މުޅި ދުނިޔެއަށް ރާއްޖޭގެ ޝަރުއީ ނިޒާމް އޮތްގޮތް ދައްކައިދެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ޝަރުއީ ނިޒާމް އިސްލާހުކުރާނެ ގޮތުގެ ފޮތެއް ލިޔަން ރައީސް ނަޝީދުގެ މައްސަލަ ރަނގަޅުވާނެ ކަމަށާއި ނަޝީދާ މެދު އަމަލުކޮށްފައި ވަނީ ރަނގަޅަށް ކަމަށް އެންމެ އިންސިއަކުވެސް އަދި ޖިންނިއަކުވެސް ބުނެފައިނުވާ ކަމަށެވެ.

"ހައްޔަރުކުރި ގޮތުން ފެށިގެން ހުރިހާ ކަމެއް ގޯސް ކަމަށް މުޅި ދުނިޔެއިން އަންނަނީ ބުނަމުން އެމަނިކުފާނާ މެދު އަމަލުކުރީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގަތުމުގެ ކުރިން ސުޕްރީމް ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅާފައިވާ އެމަނިކުފާނުގެ މައްސަލަ ނިމޭނެ ކަމަށެވެ.

"މުޅި ރާއްޖެ އެއްކޮށް މިއޮއްދަނީ ބަދަލުވަމުން. ރާއްޖޭގެ މުއައްސަސާތައް ވެސް މިދަނީ ބަދަލުވަމުން. އެހެންވީމަ އެ ބަދަލުގެ ތެރޭގައި ނުޖެހިވިއެއް ނުތިބެވޭނެ ވަކި ފަރުދުންތަކުގެ ގޮތުގައި" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދު އަމިއްލަފުޅަށް ހުކުމް އަލުން މުރާޖައާކޮށްދިނުމަށް ހުށަނޭޅުއްވީ ރައީސް ޔާމީން، ރައީސް ނަޝީދު ރަހީނުކޮށްފައިވާތީ ކަމަށެވެ.

"މިސާލަކަށް އެއްވެސް ކަމެއް ނުކޮށް ހުއްޓާ މީހަކު އައިސް ފިސްތޯލައެއް މޫނުމަތީގައި ޖެއްސީމަ ދެން އޭނަ ތިމަންނަ މިދަނީ ކޯޓަކަށޭ ނޫން ބުނާނީ. އޭނަ ބަލާނީ އަނެއް މީހާ އަތުން ފިސްތޯލަ ޖަހައިގަނެވޭތޯ, ނޫނީ އޭނައަށް އެކަން ނުކުރެވޭނެ ގޮތެއް ހެދޭތޯ އިނގޭތޯ, ރައީސް ނަޝީދު އެ ހުންނެވީ އެ ހާލަތުގައި" ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމަށް ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުން ތާއިދު ކޮށްފައި ވީނަމަވެސް އިއްޔެ ސުޕްރީމް ކޯޓުން ވަނީ އެޙުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުރު ކޮށްފައެވެ. ސުޕްރީމް ކޯޓުން މިހާރު ގެންދަނީ ރައީސް ނަޝީދުގެ އަމުރަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގާ، ރަހީނު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ޙުކުމް އަލުން މުރާޖާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަތަރުކަށިމަތި

    އޭއި ބަލަ ތިއެއް ނޫނޭ ހުވާ ކުރަނީ ކޮން ދުވަހަކުހޭ؟ 11 ހޭ 17 ހޭ؟ ދެން އެހެން ނޫނަސް ކަލޭ ދައްކާ ވާހަކަ ކަލެއަކަށްވެސް ނޭނގޭ. ވީމާ އެހެން މީހުންނަށް އެނގޭނީ އަމުދުން ކިހިނެއް. ހަމަ އެއްގޮތަކަށްވެސް ކަލޭ ތިކިޔާ އެއްޗެއް ސާފެއް ނުވޭ.

  2. ސަރީރު

    މިހާރު ފުލުފުލުން އިއްވަމުންއެދާ ޙުކުމްތަކުން އެގެނީ ކޮންކަމެއްކަންވެސް ބުނެލިނަމަ ރަގަޅުވީސް .

