ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަ ކޮށްލުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާވައިގެން ރާއްޖެ ގެނައި ކަމަށް ތުހުމަތު ކުރާ، ސްރީލަންކާގެ "ސްނައިޕަރު"، ލަހިރު މަދުޝަންކަ އަށް އޭނާ ހައްޔަރުކޮށްފައިވާ މާފުށީ ޖަލުން ކާންދޭ ތަކެތީގެ ތެރޭގައި ކުރަފި ހުރި ކަމަށް، އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގެ ނަމުގައި އުފައްދާފައިވާ ބައިނަލްއަޤުވާމި ޖަމްޢިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

ރާއްޖޭގެ ޖަލުތައް ބަލަހައްޓާ އިދާރާތަކާއި ފުލުހުންނަށް ބޮޑެތި ތުހުމަތުތައް ކޮށް އެމްނެސްޓީން ނެރުނު ބަޔާނެއްގައި، މަދުޝަންކަ އާއިއެކު އޮތް ގައިދީއަކާއި ހަވާލާދީ ބުނެފައި ވަނީ، ނިމިދިޔަ ރޯދަމަހު މަދުޝަންކައަށް ޖަލުން ކާންދިން ތަކެތީގެ ތެރޭގައި ކުރަފި ހުރި ކަމަށެވެ. އަދި އޭނާއަށް ޖަލުން ކާންދޭ ތަކެތީގެ ސަބަބުން ހާލު ދެރަވެ ސިއްޙީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޖަލުގައި މަދުޝަންކައަށް ދިން ކާއެއްޗެއްގެ ތެރެއިން ކުރަފި ފެނުނު ކަމަށް "އޭނާ އާއި އެކީ އޮތް ގައިދީ" އަކާއި ހަވާލާދީ އެމްނެސްޓީން ބުނެފައިވާއިރު، އެ ޖަމްޢިއްޔާއިން ބުނެފައި ވަނީ، މަދުޝަންކައަށް އަދަބު ދިނުމަށް މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އޭނާ އެތައް ދުވަހެއް ވަންދެން އެކަހެރިކޮށް ކަޅު އަނދިރި ގޮޅިއެއްގައި ބާއްވާފައި އޮތް ކަމަށެވެ.

އެމްނެސްޓީގެ ބަޔާނުގައި ބުނެފައިވާގޮތުގައި، މަދުޝަންކައަށް އޭނާ ހައްޔަރުކޮށްފައިވާ ގޮޅިން ބޭރަށް ނިކުމެވެނީ ހަމަ އެކަނި ޑޮކްޓަރާއި ބައްދަލުކުރުމަށައި، އޭނާގެ ލޯޔަރާއި ބައްދަލުކުރުމަށެވެ. އެމްނެސްޓީން މިގޮތަށް ބުނެފައި ވީނަމަވެސް، އެ ޖަމްޢިއްޔާއިން ކުރިން ބުނެފައި ވަނީ އޭނާއަށް ލޯޔަރާއި ބައްދަލު ކުރުމުގެ ފުރުސަތު ދެމުން ނުދާކަމަށެވެ.

އެމްނެސްޓީން ބުނެފައިވަނީ ދިވެހި ފުލުހުން މަދުޝަންކަ ހައްޔަރު ކުރި ދުވަހުން ފެށިގެން އޭނާއަށް އަނިޔާކޮށް، އޭނާ އާއި މެދު އިންސާނިއްޔަތާއި ޚިލާފު ޢަމަލުތައް ހިންގަމުންދާ ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަދުޝަންކަ ހައްޔަރުކުރިތާ ފަސް ވަނަ ދުވަހު ފުލުހުންގެ ހެޑްކުއާޓާސް އަށް އޭނާ ގެންގޮސް އޭނާގެ ގައިގައި ތަޅައި ހޭނައްތާލީ ކަމަށް ބުނެފައި ވެއެވެ. އަދި ފަހުން ހޭއެރިއިރު އޭނާ އޮތީ ލެއިން ފޯވެފައި ކަމަށް އެމްނެސްޓީން ވަނީ ބުނެފައެވެ.

