ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގާ، ރަހީނު ކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް 13 އަހަރުގެ ޖަލު ޙުކުމަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ކުރުމުން އިދިކޮޅު ލީޑަރުން އެކަމަށް މަރުޙަބާ ވިދާޅުވާން ފަސްޖެހިވަޑައިގެންފިއެވެ.
ރައީސް ނަޝީދުގެ ޙުކުމަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރިތާ 18 ވަރަކަށް ގަޑިއިރު ވެފައި ވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުޙަބާ ވިދާޅުވުމުގެ ބަދަލުގައި ވިދާޅުވީ ހަތަރު ލީޑަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު އެންމެ ބޮޑު އަނިޔާއެއް ތަހައްމަލް ކުރައްވާފައި ވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކަމަށެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް ކޮބައިތޯ އަލީ ޒާހިރު ވަނީ ސުވާލު ކުރައްވާފައެވެ.
ރައީސް ނަޝީދުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރުމުން ރައީސް މައުމޫނާއި ގާސިމް ހަނު ތިއްބެވި ނަމަވެސް ރައީސް މައުމޫން ވަނީ ގާސިމް މިނިވަން ކުރަން ހައިކޯޓުން ޙުކުމް ކުރި ދުވަހު ވަގުތުން އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ގާސިމް ވެސް ވަނީ ރައީސް މައުމޫން ޖަލު ޙުކުމުން ސަލާމަތް ވުމުން ވަގުތުން މަރުޙަބާ ވިދާޅުވެފައެވެ.
ރައީސް މައުމޫން ވަނީ އިއްޔެ ރައްޔިތުން މަޖިލީހުގެ 12 މެންބަރުންނަށް ގޮނޑި ކަށަވަރު ވުމުން އެބޭފުޅުންގެ ނަންތައް ވަކިވަކިން ފާހަގަ ކުރައްވާ ހުރިހާ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިނިވަން ކުރަން އިދިކޮޅު ލީޑަރުން ރިޔާސީ އިންތިޙާބަށް ފަހު ގޮވާނުލާ ކަމަށް ވިދާޅުވެ މީގެ ކުރިން އެމްޑީޕީ އެކްޓިވިސްޓުން ވަނީ އިދިކޮޅު ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ރައީސް ނަޝީދު މާދަމާ މާލެ ވަޑައިގަންނަވާއިރު އެމަނިކުފާނު މިނިވަން ކުރަން ހުރިހާ ރައްޔިތުން ވެސް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް މަރުޙަބާ ދެންނެވުމުގެ ކަންކަމުގައި އިދިކޮޅު ފަރާތްތައް ބައިވެރި ނުކުރާ ކަމަށް ބުނެ ވެސް އެކްޓިވިސްޓުން ދަނީ ޝަކުވާ ކުރަމުންނެވެ.
ރައިސްނަޝީދު މިނިވަންކުރަން މަ ބޭނުމެއްނޫން އެކަމަށް މަސައްކަތެއްވެސް ނުކުރަން އެހެންވީއިރު ހުރިހާ ރަޢިއްޔަތުންނޭ ނުބުނޭ
ގާސިމުއައްވެސް މައުމޫނައްވެސް އަދާލަތައްވެސްއެނގޭ ގާޒީއަކު ނިދާފަ އޮއްވަ ދަންވަރު ގެއައްވަދެ ގާޒީ ވަގައް ނެގިކަން. ޢަނެއްކާ އަންނި މާލެ އައިސް ގާސިމުއާ މައުމޫނު ނިދަންތިއްބަ ވަގައްނަގާފާނެތީ ބިރުން މަރުހަބާއެއްނުކިޔާނެ ދޯ. ޢަންނިއަކީ ވަރައް މީހުން ވަގައް ނަގާހިތްވާ ސޮރެއް
