެ ދެވަނަ ރޭވެސް އެކަން ކުރިމަތިވިކަމަށާއި އެކަމުގެ ސަބަބުން އެތައް އުނދަގޫތަކެއް ކުރިމަތިވިކަމަށްވެސް މުވައްޒަފުން ކިޔައިދީފައިވެއެވެ. އަދި، ނިދަން ޖެހުނީ ބުރުގާވެސް އަޅައިންކަމަށް ބުނެފައިވެއެވެ. ތިންވަނަ ރޭގައި އަނާގެ ކޮޓަރީގެ ތަޅުދަނޑި އަމްޖަދަށް ދީފައި އަނާ އެހެން ކޮޓަރިއަކަށް ދާން މަސައްކަތް ކުރިކަމަށާއި އެހެންނަމަވެސް، އެކަމަށް އަމްޖަދު ހުރަސް އަޅާ އެއްބަސްނުވިކަމަށްވެސް ބުނެފައިވެއެވެ.

"އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ އެއީ ކޮމިޝަނުގެ ނައިބު ރައީސްގެ ޢަމަލުތައް، މުވައްޒަފުން ކުރިމަތީގައި ހުންނަން ޖެހޭނެ ގޮތްކަމަކަށް. ކުރު ސޯޓު ލައިގެން އޭނާ އުޅުނީ ވެސް " ޝަކުވާ ފޯމުގައި މުވައްޒަފު ބަޔާންކޮށްފައިވާކަމަށް އެނޫހުން ބުނެފައިވެއެވެ.

ހަމައެހެންމެ، އަންހެން މުވައްޒަފަކަށް ފެނިގެން ނުވާނެފަދަ ބައެއް މަންޒަރުތައް އަމްޖަދުގެ ފަރާތުން ފެނިފައިވާކަމަށާއި އެއީ އޭނާ ގަސްދުގައި ކޮށްފައިވާކަމެއްކަމަށްވެސް މުވައްޒަފު ބުނެފައިވެއެވެ.

އިލެކްޝަންސްގެ އެހެން ބައެއް މުވައްޒަފުންނާ ހަވާލާދީ އެނޫހުން ބުނެފައިވަނީ ޝަކުވާ ހުށަހެޅުމަށްފަހު އެމުވައްޒަފު ވަޒީފާއިން އިސްތިއުފާ ދިން ކަމަށެވެ.

މޯލްޑިވެސް އިންޑިޕެންޑެންޓް އިން އިތުރަށް ބުނެފައިވަނީ މިކަމާ ގުޅިގެން މައްސަލަ ބަލާ ކޮމިޓީގެ މެންބަރު ޚަދީޖާ ރަޝާ އަށް ގުޅުމުން އެކަމުގެ މައުލޫމާތު ދެވެން ނެތްކަމަށް ބުނިކަމަށެވެ. އެކަމާ ގުޅިގެން އީސީގެ ތަރުޖަމާނު އަދި މެންބަރު އަޙުމަދު އަކުރަމަށް ސުވާލު ކުރުމުން ފާއިތުވި ދެ އަހަރު އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވިކަމަށް އެނޫހުން ބުނެފައިވެއެވެ.

"އަހަރެންނަކަށް މި ޝަކުވާގެ އެއްވެސް މައްސަލައެއް ނުލިބޭ. އަހަރެންނަށް މި ވާހަކަ މި ފެނުނީ މޯލްޑިވްސް އިންޑިޕެންޑެންޓްގައި ޝާއިއު ކުރުމުން. އަހަރެން މި ވަގުތު މި ހުރީ ޗުއްޓީގައި ޤައުމުން ބޭރުގައި. އަހަރެން ފޯނު ނެގީ މިއީ އިންތިޚާބާ ގުޅޭ ސުވާލެއްކަމަށް ހީކޮށް." އަކުރަމް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، އެނބުރި މާލެ އައިސް މިކަން ބެލިދާނެކަމަށް އޭނާ ވިދާޅުވިކަމަށް އެނޫހުގައިވެއެވެ.

އެހެންނަމަވެސް، މިކަމާ ގުޅިގެން ކުރި އެއްވެސް ސުވާލަކަށް އަމްޖަދު ޖަވާބު ނުދެއްވާކަމަށް އެނޫހުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ފާތުން

    އިސީ ގެ ނައިބަކީ ތިކަހަލަ މީހެއް ނޫން. އަހރެން ވެސް މީ ހަމަ އަންހެނެއް . އޭނާއާއި އެކީގައި މަސައްކަތް ކުރާތާ މިހާރު 3 އަހަރު ވެއްޖެ. ދުވަހަކުވެސް ތިފަދަ އަމަލެއް އަދި ފެނިފައެއްނެތް. މީހުންގެ އަނބުރު ކަތިލަން އުޅުނަސް ތިދެން ބޮޑުވަރު. ޕިޕީ އެމް އިން މިހާރު އާ ކުޅިގަނޑެއް އަނެއއްކާ. ސަމާލުވޭ ދިވެހިން ،