އަދި އޭނާގެ ޒަރޫރީ ބޭނުންތައް ފުއްދައި ނުދީ ރަހުމުކުޑަ ޢަމަލުތައް އޭނާ އާއި މެދު ދިވެހި ފުލުހުންނާއި ކަމާއި ބެހޭ އިދާރާތައް ގުޅިގެން ހިންގަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ. އަދި އޭނާއަށް އިސްލާމްދީނުގެ ކަންކަމަށް ބާރު އަޅާ، އެކަންކަން ނުކުރުމުން އަދަބު ދެމުންދާ ކަމަށްވެސް އެމްނެސްޓީން ތުހުމަތު ކޮށްފައި ވެއެވެ. އެ ޖަމްޢިއްޔާއިން ބުނެފައި ވަނީ، ފުލުހުން އޭނާގެ ގައިގައި ތަޅައި އަނިޔާކުރުމުގެ ސަބަބުން، އޭނާގެ އެއް ކަންފަތުން އަޑުނީވޭފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނުގައި ވަނީ، "މަދުޝަންކައަށް ދިވެހި ފުލުހުން އަނިޔާކުރަމުންދާ ދިއުން ހުއްޓާލުމަށް" ގޮވާލާ އެކަން ހަރުއަޑުން ކުށްވެރިކޮށްފައެވެ. އަދި އޭނާއަށް އިންސާނީ ހައްޤުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.

މަދުޝަންކައާއި މެދު އަމަލުކުރަމުންދާ ގޮތާއި މެދު މީގެ ކުރިންވެސް އެމްނެސްޓީ އިންޓަނޭޝަނަލް އިން ކަންބޮޑުވުން ފާޅުކުރިއެވެ. އެފަހަރު ނެރުނު ބަޔާނުގައި އެ ޖަމްޢިއްޔާއިން ބުނެފައި ވަނީ، މަދުޝަންކައަށް މާފުށީ ޖަލުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

މަދުޝަންކަގެ ހާލަތާއި މެދު ކަންބޮޑުވާކަން ފާޅުކޮށް އެމްނެސްޓީން ބަޔާނެއް ނެރެފައި މިވަނީ، އޭނާ މިނިވަންކުރުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ލަންކާގެ ކެބިނެޓް މިނިސްޓަރަކާއި އެކު ދާދިފަހުން މަޝްވަރާކޮށްފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއަކީ އިންސާނީ ހައްޤުތަކާއި ޚިލާފުކަމަށް ބުނެ އިސްލާމީ ޤައުމުތަކުގައި މަރުގެ ޙުކުމް ތަންފީޒުކުރުމާއި ދެކޮޅަށްވެސް އަޑު އުފުލާ ޖަމްޢިއްޔާއެކެވެ. އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެ ޖަމްޢިއްޔާއިން ދާދި ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިބޫގެ ސަރުކާރުން ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކޮށްގެން ނުވާނެ ކަމަށާއި، މަރުގެ ޙުކުމް ތަންފީޒު ކުރެވޭނެ ގޮތައް ހުރި ޤާނޫނުތައް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Anonymous

  ބުހުތާން ދޮގު، ސުނައިޕަރުކަލޭގެ ލައްވާވެސް އިދިކޮޅު ޖާހިލުމީހުން ފިތުނަ ފަސާދަ ހައްދަނީ، މިއީ މިގައުމަށް ފާވެގެންއުޅޭ ހާދަ ނުބައި ބައެކޭ

 2. ޓުުކުރި

  ތިޔަ އުޅުއްވަނީ އޭނަ މިނިވަން ނުކުރެވިގެން.

 3. ސުނިލް

  އިންޑިޔާގައި ތަހުގީގުކުރާ އުކުޅުތަށް ރާއްޖޭގަވެސް ބޭނުންކުރަނީ

 4. ހުސޭނުބޭ

  އެމްނެސްޓީ އިންޓަނޭޝަނަލް ގަމާރުތަކާ! 3 އަހަރުވާންދެން ނުކުރިކަމެއް ރައީސްޔާމީން ވެރިކަމުން ފައިބަން 3 ހަފްތާއަށްވެ ކާޅަށްދޭހެން ސްޕްރީމްކޯޓުގެ އަތްމައްޗަށް ޤައުމު ދިޔާމާ މިއަދު ދޯ ކާތަކެއްޗަށް ކުރަފި އަޅާނީ! ތަންކޮޅެއް ްަބޫލުކުރަން ފަސޭހަވީސް ކާތަކެއްޗަށް ޒަހަރު ލައިފިޔޭ ބުނިނަމަ! މަ ހުވާކޮށްފައި މި ބުނަނީ ތި ގޮލަޔަކު ތިތާ އޮވެގެން ލަންކާގެ ރައީސަށްވުރެ މީރުކޮށް ކާނެ!

