ރިޔާސީ ފަހު އަހަރު ހިމަނައިގެން ދައުރު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅަން އޮޑިޓަރ ޖެނެރަލް ރައީސް ޔާމީނަށް ފުރުސަތު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ފަހު ދައުރު ހިމަނައިގެން ދައުރު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅަން ފުރުސަތު ދެއްވާފައިވާ ސިޓީއެއް މީގެ ދެތިން ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އޮޑިޓަރ ޖެނެރަލް ވަނީ ފޮނުއްވާފައި ކަމަށެވެ.

މާލީ ބަޔާން ޤަވައިދުން ހުށަނާޅުއްވާ ރައީސުން ތިއްބެވި ކަމާއި ނަމަވެސް އެބޭފުޅުންނާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށް މުއާޒް ވިދާޅުވިއެވެ.

"ރައީސްގެ މާލީ ބަޔާނާއި ގުޅޭ އެންމެހައި މަޝްވަރާތައް އޮޑިޓަރ ޖެނެރަލްގެ ލަފާފުޅާއި އެއްގޮތައް ވަނީ ކުރެވިފައި." މުއާޒް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ލަފާދީފައެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސްގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ފަރާތަށް ދިން ޖަވާބުގައި އޭސީސީ އިން ވިދާޅުވީ ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅާފައި ނެތް ކަމަށާއި ނަމަވެސް އެމައްސަލަ އޭސީސީ އަށް ބެލެން ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން، ފަނޑިޔާރުން، ރައްޔިތުން މަޖިލީހުގެ މެންބަރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން ކޮންމެ އަހަރެއް ނިމުމުން މާލީ ބަޔާން އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅަން ޖެހެއެވެ. ނަމަވެސް އޭގެތެރެއިން ގިނަ ބޭފުޅުން މާލީ ބަޔާން ހުށަހަޅުއްވަމުންނެއް ނުގެންދަވައެވެ. މާލީ ބަޔާން ހުށަހަޅަން ޤާނޫނު އަސާސީ އިން މަޖުބޫރު ކުރި ނަމަވެސް މާލީ ބަޔާން ހުށަނާޅާ ފަރާތްތަކަށް އަދަބެއް ކަނޑައަޅާފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާށިގަޑު

    ޔާމީނޫ! ރައްކާވެ ހުންނާތި! މުހައްމަދު އަމީނާއިދޭތެރޭ ކަންކުރި ގޮތުގެ މަތީން ހަދާން ކޮށްލައްވަ! އާދެ! ވޭތުވެ ދިޔަ ތާނގައި ރައީސުކަން ކުރެއްވި ބޭފުޅުންގެ މާލީ ބަޔާނެއްވެސް ތިޔަ "ނިދިުން ހޭލެވިގެން" އުަލޭ މަޖިލީހައްވެސް އަދި އޮޑިޓަރ ޖެނެރަލަކަށްވެސް މުހިއްމެއްނޫން. އެކަމަކު "ފިލައިގެންދާން ތިއުޅޭ ޔާމީން ރައީސުގެ މާލީ ބަޔާނާއި އަދި ނުވިތާކަށް އުނުއަނދެ ބާވެގެބް ދޫކޮއްލި ޖަގިޔަލާއި ބައެއް ޚާއްޞަ ތަންތަނުގެ އިސްތަށި ބާލަން ބޭނުންކުރި ރޭޒަރ ހޯދިގޮތެއްވެސް ބުނެދޭން ޖެހޭނެ! ތިޔާ އޮޑިޓަރ ޖެނެރަލުން ތީމުގޭ އޮޑިޓްކޮށް އެތަނަށް ގަނެފައިހުރި ނަޕްކިންސް (ކަރުދާސް ޓިޝޫ) އެއީ (ކުދިން ޖަހަން ބޭނުންކުރާ) ނެޕީކަމަށް ހަދައޮގެން އޮޑިޓް ކުރި ހަދާން ހުރީ ކިތައް މީހުންބާ!؟ އެއީ މައުމޫނު ނުވެއްޓިގެން އުޅުނު ދުވަސްވަރު!!

  2. މީޒްލީ

    ކޮންމެކަމެއް ކުރަންޖެހެނީ ޢަދަބުދީގެންތަ؟ އަދަބެއް ނުދިނަސް ޤާނޫނީ ގޮތުން ކުރަން ލާޒިމް ކޮއްފައި ހުންނަ ކަންކަން ޖެހޭނީ ކުރަން!

  3. ލަމްޙާ

    ވޭތުވެދިޔަ ރައީސުންގެ މާލީބަޔާން ހޯދަން ތަރީޚްތައްކަނޑައެޅިތަ؟ ރީތިގޮތަކަށް ތިޔަބައިގަނޑު ބަލިވެގެންދާަން ފެންނަނެ އިން ޝާ އަﷲ!