  3. ޭަބޮއިހަލާކު

    ބަލަ ތުނޑު ހަސަނާ އަޅެ ކުޑަކޮށް ބުނެލަދީބަލަ ކޯޓް ތަކުގަ ތިއްބެވި ގާޒީންނަށް ކިހާވަރެއް ހަދިޔާއަކަށް ދިނިންތޯ؟ އެބޭފުޅުންގެ ނަޒާހަތްތެރިކަން މިހާރު ހާދަ ފުރިހަމައޭ ބުނެލަދީބަލަ ތުނޑު ހަސަނާ

  4. މިއަދު

    ދިވެހިރާއްޖޭގައި ޝަރުޢީ ނިޒާމަކީ އަބަދުވެސް ސަރުކާރުގެޕަޕެޓެއް ޚާއްސަކޮށް ސިޔާސީ މީހުންނަށް

  5. އަލީ

    ދެންތިގޮތަށް ހުކުމްއަންނާނީ 2023 ވަނަ އަހަރުގެމިހިސާބުގަނޑުގަ

  6. ހަތަރުކަށިމަތިމާލޭމީހާ#ޖަލު

    "މިސާލަކަށް އެއްވެސް ކަމެއް ނުކޮށް ހުއްޓާ މީހަކު އައިސް ފިސްތޯލައެއް މޫނުމަތީގައި ޖެއްސީމަ ދެން އޭނަ ތިމަންނަ މިދަނީ ކޯޓަކަށޭ ނޫން ބުނާނީ. އޭނަ ބަލާނީ އަނެއް މީހާ އަތުން ފިސްތޯލަ ޖަހައިގަނެވޭތޯ, ނޫނީ އޭނައަށް އެކަން ނުކުރެވޭނެ ގޮތެއް ހެދޭތޯ އިނގޭތޯ, ރައީސް ނަޝީދު އެ ހުންނެވީ އެ ހާލަތުގައި" ހަސަން ލަތީފް ބުންޏެވެ."

    އަގަ ތަތްމިނަށް ހުޅުވައިގެން މާމޮޅު ލޮޖިކަލް އެއްޗެއް ބުނެވުނީކަމަށް ހަތަރުކަށިމަތި މާލޭމީހާއަށް ގަބޫލުކުރެވުނަސް ރާއްޖެތެރޭ މީހުނަށް އެގޭ ތީ މޮޔަ ގޮލައެއްކަން. އަދި ބުއްދިރަންވެ ފިލާދާކަށް ނުވޭ. ވެރިކަން ލިބުނީކަމަށް ހީނުކުރާތި. ޔަހޫދީ އަދި ލާދީނީ އެޖެންޑާ ކޮރަޕްޝަން ނައްތާލުމުގެ ނަމުގައި ހިންގިޔަކަ ނުދޭނަނަް. ވަރަށް ސާފުކޮށް ކެރިގެން މި ބުނަނީ. ސަރުކާރުގެ 60% އޮތީ އަހަރެމެން އަތުގައި. އެންމެ ފުރަތަމަ ހަތަރުކަށިމަތި މާލޭ މީހާ ޔޫތު މިނިސްޓްރީ ގެ އޮޑިޓް ރިޕޯޓުގައި އެބުނާ އެތައް މިލިޔަން ރުފިޔާގެ ޚިޔާނަތް ބެލުމަށް ހައްޔަރުކުރަންޖެހޭ. އެކަން ބަލާފާނެތީ މީނަ އަތުޖެހުނު ޓީވީއަކުން ވަގުތު ހޯދައިގެން މި އަރަނީ. ލަދު#ޖަލު#ހައްޔަރުކުރޭ

    • މުދިމު

      އޭ ބިއްލޫރި ތަޅާހަސަނާ ތިޔަބުނީ މިޔަދުއެއިއްވަމުން އެދާ ހުކުމް ތަކަކީ ޔާމީނުގެ ނުފޫޒުން އިއްވާ ހުކުމޭތަ. ގަމާރުކަމުން ކިޔޭނުކިޔޭ އެއްޗެއް ނޭގެންޏާ މާތާހިރުވާނެ އަނގަ މަޑުންލައިގެން ހުރިއްޔާ. ތިހެންގޮސް މުރުތައްދު ނުވާތި. ވ. ސަލާމް

  7. ނަޝާ

    ބަލަ ކޮންއިރަކުންހޭ މައުމޫނަށް ޕާރޓީދެނީ... އަވަސްކޮށްބަލަ އެކަންތައް!

  8. ހުސޭނުބޭ

    ޝަރުޢީ ނިޒާމު އޮތްގޮތުން އެނގެނީ ކަލޭމެންނަކީ ބޭނުންހައި ގޮތަކަށް ޙުކުމް ނެރެން ބޭނުންވާ ބައެއްކަން! ނޫނީ އަބުޅޯ ގާޒީއަކީ ވުޖޫދުގައިވެސް ނުވާމީހެއްކަން ދޯ!

