ފުވައްމުލަކުގައި އެރަށު ޒުވާނެއްގެ ކަރަށާއި، ބޮލަށް އަދި ބަނޑަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.

ފުވައްމުލަކުން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި ޒަހަމްވި ޒުވާނާގެ ކަރަށާއި، ބޮލަށާއި، ބަނޑަށާއި މެއަށް ވަނީ ވަޅިން ހަމަލާ ދީފައެވެ. ނަމަވެސް ރަސްމީ ފަރާތަކުން މިކަން އަދި ކަށަވަރު ކޮށެއް ނުދެއެވެެ.

ވަޅި ހެރުމުން ޒަހަމްވި ޒުވާނާ އަށް ފުވައްމުލަކު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިރޭ 21:00 ހާއިރުއެވެ. އޭނާގެ ހާލު ސީރިއަސް އެވެ.

ވަޅި ހެރުމުން ޒަހަމްވެފައި ވަނީ ފުވައްމުލަކު މާދަނޑު އަވަށަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ އަށް ހަމަލާ ދިނީ ގޭތެރޭގައި އިންދާ ދެމީހުން ތޫނު އެއްޗެހި ހިފައިގެން ގެއަށް ވަދެ ކަމަށް މައުލޫމާތު ލިބެއެވެ. އެމީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުހައްމަދު

    ޖަޒީރާ ކޮންސެޕްޓެއް ދެން އޮންނާނީ މިކަން ވެރިކަމާ ހަވާލް ނުވެ ހުރިނަމަވެސް ގައުމުގަ ހިނގާ ހުރިހާކަމަކީ ވެރިކަމުގެ ހުރިހާބާރެއް މިހާރު އޮތީ އިދިކޮޅު ކޯލިޝަން އަތްދަށުގައި ހެހެހޭ

    • ބޯހަލާކު

      ހުރިހާމެއް ސިޔާސީ ކުރަން ނޫޅެބަ ދޯދެން. ބޯހިލާކު.

      • ޖަޒީރާ

        ޢިންިހާބުގެ ކުރީގައި ރައީސް ޔާމީން އަކީ ގޭންގް ސްޓާރަކަށް ވާތީ ގޭންގް ފައިޓްތައް އޮންނަނީ...އޭރުގައި ސަރުކާރުން ނޫނީ ޔާމީނު ކުރުވާކަމެއް އެއީ ވަޅިޖެހުން... ޢިންތިހާބަށް ފަހު " ހުރިހާކަމެއް ސިޔާސީ ނުކޮށްބަލަ"
        މީ ދިވެހިން ނަށް ދަސްވި "އިންސާފް"
        ބޯކުދިން ނުބޯ ހިތްހަމް ނުޖެހޭގޮތަށް ވަޅި "ލަޑާ" ކުދިން ވަޅި "ލެޑީ" މަ ހިތްހަމަ ޖެހެނީ

    • ދިވެހި ކުއްޖާ

      ކޮން ޖަޒީރާ ކޮންސެޕްޓެކޭ މުންޖެކޭ ކިޔާކަށް..ޔާމީން ސަރުކާރުގަ މީހަކު ނުމަރާ..މީހެއްގެ ގަޔަށް ވަޅިނުޖަހާ ވ އަމާން؟ މިދިޔަ ފަސްއަހަރަކީ ހުރިހާ ކަމެއް ހައްދު ފަހަނަ އަޅާފަ އޮތް ފަސްއަހަރު. ޥ ވެދުން

  2. ޖަޒީރާ

    ކަމެއްވާއިރައް ޖަޒީރާ....... ޔާމީނު ސަރުކާރުގަ އެއްވެސް މީހެއް މާރާމާރިއެއް ނިހިންގާ ދެއްތޯ!

  3. އަދުގެ ހާލަތު

    މިހުރީ މިވަކަރުގޭ ކުދިންގެ އަޚްލާޤު ވެއްޓިފަވާ މިންވަރު.މީހުންގެ ގޯތިގެދޮރަކީވެސް ހުރުމަތްތެރި ކުރައްވާފަވާ ތަންތަންކަމެއް ނުދަނޭ.ހިތަށް އެރީ ގޮސް ވަދެ ބޭނުން ކަމެއް ކޮށްލާފަ ނުކުންނަނީ. ތިމާގެ އަމިއްލަ ނަފްސާއިމެދުވެސް ފިކުރު ހިންގާނުލާ. ނަފްސަށް އަނިޔާވެރިވުމުގަ މުޅި އުމުރު ހޭދަކުރަނީ.ހިތާމައިގެ ކޮޅެއްނެތް.

  4. Anonymous

    ޔާމީނު މަޖިލީހަށް ކެންޕޭން ފެށީ

  5. ާރަާޒުވާ

    ތީދެން މިގައުމުގެ ހާލަތު ކުރިޔަށް އޮތްތާ ފެންނާނެ ގޮތް