މާފުށީ ޖަލުގައި ހުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތަކެތި މިއަދު ކަރެކްޝަނަލް ސާވިސްއިން އެމަނިކުފާނުގެ އާއިލާ އާއި ހަވާލުކޮށްފިއެވެ.

މި ތަކެތި ރައީސް ނަޝީދުގެ އާއިލާ އާއި ހަވާލުކޮށްފައިވަނީ މިއަދުއެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މާފުށީ ޖަލުގައި ހުރި ރައީސް ނަޝީދުގެ ތަކެތި އާއިލާ އާއި ހަވާލުކޮށްފައިވާއިރު މާދަމާގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދު މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ އަމުރެއް ނެރެފައެވެ. މީގެއިތުރުން އެމަނިކުފާނާއި މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދެވީ އެގައުމުގައެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ނަޝީދު އުޅުއްވާފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުމާރު

    ބަނގުރާ ފޮށިގަނޑުތައް ދޯ

  2. ޙައްގުބަސް

    މިއަދު އަދި ކޮންމެ ގޮތެއް ނިންމިޔަސް ތީ މިރާއްޖޭގެ ހުރިހާ ކޯޓުތަކަށް ޝައްކެތް ނެތް މިންވަރަށް ތީނާގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ!! ޙުކުމްވެސް ކޮށްފަ އަދި އެޙުކުމް ހުރިހާ ކޯޓްތަކުންވެސް ވަނީ ދަމަހައްޓާފަ!! ދެން މިހާރު ސަދޫމުގެ ކޯޓަކުން އަދި ކޮންމެ ގޮތަކަށް ނިންމިޔަސް!! ތީ ހަމަ މުޖްރިމެއް!!

  3. އަމްރު

    އިހަށްދުވަހު ތަހުގީގު ނިންމާ ކޯޓްގެ ހުރިހާމަރުހަލާތަށް ނިންމާ ތިޔަބުނާ މީހުންގެ މައްޗަށް ނިޔާ އިއްވީ މިއަދު އަނެއްކޮޅަށް އެނިޔާ ބަދަލު ވުމުން އަދުލުވެރި ނިޔާ އަކީ ކޮބައިކަން ނޭނގި ރަށްތިތުން މާޔޫސްވެއްޖެއެވެ. އަދުލު ވެރިކަމުން އެއްކިބާވެ ނިޔާ ކަނޑައަޅާ ފަނޑިޔާރުންނަށް އަރަހުށި ހުސްތާހިރުވަންތަ ﷲގެ ކޯފާއެއް މިންވަރުކޮށްދެއްވާނދޭވެ. އާމީން . ޔާރައްބަލް އާލަމީން.

  4. ޑިމޮކްރަޓިސްޓް

    ބޮޑު ވަގުކަލޭގެ! ތި ސައިތާނު މިދުނިޔޭގަ ލާރިއަޅާ ސުޕުރީމްކޯޓަށް އަތްބޭނިދާނެ! ތި ސަިތާނު މަރު އަވަސް ކުރައްވާށި....