  9. Anonymous

    މިގައުމުގަ ކުރާޙުކުމް ދުނިޔެއަށް އެގެންޖެހޭތަ؟؟ ދުނިޔެއަށް އެގުނުތަ ރައީސު ގަންޖާ ނަޝީދު ކޮންކަމެއްކޮށްގެންކަން ޙުކުމެއްކުރީ، ކަލޭމެން ދުނިޔެއަށް އެންގިތަ އެމަނިކުފާނު 3ހަފުތާވަންދެން ގާޒީއަކު ރަހީނުކޮށްގެން އުޅުނުކަން، މިފަދަ ބޮޑު ޖަރީމާއެއް ހިންގާފައިވާ މީހަކު ދުނިޔޭގެ އެއްވެސް ގައުމަކުން ދިގުމުއްދަތެއްގެ ޖަލުހުކުމުން ސަލާމަތް ނުކުރާނެ؟؟؟

  10. Anonymous

    ކޮރަޕްޓް ހަސަނާ ކަލޭކަހަލަ ނުކުޅެދޭމީހުން ފުނިޔޭގެ މީހުންގެ އަޅުންނަށްނުވެ ދިރިނުއުޅެވިގެން އުޅުނަސް ރައީސް ޔާމީނުގެ ގަޓު ސަރުކާރުނުޅޭ ދުނިޔޭގަތިބި ކަމާއިނުބެހޭހާ ބަޔެއްގެ ފައިބުޑަށް ވެއްޓިގެން އުޅޭކަށް، ކަލޯނޫންތަބުނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސައްޙައެއްނޫނޭ، ކަލޭ މީހުންގެ ކުރިމައްޗަށް މަޖަލަކަށް ހަދައިގެން ބުނިބަސް ހަގީގަތްހާމަވިއިރު އެއީ ހަގީގަތަކަށްވެފައިވަނީ، އެތައް ލައްކަ ރައްޔިތުންގެ ހައްޤު ނިގުޅައިގެން ފޭރިގެންފައިވާ ވެރިކަމަށް ހުވައިކޮށްގެން ތިބޭއިރު ﷲގެ ކޯފާއަކަށް ކުޑަކޮށްވެސް ބިރުނުގަންނަނީބާއޭ؟؟

  11. އިބޫ

    އުސްފަސްގަނޑުގަ ހުރެގެން ޢަބްދުﷲ ޤާޟީ ހައްޔަރު ކުރާނަންކަމަށް ކެރަފާ ނަޝީދު އަޑުގެ ކޮޅަށް ގޮވި. ޤާނޫނުތަކާ ޚިލާފަށް ހައްޔަރު ކުރި. ފަނޑިޔާރުގެޔާ 100 ފޫޓަށްވެސް ކައިރި ނުވެވޭނެ ކަމަށް ބުނެ ކަރު ފުއްޕާފަ ހަޅޭއްލެވި. ޤައުމުގެ ރައްޔިތުން ހެކިވާނެ. ދެން ކަލޭ ތިޔަ ކިޔަނީ ފައިން އެރޭ އެއްޗޭތަ މިހިރަފެންނަ ގަމާރާ!!!!!!

  12. ބޮންދު

    ފަޓާސްފައްޗެއްހެން ބަންދުކުރިމީހުން ފަޓާސްފައްޗެއްހެން ދޫކޮށްލީ. ތިޔަ ހުރިހާ ކޯޓުތަކަކީ ވެސް ގުއިކޯޓު. އެއްވެސް އަގެއް، އިހުތުރާމެއް، އިތުބާރެއް ނެތް. ސެލްފީކުމާރު ބުނި ތިން ބާރަކަށް އަތެއް ނުބާނާނަމޭ. ދެން ކޯޗަކަށްބާ މިހާރު އަތްބާނައިގެން އެ އުޅެނީ. ތި އުޅެނީ މަލައްވާ އައުގުރާނަ ގޮއްވަންތަ؟

  13. ޑިމޮކްރަޓިސްޓް

    ނަޝީދުއަށް ހުކުމް އިއްވީ ނަޝީދު ފަނޑިޔާރެއް ވަގަށްނެގީމަ.. އެކަން އޭނަ ނުކުރާކަމަކަށް ކިތެންމެވަރަކަށް ހަދަންއުޅުނަސް ނުކުރާކަމަކަށް ނެހެދޭނެ.. ކަންކަން އޮޅުވާލަންނޫޅޭ..

  14. ޖަޒީރާ

    ކަލޭގެ ނުލަފާކަމުން ކަލޭ ބޮލުން ފަތްފާބައިފަވެސް ތިހެރީ

  15. އަބޯ

    ސަރުއީ ނިޒާމަކު މައްސަލަ އެއް ނެތް ، މައްސަލަ ހުރީ މީހުންގެ . ކުށެއްކޮށްފަ އެއީ ކުށެއް ނޫނަކަމަށް ހަދަން އުޅުނަކަސް 100 ފޫޓް ކައިރިޔަށް ނާދެވޭނެޔޭ ބުނީމަ އެވީ އިއުތިފާފް