އިއްޔެގެ އިރުއޮއްސުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ބުނެ ޢަބްދުﷲ މަސީހު އިތުރުފުޅު ހެއްދެވި ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރީކޯ މޫސާ މަނިކު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މިޖިލީހުގެ 3 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގެ ރިޔާސަތުގައި އިންނަވާ ދާދި ދެންމެއެވެ.
"އިއްޔެގަ (މަސީހު) އަޅުގަނޑު ކައިރީ ވިދާޅުވި ތިމަންނަ މިރޭ ހައެއް ޖެހުމުގެ އިސްތިއުފާ ދެއްވާނަމޭ، މާދަމާ އެ ޖަލްސާ ބާއްވާށޭ ވިދާޅުވެފައި އަޅުގަނޑަށް އިތުރުފުޅު ހައްދަވާފައި މިގޮތަށް ކަންތައްތައް ކުރައްވާފައި ވާތީ ތިބޭފުޅުންނަށް ދަންނަވާލީ." މޫސާ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާ ބާއްވަނީ އަދި އެޖެންޑާ ކަނޑައެޅުއްވީ ވެސް މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދު ކަމަށެވެ. އަދި ޖަލްސާ ބާއްވާ ގަޑި އޭނާއަށް އަންގަނީ ވެސް ޢަބްދުﷲ މަސީހު ކަމަށާއި އެހެންކަމުން މިއަދު މަޖިލިސް ކުރިއަށް ގެންދަނީ އޭނާ ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.
"މިއަދުވެސް މަޖިލީހުގެ ޖަލްސާ ބާއްވަނީ އަދި އެޖެންޑާ ކަނޑައެޅުއްވީ ޢަބްދުﷲ މަސީހު މުޙައްމަދު، ޖަލްސާ ބާއްވާ ގަޑި އަޅުގަނޑަށް އަންގަނީ ޢަބްދުﷲ މަސީހު މުޙައްމަދު، އަޅުގަނޑެއް ނޫން މަޖިލިސް ކުރިއަށް ގެންދަނީ." ނިޒާމީ ނުކުތާގެ އޮއިވަރުގައި މަޖިލިސްގެ ތަޅުން ހޫނުވި ވަގުތުގައި މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، މިއަދުގެ ޖަލްސާ ކެންސަލް ކުރުމަށް ރޭގެ ވަގުތެއްގައި މަސީހު އެންގެވި ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު އަލުން ގުޅާފައި މަޖިލިސް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންކަމަށް ވިދާޅުވިއެވެ.
"މަޖިލީހުގައި އިއްޔެގަ ޖަލްސާ ބާއްވަން ވިދާޅުވެފައި، ޢަބްދުﷲ މަސީހު މުޙައްމަދު ރޭގަ އަޅުގަނޑަށް ގުޅާފަ ވިދާޅުވި ޖަލްސާ ކެންސަލް ކުރައްވާށޭ، މިއަދު ހެނދުނު ގުޅާފަ ވިދާޅުވި ޖަލްސާ ކުރިއަށް ގެންދަވާށޭ. އަޅުގަނޑަކީ މަޖިލީހުގެ ރައީސެއް ނޫން. މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ގަވާއިދު އެނގިވަޑައިގަންނަވާ." މޫސަ ވިދާޅުވިއެވެ.
މަސީހު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވިކަމަށް މޫސަ ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމްއިން ހުށަހަޅާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވަނީ ވިދާޅުވެފައެވެ.
މަޖްލިސްގެ ރިޔާސަތުގައި އިންނަވައިގެން ކޮންކަހަލަ ވާހަކަތަކެއްތޯ ތިޔަދައްކަވަނީ؟ ބޮޑުވަރު!!!!!!
މޫސަބޭ ތިޔައުޅެނީ އަނެއްކާ ވެރިކަމަށް އަންނަން ދޯ ކޮޅު ބަދަލު ކުރިޔަސް ތީ ބޮޑުވަރު
މޫސަ ވަކިކުރަން ފެނޭ ތިޔައީ ދެފުއްކެހެރިއެއް