ރައްޔިތުން މަޖިލީހަށް ހޮވިވަޑައިގަންނަވާއިރު މެންބަރުން ތިބި ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ނިސްބަތްވާ ޕާޓީ އިން ވަކިކޮށްފިނަމަ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިކުރެވޭ ގޮތަށް އޮތް، އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިފިއެވެ.

އެންޓި ޑިފެކްޝަން ޤާނޫނު އުވާލަން ނިންމީ، ބިލު ދިރާސާކުރަން މަޖިލީހުން ނަގާފައިވާ ހަތް މެމްބަރުންގެ ކޮމިޓީގެ އިއްތިފާޤުންނެވެ.

މަޖިލީހުގެ މެންބަރުން އަމިއްލަ ފައިދާ އާއި މަންފާ ހޯދަން ޕާޓީ ބަދަލު ކުރަމުން އައި އައުން ނިމުމަކަށް ގެނައި އެންޓި ޑިފެކްޝަން ޤާނޫނު އުވާލަން ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަތީ މިއަދުއެވެ. މިއަދުގެ ޖަލްސާގައި އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމަށް ހުށަހެޅި ބިލް ބަލައިގަންނަން 30 މެންބަރަކު ވޯޓް ދެއްވިއެވެ. ޤާނޫނު އުވާލުމަށް ހުށަހެޅި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުން އަމިއްލަ ފައިދާ އާއި މަންފާ ހޯދަން ޕާޓީ ބަދަލު ކުރަމުގެ ފުރުސަތު ފަހި ކުރުމަށް އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.

ބިލު ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ، ބިލު ހުށަހަޅަން ޖެހުނު އެންމެ ބޮޑު އެއްސަބަބަކީ ގޮނޑި ގެއްލުނުކަމަށް ބުނާ މެންބަރުންގެ ހައްގުތައް ގެއްލިފައި އޮތުމަށްފަހު އެ މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމު ކޯޓުން ނިންމާފައިވުން ކަމަށެވެ. އެ ގާނޫނު އެގޮތަށް އޮތްނަމަވެސް އެ މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން މަޖިލިސް މެންބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައި އޮތްނަމަވެސް، އަނެއްކާވެސް ޕާޓީ ބަދަލު ކުރުމަށް މަޖިލިސް މެންބަރުންނަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އެހެންކަމުން އެޤާނޫނު އުވާލުމަކީ މަޖިލިސް މެންބަރުންނަށް ނާޖާއިޒް ފައިދާތަކެއް ނަގަން ލިބޭ އިތުރު ފުރުސަތަކަށް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. މުހައްމަދު

  މިކަހަލަ ރަގަޅުކަމެއްވިއްޔާ ހުއްޓާލާ ޖަންގަލީގެ ކާފިރުކަން މުޅިރާއްޖޭގައި ފަތުރަމުން ގެންދާއިރު އެންމެން މިތިބީ ހަމަ ނިދާފަ މިހާރުވެސް ދީންވެރިން އެތިބީ ހަމަ ރުހިގެން ހެވިފަ ދީނުގެހުކުމްތަކަށް ބެލުމެއްނެތް ނަމާދު ގަޑިތަކުގައި ފެންވަރައިގެން ކޮފީތަކުގަ މީހުންގެ މޭގަޑު ހެފުމާއި ފާހިޝް އެތައްކަމެއް ބުގާއަޅައިގެން ތިބެކުރަމުން ގެންދާްިރުވެސް ކަންބޮޑުވާއެކަކުވެސްނެތް ކުރިހާ ކުއްވެރިން ހުދުކާފޫރަށްވެ ނިމިއްޖެ ސުބްހާނަﷲ މިޤައުމެއްނެތް

 2. ޙައްގުބަސް

  ކޮރަޕްޓްގެ އައްޕައިން ތިކަން ކުރާނެކަން މާކުރިންވެސް އެނގޭ!! މިރާއްޖޭގެ ހަލާކު ތިޔަ ގެއަށް ވަދެގެން އުޅޭ ވަކަރުގޭ ކުދިންނަކީ!! ތިތާތެރޭ ނެތޭ ހަމަ ސަހަލު އެކަކުވެސް!!

 3. ވާރޭ

  ޢަބަދުވެސް މެންބަރުންނަށް ފައިދާ ވާގޮތަށް .....