    • ޒުހޫ

      ކަޑައެޅިގެން ދޮގެއްތިއީ. އިލެކްޝަންގެ މުވައްޒަފުންނާއި މިނިވަން ފަރާތަކުން ސުވާލުކޮށް ތަހުޤީގެއް ހިންގައިފިނަމަ އަމްޖަދާއި އަކްރަމް ސަލާމަތްވާނެ އެއްގޮތެއްވެސް ނޯންނާނެ

    • ހުސޭނުބޭ

      ދެމީހުން އެއްބަސްވެގެން އުޅެންޏާ 3 އަހަރެއްވެސްނޫން 30 އަހަރުގެ "އެކުއުޅުން" ސިއްރުކޮށްށްފައި ބޭއްވިދާނެ!

  2. ތާޝޫ

    ތިފަޅާއެރީ އެކެއްގެ ވާހަކަ.. ބިތުފަންގި ނެގެމުންދާ ވަރަކަށް ފަޅާ އަރާނެ ސުލައިމާން، އަކްރަމް، ޝަކީލު އަދި އޭރުގެ ސެކްރެޓރީ ޖެނެރަލް އަހުމަދު އަލީ ގެ އަސަރުގަދަ ވާހަކަތައް

  3. ހިޔަނީގެ ބޯ

    ހިޔަންޏެއް ފެނުނީޔޯ!!!ހަމަ އަންހެން މުވައްޒަފުންގެ ކޮޓަރީ ނިދާހިތުން ޖެއްސި ގޭމެއް.

  4. ކެޔޮޅު

    އީސީގެ ނައިބު ހިޔަންޏައް މުޑިނެގިއްޔޯ!!

  5. އަކުރަމް

    ހިޔަނި އަމްޖަދު

  6. ޙ

    ޥަހުސީ ހިމާރު، ބަލާބަލަ އިންގޮތް، ގޮތްކުޑަ...

  7. ބޮލި މުލައް

    ހިޔަނި ކީއްކުރަން ފުރޭތަވެސް ތި 5މީހުނަށް އަދި ފެންނާނެ. ޢެދހުވަހަކުން އަމިއްލަ ދުލުން އިއުތިރާފުވާނެ. ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ޤައުމުން ބޭރަށްގޮސް މީ ގަންނަ ގަނޑަކީ.

  8. ދޮންބެ

    އެންމެ ފުރަތަމަކަމަކަށް ފާހަގަ ކުރެވެނީ ހިލޭ ފިރިހެނަކާއެކު ތިހިސާބަށް ތިވަރުގެ ދަތުރެއް ކުރުމަށް ތިކުދިންނަށް ރުހެވުނުކަމާ ތި ކުދިންގެ މައިންބަފައިން ނުވަތަ ފިރިން ތިކަމަށް ރުހުނުކަން.

  9. ގލޅ

    ހިފާ ހައްޔަރުކުރޭ ގުނޑާއިން

  10. ޢަދިކިރިޔާ

    ތަންކޮޅެއް ލަސްވެއްޖެ.

  11. ނައިބުތުއްތު

    މިކަހަލަ އެތައްކަމެއް. އެކަމަކުވެސް މިވަރުގެ ނަޒާހަތްތެރިބަޔަކުނެތް.ހެހެހެހެހެ

  12. ނޫޏޫ

    އީސީ މުވައްޒަފު ތިބުނާ ހަޑި ކަމެއް ނުކުރޭ ޔެކެއް ނޫން މިބުނަނީ، އެކަމަކު މިހާރު އީސީ މުވައްޒަފުން ގެ ގެ ފަތި ފުށް ހޯދަމުން ދުވާވަރުނަ ހަމަ ހިނި އަންނަނީ

  13. ވެލްޑަން

    ކޮބާ ސުސީއާ ނަޝާތުޔާ ކޮންމެ ރެއަކު ސިޑި ކައިރީ ތިބެގެން ގަންނަ ގަނޑު. ނަޝްމީ ގޮވާގެން އަކްރަމް ގަތް ގަނޑުތައް ވެސް ހައިޑް ކެމެރާ ތަކުން ވީޑިޔޯ ކުރެވި ރިލީސް ކުރަން ތައްޔާރު ވެފަހުރީ. ވަރަށް އަގުހެޔޮ ކެންޕެއިންނެއް އީސީ ކުދިންނަށް ކުރެވިދާނެ މިހާރު

  14. އަބުރޭ

    ތީ ހަމަ އެ ޕީޕީ ކުދިން އަހަރުމެންގެ ދުލުގަ ހިފައި ދަމަން ވެގެން ކިޔާ އެއްޗެހި، އެ މީހުނަށް އެ ނޫން މަސައްކަތެއް ނެތް މިހާރު.

