ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު (އަބުޅޯ) އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ މަޖިލިސް ގޮނޑި ނުގެއްލޭކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން މިއަދު މަޖިލީހަށް ވަޑައިގެން ޕީޕީއެމްގެ ޕީޖީ ލީޑަރު، ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކަށް މަލާމާތް ކުރުމުގެ ގޮތުން ވެދުމަށް އެރުވި "ހުކުމުޅޯއްޓަށް" ނިހާނު ރައްދު ދެއްވައިފިއެވެ.

ތިނަދޫގެ މެންބަރު ޢަބްދުﷲ އަޙްމަދު (އަބުޅޯ) އަދި މެމްބަރު ސައުދުﷲ ހިލްމީ މަޖިލީހުގެ ޖަލްސާއަށް ވަދެވަޑައިގެންނެވުމުގެ ކުރިން މަޖިލިސް ދޮރުމަތީ "ހުކުމުޅޯޓި" ހިއްޕަވައިގެން ހުންނަވައި ވިދާޅުވީ، ތިނަދޫގެ ރައްޔިތުން ނިކަމެތި ކޮށްލުމުގެ މަޤްޞަދުގައި "ހުކުމުޅޯޓި" ބޭނުންކޮށްގެން މީގެ ކުރިން ނިހާން ވާހަކަ ދައްކާފައިވާތީ ރައްޔިތުން ވަރަށް ބޮޑަށް ހިތުގައި ޖެހިފައިވާ ކަމަށާއި، ރައްޔިތުން މިއަދު މިގޮތަށް އަމަލު ކުރީ ބަދަލުގައި ކަމަށެވެ.

" އަނެއްހެން ބުނާނަމަ މިއީ އެއްވެސް ތާކުންތާކު ނުޖެހޭ އެއްޗެއްގެ ގޮތުގައި ސިފަކުރަންވެގެން ކަންނޭނގެ ނިހާން އެގޮތަށް އެވާހަކަ ދެއްކީ. ތިނަދޫގެ އެއޮށްބޮޑު އާބާދީއަށް ނިހާން އެހެން ވާހަކަ ދެއްކީމަ ވަރަށް ބޮޑަށް ހިތުގަ ޖެހިފައި. އެކަހަލަ ގޮތަކަށް ތިނަދޫ ރައްޔިތުން ސިފަކުރީމާ ރައްޔިތުން މިއަދު ބޭނުންވޭ ރައްޔިތުންގެ ފަރާތުން މަންދޫބުން މިއަދު މަޖިލީހަށް ވަންނައިރު ނިހާނުއަށް މީތި (ހުކުމުޅޯޓި) ހަދިޔާއެއްގެ ގޮތުގައި ފޮނުވަން." ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ހިލްމީ - ވަގުތު އިމޭޖެސް

ސައުދުﷲ ވަނީ "ހުކުމުޅޯޓި" އަކީ ކޯއްޗެއްކަންވެސް ތަފްސީލު ކޮށްދެއްވާފައެވެ.

"މިއީ އަސްލު މުޅޯށި، މިއީ ކުރީގަ ދަނޑުވެރިކަމުގައި ބޭނުންކުރާ އަލަ އެއްޗެހި، ފަލަމަޑީގެ ބާވަތްތައް ކަނޑައިގެން އަޅައިގެން ގެންގުޅުނު އެއްޗެއް، ބައެއް ފަހަރަށް ކުކުޅު އެއްރަށުން އަނެއް ރަށަށް ގެންދާއިރުވެސް ކުކުޅު މީގެ ތެރެއަށް ލާފަ ބޯޓުގެ ބޭރުގަ އެލުވާފަ ހުންނާނެ. މީގެ ތެރެއަށް ދޮން ކެޔޮވެސް ލެވޭނެ." ސައުދުﷲ ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހަށް ވަދެވަޑައިގެންނެވުމަށްފަހު މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "އެމްޕީ އަބުޅޯ އަދި އެމްޕީ ސައުދުﷲ މިއަދު މަޖިލީހަށް ވަޑައިގެންނެވީ އެމްޕީ ނިހާން އަށް ވެދުން ކުރުމަށް 2 "ހުކުމުޅޯޓި" ހިފައިގެން" ކަމަށެވެ.

