މޫދަށް އެރި އުޅެނިކޮށް އިއްޔެ ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މޫދު އަޑިން ފެނިއްޖެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 08:45 ހާއިރު ސިފައިންގެ ޑައިވަރުންނަށް ކަމަށެވެ.

ފަތުރުވެރިޔާ ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް އެމްއެންޑީއެފް އިން ވިދާޅެއް ނުވެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އޭނާ އަކީ 31 އަހަރުގެ މީހެއް ކަމަށާއި ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ގެންދިޔައީ މާފުށީގައި ކަމަށެވެ.

ފަތުރުވެރިޔާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.