އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުށަހަޅުއްވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ފޮނުވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މަޖިލީހަށް ފޮނުވީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި ބަޖެޓް މަޖިލީހަށް ފޮނުވީ އެއްވެސް އުނި އިތުރެއް ގެނައުމެއް ނެތި ކަމަށެވެ. އަދި ބަޖެޓާ ގުޅޭ ހާއްސަ ފޮތެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވާނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބޫ އަށް ބަޖެޓުގައި ހިމަނަން އިދާރީ ބަދަތުތަކާއި، އައު ސިޔާސަތުތަކުގެ ތަފްސީލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ދީފައިވަނީ މި މަހުގެ ކުރީކޮޅުއެވެ.
ބަޖެޓާ ގުޅޭ ގޮތުން ފައިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މީގެކުރިން ވިދާޅުވެފައިވަނީ ބަޖެޓް ތައްޔާރު ކުރުމުގައި އާސަރުކާރުގެ ހިއްސާއެއް ނެތް ނަމަ ކުރީގެ ތަޖުރިބާ އަކީ އަހަރުގެ ކުރީކޮޅު ގިނަ ދަތިތައް ސަރުކާރަށް ދިމާވުން ކަމަށެވެ. މީގެއިތުރުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވަނީ އެމްޑީޕީގެ ކޯލިޝަން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން ޕީޕީއެމް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ދައުލަތުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެއެވެ.
މަހީ ކުރީ 10ބިލިޔަނުން ނިންމާލާނެ ކަމައް، އެކަމު ކީއެއްޗަކަ ކުރާކަމަކާ އަދި ދިމަލެއްނުވެ.
2.6 ބިލިއަން އިތުރުކޮއްލީ ޕާޓީ ކުދިންނައް ބަހާލަން ވެގެންދޯ. މީހަކު ބުނި އަންނިގެ ރަގަޅު ކަމަކީ ބަޖެޓުން ތަރައްގީއައް ކަމެއް ނުކުރިއަސް ޕާޓީ ކުދިންނައް ބައި އަޅާތީޔޯ.
ގެސްޓް ހައުސް އަޅާނެ ލާރިކޮޅެއް ޕާޓީ ކުދިންނައް ދޭންވާނެ
ހިއްކާނެ ފަޅުފަޅާއި، ވިއްކާނެ ބިންބިމާއި، ލުއިލޯނާއި، ބޮޑުލޯނާއި ކުދިލޯނާއި އެކްސްޕޯޓްގެ ފައިސާއާއި، އިންޕޯޓްގެ ފައިސާއާއި، ރިސޯޓްތަކުގެ ކުއްޔާއި ބެޑް ޓެކްސްއާއި، އަންނަ ފަސެންޖަރުންގެ އަތުންނާއި ފުރާ ފަސެންޖަރުންގެ އަތުން ނަގަމުންދާ ފައިސާއާއި، ވިޔަފާރީގެ އުޞޫލުން ކަރަޓްވިއްކުމުންނާއި ފެންވިކުމުން ލިބޭފައިސާއާއި، ފަންނީއެހީތަކާއި ހިލޭއެހީތަކާއި މިހެންގޮސް، މިރާއްޖޭއަށް ލިބޭ ފައިސާގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާއިރުގައިވެސް ފަޤީރުންގެ އަތުން ދެއިރު ހަމައަށް ނުކައި ނުބޮއެ އުޅޭ މީހުންގެ އަތުން ޖީއެސްޓީ ނުނަގައި ދެކޮޅު ނުޖެހޭ ކަމަށްވާނަމަ، ކަނޑައެޅިގެން ވަކި ލިމިޓެއްގައި ބަޖެޓް ލިމިޓްނުކުރެވި އޮތުމަކީ، ދެރަކަމެއް.
ދެން އަތްޖަހާ. މޮޅު ވާހަކަ ދައްކާފަ ދަރަނި ބޮޑު ބަޖެޓެއް މިއީ. ލޮލް. ޔާމީން ސަރުކާރުގެ ދަރަނީގެ ވާހަކަ ދައްކާފަ، މިހާތަނަށް ހުށައަޅާ އެންމެ ބޮޑު ބަޖެޓު މިހުށައަޅަނީ ބޮޑު ބިޔަ ކޯލިޝަނުން. ދަރަނި އަރައިގެން ދާނީ ކުރިޔަށް ބާރަ ކުރިޔަށް ކިޔަމުން ދޯ؟
2.6 ބިލިއަން އިތުރުކޮއްލީ ޕާޓީ ކުދިންނައް ބަހާލަން ވެގެންދޯ. މީހަކު ބުނި އަންނިގެ ރަގަޅު ކަމަކީ ބަޖެޓުން ތަރައްގީއައް ކަމެއް ނުކުރިއަސް ޕާޓީ ކުދިންނައް ބައި އަޅާތީޔޯ.
ޕާޓީ ކުދިންނަށް ހޯދަދިން ބަޖެޓެއް ޕާތީ ކުދިންގެ އޮޑިދޯނިފަހަރުގައި އިންޖީނު އަޅަން މިއޮތީ ރަނުގެ ފުރުސަތެއް ތައްޔާރުވެގެން މިތިބީ....
މި ވޭތުވެދިޔަ 5 އަހަރުގެ ބަޖެޓުތައް ބޮޑުކަމުން ވާހަކަ ދެއްކި މީހުން މިހުށަހެޅި ބަޖެޓު އަދި މާބޮޑު. މިވީ ކިހިނެތްތަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ބަޖެޓް ބޮޑު ވެގެން އެވާހަކަ އެންމެން ތި ދައްކަނީ. ތި ކޯލިޝަން ގަ ތިބި ރިސޯޓް އޯނަރުން ތަކާ އަދި ރާއްޖޭގެ ބޮޑެތި ވިޔަފާރިތައް ހިންގަމުން އަންނަ މީހުން މީރާއަށް ނުދައްކާ އޮއްބަން އެއުޅޭ ފައިސާ ހޯދާނެ ގޮތެއް ނެތް. ކޯލިޝަލް އޭކިޔާފައި އެއުޅެނީ އެ ފައިސާ ނުދައްކާ ސަލާމަތް ވާންވެގެން. 5 އަހަރު ފަހުން އެމީހުން އަނެއްކާވެސް ދުއްވައިގަންނާނެ އެވަގުތެއްގަ އެންމެ ވަރުގަދަކޮއް އުޅޭ ބައެއް ފަހަތުން ކޯލިޝަނޭ ކިޔާފަ. އެމީހުން އެގޮތަށް ދުވެދުވެ އެ ތިބެނީ މަ ދުނިޔެއަށް އައި ދުވަހުން ފަށައިގެން. އެކަމް މި މަންޒަރު ގިނަ ދިވެހިންނަކަށް ނުފެނޭ. މިހާރުވެސް އެމީހުން މީރާ އަށް ދައްކަން ޖެހޭވަރު މިލިއަން ޑޮލަރުން އެއުޅެނީ. މިވަރުން ކިހިނެއް ޑޮލަރުގެ އަގުވެސް ވަކި ކުޑަވާނީ.