 4. ސައިބޯނި

  އަދިވެސް ޔާމީނަށް ވަގަށް ގޮވާ. އަސްލު ވަގުން މިހާރު ތިއޮތީ ސާފުކޮށް އެނގެން. 12 މެމްބަރުން ރުޅިގަދަވީ އެމީހުންނަށް ގޮނޑި ވިއްކައިގެން ލިބޭ ރިޝްވަތުގެ ފައިސާ ނުލިބިދާނެތީ. ރައީސް ޔާމީން އިހުލާސްތެރިކަމުން. މަޖްލިސް މެމްބަރުން ބޭނުންވަރަކަށް މުސާރަ އަމިއްލައަށް ކަނޑައަޅައި އަދި އިތުރަށްވެސް ލިބެން ހުންނަ ކޮޅުކޮޅު ބަންދުވެދާނެތީ... ބަލަ މަޖްލިސްހުްވެސް ނާޖާއިޒު ގޮތުގައި ހޯދާ ފައިސާ ހަމަ ހަރާމްވާނެ. ގިޔާމަތްދުވަހުން ސުވާލުކުރެވޭނެ. މަޖްލިހުން އެއީ ހަލާލުފައިސާއެއްކަމަށް ނިންމިޔަސް އެއީ ހަމަ ހަރާމްފައިސާ.

 5. ޜައިން

  ތިބިލު އުވާލުމަކީ ރައްއިތުންގެ މަންދޫބުންގެ ކޯޓައިގެން ނަމުގަތިބޭ މަޖިލިސްގެ ގިނަމެނބަރުން އިތުރައް ޖަރީމާހިނގުމައް ކޮށާދޭ މަގަކައްނޫނީނުވާނެ

 6. އާލު ސޭޓު

  سبحان الله ވެރިކަމަށް ހުވާ ނުކުރެވެނީސް ﷲ ގެ ރަސޫލާ މި އުންމަތަށް ވަޞިއްޔަތް ކުރައްވާފައިވާ އަދި ގަދަ އަމުރުން އަމުރު ކުރައްވާފައިވާ އިންސާނާގެ އަބުރާއި އިއްޒަތް ހިމާޔަތް ކުރުމަށް ގޮވާލެއްވެވި ގޮވާލެއްވުމަށް އިބްރާހިމް މުހައްމަދު ސާލިހު ގޮންޖަހާ އެ ގާނޫނު އުވާލަނީއެވެ. މާތް ﷲ އޭނާއަށް ތިޔަ ކަމުގެ ހިތިކަން އަވަސް ގޮތަކަށް ދައްކަވާށިއެވެ.އާމީން.

 7. ޑިމޮކްރަޓިސްޓް

  ކަލޭމެން ގަނެވިއްކެނީ! ކަލޭމެން ގާނޫނުހަދަނީ! ކަލޭމެން އެ ބާތިލުކުރަނީ! މިވަރުގެ ކާޓޫނު އެހެންކަމެއް އެބައޮތް؟؟؟؟؟؟؟؟؟

 8. ފެންފުށީ އިބްރާހިމް ހަސަން ޣަނީބެ.

  އަތުވެދާނެ ކޯފާއަކަށާއި ކުރިމަތިވެދާނެ އަޒާބަކަށް ބިރުވެތިި
  ވުމަށް ގޮވާލަން! މިހާރު ތިޔަ ކަންތައްތައް ކުރަނީ އެފަދަ ކަމަކަށް މަގުފަހިވާ ގޮތަށެވެ. ނިކަން އަވަހަށް ތިޔަ މަންޒަރުތައް ފެންނަ ހުއްޓެވެ.

 9. Anonymous

  ރައީސު ޔާމީނަށް މައްސަލައެއްނެތް ދެން މަޖިލިސް ކޮންމެގޮތަކަށްވިޔަސް، ނެރެންވާބަޔަކު ނެރެލާ ބަހައްޓާލާފަ 5އަހަރުގެ ދައުރު ފުރިހަމަކޮށްފި، އަހަރުމެންނަށް ދެރައީ ރ.ޔާމީނު މުޅި މަޖިލިސް ނުއުއްވިކަން، މިގައުމުގެ މަޖިލިސްކިޔާ ތަނެއް އޮތުމަޖީ އާދައިގެ ރައްޔިތުންނަށް ނިކަމެތިކަން ލިބޭކަމެއް، ދެންވެސް ރައްޔިތުމީހާމެންނަށް ސަލާމްޖަހާ ވޯޓހޯދައިގެން މެމްބަރުކަމަށްހޮވިތިބެ ލުއްޗާމެން ރިޝްވަތު އަމްބޮނޑި ބޮޑުކުރޭ، ދާއިރާމަތިން ހަނދާންނައްތާލައިގެން،

 10. ނާމީ

  Transfeރ market ހުޅުވުނީ