ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދު މިއަދު ބޭރު ކުރާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
އަޙްމަދު މަހްލޫފް މިހެން ވިދާޅުވެފައިވަނީ، ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. މަޙްލޫފްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ، މަޖިލީހުގެ ރައީސް މަސީހު މިއަދު ބޭރު ކުރާނެ ކަމަށެވެ. އަދި ބޭރު ނުކުރެވޭނަމަ މިއަދު މަސީހު އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"މިއަދަކީ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ވެގެންދާނެ. އިރާދަކުރެއްވިއްޔާ މިއަދު އަނިޔާވެރި މަސީހް ބޭރުކުރާނަން ނޫނީ އޭނާ މިއަދު އިސްތިއުފާ ދޭނެ." މަޙްލޫފް ވިދާޅުވިއެވެ.
https://twitter.com/AhmedMahloof/status/1057568274907426817
މަޙްލޫފު މިހެން ވިދާޅުވިއިރު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެންބަރުންގެ ސޮއި އާއެކު މަޖިލީހަށް ވައްދާފައިވެއެވެ. އަދި މަސީހު އިސްތިއުފާ ދެއްވާފައިވާކަމުގެ އަޑުތައްވެސް މީގެ ކުރިން ފެތުރިފައިވެއެވެ.
މަސީހު ބޭރު ކުރާނެ ކަމަށާއި، ބޭރު ނުކުރެވިއްޖެނަމަ މަސީހު މިއަދު އިސްތިއުފާ ދޭނެ ކަމަށް ދާދި ދެންމެ މަޙްލޫފް ޓްވީޓް ކުރެއްވިއިރު، އިއްޔެގެ އިރުއޮއްސުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ބުނެ ޢަބްދުﷲ މަސީހު އިތުރުފުޅު ހެއްދެވި ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުވެސް މިއަދުގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ހުންނަވާ ވިދާޅުވެފައިވެއެވެ.
"އިއްޔެގަ (މަސީހު) އަޅުގަނޑު ކައިރީ ވިދާޅުވި ތިމަންނަ މިރޭ ހައެއް ޖެހުމުގެ އިސްތިއުފާ ދެއްވާނަމޭ، މާދަމާ އެ ޖަލްސާ ބާއްވާށޭ ވިދާޅުވެފައި އަޅުގަނޑަށް އިތުރުފުޅު ހައްދަވާފައި މިގޮތަށް ކަންތައްތައް ކުރައްވާފައި ވާތީ ތިބޭފުޅުންނަށް ދަންނަވާލީ." މޫސާ ވިދާޅުވިއެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައި، މަސީހު ބޭރުކުރާ ވާހަކަތަކުގެ އަޑުތައް އަނެއްކާވެސް ގަދަވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމްއިން ހުށަހަޅާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދުގެ މަޖިލީހުގައި ވިދާޅުވެފައިވެއެވެ.
ބޭރުކޮށްލައިގެން ހިތްހަމަޖައްސާލާ!!
މީހާދަ ފޮނިބޮޑުވެގެން އުޅޭ ސޮރެކޭ މާދަމާ މިސޮރަށް ޖެހޭނެ ހާލަކީ ކޮބާބާވައޭ މިސޮރުހިތަކަށްވެސް ނާރާ ހިތުން ހިކިފަސްތަނުގައި ތިމާއަށް ހުރެވޭކަމަށް ހީނުކުރާތި