ކުރީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ މާލެ ވަޑައިގަތުުމުމުން އާޓިފިޝަލްބީޗުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް އެތަނުގައި ހުރި ވެހިކަލްތައް ނެގުމަށް ފުލުހުން މިއަދު އަންގައިފި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އާޓިފިޝަލް ބީޗުގައި އޮންނަ އިވެންޓަކަށް އެތަން ހުސްކުރުމަށް، އެތަނުގައި ހުރި ވެހިކަލްތައް ވީއެންމެ އަވަހަކަށް ނެގުމަށް ފުލުހުން ވަނީ އިއުލާންކޮށްފައި ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. ނަމަވެސް ފުލުހުން އެފަދަ އިއުލާނެއް ގެޒެޓްގައި ވެސް އަދި ފުލުހުންގެ ވެބްސައިޓްގައި ވެސް ޝާޢިއު ކުރައްވާފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން ފުލުހުންގެ މީޑިއާ އޮފިޝަލުންނަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވާތީ ފުލުހުންގެ ބަހެއް ނުލިބުނެވެ.

ހައުސިން މިނިސްޓްރީ އިން ވެސް މިދިޔަ ހަފްތާގައި ވަނީ އާޓިފިޝަލް ބީޗްގައި ހުރި ވެހިކަލްތައް ނަގަން އިއުލާން ކޮށްފައެވެ. އެއިއުލާނާއި ގުޅިގެން ގިނަ ވެހިކަލްތައް ވަނީ ނަގާފައެވެ.

ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް މާދަމާ ހަވީރު ފަށާނީ ޗާންދަނީމަގު ރީފްސައިޑް ކަންމަތިންނެވެ. މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެއާއި ހަމައަށް ނަޝީދަށް މަރުޙަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ. އާޓިފިޝަލް ބީޗް ސަރަހައްދަށް ވަޑައިގެން ނަޝީދު ސަޕޯޓަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން އެމަނިކުފާނުގެ އަމުރަށް އޭރު ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ މުހައްމަދު ވަގަށް ނަގާ، އޭނާ ރަހީނު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އެޙުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން މީގެ ކުރިން ތާއީދު ކުރެއްވި ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެޙުމް ތަންފީޒު ކުރުން ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ާކުބާ

    މޮޔަވީތަ. ކުންވެރިއެއް.ނޫންތަ އޭނަޔަކީ.. ކޮބާ. ޢިސްލާމީ.ގާނޫނޫ

    • ފިލްވ

      ކަލެއަށް ނުފެނޭތަ ކޯޓުން ހުކުމް ފަސްކުރިކަމެއް؟ ބޮލެއްތަ ކާއްޓެއްތަ ހުރީ

  2. ޔަހޫ

    ކެނެރީގޭ ނަސީދު ގާޒީ ހައްޔަރެއް ނުކުރޭ އެނައކީ ހުދު މީހެއް.

  3. މަރީ

    މުޅި މާލެއިން މީހުން ބާލަންވީނު

  4. ނީބުމަ

    އަދުލުއިންސާފު މަރުވެގެން ގެންގޮސް ކަފުންކޮށް ވަޅުލައިފި.. އިސްލާމީގާނޫނެއް މިހާރަކު ނުއޮންނާނެ. އަދިދެންނުވެސްއޮންނާެނެ. އިނގިރޭސިންނާއި އެމެރިކާއާއި ދުނިޔޭގެނުފޫޒުގަދަ ގައުމުތަކުން މިދިވެހިގައުމުގެ ރައްޔިތުންގެ ސިކުނޑިތައްދޮވެލާ މުޅިންމާއްދިއްޔަތައް ހެއލުންތެރިކުރުވައިފި. ވާވަދެ ގެއްލިހަލާކުވެފާތިބި ބަޔަކުދިންޑިމޮކްރަސީއޭކިޔާ ދަރިޔަކު އެއީމިގައުމުގެ ވަލިއްޔުލްއަމްރު އަށްތުރެ އަދިމިގައުމުގެ އިސްލާމީދަންމަރަށްތުރެ މަތިވެރި ކަމަކާމާތް ކަމެއްލިބިފަވާ ގަދަރުވެރިއަކު ކަމުގަހަދައިފި . އާޑަފުރއްސާރަކޮށް މަލާމާތުގެ ބަސްބަހުން ރާގުރާގައް ގޮވެލިފަތިގޮވާ ތުނބުންފުމެ ހޯއްގޮވާ މީހުންއެއީ އިއްޒަތާި ކަރާމާތްލިބޭހިމާޔަތް އޮތްބަޔަކުކަމުހަދައިފި. ޚިދްމަތްތެރީން އެއީ އަބުރެއް އިއްޒަތެއް ނެތް ދަށުދަރަޖައިގެ ބަޔަކުކަމުގަހަދައިފި. ދީނެއްމިއްލަތެއް މަޒުހަބެއް ރައްބީއެއް ރަސޫލެއް އުޑެއްބުޑެއް ނުދަންނަޖާހިލުން އެއީކަމުވޮށިގެންވީ ގަދަރުވެރީންކަމުހަދާ ގައުމުއޮޔާދިޔަސް ހެވޭބުނެފި. ވަﷲއައުލަމް.

  5. .އާތް

    .އުޑާ ބިމާ ދޭތެރެ ހުހެއް ނުކުރޭތަ އަދި އެބައި މާ ބޮޑު ވާނެ މިހީވަނީ ދުނިޔެ ރަން ވެގެން އުޅޭހެން އިހަށް ޖަލު ގޮޅި ސާފު ކުރޭ.

