ފުވައްމުލަކުގައި މިރޭ ކަރަށާއި، ބޮލަށް އަދި ބަނޑަށް ވަޅި ހަރައި ޒަހަމްކޮށްލި ޒުވާނާގެ މަންމަގެ ހާލު ދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިފުޅަށް ހަމަލާ ދިނުމުން މަންމަގެ ހާލަތު ގޯސްވެ، ވަނީ އަނބުރައިގަނެފައެވެ.

ޒަހަމްވި ޒުވާނާއަށް ހަމަލާ ދިނީ ދެ މީހަކު މޫނު ބަނދެގެން އެޒުވާނާ އުޅޭ ގެއަށް ވަދެއެވެ. ވަޅިން ހަމަލާ ދިން މަންޒަރު ޒުވާނާގެ މަންމަ އަށް ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ފުވައްމުލަކުގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ 18 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލި މައްސަލައިގައި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މިރޭ 20:50 ހާއިރު ފުވައްމުލަކު ގެއެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"މިމައްސަލައިގައި 15 އަހަރުގެ ކުއްޖަކު މިހާރު ވަނީ ހައްޔަރު ކުރެވިފައި. މައްސަލަ ދަނީ ތަޙްޤީޤު ކުރަމުން." ފުލުހުން ވިދާޅުވިއެވެ.

ވަޅި ހެރުމުން ޒަހަމްވެފައި ވަނީ ފުވައްމުލަކު މާދަނޑު އަވަށަށް ނިސްބަތްވާ ޒުވާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސީތަލަ ހަންނާނު

    އަވަހައް ތިޔަ ހައްޔަރު ކުރި މުޖިރިމު ދޫކޮއްލާ، މާދަމަ އަނެއް ގޮލާގެ ގަޔައް ވަޅިޖަހަން ފުރުސަތު ދެއްވާ، ކޮންކަހަލަ އިންސާފެއްތޯ، ބަލާބޮޑުވެގަނެގެން އުޅޭ ސައިތާނުން ތައް ޖަލުގަ ބަންދުކޮއްބަލަ،

  2. ޖަހާންގީރު

    މިހިރީ މިއަދުގެ ޙާލަތަކީ އަދިވެސް ސިޔާސީވެރިން އުޅޭނީ ޤައުމު ފަސާދަ ކުރަން

  3. ޖަޒީ"ރާ"ރާއްޖެ

    މިއީ މިހާރު ޖަޒީ "ރާ" ރާއްޖެ، އަނިޔާލިބުނު މީހާ ކުޑަގޮޅީއަށް ހަމަލާދިން މީހުންނަކީ ޣާޒީންގެ ގޮތުގައި ދޫކޮށްލާ

  4. ޢަޚްމަދް ވަޚީދް

    ޟިކަހަލަ ޖަރީމާ ހިންގަނީ އަމިއްލަ އެދުމުގަ ކަންކަމާ ނުގުޅޭ ނީހުންގެ ސަމާލުކަން ހޯދަން. ޢަޑީގަ ތިބެ ކުޅެނީ އެހެން ބައެއް. ޢިހައްދުހު ބުލީގެ ވީޑިއޯ އެއްވެސް އެ އެނބުރުނީ. ޑެން އެކަންކަން ހުއްޓުވާކަމަށް ހެދެނީވެސް ބުލީކުރީވެސް އެއްބައެއް. ޢެބަޔަކު ކުރާ ކަމެއް އެބަޔަކަށް ޔަޤީނުންވެސް ދައްކަވާނެ. ﷲ ގެ އަޅަކަށް ޙައްޤަކާ ނުލާ، އެކަމުގަ އަމިއްލަ އެދުމެއް އޮވެގެންވެސް ނެތިވެސް އަނިޔާއެއް ދީފިނަމަ އެ އިލާހު އެކަމުގެ ބަދަލު އެބައެއްގެ އަތުން ގަދަފަދަކޮށް ހިއްޕަވާނެ.