ރައްޔިތުން މަޖިލީހުގެ މެންބަރުން އަމިއްލަ ފައިދާ އާއި މަންފާ ހޯދަން ޕާޓީ ބަދަލު ކުރަމުން އައި އައުން ނިމުމަކަށް ގެނައި "އެންޓި ޑިފެކްޝަން ޤާނޫނު" އުވާލަން ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެންފިއެވެ.

މިއަދު އޮތް މަޖިލިސް ޖަލްސާގައި އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމަށް ހުށަހެޅި ބިލް ބަލައިގަންނަން 30 މެންބަރަކު ވޯޓް ދެއްވިއެވެ. ޤާނޫނު އުވާލުމަށް ހުށަހެޅި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުން އަމިއްލަ ފައިދާ އާއި މަންފާ ހޯދަން ޕާޓީ ބަދަލު ކުރަމުގެ ފުރުސަތު ފަހި ކުރުމަށް އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.

ބިލު ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ، ބިލު ހުށަހަޅަން ޖެހުނު އެންމެ ބޮޑު އެއްސަބަބަކީ ގޮނޑި ގެއްލުނުކަމަށް ބުނާ މެންބަރުންގެ ހައްގުތައް ގެއްލިފައި އޮތުމަށްފަހު އެ މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމު ކޯޓުން ނިންމާފައިވުން ކަމަށެވެ. އެ ގާނޫނު އެގޮތަށް އޮތްނަމަވެސް އެމެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"މެންބަރުންގެ ގޮނޑި ގެއްލޭނެ އުސޫލުތަކަކީ ކޮބައިކަން ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ވަރަށް ސާފުއިބާރާތުން ލިޔެފައި އެބައޮތް. މި ބިލު އޮތުމުގެ ސަބަބުން މަޖިލީހުގެ މެންބަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކުރެވޭކަން އެއީ ވަރަށް ސާފުކޮށް އެނގެން އޮތްކަމެއް،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ، ވެރިކަމުގައި ހުންނަ މީހަކު ވެރިކަން ކުރަން ދަސްކުރަންޖެހޭނެ ކަމަށެވެ. "އުނދަގޫ މަރުހަލާތައް އަންނާނެ. އެ ހުރިހާ މަރުހަލާއަކަށް ކެރިގެން ކުރިމަތިލާ ހައްލުކޮށްގެން ކުރިއަށްދާން ދަސްކުރަން ޖެހޭނެ" ރިޔާޒު ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުމުން ގިނަ ރައްޔިތުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޯގޯ ކުއްޖާ

    މަޖީލީސް ވިޔަފާރި ފެށުނީ.... މަރުހަބާ

  2. އަލީ

    އެއްމެ 30 މެމްބަރުން؟ ކޮބާ ބާކީ ތިބި ބޮކިތައް؟

  3. ނައިބުތުއްތު

    ސުބުހާނަﷲ! މާތްﷲ މި ދިވެހިއުންމަތުގެ އެންމެހާ އަޚުންނާއި އުޚުތުންނަށް ހެޔޮވިސްނުން މިންވަރުކުރައްވާށި. އާމީން

  4. ފަރޭ

    އަޅެ މީ ގޮނޑި ވިއްކާ ވިޔަފާރި ކުރަން ބައިތިއްބާފަ ތިބި ބައެއްތަ؟ ދިވެހިން މިމީހުނައް ވޯޓު ދިނީ ކީއްކުރަންކަން އަޅުގަނޑަށް ބުނެދޭނެ މީހަކު އެބަހުރިބާ؟؟؟

  5. ހުސޭނުބޭ

    މިހާރު ތިވީގޮތުން މެމްބަރުންނަށް އެމީހުންގެ ގޮނޑި ނީލަން ފިހާރާގަޔާއި އީބޭގައި ޖަހައިގެންވެސް އެންމެ މަތީ އަގެއް ހުށައެޅި ފަރާތަކަށް ވިއްކާލެވޭނެ! .......... އެވެނި މިވެނި މީހެއްގެ ކަރަޕްޝަނޭ ގޮވާ މީހުންގެ ހާލު ހުރިގޮތް ތި ފެންނަނީ!

  6. ޢަބްދުﷲ

    ފާޅުކަންބޮޑު ގޮތެއްގައި ނުރައްކާތެރި ޖަރީމާއެއް ހިންގާއިރު، އެކަކު އަނެކަކަށް މަޖިލީހުގެ ތެރެއިންވެސް އެކަމަށް މަގުފަހިކޮށްދޭތީ ހިތާމަކުރަމެވެ.

  7. ނީބުމަ

    ހީވަނީ މިމައްސަލަ ކުރިމަތިވާން މެދުވެރިވީ ޒަމާނުއްސުރެ ދިވެހިން އާދަޔާޚިލާފަށް ކަނޑުމަސްކެއުމުގެ ސަބަބުންކަމައް ބެލެވޭ. ގައުމުގެ ބޮޑެތިކަންކަން ނިންމާ ގައުމުބިނާކުރުމުގަ މުހިންމު ދައުރެއް އަދާ ކުރާ މުއައްސަސާއެއްގަ މިހިމެނޭ މަޖިލިސް މެމްބަރުން ގެތެރޭ ތިބޭ މީހުންގަ ހުންނަން ޖެހޭޝަރުތުތަކެއް އެކަށައަޅާ އަދިތައުލީމީ ފެންވަރުހުންނަންޖެހޭ ކަންދިވެހި އެންމެހާރައްޔިތުން ކަނޑައަޅާ ޕެޓިޝަންއެއް ރައްޔިތުންމަޖިލީހައް ހުށައަޅަން ފެނޭ. ފުޓުބޯޅަ މެޗެއްކުޅެލާ ފިލްމެއްކުޅެލާފަ އަނެއްދުވަހު މީހުންގެ ސަމާލްކަން މިގޮތުންހޯދާގަންނަ މީހުންނައް ގައުމުގެ މިމުހިންމުމުއައްސަސާއިންޖާގަދީ ފުރުސަތުދިނުން ހުއްޓާލަންފެނޭ. ހާހުންގުނާލެވޭ ޕީއެޗްޑީފާސް އޮތް ދިވެހިޒުވާނުން މިއަދު މިގައުމުގަ އެބަތިބި. އެއުޅޭ އެބޫޅެމިބޫޅެ މީހުން ކުރިމަތިލުމުގެ ކުރީގަ ތައުލީމުލިބިގެންތިބި އެންމެހާދިވެހިޒުވާނުން ގޮނޑިތަކަށް ކުރިމަތިލުމައް ގޮވާލަން.

  8. އަތޮޅޭ

    ތިޔަކަންތަށް ކުރާނެ.އެނީހުންގެ ޖީބަށް ގިނަވާނެ ގޮތެއްއެމީހުންވެސް ބަލާނެ.ރައްޔިތުން ތިބެންޖެހޭނީ ފެލިފެލި ތިބެން