  15. ޝަރީފް

    ސުލައިމާން، އަކްރަމް، ޝަކީލު އަދި ކުރީގެ ސެކްރެޓރީ ޖެނެރަލް އަހުމަދު އަލީ އުޅުނީ އިލެކްޝަންސް ކޮމިޝަނަށް ނާސި ގެއަކަށް ހަދާގެން. ޚާއްސަކޮށް އަކްރަމް އާއި އަމްޖަދު އެންމެކުރީގައ. ރިޔާސީ އިންތިޚާބު ތެރޭގައިވެސް އެމީހުން އެހެން އުޅުނީ. އިއްޔެގެ އަމްޖަދު އުޅުނު ވަރަށްބުރަކޮށް ޖިންސީ ގޯނާގެ މައްސަލަ އޮއްބާލެވޯތޯ. އޭނަ މިވަގުތު ކޮމިޝަނާ ހަވާލުވެގެންހުރީ. އޭނަގެ ބެލުމުގެ ދަށުން އޭނަ ކޮޅަށް މިއޮތްހާ ދުވަހު ނުބަލާހުރި އޭނަގެ މައްސަލަ ނިންމުން އެންމެ އިސްކަމެއްދީގެން އިއްޔެއާއި މިއަދު އޭނަކުރަމުންދާ މަސައްކަތަކީ

  16. Anonymous

    މީހުންގެ އަބުރެއް އޮވޭތަ. ޢަބުރެއް ނޯންނާތީ މަންޖެމެންކަހަލަ އެމްޑީޕީމީހުން އެގާނޫނު އުވާލަން ތާއީދުކުރަނީ

  17. ހެޔޮއެދޭ

    ފުރަތަމަ އަންހެނަކަށް ވަޒީފާގެ ޝަރުތު ހަމަވަނީވެސް ގިނަވަގުތު މަސައްކަތުގަ އުޅެވޭނަމަ، ވަޒީފާ ގެރެންޓީވަނީ ރަށުން ބޭރުގަ މަސައްކަތް ކުރަން އެއްބަސްވީމަ. އަނބިން ވަޒީފާތަކަށް ފޮނުވާ ގިނަ ފިރިންނަކީ ގޭގަ ދަރިންބަލަން ތިބޭ މީހުން، އަނެއްކާ ދަރިންކޮޅު ފިރިމީހާޔާ ވައްތަރު އެންމެތަންކޮޅެއްވެސް ނުހުރޭ ގިނަފަހަރަށް... ހަމަ ވައްތަރުވާން އުޅެނީ ބޮސް އާ. ސޮރީ ގާރލްސް.

  18. ޑޭށާ

    ތި ވާނީ ހަމަ ތެދަކަށް. އަމްޖަދު އަދި ތި ކިޔާ އަކްރަމަކީ ނާޖާއިޒް ގޮތުގައި އަންހެންކުދިންގެ އަބުރު ކަތިލަމުންދާ ދެ މީހުން. އިލެކްޝަން ކޮމިޝަން މި ދެމީހުންގެ އިތުރުން ޝަރީފް ވެސް ބޭރު ކުރަން އެބަޖެހޭ.

  19. ސަނދުވާ

    ފާތުން ނާއިބު ރައީސްއާ ލޯބީގެ ގޮތުން ގުޅިވަޑައިގެންނެވިފައިވާނަމަ، ވިދާޅުވެވޭނީ އެ ބޭފުޅާގެ ދިފާޢީ ޖުމްލަތައް ދެއްތޯ؟

  20. ރޖ ބެލިކުއްޖާ

    އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފައް​
    ވެދުން ސަލާމައްފަހު ދަންނަވަން
    23 ސެޕްޓެންބަރު 2018 ބޭއްވި އިންތިހާބުގައި
    އަޅުގަނޑުވަނީ ތިކޮމިޝަންގެ ފަރާތުން އޮފިޝަލެއްގެ
    ގޮތުގައި މަސައްކަތް ކޮއްފައެވެ. އެހެންނަމަވެސް
    އެތާރީހުންފެށިގެން މިޔަދާހަމަޔައް ތިކޮމިޝަނުން
    އަޅުގަނޑައް ލިބެންޖެހޭ އެއްދުވަހުގެ(ވޯޓުލީ) ދުވަހުގެ
    މުސާރަ ޖަމާނުކުރާކަން ހިތާމަޔާއެކު ދަންނަވަނެވެ.
    ވީމާ ތިކޮމިޝަނުން އަޅުގަނޑައް ލިބެންވާ އުޖޫރަ
    ވީހާވެސް އަވަސް ތާރީހަކު ލިބޭނެގޮތް ހަމަޖައްސާދިނުން
    އެދެމެވެ. އަދި އަވަސް ތާރީހެއްގަ މިކަމައް އަލިމަގެއް
    ނުފެނިއްޖެނަމަ ސުޕުރީމް ކޯޓައް މައްސަލަ ހުށައަޅާނެ
    ވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ.
    އިހުތިތާމް ގަބޫލުކުރުން އެދެމެވެ.

