ވިލިމާލެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް ފިރިހެނަކު ފެނިއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވީ، ވިލިމާލޭގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިގެން އެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 22:10 ހާއިރު ކަމަށެވެ.

ފުލުހުން ވިިދާޅުވިގޮތުގައި ނިޔާވެފައި އޮއްވާ ފެނުނީ 60 އަހަރުގެ މީހެކެވެ. ފުލުހުން މިހާރު ދަނީ ނިޔާވެފައި އޮއްވާ މީހާ ފެނުނު ގޭގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އަދި އެކަން ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ފުލުހުން އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

“ވަގުތު” އަށް މައުލޫމާތު ލިބިފައިވާގޮތުގައި، އެ މީހާއަކީ ވަކިން ވިލިގިލީގައި ކުއްޔަށް އުޅެމުންދިޔަ މީހެކެވެ. އެ މީހާ ނިޔާވެފައި އޮއްވާ ފެނުނީ ގޭތެރޭގައި ކުނި ވަސް ދުވާތީ ބެލިބެލުމުންނެވެ. އޭނާ ކުނިވެފައި އޮންނަތާ ދެ ތިން ދުވަސް ވެދާނެކަމަށް މައުލޫމާތު ލިބެއެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ ގއ. ކޮލަމާފުށީ، ފިނިފެންމާގެ މުސްތަފާ އަމީން ނަމަކަށް ކިޔާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.