މި ތިން ބޭފުޅުޅުން ކުރެއްވި މަލާމާތަށް ނިހާން ރައްދު ދެއްވީ ތަފާތު ގޮތަކަށެވެ. އެގޮތުން ނިހާން މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ރައްދު ދެއްވާފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ދައުރުގައި ތިނަދޫއަށް ގެނެސްދީފައިވާ ތަރައްޤީއެއް ނުދެއްކޭނެ ކަމަށް ވިދާޅުވެ "ތަރައްޤީން" ނެވެ.

"ކިތަންމެ ވެދުމެއް ކުރިޔަސް، ގދ.ތިނަދޫ އަށް 2008 އިން 2012 އަށް އެމްޑީޕީ ސަރުކާރުގައި ކޮށްދީފައިވާ ތަރައްޤީއެއް ތި 3 މީހުންނަށް ނުދެއްކޭނެ" އަމީތުގެ ޓްވީޓަށް ރައްދު ދެއްވައި ނިހާން ވިދާޅުވެފައިވެއެވެ.

ނިހާނަށް ކުރި މަލާމާތަށް ތަރައްޤީން ރައްދު ދެއްވިއިރު، 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ގދ.ތިނަދޫގެ ތަރައްޤީއަށް ރައީސް ޔާމީންގެ ޒައާއްމަތުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ. އެގޮތުން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ތިނަދޫގެ ތަރައްޤީއަށް ހޭދަކުރައްވާފައިވެއެވެ.

ތިނަދޫގެ ތަރައްޤީއަށް މި ސަރުކާރުން ކޮށްދެއްވާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ތިނަދޫގައި ސަރުކާރުން ޤާއިމުކޮށްދެއްވާފައިވާ އިސްލާމީ މަރުކަޒާއި، 120 ހައުސިންގ ޔުނިޓާއި، މަގުހެދުމުގެ މަޝްރޫއާއި، ބިން ހިއްކުމުގެ މަޝްރޫއު އަދި މިއުޒިއަމް ޕާކުގެ އިތުރުން ބަރާސީލު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، އަލަށް ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނެއެވެ.

މީގެ އިތުރުން 92 މިލިއަން ރުދިޔާ ޚަރަދުކުރައްވައިގެން ތިނަދޫގައި ޤާއިމުކޮށްފައިވާ ނަރުދަމާއާއި، 57 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ތަރައްޤީކޮށްފައިވާ ފެން ހިންދާ ނިޒާމާއި، 13 މިލިއަން ޚަރަދުކުރައްވައިގެން ތައުލީމީ މަރުކަޒު ތަރައްޤީ ކުރުމާއި، 11.6 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ޤާއިމުކުރެއްވި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް ފާހަގަކޮށްލެވެއެވެ.

ގދ.ތިނަދޫގެ ތަރައްޤީއަށް މި ސަރުކާރުން 1.2 ބިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާއިރު، 2008 އިން 2013 އަށް ތިނަދޫގެ ތަރައްޤީގެ މަޝްރޫއުތަކަށް ޚަރަދުކުރައްވާފައިވަނީ 52 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙައްވަ

    ނަރުދަމާއާއި، ފެނާ މިފަދަކަންކަމަކީ ރައްޔިތުންނަށް ޒަރޫރީ ބޭނުން ތަކެއް. ކޮންމެ ސަރުކާރެއްއޮތަސް ކޮށްދޭންޖެހޭ ކަންކަން. މަޖްލިހުގަ ދާއިޜާގެ ބަހެއް ނުބުނެވި އެހާދުވަސް ވެގެންދިޔަ ކަމީ ސަރުކާރުން ވެފައިވާ އިހްމާލް.

  2. އިބްރޭ

    ތިނަދޫގެ ތަރައްޤީއަށް މި ސަރުކާރުން ކޮށްދެއްވާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ތިނަދޫގައި ސަރުކާރުން ޤާއިމުކޮށްދެއްވާފައިވާ އިސްލާމީ މަރުކަޒާއި، 120 ހައުސިންގ ޔުނިޓާއި، މަގުހެދުމުގެ މަޝްރޫއާއި، ބިން ހިއްކުމުގެ މަޝްރޫއު އަދި މިއުޒިއަމް ޕާކުގެ އިތުރުން ބަރާސީލު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، އަލަށް ހިއްކި ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނެއެވެ.

