މަޖިލީހުގެ މެންބަރުންތަކަކަށް އަނިޔާ ލިބި އެ މެންބަރުން ޖަލަށް ވަޑައިގަންނަވަން ޖެހުނީ ފުލުހުންނާއި ފަނޑިޔާރުންގެ ސަބަބުން ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން އިބްރާހީމް ދީދީ ވިދާޅުވީ މެންބަރުންނަށް އަނިޔާ ލިބި ޖަލަށްދާން ޖެހުނީ ފުލުހުންނާއި ފަނޑިޔާރުންނާއި ހެދި ކަމަށާއި ފުލުހުންނާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މެންބަރުންނަށް ލިބުނު އަނިޔާތަކަށް ތާއީދު ނުކުރަން. އެ މެންބަރުންނަށް ހައްގު ލިބުމުން މަރުހަބާ ވެސް ކިޔަން. ފުލުހުންނާއި ފަނޑިޔާރުންގެ މައްޗަށް ނުފޫޒު އަތުވެއްޖެ ނަމަ ނުފޫޒު އަންނަ ކަމަށް ވިދާލުވެ އިސްތިއުފާ ދެއްވަން ޖެހޭ. ޑިމޮކްރަސީގައި ކަން އޮންނަ ގޮތަކީ އެއީ " އިބްރާހީމް ދީދީ ވިދާޅުވިއެވެ.

އިބްރާހީމް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު ހެދީ ސްޕްރީމް ކޯޓުގެ ބަހަށް ކަމަށާއި، އެކަމުގައި ލަފާ ހޯދީ ސްޕްރީމް ކޯޓުން ކަމަށާއި ކޮންމެ ވެރިކަމެއްގައި ވެސް އެފަދަ ކަންތައްތައް ކުރަނީ ފަނޑިޔާރުން ކަމަށެވެ. އަދި އެމީހުން ކުރި ކަންތައްތަކުގެ ޒިންމާ އޭރަކު ހުންނަ ވެރިއެއްގެ ބޮލުގައި އަޅުވާ ކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން މަޖިލިސް މެންބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައި އޮތްނަމަވެސް އެޤާނޫނު އުވާލައިފި ނަމަ، އަނެއްކާވެސް ޕާޓީ ބަދަލު ކުރުމަށް މަޖިލިސް މެންބަރުންނަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އެހެންކަމުން އެޤާނޫނު އުވާލުމަކީ މަޖިލިސް މެންބަރުންނަށް ނާޖާއިޒް ފައިދާތަކެއް ނަގަން ލިބޭ އިތުރު ފުރުސަތަކަށް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ބެއްޔާ އަޅެ ބުނެބަލަ ޙަރާމްގޮތުގައި ކައިފާހުރި ރިޝްވަތާހުރެ ތިމާމީހާ ނަރަކައަށް ވެއްޓޭދުވަހު އެހެން ވާންޖެހުނީވެސް ފަނޑިޔާރުންނާ ހެދިއޭ ބުނެވޭނެތަ؟

  2. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    އޭރުވެސް އަދި މިހާރުވެސް ނުބައި ނުރަނގަޅު ކަންތައް މިރާއްޖޭގައި ހިނގަމުންދަނީ، ނުބައި ނުރަނގަޅު ކަންތައްތަކަށް ޤަޞަދުގައި ތަރްޙީބު ދޭ ބަޔަކު ވެރިމީހާގެ އަރިހުގައި ތިބެގެން އަތްޖަހާތީ ކަމަށްވާއިރު، މީގެކުރިން ނުބައި ނުރަނގަޅު ކަންތައްތައް ނުހުއްޓުވައި މަނާނުކޮށް ތިބި މީހުންވެސް މިހާރު ރާގު ބަދަލުކޮށް ކުލަ ބަދަލުކޮށް ހެޔޮ މީސްވުމުގެ ވިސްނުމުގައި އޮއި އެނބުރޭ ގޮތަށް، އަދި ވައި އެނބުރޭ ގޮތަށް، ރިޔާ ބަދަލުކޮށް، ވަކާލާތު ކުރާއިރު، މިހާރު މިރާއްޖެ މިއޮތީ ދިރިއުޅުމުގެ ފަސޭހަތައް، އަތްނުފޯރާ ފަށުގައެވެ.

  3. ބަންގާޅު އަނބިސޮރު

    އައިބީ ކަލޭގެ ބޮޑު އަންބޮޑިޔޭ ކިޔާބަލަ. ކޮންމެ ގޮތެއްވިޔަސް މިފަހަރު ސަލާމަތެއް ތީން އެއްވެސް ބޅ ކަށް ނޯންނާނެ

  4. ޭަބޮއިހަލާކު

    ތީ އައި.ބީ ކަމާއިމެދު ޝައްކު! ކަލޯ މަ ކުރިން ނިންމީ މިފަހަރުވެސް ފޭދޫ ދާއިރާއިން އައި.ބީ އަށް ވޯޓްދޭން އެކަމް މީހާރު ނޯއޭ ބުނެވޭނީ ރައްޔިތުންގެ މުދަލުގަ ހުޅުޖަހާ ރޯކޮށް އިސްލާމްދީނަށް ހަޖޫޖަހާ ރަސޫލާއަށް ފުރައްސާރަކުރި ބަޔަކަށް ކުޑަނަމަވެސް ތާއީދުކޮށް ބަހެއްބުނި މީހަކަށް މަގޭ ވޯޓް ހަރާމްވާނެ