މިއަދުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވި އަބްދުﷲ މަސީހު ގައުމަށްޓަކައިކޮށްދެއްވީ އަގު ނުކުރެވޭ ފަދަ ބޮޑު ހިދުމަތެއްކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، މިއަދުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މަސީހު ހުންނަވައިގެން ކޮށްދެއްވީ އަގު ނުކުރެވޭ ފަދަ ބޮޑު ހިދުމަތްތަކެއް ކަމަށެވެ. އަދި ޕީޕީއެމްގެ ޓީމް ޕްލޭޔަރެއްގެ ގޮތުގައި ކޮށްދެއްވި މަސައްކަތްތަކަށް ނިޙާން ވަނީ ޝުކުރު ދަންނަވާފައެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ދިވެހި ގައުމަށާއި، ޕީޕީއެމްގެ ސަރުކާރަށް އަދި ރައީސް އަބްދުﷲ ޔާމީންއަށް ކޮށްދެއްވި ހިދުމަތްތަކަށް މަސީހަށް ޝުކުުރު ދަންނަވާ ކަމަށެވެ.

މަޖިލީހުގެ ރައީސްކަމުން މަސީހު އިސްތިއުފާ ދެއްވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަދި އިސްތިއުފާގެ ސިޓީ މަސީހު ވަނީ މަޖިލީހުގެ އިދާރާ އަށް މިހާރު ފޮނުއްވާފައެވެ.

މަސީހު މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިރޭ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަތަނީ

    ދިވެހި ގައުމަށް ކުރިމަތިވި ވަރަށް ނާމާން ބިރުވެރި ހާލަތްތަކުގައި ދިވެދައުލަތަށާއި ރައްޔިތުންނަށް އަބްދުﷲ މަސީޙް ކޮށްދެއްވީ ވަރަށްވެސް އަގުހުރި ޚިދުމަތް ތަކެކެވެ ދައުލަތް ނެގެހެއްޓުމަށާއި އަދުލު އިންސާފް ގާއިމް ކުރެއްވުމަށް ވެވަޑައިގެންނެވި ގުރިބާނީ އަށް ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ފަށްފަށުން
    ސުކުރު ދަންނަވަމެވެ.

  2. އަޅެބެއްޔާ/ޑިމޮކްރަސީ

    މަސީޙު ޤައުމަށް ކޮށްދިނީ ކޮންކަމެއް ޤައުމުގައި ހުރިހާ ހަލަބޮލިކަމެއް ހިންގީމަޖިލިސް ތެރޭގައި ތިޔަ މަސީޙުއެމެ އިސްތިއުފާނުދީ ނުހުރެވުނެއްނޫންހެއްޔެވެ

  3. ަسعدية

    އެންގޮތަ ވެސްދެރަ ނުވާތި

  4. ހަމަ ހަލާކު

    ޤައުމުގެ ހަލާކު

  5. ކެރޭ އަބްދުﷲ

    އަބްދުﷲ މަސީހު މަޖިލިސް ތެރޭ ޤައުމައްޓަކާ ކޮއްދެވި މަސަކައް ތަކައް ސުކުރު ދަނަވަން. ދައުލެއް ނެގެހެއްޓުމައް ކުރެވި މަސަކަތުގެ ސަބަބުން. ފައްފައް ސުން އަދި ވެސް ށުކުރު ދަނަވަން.