ށ. ބިލެއްފަހީގައި މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ނެގި އެމްޑީޕީ ދިދަ ފުލުހުންނަށް ނުބޭލިގެން ބިދޭސީއަކު ލައްވާ ދިދަ ނަގައިފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބިލެއްފަހީގެ ވަލު ތެރޭގައި ހުންނަ ނިކަ ގަހަކަށް ނަގާފައި ހުރި އެމްޑީޕީ ދިދަ ބޭލުމަށް ށ. ފުނަދޫން 17 ފުލުހުން މިއަދު ހެނދުނު ބިލެއްފަހީއަށް ވަނީ ގޮސްފައެވެ.

ގާތްގަނޑަކަށް 110 ވަރަކަށް ފޫޓު އުހުގައި ހުރި މި ދިދަ ބާލަން ފުލުހުން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ވަނީ އެރަށު ބިދޭސީއަކު ލައްވާ ދިދަ ވަނީ ބާލުވާފައެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ވެފައިނުވާއިރު މީގެ ކުރިންވެސް ބައެއް ރަށްރަށުގައި ނަގާފައި ހުރި އެމްޑީޕީގެ ދިދަ، ފުލުހުން ގޮސް ވަނީ ބާލާފައެވެ.

އަލަށް އަމަލުކުރަން ފެށި ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާއި ގުޅޭ ގޮތުން ހެދިފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައި ހުންނަ ދިވެހި ޤައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުސްކޮށް ނަގައިގެން ނުވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނުރަބޯ

    މިވެސް ރީނދޫމީހުންގެ ނުލަފާ ޖައްބާރުކަން އެނގިގެންދާ ކަމެއް.

  2. ބެއްޔާ

    ކީއްކުރާ ފުލުހުންނެއް.. 17 ފުލުހުންނަށް ނުވީމަ ބިދޭސީން ލައްވާ ކުރުވަން ޖެހޭތަ.. ފުލުހުންނަށް ނުވަންޏާ ނުބާލާ ބެހެއްޓިނަމަ.. އެސޮރު ފަކީރު ނެގި އެއްޗެއް ނޫން ވިއްޔަ..

  3. މޮހޮނު

    ކީއްވެތަ އަހަރުމެން ރަށުގަ ގައުމީ ދިދައަށް ވުރެ އެތައް ގުނައެއް މަތީގަ ނަގާފަ އިން ޕީޕީއެމް ދިދަ މިއޮއް ހުރިހާ ދުވަސް ވީއިރު ނުބޭލިގެން މިއުޅެނި.. އެއީ ގައުމީ ދިދަ ކަމަށް ޕާޓީ ކުދިން ބާއްވާ މަޖިލީހުން ފާސްކުރި ކަމެއް ނުދެނަހުރިން..

  4. ގިވްއިން

    އެއް ރަށުން އެމްޑީޕީގެ ދިދަ ބާލާ އިރަށް، އަނެއް ރަށުގެ ދިދަ އެއަށް ވުރެ އުހަށް އެމްޑީޕީގެ ދިދަ ނަގާއިރު ދިވެހި ދިދަ އަށް ވުރެން އުހަށް އެމްޑީޕީގެ ދިދަ އެނަގަނީ އެއީ ހޯމް މިނިސްޓްރީން ގެޒެޓް ކޮށްފައިވާ ދިވެހި ދިދަ އާއި ބެހޭ ގަވާއިދާއި ޚިލާފު ކަމެކޭ މިކަން ކަން އިލެކްޝަންސް ކަމިޝަން އަށް ނުފެންނަނީ ތޭ އެހެން ކަމަށްވާނަމަ މިކަން ޖެހޭނެއޭ ބަލަން. މިރާއްޖޭގައި ދިވެހި ދިދަ އަށް އެމެން އިހްތިރާމް ނުކުރާ ކަން ނޫންތޭ މިއިން އެނގެނީ ދެން އެމެން މުޒާހަރާ ގައި ދިވެހި ދިދަ ހޫރި ނަމަވެސް އެއީ އެމެން ޖައްސާ ފޭކް ގޭމެއް ކަން ނޫންތޭ މިއެގިގެން ދަނީ. ހަމަ މިހާރު އީސީން އެމްޑީޕީ އާއި މެދު ފިޔަވަޅު އަޅާށޭ އަޅާ މިރާއްޖޭގެ ސިޔާސީ މައިދާނުން ކުރާ ރަނޑު ކަންކަން ފިލުވާލާށޭ ދިސް އިޒް ދަ ފީލިންގް ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް..