    މީގެ އިތުރުން 92 މިލިއަން ރުދިޔާ ޚަރަދުކުރައްވައިގެން ތިނަދޫގައި ޤާއިމުކޮށްފައިވާ ނަރުދަމާއާއި، 57 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ތަރައްޤީކޮށްފައިވާ ފެން ހިންދާ ނިޒާމާއި، 13 މިލިއަން ޚަރަދުކުރައްވައިގެން ތައުލީމީ މަރުކަޒު ތަރައްޤީ ކުރުމާއި، 11.6 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ޤާއިމުކުރެއްވި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް ފާހަގަކޮށްލެވެއެވެ. ދެން ލަލަލާ

  3. ޒާ

    މިހާރު އެއްވެސް ރަށެއްގެ ބަޔަކު ބޭނުމެއް ނުވޭ ތަރައްގީއެއް. ބޭނުމީ ތަރައްގީއާއި ނުލައި ބޮލާފޮށާއެޅުމުގައި ކުރިއަށްދާން. އެގޮތަށް ގެންދިޔަ ނަމަ ޔާމީނަށްވެސް ކާމިޔާބު ވީސް.

    • ޙައްގުބަސް

      ތާޢީދު ހަމަ ރަގަނޅު ވާހަކައެއް!! ތިނަދޫ އެއޮތީ ޔާމީން ތަރައްގީ ކޮށްދީފަ!! ދެން މުޅޯއްޓޭމެންގެ ހަޔާތް ހަމަ ކުޑައީ!! ތިވަރުގެ ހަޔާތްކުޑަ ގޮތްކުޑަ ތިން މޮޅޯއްޓެއް މިރާއްޖޭގެ އެހެން ރަށަކުން ނުލިބޭނެ!! ތި ތިނެތީގެ ޖީބަށް ކޮރަޕްޝަންގެ ކަޅުފައިސާ އެޅޭވަރު މަދުވީމަ ތިން މޮޅޯށި ހިފައިގެން މިދިޔައީ!! އެންޓި ޑިފެކްޝަނޭ ކިޔާ ގާނޫނަށްވެސް ހަދަން ޖެހުނީ މުޅޯއްޓޭމެންގެ ކަންތައް ބޮޑުކަމުން!! މުޅޯއްޓޭމެން މިއަދު މުޅޯށި ހިފައިގެން ވަދެގަތީނުން އެގާނޫނުވެސް ބޮލާލާ ޖަހައިފި!! މިހާރު މުޅޯއްޓޭމެން ހޭވެރިކަންވެސް ނުހުންނާނެ އުފަލުން!!

  4. ޢެކުވެރިޔާ

    ޕީޕީއެމްގަ ސައުދުﷲ ހުރި އިރު އަހުލާގު ވަރައްރަގަޅު ހިތްތިރި މީހެއްގެ ގޮތުގަ ސިފަކުރެވުނު ވަރައް ގާތް އެކުވެރިއެއް. ނަމަވެސް މިހާރު އެމްޑީޕީ ވަކަރުގޭ މީހުން އުޅޭގޮތައް އެއްވެސް އަހުލާގެއްނެތްތަން މި ފެނުނީ . ސައުދުﷲ އަމިއްލައައް ވިސްނާލިއަސްމީ ހަގީގަތްކަން ގަބޫލުކުރާނެ. އުންމީދު ކުރަން އެމްޑީޕީއައް ގުޅުން އޮތަސް މީހާގެ އަހުލާގު ހިފަހައްޓާނެކަމައް. ވަރައް ހިތާމަކުރަން

  5. Anonymous

    ތިއިކީ މިހާރު އެއްވެސް ބޭނުން އެއްޗެއްނޫން. ދެން މާމޮޅުކަމެއް ތި ކުރެވުނީ. ތިއާ ބެހޭގޮތުން ނިހާނު ވާހަކަ ދެއްކިޔަސް ތިނަދޫ މީހުން އެއްވެސް ދެރައެއްނުވޭ.

  6. ބޮލި މުލައް

    ތިޔާ ވ ލަދުހަޔާތްކުޑަބަޔަކު އުޅޭތަނެއް

  7. ޖަހާންގީރު

    ޙަޔާތް ކުޑަ ބައެއް

  8. ޙަސީން

    ޥަރަށް ގޮތްކުޑަ ބައެއް ތީ. ޙީނުކުރާތި މާމޮޅުކަމެކޭ ތި ކުރެވުނީ.

  9. ހަލާކު

    ލަދުގަނޭތޯ މިފަދަ ވެރިކަމެއް ދެންރާޖެނުދެކޭނެ .ތިތިބީމިހާރު ފަރނަޖީގެ ޖަމާޢަތ