 5. ޑިމޮކްރަޓިސްޓް

  މިމީހުންގެ ހައްގުތައް ނިކަންގިނަވާނެ މިނިވަނަކަށްވުރެ.. އހަރެމެން އުޅޭހާލުބަލަން ތި އެމްނެސްޓީންއާދެބަލަ.. މިއުޅެނީ ހިފައިގެންއުޅޭ ކޮޓަރިގަނޑުގެ ކުލިއަގުބޮޑުވެ ކޮންމެ ހުކުރުދުވަހަކު ކުކުޅުނުކައި މަސްނިމޭއިރު އަތުގަ އެއްވެސް ލާރިއެއްނެތި ބިލުތައްދައްކާ ވަރަށް ހާލުގަ.. އޭނައެއީ ގައިދީއެއް.. އަހަރެމެން މީ އަދަބެއްނެތި ގައިދީންނަށްވުރެ ހާލުގަ އުޅޭބައެއް.. ކީއްވެ އަހަރެމެންނާބެހޭ ރިޕޯޓެއް ނުނެރެވެނީ؟

 6. ޝަލާ

  އޭނަ ރަށުގައިއޮތްނަމަ ކުރަފިނުކައި ވެއްޖެއެއްނު

 7. Anonymous

  ތިޔައީ މީގެކުރިން ތިކަލޭގެ ފަރާތުން އިވޭވައްތަރެއްގެ ވާހަކަތަކެއްނޫން، މިހާރު ކޯޓުތަކާއި ޖަލުތަކާއި ސަލާމަތީ ބާރާއި ޕޮލިސް ފަދަ މުއައްސަސާތަކުގައި ބާރާއި ނުފޫޒުހިންގަނީ އަލަށްއުފެދޭ ސަރުކާރުންވީމަ ތިޖަރީމާތައް އެޅޭނީ އާސަރުކާރުގެ ބޮލުގައިކަމަށް ބެލެވެނީ،

 8. ސީތަލަ ހަންނާނު

  ތިކަމުގެ ޒިންމާ ނަގާނީ ކާކުބާ، ވަރައް ދަށުދަރަޖައިގެ އަމަލެއް، މިނޫނަސް ދުވަހެއް އެބައޮތް،

 9. މަޒް

  ޔާމީނު އެހެރީ މަރުގެ ހުކުމް ތަންފީޒުކޮއްގެނެއްނު!!! ދެން ބުނޭ އަދި އެއް ދައުރު ދެނިކޮއް ތަންފީޒު ކުރާނަމޭ

 10. އަޖައިބު

  އަދި އޭނައަށް ޖެހޭތަ ބުއްތައްޓާ ދޮންކެޔޮ ދޭން ޕަޕެޓް ކަލޭގެ ހުވާކޮށްފަ އެކަންވެސް ކުރާނެ ކެއްކޮށްލާ

 11. އިންސާފު

  ދެން ބުނާނެ ތީނަގެ ބުރަކަށީގެ މައްސަލައެއް ހުރެޔޯ ބޭސަްފަރުވާ ދޭންޖެހޭނެޔޭ ކިޔާފަ ތީނަވެސް ފޮނުވާލާ

 12. ރިއަލް

  ބަލަ އޭނާއަށް ޖެހޭތަރޯ މޭބިސްކަދުރު ދިޔައާ، ކިރާ، މާމުތާ ޖައްސަން މީހަކު މަރާލަން އުޅުނީމަ. އެވެސް ގަމުމުގެ ރައީސް. އިންސާނީ ހައްގު ފެންނާނި ވަކި މީހެއްވީމަ، ނިކަމެތި ދިވެހި ރައްޔިތުން އުޅޭ ހާލެއް ނުފެންނާނެ. އެމީހުންގެ އިންސާނީ ހައްގެއްވެސް ނޯންނާނެ. އިންސާފް ހޯދައިދޭށޭ ކިޔާފަ އެމްޑީޕީ މީހުން ވެރިކަން ލިބުނީމަ، ޕާޓީއަށް ވާގިވެރިވާ އެންމެން މިނިވަން ކުރަނީ، ބޮޑެތި ކުށް ކޮށް ހުކުމް ކޮށްފަތިބި އެންމެން ބަދަލުވީ ހުދު ކާފޫރަށް.

 13. ބޮލި މުލައް

  އޭނަގެ މައްސަލަވެސް ސްޕްރީންކޯޓަށްލާބަލަ މިދަނޑިވަޅު ހުދު ކާފޫރަށް ހަދާލާނެ

 14. ސަލީމް

  އަވަހަށް ދޫކޮށްލާ މިރާއްޖޭގަބޭނުންދީނެއްހިޔާރުކުރަން ޖާގަދެއްވާ...

 15. ކާފަކުޑަހުއްތު

  އެއުޅެނީ އޭނަމިނިވަންކޮށްފަ އަލުންގެނެސް ޔާމީން މަރަންވެގެން ،، އެމް.ޑީ.ޕީ. އަކީ ވަރަށް މޮޅުބައެއް މިފަދަ ވާހަކަދަންކަން.ކޮބައިތޯ މައްސަލައެއް މިހާރު ކުރަފިކިރު އެންމެ ފައިދާބޮޑު ކިރަކީ އެއީ ވަރަށްމީރު ކިރެއްކަމަށްވަނީ މަށެއް އަދި ނުބޮން ........O

 16. ބަބުކެޔޮ އަތްބުރި

  ތީހަމަ ތެދު