  6. ރިއަލް

    ވެރިކަން ލިބުނީ އަންނި ސަލާމަތް ކޮށްލީ! ތިވަރަކަށް އިންސާފް ހޯދައިދެވޭނީ، ޕާޓީ އައް ވާގިވެރިވާ އެންމެން މިނިވަން ކޮއްލީ، ތި އިންސާފް، އެންމެން ހުދު ކާފޫރަށް ބަދަލުވީ، ތިއައްވުރެ ރަނގަޅުވާނެ ޖަލުން ނިކަމެއްޗެއް މިނިވަން ކުރިޔަސް. އަންނި އައް ސަނާ ދަންނަވާފަ ގެނެސްގެން ތި މުޅި ޕާޓީ ފުނޑާލާން ތިއުޅެނީ. އެއީ ވަގެއް، އަދުއްވެއް، ގައްދާރެއް، މި ގަރުނުގެ ފިރުއައުނު، މަ ހިތައް އަރާ އަންނި އަސް ސަނާ މިކިޔާ ދިވެހިން މިތިބެނީ ކިހިނެއް ވެފަބާއޭ، ކާކުހޭ އަންނި އަކީ، އެ ކާކުތަ އަޅެފަހެ، މޮޔަވެފަތަ ތިތިބެނީ؟ އެންމެ ރަނގަޅުވާނި އާޓިފިޝަލް ބީޗްގަ ދަންމަޅިއެއް ރެޑީކޮށްފަ ބެހައްޓާފަ އަންނަ ތަނުން ދަން ޖެއްސުން. އެެއްވެސް އަޒާބެއް ނުލިބޭވެ. ސަލާމް

  7. އިބްރާ

    ދުނިޔޭގެ އެންމެން އެއްގަލަކަށް އަރައި ނިންމިޔަސް ނުބައިކަމެއް ރަނގަޅުކަމަކަށެއް ނުވާނެއެވެ

  8. ޏަމްޏަމް

    އަންނި ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ އަޔަސް ހައްޔަރު ކުރެވެންޖެހޭނެ .

  9. އިބުރާހިމް ދީދި

    ތިޔައުޅެނީ މޮޔަވެގެން، ތިޔަ ނަޝީދު އަކީ ތޭރަ އަހަރުގެ ޖަލު ހުކުމެއްގަ ހުރި ބޮޑު މުޖިރިމެއް ޚާއިނެއް ޓެރަރިސްޓެއް. ގެންގޮސް ޖަލަށްލާ.

  10. ނަޢީމު

    ބަލަގަ އެކަލޭގެ އަމިއްލަޔަށް ގޮސްގެންނޫންތަ އެހުރީ؟ ދެން ކޮން މަޝްހޫރެއްވަންބާ ތިޔަ ތެޅި ބާލަނީ؟ އަހުރެމެންގެ ނަޒަރުގައި ގޮސްއައިސްވާ ދޮންދޫންޏަކަށް ކުރާ އިޙްތިރާމްވެސް އޭނައަށް ކުރާކަށް ނުޖެހޭނެއެވެ. ތިޔައީ ހަމަ ދެއްކުންތެރިކަމެވެ. މުޅިރާއްޖެއިން ހުރިހާރަށަކުން މީހުން މާލެގެންގޮސް ބޮލަކަށް 500 ރުފިޔާދީގެން ކުރާ ތިޔަކަމުގެ މަޤުޞަދަކީ އިންތިޚާބު ކާމިޔާބުވީ ކޯލިސަނަށްނޫންކަމަށާ ، އެމްޑީޕީއަށްކަން ދެއްކުމެވެ. އެކަމަކު އެމްޑީޕީއަށް ލިބުނީ ވޯޓުގެ 30 ޕަސެންޓެވެ.

  11. ކަރާ

    ޤާނޫނަށް ކިޔަމަންނުވާ ނުލަފާ އެންމެ ނުލަފާމީހުންގެތެރެއިން އެކަކު. މުޅިރާއްޖެ ސުންނާފަތިކޮށް ރާއްޖެ ބަދުނާމުކޮށް ގައުމަށް ޣައްދާރުވި އެކަކު.

  12. ނުރަބޯ

    ތިޔަތަނަށް އެއްވާމީހުން ތިޔަކަލޭގެ އަށް ސަޖިދަ ނުޖަހައިފިއްޔާ ވެދާނެ. ބަލަގަ އަދި އެމްޑީޕީ ސަރުކާރު ހުވާ ވެސް ނުކުރަނީސް މުވައްސަސާ ތަކަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެން ކަލޭމެން ހިތައް އެރި ކަމެއް ކުރާކަށް ލަދެއް ނުގަނޭތަ؟ ތިޔަފެން ކަލޭމެންގެ ޚުދުމުޚުތާރު ކަން. އަދި ތިޔަ، ބަޣާވާތުގެ ސަރުކާރު ހުވާކުރީމާ ކިހާވަރެއް ވާނެތަ؟ ސުބްޙާނަﷲ. ގައުމު ހަލާކުވެ ހިނގައްޖެ.

  13. ބޭބީ

    ތިޔަގޮތް ހަދާދޭނަމަ ނިކަމެތި ރައްޔިތުންނަށް. އެމީހުންވެސް ކޮންމެވެސް މަޖްބޫރެއްވެގެން ކުއް ކުރާނީ. މީވަކިބަޔަކު ހައްޔަރުކުރާ ގާނޫނެއްތަ