  21. ާއައްޔަބެ

    ތީ އެއްވެސް އޮއްޓަރެއް ނެއް ވާހަކަޔެއް

    ތިބުނާ އަހެން މީހާ ލާރިގަނޑެއް ހޯދަން ކުރި ކަމެއް

    އޭނަ އިނގޭ ވ ރަނގަޅަށް

  22. ޙައްވާ

    އީސީ ޝަރީފުގެ އަބުރަށް އަރާފަ ދެން ނާއިބު ރައީސްގެ އަބުރަން އަރަނީ .. ތިކަން ތިކުރަނީ އިންތިޚާބުގެ ނަތީއްޖާ ހަޖަމް ނުވެގެން ސްޕްރީމް ކޯޓަށް ދިއުމުން އެތަނުންވެސް ބޭނުންވާގޮތް ނުވުމުން ދެން އެކުޅެނީ އީސީ މެމްބަރުންގެ އަގު ވައްޓާލާ ކޮންމެވެސް އިލްޒާމެއް އެޅުވޭތޯ..

    • Anonymous

      އީސީ ޝަރީފަކީ ތ.ތިމަރަފުށީ އަތޮޅުވެރިއަކަށް ހުރި އިރު ތި އިލެކްޝަން ކޮމިޝަން މީހުން ރަށްރަށައް ވޯޓް އޮފިޝަލުން ފޮނުވަން ކައިރި ވުމުން ރީތި ކުދިން ފޮނުވާށޭ ބުނެ އެ ގޮތަށް ތާ އަންހެންކުދިންނާ ޖިންސީ ހަރަކާތް ހިންގައި އުޅުނު މީހެއްކަން ތި ކޮމިޝަނުގަ އުޅުނު މީހުނަށް އިނގޭނެ. ތި ތަނަކީ ނާސި ގެ އެއް. ތިތާ އުޅުނު ޕީޕީއެމް ތޮލާލު މީހަކާ ފުރަތަމަ އިނީ ކޮމިޝަނުން ހޯދި މަންޖެއަކާ. އެ މަންޖެ ކުރިމަތީ ހަމަ އެތާ ތެރޭ ޝެރީނާ އާއި އެކު އުޅުނީ ވެސް ވަރަށް މުޑުދާރުކޮށް. މީހުން ވާހަކަ ނުދައްކާ ތިބެނީ ވަޒީފާގެ ބިރުން.

  23. ވޯޓް ފޮށީގެ ވެރިޔާގެ އެހީތެރިޔާ

    އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފަށް
    ވެދުން ސަލާމައްފަހު ދަންނަވަން
    23 ސެޕްޓެންބަރު 2018 ބޭއްވި އިންތިހާބުގައި
    އަޅުގަނޑުވަނީ ތިކޮމިޝަންގެ ފަރާތުން އޮފިޝަލެއްގެ
    ގޮތުގައި މަސައްކަތް ކޮއްފައެވެ. އެހެންނަމަވެސް
    އެތާރީހުންފެށިގެން މިޔަދާހަމަޔަށް ތިކޮމިޝަނުން
    އަޅުގަނޑަށް ލިބެންޖެހޭ އެއްދުވަހުގެ(ވޯޓުލީ) ދުވަހުގެ
    މުސާރަ ޖަމާނުކުރާކަން ހިތާމަޔާއެކު ދަންނަވަނެވެ.
    ވީމާ ތިކޮމިޝަނުން އަޅުގަނޑަށް ލިބެންވާ އުޖޫރަ
    ވީހާވެސް އަވަސް ތާރީހަކު ލިބޭނެގޮތް ހަމަޖައްސާދިނުން
    އެދެމެވެ. އަދި އަވަސް ތާރީހެއްގަ މިކަމަށް އަލިމަގެއް
    ނުފެނިއްޖެނަމަ ސުޕުރީމް ކޯޓަށް މައްސަލަ ހުށައަޅާނެ
    ވާހަކަ ހިތާމަޔާއެކު ދަންނަވަމެވެ.
    އިހުތިރާމް ގަބޫލުކުރުންދެމެވެ.

  24. ޅޮޓަސް

    މިހެން ގިނަ ފަހަރު ދިމާ ވަނީ އަންހެން ކަބަލުން ގޮވައިގެން ސޮޕިންނައް ނުދާތީވެ ސޮޕިން އައްގޮސް ސޮޕިން ކޮއްދިން ނަމަމިކަން ފަޅައެއް ނާރާނެ