  5. ގިވްއިން

    ސަރުކާރުން ވަނީ ނަޝީދާ އެކު ސިއްރު މަޝްވަރާތަކެއް ކޮށްފައި ކަމަށް ވާނަމަ އެކަން ވަރަށް ބޮޑަށް ޔަގީން ކުރެވޭނެ އުސޫލުން ޕަބްލިކް އޯޕަން ނޫސް ކޮންފަރެންސެއްގައި އެހެން ބުނާނީ އެއީ ޔަގީން އެތެދަށް ވީމަ ނޫންތޭ ދެން ވަގުތުުން ވަގުތަށް އެމްޑީޕީން އެކަން ކުށްވެރި ނުކޮށް ގިނައިރު އޭގައި އެނަގަނީ އެއީ ވެސް ސީދާ ދޮގު ހަދާ މަކަރާއި ހީލަތް ހަދައިގެން ފޭކް ބަޔާނެއް ނެރެން ވެގެން ނޭ އެެއްގޮތަކަށް ވެސް އެކަން އިދިކޮޅު ކޯލިޝަންގެ ޕާރޓްނަރު ކަމަށްވާ ޖޭޕީން ގަބޫލު ކޮޮށްގެން ނުވާނެއޭ ކެނެރީގެ ނަޝީދު ނުވާނެއޭ ރަނގަޅެެއް ދުވަހަކު ވެސް އޭނާ އަކީ އުމުރުގައި ވެސް ތެދަށް ވާހަކަ ދެއްކި މީހެއް ނޫނޭ ދެން އޭނާ އަށް އިތުބާރު ކުރަން ހެޔޮ ނުވާނެއޭ މަމެން ދައްކާ ވާހަކަ ޖޭޕީން ގަބޫލު ކުރާށޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް..

  6. ޑާރޓީދިދަ

    އެއް ރަށުން އެމްޑީޕީގެ ދިދަ ބާލާ އިރަށް، އަނެއް ރަށުގެ ދިދަ އެއަށް ވުރެ އުހަށް އެނަގަނީ އެއީ ކޮން ދިދައެއްތޭ އާއް ބަލާލަން ހާދަ ލޮލަށް އުނދގޫވާ ކުލައޭ އެކޮއި ދީބަލަ ތިޔާ އޮތް ލޯ ބޮޑު ކަޅު އައިނު މަމެން އަޅާލަން އެދިދަ އަށް ބަލާލަން އޮއޮއޯ ލޯ ބޮޑު ކަޅު އައިނު އެޅީމައޭ ރަނގަޅަށް އެފެންނަނީ އެ ދިދަ އޮއޮއޯ އައިނު ނެގީމަ ނުފެނެއޭ އެހެންވީމާ އިނގެއެއް ނޫންތޭ މިދިދަ މައްޗަށް ކެއްޗާއި ހަމައަށް ނެގި ނަމަވެސް މިދިދަ ފެންނާނީ ހަމަ އެކަނި ލޯ ބޮޑު ކަޅު އައިނު އަޅާ މީހުންނަށް ނޫންތޭ. އިޓްސް ޑާރޓީ ދިދަ އެއް ނޫންތޭ އިޓްސް ޑާރޓީ ދިދައޭ ޑާރޓީ ދިދައޭ ޑާރޓީ ދިދައޭ ޑާރޓީ ދިދައޭ ޑާރޓީ ދިދައޭ އޯއް އޯއް ޑާރޓީ ފްލެގް ޑާރޓީ ފްލެގް އާއު އާއު އާއު ޑާންސް ޑާންސް ޑާންސް ޑާންސް..