ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސްގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ފަރާތަށް ދިން ޖަވާބުގައި އޭސީސީ އިން ވިދާޅުވީ ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅާފައި ނެތް ކަމަށާއި ނަމަވެސް އެމައްސަލަ އޭސީސީ އަށް ބެލެން ނެތް ކަމަށެވެ.

ރައީސް ޔާމީންގެ މާލީ ބަޔާން ހުށަހަޅުއްވާފައިވޭތޯ ސާފު ކުރަން އޭސީސީ އިން އޮޑިޓް އޮފީހަށް ފޮނުވި ސިޓީއަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި، އޭސީސީއަށް މިމަހު ފޮނުއްވި ސިޓީއެއްގައި ވަނީ ރައީސްގެ މާލީ ބަޔާން 2013 ގެ ފަހުން ލިބިފައި ނުވާ ކަމަށެވެ.

އެ މައްސަލަ ހުށަހެޅި ފަރާތަށް އޭސީސީން ފޮނުވި ޖަވާބުގައި ވަނީ ރައީސްގެ މާލީ ބަޔާން ހުށަނޭޅުއްވި މައްސަލާގައި އޮޑިޓާ ޖެނެރަލް ފިޔަވަޅެއް އަޅާފައި ނެތުމަކީ އޮޑިޓާ ޖެނެރަލްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލަ އެ ކޮމިޝަނަށް ނުބެލޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެކަމަކު އެ މައްސަލަ މަޖިލީހުގައި މާލިއްޔަތު ކޮމެޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށް އޭނާ އަށް ފޮނުވި ސިޓީގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން، ފަނޑިޔާރުން، ރައްޔިތުން މަޖިލީހުގެ މެންބަރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން ކޮންމެ އަހަރެއް ނިމުމުން މާލީ ބަޔާން އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅަން ޖެހެއެވެ. ނަމަވެސް އޭގެތެރެއިން ގިނަ ބޭފުޅުން މާލީ ބަޔާން ހުށަހަޅުއްވަމުންނެއް ނުގެންދަވައެވެ. މާލީ ބަޔާން ހުށަހަޅަން ޤާނޫނު އަސާސީ އިން މަޖުބޫރު ކުރި ނަމަވެސް މާލީ ބަޔާން ހުށަނާޅާ ފަރާތްތަކަށް އަދަބެއް ކަނޑައަޅާފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ރައްޔިތުން

  ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މާލީ ބަޔާން ހުށަހަޅާފައި ނުވާނަމަ ތިޔަ އީ ކުޑަކަމެއްނޫން. ގާނޫނާއި ޚިލާފުއެވީ އެ ހިސާބުން ރައީސްކަން ގެއްލޭނެ. ވީމާ މިހާ ހިސާބަށް ގަޥާއިދާއި ގާނޫނާއި ޚީލާފަށް ވެރިކަމުގައި ބަހައްޓައިގެން އުޅުނު އުޅުމަކީ ބޮޑުގޯހެއް،

  • އައްޑޫސިޓީ

   ލަސްނުކުރޭ އަވަހަށްދޭ ސަދޫމްކޯޓަތް. ވަގުތހުން ރައީސުލްޖުމްހޫރިއަޔާގެ މަގާމުއަދާކުރުން ފަސްކޮށް ގެއައް ފޮނުވާނެ. އަވަސްކުރޭ.

  • ބޭބެ

   ރައިސުލް ޖުމްހޫރިއްޔާ އެކަންޏެއްނޫން މާލީ ބަޔާން ހުށަހަޅަންޖެހޭނީ!! ގާނޫނު ބުނާގޮތުން ރައިސުލް ޖުމްހޫރިއްޔާ، ވަޒީރުން، ރައްޔިތުންގެ މަޖްލިސް މެމްބަރުން އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުން ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅަންޖެހޭ!! މަގާމު ގެއްލެންޏާ ގިނަ މީހުންގެ މަގާމު މިހާރު އޮންނާނީ ގެއްލިފަ!! މަޖްލިސްގެ ބައެއް މެމްބަރުންވެސް މިނިވަން މުއައްސަސާތަކުގެ ބައެއް ވެރިންވެސް މިކަން ކޮށްފައިނުވޭ!! އެހެންވީމަ މިހާތަނަށް މިކަން ނުކޮށް ތިބި މީހުން ވާނީ ގާނޫނާ ޚިލާފްވެފަ!! ދެން މީގެ މޮޅުކަމަކީ މިކަން ނުކުރާ ބަޔަކާ މެދު އެޅޭނެ ފިޔަވަޅެއް ނެތަތީ!! އެހެންވީމަ ބޭނުންގޮތަކަށް އުޅެނީ!!

 2. އައްޑެ

  އަދަބެއް ނެތިއްޔާ އޯކޭ ވާނެ އެބަޔާން ހުށަނޭޅިޔަސް، އެއީ ގާނޫނީ ސުންނަތެއް. ކުރުމުން އޯކޭ ނުކޮށް ދޫކޮށްލުމުން ނޯ ޕްރޮބްލަމް.