ބަލަ ގާސިމާއި މައުމޫނަށް ވަރަށް ސާފުކޮށް އިންގޭނެ ނަޝީދު ރާއްޖެ އައިސްގެން އެމީހުންނަށް އިބޫގެ ވެރިކަމުގަ ވާނެ ފައިދާއެއް މަންފާއެއް ނެތްކަން ދެން އެމީހުން ކޮން މަރުހަބާއެއް ކިޔާނީ ؟ އިބޫ ވެރިކަމުގައި ހުއްޓަސް ވެރިކަން ހިންގާނީ ނަޝީދު ކަން އޭނަ އެއޮތީ މާކުރުން ހާމަކޮށްފަ އިބޫއަކީ ރަމްޒީ މީހެއްކަން ދެންތިބޭ ބަލަން ބަރުލަމާނީ ވެރިކަމެއް ގެށިގެން ދާނެ ގާނޫނުތަކުގައު ނެތަސް ބަރުލަމާނީ ސިފަޖެހިފައިވާ ވެރިކަމެއް ފެނިގެންދާނެ އޭރުން މާކަރީއްޗެއްބުވާނެ މީ ވ.ވާހަކަ
ސަދޫމް ކޯޓުން މިދުވަސްކޮޅު ތަފާތު ޙުކުމްތައްދަނީ ތަފާތު ގޮތްގޮތަށް ކުރަމުން!! އެކަމަކު މީނާއަކީ ހަމަ ކުށްކޮށްފައިވާ އަދި އެކަން ޝައްކެތް ނެތް މިންވަރަށް ކޯޓްތަކަށް ސާބިތުވެފައި ހުރި މީހެއް!! އަދި ޙުކުމްވެސް ކޮށްފައިވާ މީހެއް!! ދެން ކުއްލިއަކަށް ސަދޫމްގެ ކޯޓަކުން ފަޓާސް ބަރިއެއްހެން ކަންތައްތައް ނިންމާ ދުވަސްވަރެއްގައި މީނާގެ ކަންތައްތައްވެސް ކޮޅެއްގައި ޖައްސާފަމިވަނީ!! ކީއްކުރާނީ!! މަރުޙަބާވެސް އަދި ކިޔާނެ!! އަދި މީނާގެ ކުރިމައްޗަށް ނިކުމެ އެންމެ ސަފަކަށް އެތުރި ގުދައްވެސް ތިބޭ ތަން ފެންނާނެ!! މިއޮތީވާކަމެއް!! މީނާގެ ޖެހި ގުއިރޯނުގައި އެންމެން ޖައްސާފަ އެއޮތީ!! ދެން އޮންނާނީ އެންމެން ގޮޅިއަކަށް ފައްތާލުން!!
މިހާރު ޖަލުހުކުމް ތަންފީޒުކުރަމުންދާ އެންމެންނަށްވެސް ހުކުމް ކޮށްފައިވަނީ ހަމަ ނަޝީދަށްވެސް ހުކުމްޖެހި ޣާޒީންކަމަށްވާތީ މިވަގުތު ޖަލުގައި ތިއްބެވި އެންމެހައި ކުއްވެރިންގެެ ޖަލުހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމަށް އެންގުމަށް އަދުގެ ލޮބުވެތި ރައީސްގެ އަރިހުން ނިހާޔަތަށް އެދި އިލްތިމާސްކުރަން.
ދިވެހިރާއްޖޭގައި މިހާއިންސާފު ޤާއިމުވެފައޮތްދުވަސްވަރެއް މީގެކުރިންވެސް އަދިމީގެފަހުންވެސް ނުފެއްނާނެކަންޔަޤީން ހިތައްއަރާ މިހާރުފަނޑިޔާރުންނަށާ ގާޒީންނަށް ވެފާއެތިބީ ކިހެނެއްބާވައެވެ ފަގީރުންނާ ނިކަމެތިންވެސް ހުކުމްތަންފީޒުކުރަމުން އެބަގެންދަވައޭ ދުނިޔެމަތީގާވެސް ކަލޯމެންނަށް ވޭންދެނިވި އަޒާބް މިންވަރުކޮށްދެއްވާދޭއެވެ . އާމީން
ދިވެހިރާއްޖޭގައި މިހާއިންސާފު ޤާއިމުވެފައޮތްދުވަސްވަރެއް މީގެކުރިންވެސް އަދިމީގެފަހުންވެސް ނުފެއްނާނެކަންޔަޤީން ހިތައްއަރާ މިހާރުފަނޑިޔާރުންނަށާ ގާޒީންނަށް ވެފާއެތިބީ ކިހެނެއްބާވައެވެ ފަގީރުންނާ ނިކަމެތިންވެސް ހުކުމްތަންފީޒުކުރަމުން އެބަގެންދަވައޭ ދުނިޔެމަތީގާވެސް ކަލޯމެންނަށް ވޭންދެނިވި އަޒާބް މިންވަރުކޮށްދެއްވާދޭއެވެ . އާމީން އަމިއްލަޔައް އެކަނިއިނދެ ތިޔަކުރެވޭކަންތަކާމެދު ވިސްނާ ފިކުރުކޮއްބަލަ. ފަނޑިޔާރުން މިހާރުތިކުރާހުކުމްތަކުން އެނގެނީ ދުވަހެއްގާވެސް ފަނޑިޔާރުން މިނިވަންނުވާނެކަން.
