މަޖިލީހުގެ ރައީސް ކަމުން މިއަދުގެ ހަވީރުގެ ވަގުތެއްގައި އެމަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހް މުހައްމަދު އިސްތިއުފާ ދެއްވުމަކީ ޕީޕީއެމްއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް އެޕާޓީގެ މެންބަރު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެންޓިޑިފެކްޝަންގެ ގާނޫނު އުވާލުމަށް ބަހުސް ކުރައްވަމުން މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފަސްވަނަ ޖަލްސާގައި ޝިޔާމް ވިދާޅުވީ މަސީހް މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަކީ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕަށް ބަނަ ދުވަހެއް ކަމަށެވެ.

"ޕާލިމެންޓަރީ ދުވަހުގެ ބަނަ ދުވަހަކަށް ވަނީ އަޅުގަނޑުމެންގެ މި އިއްޒަތްތެރި މަޖިލީހަށް ހިދުމަތްތެރި ޤައުމީ އަދި އަޅުގަނޑުމެން ފަހުރުވެރިވާފަދަ މަސައްކަތްތަކެއް މިގައުމަށާއި މިގައުމުގެ ރައްޔިތުންނަށް ކޮށްދެއްވި ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ މަސީޙް މުހައްމަދު މީގެ ކުޑައިރުކޮޅެއް ކުރިން މަނިކުފާނުގެ ޕްރެސްއެއްގައި ވިދާޅުވި އިސްތިއުފާ ދިން ވާހަކަ. މަސީހް އިންތިއުފާ ދިނުމަކީ މިގައުމުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. ޔަގީނުންވެސް ޕީޕީއެމްއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް." ޝިޔާމް ވިދާޅުވިއެވެ.

މަސީހް މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ މިރޭ އޭނާ މަގާމުން ދުރުކުރަން މަޖިލީހުގައި ވޯޓް ނަގަން ތައްޔާރުވެފައި ވަނިކޮށެވެ. މަސީހް މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވިއިރު އޭނާ މަގާމުން ވަކިނުކުރެވިގެން އިދިކޮޅު މެންބަރުން މަޖިލިސް ޖަލްސާތައް ބޮއިކޮޓް ކުރެއްވިތާ ދޮޅު އަހަރު ވެއްޖެއެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލަން މަޖިލީހުން މީގެ ކުޑައިރުކޮޅެއްގެ ކުރިން ފާސްކޮށްފައިވާއިރު މަޖިލީހުގެ ރައީސްކަމަށް މެންބަރަކު އައްޔަނު ކުރުމަށް މިހާރު ދަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާޝްވަރާ މަޖްލިސް

    ޔާމީންގެ ފޭލް ވުމަކީ އަސްލު ތިޔަ ބުނާ މަސީހެއް މަޖްލީހުގެ ރައީސް ކަމުގަ ގަދަކަމުން ބަހައްޓަން ކުރިމަސައްކަތް . އެހެންނޫންނަމަ ހުރިހާ ޕާޓީއެއްވެސް ޔާމީނު ބަލަގަތީސް. ވެރިކަން ދެވަނަފަހަރު ކުރުމަށް ފުރުޞަތު ނުލިބުނަސް މިހަރު ޖެހެމުން ތިދާ ހާލެއް ނުޖެހުނީސް. މަށަށް ޔަގީން ތިދާވަރުން ދަނީވިއްޔާ ޔާމީން އަދި ވެރިކަން ނިމެންއޮންނަ އެންމެ ފަހު ހަފްތާ އަށް ފެށޭއިރަށް ވެރިކަމުން ވަކިކުރާނެ މަޖަލީހުން. ބަލަން ތިބޭތި

  2. ޙައްވަ

    ވަގަކަށް ހާސްދުވަސް. މަސީހު ބިރުގަތީ ނޫނީ ހަމަބިމަށް އާދެވުނީ.?

  3. ޢިބުރޭ

    ގައުމުގެ ރައްޔިތުން ޢޭނަދިނިމަކާގެންތަ ތިބެނީ ދެރވާން ކަލޭމެން ދެރވާނީ ދޯ ޖީބުތަޚާކަށް ވަގުފައިސާނުވަންނާތީ