 3. Anonymous

  މިފަދަ ލެވެލްގެ ކަންތައްތަކަކީ އަމިއްލަ ފަރާތްތަކުން އައްބާނައިގެން ކުރަންޖެހޭ ކަންތައްތަކެއްނޫން، ކޮންމެ މުއައްސަސާއެއްގަވެސް ތިބޭނެ ކަންތައްތަކާއިގުޅޭ ޒިންމާދާރު ވެރިން

 4. ޙައްވަ

  ކޮބާ؟ ކޮބާ؟ ވަގުތަށް ވެސް އެބަފަހުމް ވޭ ދޯ މީކާކުކަން؟ ކޮންމެމީޙެއްގެ ހަބަރުލިޔުނަސް ތެދުވެރި ވާންވާނެ؟ ނޫސްވެރިކަމަކީ ވަކިފަރާތަކަށް ބުރަވުން ނޫންކަން ހަނދާން ކޮށްބަލަ؟

 5. މިއަދު

  މަލީ ބަޔާން ހުށައެޅުމަށް ޤާނޫނުގައި ބުނެފައިވާ މީހުންގެ 10% މީހުންވެސް މާލީ ބަޔަން ހުށައަޅާފައެއްނުވެ އެއީ ރާއްޖޭގެ ޤާނޫނުތައް ތައް ހުރިގޮތުން އެއީ ބޭނުމެއް ނެތްކަމަކަށްވާތީ މަލީބަޔާނުގައި ކޮންމެގޮތަކަށް އޮތްނަމަވެސް މީހަކު މުއްސަދިވެ ކުރިއަރަދާގޮތް ބަލާ އެކަމަށް ފިޔަވަޅު އެޅޭނެ އަދި އެކަން ބެލޭނެ ޤާނޫނެއް ރާއްޖޭގައި އަދި ހެދިފައިނެތްއިރު ބޭކާރު ކަމެއްގެ ގޮތުގައި އެކަން ކުރަންވީ ކީއްވެތޯ؟ އެފަދަ ޤާނޫނެއް ހެދުމުގެ ޒިންމާ އުފުލަންޖެހޭނީ ކޮންބައެއްތޯ؟

 6. ކޭ ބީ

  ހުށަހެލިކަމަށް ބުނެ ރައްޔިތުން އަށް ދޮގުހެދީ... ކޮންފަދަ އަހްލާގެއްނެތް އުއްޕަތެއްނެތް އަމިއްލައެދުމުން ދިޔާވެ ފޯވެފަ ވާ ޖާހިލެއް ޔާމީނަކީ

 7. ސަނދުވާ

  ރައިސުލް ޖުމްހޫރިއްޔާ އެކަންޏެއްނޫން މާލީ ބަޔާން ހުށަހަޅަންޖެހޭނީ!! ގާނޫނު ބުނާގޮތުން ރައިސުލް ޖުމްހޫރިއްޔާ، ވަޒީރުން، ރައްޔިތުންގެ މަޖްލިސް މެމްބަރުން އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުން ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅަންޖެހޭ!! މަގާމު ގެއްލެންޏާ ގިނަ މީހުންގެ މަގާމު މިހާރު އޮންނާނީ ގެއްލިފަ!! މަޖްލިސްގެ ބައެއް މެމްބަރުންވެސް މިނިވަން މުއައްސަސާތަކުގެ ބައެއް ވެރިންވެސް މިކަން ކޮށްފައިނުވޭ!! އެހެންވީމަ މިހާތަނަށް މިކަން ނުކޮށް ތިބި މީހުން ވާނީ ގާނޫނާ ޚިލާފްވެފަ!! ދެން މީގެ މޮޅުކަމަކީ މިކަން ނުކުރާ ބަޔަކާ މެދު އެޅޭނެ ފިޔަވަޅެއް ނެތަތީ!! އެހެންވީމަ ބޭނުންގޮތަކަށް އުޅެނީ!!

 8. ޑިމޮކްރަޓިސްޓް

  ހަމަ ތިގޮތަށް މަޖިލީހުގަތިބި މެންބަރުންގެ މާލީބަޔާވެސް ހުށަހަޅަން ޖެހެއެއްނޫންތަ؟ އެވާހަކަ އޭސީސީން ނުދައްކަނީ ކީއްވެތަ؟ ހާދަބިރެކޭދޯ ތިގަންނަނީ ވަޒީފާ ގެއްލިދާނެތީ؟ ސަރުކާރުގެ ކަމެއްނޫނީ މިހާރު ބެލޭކަށް ނޯވޭދޯ؟ ހުދުމުހުތާރު ކަމުގެ ހައްދުފަހަނަ އަޅާފައޮތް ނިޒާމެއް މިހާރުމިއޮތީ! ޖަޒީރާއަށް ތާއީދުކުރުމަކީ އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމެއްނޫން! ވަކިކޮޅަަކަށް ބުރަނުވެ އެންމެންގެ މައްސަލަތައްވެސް ބެލެންޖެހޭ!

 9. އަޒޭ

  ބަލަ ކެނެރީ ނަޝީދުގެ މާލީ ބަޔާން ކޮބާތަ ދައުލަތުން 13 ބިލިޔަން ދިރުވާލިކަން އިގެތޯ ޖަޒީރާ ކުދިންނަށް