އޮކްޓޯބަރު 6 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދިހަ މީހަކު ދޫކޮށްލައިފިއެވެ.

އެމީހުން ދޫކޮށްލާފައި ވަނީ އެމީހުންގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެމައްސަލައިގައި ހިމެނޭ އެކަކު އަދި ފުލުހުންގެ ބަންދުގައި އެބަހުއްޓެވެ. އެއީ އޭނާގެ ބަންދުގެ މުއްދަތު އިއްޔެ ހަމަނުވެ އޮތުމުން އޭނާ ކޯޓަށް ގެންގޮސްފައި ނުވާތީއެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މިއަދު އެވެ.

އެމީހުން ހައްޔަރު ކޮށްފައި ވަނީ އީވާން ނަމަކަށް ކިޔާ 22 އަހަރުގެ ޒުވާނަކަށް ހަމަލާ ދިން މައްސަލައިގައެވެ. އެ މާރާމާރީގެ ސަބަބުން ޒަހަމްވި އީވާން އަދިވެސް އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ. އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ.

އީވާނަށް ހަމަލާ ދިން މައްސަލައިގައި ހިމެނޭ ދިހަ މީހުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަގުތު" އަށް ވިދާޅުވިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އީވާނަށް ހަމަލާދިން މައްސަލަ މިމަހުގެ 29 ވަނަ ދުވަހު ތަޙްޤީޤު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އީވާނަށް ހަމަލާ ދިން މީހުން ބަންދުން ދޫކޮށްލުމުން އީވާންގެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. "ވަގުތު" އަށް މައުލޫމާތު ދިން އީވާންގެ އާއިލާގެ މެންބަރަކު ބުނީ ނުރައްކާތެރި ކުށްވެރިންތަކެއް ބަންދުން ދޫވެގެން ދިއުމަކީ މުޅި މުޖުތަމަޢަށް ހުރި ނުރައްކަލެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ އެފަދަ ކުށްވެރިންތަކެއް ކޯޓުން ދޫކޮށްލުމުން. ދެން އެމީހުންގެ ހަމަލާއެއް އަމާޒު ވާނީ ކޮން ބަޔަކަށް ކަމެއް ނޭނގެ." މައުލޫމާތު ދިން އާއިލާ މެންބަރު ބުންޏެވެ.

އީވާނަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަލާހް

    ކޮބާ މައްސަލަ އަކީ ބޮޑެތި ޓެރަރިސްޓުން މީހުން ވަގަށް ނަގާފަ ތިބި މީހުން އެއޮއްގެން ދޫކުރަނީ. ތިކުދިން ތީ އަދި ކުއް ސާބިތު ވެފަ ތިބި ބައެއްވެސް ނޫން

  2. އަފްލާ

    ތީ ކިނބޫ ބޭނުން ވާގޮތް

  3. އިންސާފް

    މިވަގުތަކީ ޖަލުތައް އެއްކޮށް ހުސްކޮށްލާން ރަނގަޅު ވަގުތެއް! ހުރިހާ ކުއްވެރިން އާސަރުކާރުން ދޫކޮށްލަން ފެނޭ! އާފެށުމަކުން ފަށަން ރަނގަޅު.ވަކިމީހަކަށް ވަކި ގޮތެއް ނުހަދަން ވައުދުވި ސަރުކާރުން ކަންކަން ކުރަމުން ދާގޮތް ބަލަން މިތިބީ.ދެންވެސް ތިބީ ހަމަ އިންސާނުން.އެހެންވީމަ ދޫކޮށްލާ އެނެމެނ.

  4. އާމިން

    ޖަލުގަ ބާކީތިއްބެވީ ޖަނަވާރުންތޯ؟ ނޫންނަމަ މިހާރު ޖަލުގަތިބީ ދިވެހީންނަށްނުވަނީތޯ؟ ބަލަގަ އެބޭފުޅުންގެ އާއިލާވެސް ހަމަ ބޭނުންވާނެ މިނިވަނުންގެ ގޮތުގައި މިޤައުމުގަ އުޅޭން . ކޮބައިތޯ އިންސާފް

  5. މުރާދު

    ނުރައްކާތެރި ކުށްވެރިން ދޫވެފައިތިބުމަކީ ރަށްކާތެރިކަމެއްނޫން އެއީ މުޅީމުޖުތަމައުއަށް
    ބިރުވެރިކަން ހުރިކަމެއް މިކަން މިލިޔުންއައްޑޫރަށްޔިތުންގެ ވާހަަކަތަކުންއެގޭ އަދި މިކަން
    ފުލުހުންގެ ބޭފުޅުންނަށްމާރަގަޅަށް އެގިލައްވާނެ މިހެންވެ ފުލުހުން ހައިކޯޓަށް ހުށަހަލުއްވާ
    ފައިވަނީ އެބޭފުޅުންގެވާޖިބުކިތަންމެރަަގޅަށް އަދާކުރެވިއަސް ފުރިހަމަނަތީޖާފެންނާނީ އެހެން
    އިދާރާތަކުންވެސް ކަމުގެބާވަތަށް ރަގަޅަށްވިސްނަވައިގެން ކަމުގައިދެކެން

  6. ޭަބޮއިހަލާކު

    މި މީހުން ދޫކުރި ގާޒީ އިބްރާހިމް ނަފީސަށް ބޮޑެތި އަދަދުތަކުން ފައިސާގެ އިނާޔަތް ދީފައިވޭ މި ނަފީސް އަކީ ކަމުދާ މިހެއްނޫން މިހާރުން މިހާރަށް މަރަދޫ އާއި ފޭދޫގެ އިތުރު ބަޔަކަށް އަނިޔާތަކެއް ނުވަނީސް އިސްތިއުނާފްކޮށް މިމީހުން ބަންދުގައި ބޭތިއްބުމަށް ގޮވާލަން އެހެން ނޫނިއްޔާ އަންނި އައްޑޫއަށް ދާ ދުވަހު މި ގްރޫޕު މީހުން ސައިޒް އޮޅިގެންގޮސް އިތުރު ބަޔަކަށް ހަމަލަ ދޭނެ މިހެން މި ބުނީ މިއީ ފޭދޫ މޑޕ މީހުން ފަންޑްކޮށްގެން ހިންގާ ގޭންގެއްކަމަށްވާތީ

  7. ދައްތަ

    އެމީހުން ބަންދުގައިނަމަަ ސަލާމަތާއި ރައްކާތެރިކަން ކަށަވރުވީސް. މިހާރު އެއިން މީހެއްގެ އާއިލާ ާމީީހަަަކަަށްވެސް ގެއިން ނިކުމެލަން ނުކެރޭ