ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލު ގާނޫނު އަސާސީއާ ހިލާފު ކަމަށް މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެެއްޖެއެވެ.

މިއަދު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާއާއި 74 ވަނަ މާއްދާގެ މައްޗަށް ގާނޫނަކަށް ބާރެއް ނޯންނާނެ ކަމަށެވެ. އެހެން ކަމުން އޭނާ ވިދާޅުވިގޮތުގައި އެންޓި ޑިފެކްޝަން ބިލް ގާނޫނު އަސާސީ އާއި ހިލާފެވެ.

ޖަމީލު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރުގެ "އަޅުވެތިކަމުން" ސަލާމަތްވެ ގައުމަށް ހިދުމަތް ކުރަން ފަށަން ވެއްޖެ ކަމަށެވެ. އަދި ރައްޔިތުން ސަމާލުކަން ދެމުންދާ ކަމަށާއި، އެންމެ ފަހުން ރައްޔިތުންގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ޖަމީލު ވިދާލުވިއެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ. ނަމަވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ ދައުރުގައި ޕާޓީއަކާ ގުޅުމުން ގޮނޑު ނުގެއްލޭނެއެވެ.

އެ ބިލް ބަލައިގަންނަން ފާސްވުމާ އެކު، ބިލް ދިރާސާ ކުރަން މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަހާޖައްރާފު

    ގައުމަށް ޚިދުމަތް ކުރެވޭނީ ގާސިމްގެ އަތްދަށުން ގައުމު ސަލާމަތްވެގެން.

  2. ތީމަލައިކަތުން ތަކެއްތަ ޖަމީލަށްއެކަނިތަ ގާނޫނު އެގެނި

  3. ޢަޅެ މިގައުމު ކޮރަފްޝަނުން ސަލާމަތް ކުރެވެން އޮތީ މިޣާނޫން ފާސް ކޮށްގެން އެންމެ ފުރަތަމަ ކޮރަޕްޓް ފެށުނީ 2009 ވަނަ އަހަރު މަޖިލިސތެރެން ޖަމީލަށް އެނގުނީ ކޯއްޗެއް މަސްބާނަން އެނގޭތަ؟