އެ އެންމެންނަށްވެސް ރަގަނޅީ ރައީސް ނަޝީދު ނައީމަ ،އިމްރާނަކީ ހުންނަމީހެއްކަމެއް ދިވެހިނަކަށް ނޭގޭ އެއީ އަދާލަތުން ދަންނަ މީހެއް
މީގެން ދޭހަވަނީ ކިޑްނެޕް ކުރުމަކީ ހުއްދަ ކަމެއްކަން.
ކޮބައިތޯ ޖަލުގައި ތިއްބެވި ނިކަމެތި ފަރުދުން. ފުރަތަމަ އެމީހުން ދޫކޮށްލަންވީނޫންތޯ؟ އެމީހުންގެ އަނބިދަރިން ރޮއެހޭރި ސަލާމް ޖަހަނީ. އަދިވެސް އެމީހުންގެ ވާހަކަ ދައްކާނެމީހަކުނެތް. ވޯޓް ހޯދަންގޮސް ޑައިލޮގު ވަރަށް ރީތިވާނެ. ތިއިން އެކަކުވެސް ހޮވާނެކަމެއްނެތް.
ކެރަފާނަޝީދުގެ މައްޗަށް ކޮށްފައިވާ ޖަލުޙުކުމް ތަންފީޒުކުރުން ފަސްކުރަން ފަޓާސް ކޯޓުން ނިންމި ނިންމުމަކީ އެމްޑީޕީ އިން އެ ކޯޓަށް ނުފޫޒު ފޯރުވައިގެން ހިންގި ޚުދުމުޚުތާރު ޖަރީމާއެކެވެ. އެހެން ކަމުން އެކަމަށް މަރުޙަބާ ކިޔާކަށް ނުޖެހެއެވެ.
ކިހިނެއް މަރުހަބާ ކިޔާނީ. އެގާޒީ ވަގަށްނަގައިގެން ގާސިމާ މައުމޫނާ ޔާމީނާ އިމްރާނާ ނިކުމެ ބަގާވަތް ކޮށްކޮށް އަންނި އިސްތިއުފާ ދިނީ. އަނެއްކާ އަންނިއަށް 13 އަހަރަށް ހުކުމް ކުރީމަވެސް އުފާވީ ހަމަ ގާސިމާ މައުމޫނާ ޔާމީނާ އިމްރާނާ. އަނެއްކާ ދޫކޮށްލީމާ މަރުހަބާކިޔެ އުފާ ފާޅުކުރަންވީވެސް ގާސިމާ މައުމޫނާ ޔާމީނާ އިމްރާނާ. ލަދުން ބޯހަލާކު.
ފުއާދު ތައުފީޤު ހުކުމް ތަންފީޒު ކުރުންލަސްކުރުމުން އެއްވެސް ޕާޓީއެއްގެ ލީޑަރަކު މަރުހަބާއެއްނުކިޔާ!!!!! މަރުހަބާ ކިޔަނީ އިއްވާފައިވާ ހުކުމަކުން އެއްކޮއް ސާފުވުމުން އޮކޭ ދޯ
ގޮނޑިކޮށްކޮސުޕްރީމް ކޯޓުން ހާވާފައޮތް އެއްޗެއްތީ 13އަހަރުގެ ހުކުމެއް އޮތްގަންޖާ އެދުރު
ޤަވައި ދުން އެއްކިބާވެ ތިބެ އިއްވާ ހުކު.މްމަކަށް މަރުހބާ ނުކިޔޭނެ
އިރާދަފުޅުކުރެއްވިއްޔާ ތިހުރިހާ ގާޒީންވަގަށް ނަގާފަދޭއެވެ އެއިރުންއެމީހު ފޭހުނު އިލޮށި އެމީހުން ލޮލަށްހެރުނީދޯ