ނޭޕާލްގެ ކަތަމަންޑޫ އަށް މިއަދު ވެއްޓުނު ބަންގްލަދޭޝްގެ ފްލައިޓުގައި ދިވެއްސަކު އިން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ކަތަމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވެއްޓުނު ބަންގްލަދޭޝްގެ އެއާލައިނެއް ކަމަށްވާ ޔޫއެސް-ބަންގްލާގެ މަތިންދާބޯޓުގައި، ދިވެއްސަކު އިން ކަމަށާއި އޭނާ އަށް ލިބުނު އަނިޔާތަކާއި ގުޅިގެން މިހާރު ނޭޕާލްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކަމަށެވެ.

71 މީހުން މި ފްލައިޓުން ދަތުރުކުރިއިރު މި ހާދިސާގައި 40 މީހަކު މަރުވެ 17 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ބޯޓު ވެއްޓުނީ އެއާޕޯޓުގައި ޖައްސަން އުޅެނިކޮށް ކަމަށާއި، މި ބޯޓަކީ ޑާކާއިން ފުރައިގެން ނޭޕާލަށް ދަތުރުކުރި ބޯޓެއްކަމަށް ރިޕޯޓްތަށް ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ވަނީ މި ހާދިސާ ހިނގާދިޔަ ގޮތް ވަގުތުން ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ.

ނޭޕާލުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ސަންޖީވް ގޯތަމް އާއި ހަވާލާދީ ކަތުމަންޑޫޕޯސްޓް ނޫހުން ބުނީ މި ފްލައިޓް ޖައްސަން ހުއްދީފައި އޮތީ އެ އެއާޕޯޓުގެ ދެކުނުފަޅިން ކަމަށާއި ނަމަވެސް ބޯޓު ޖައްސަން މަސައްކަތް ކުރީ އުތުރުފަޅިން ކަމަށެވެ.

"އާދަޔާ ހިލާފު ގޮތަކަށް ބޯޓު ޖައްސަން އުޅުނު އުޅުން އަހަރުމެން ޖެހޭނީ ބަލާ ތަހުގީގު ކުރަން" ގޯތަމް އާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ތޫތު

    ކާކުބާ؟

  2. ތިލަފަތް

    ބާގީ ނަޝީދުމި ފްލައިޓްގަވީނަމަ ދޯ !

    • ނުރަބޯ

      ނުލަފާމީހުން އަވަހަކަށް މަރެއްވެސް ނުވާނެ. ގިނަފާފަތައް ޖަމަޢަކުރަން ދުނިޔޭގައި ހުންނާނެ.

    • މާޔާ

      ތިިހެން ބުނިމީހާ ފްލައިޓްގަ ތީނަ އިންނަމަ ވެސް ރަގަޅުވިސް

  3. ތިމަންނަ

    ތިބާއީ ތެދު ވާހަކައެއްތަ؟

  4. ބަތޮލް

    ކެރަފާ ނަސީމު މިފުލައިޓުގައި އިންކަމަށް މައުލޫމާތުލިބޭ

  5. ްމަގޭ

    އާނ ދޯ....?

  6. ާއަލީ

    ރިޒާނާ ކިޔާ ކުއްޖެއް

  7. ޒިޔާ

    ނަޝީދު ދެކެ އެހާ ރުޅިއަންނަނީކިޢްވެބާ ؟؟؟؟؟ ނަޝީދު އެފްލައިޓްގެ ހުރެ ވެއްޓުނަސް ،،،،،،،،،،، ތަޤްދީރު ހުރިހާވެސްކަމަކީ ،،،،،،،،،،،، އެކަކު އަނެކަކަށް އިހްތިރާމް ކުރުމާއި އޯގާތެރިވުމަކީ ކިހާރގަޅުކަމެއްކަން ނޭގެނީބާ ؟؟؟؟؟؟؟؟؟؟؟؟؟؟

    • ޢަބްދުއްރަހީމް

      އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާ، ރީތި ބަހުން މުޢާމަލާތު ކުރުމަކީ މިހާރު ދިވެހިން ދަންނަ ކަމެއް ނޫން. އެއީ ވަކި ވެރިއެއް އައިސްގެން ވީ ކަމެއްވެސް ނޫން. އެއީ ދިވެހިންގެ ގިނަ މީހުންގެ ގޮތެއް ފޮތެއް ނެތީމަ ވީގޮތެއް.

  8. ޒިޔާ

    ތިލަފަތް ތީ ނަޝީދުދެކެ ހާދަ ރުޅިއެއް އަންނަމީހެއް ؟؟؟؟؟؟؟ ކޮބާ މައްސަލައަކީ؟؟؟

  9. ދިޔާނާ

    ތިލަފަތް ތީ ނަޝީދުދެކެ ހާދަ ރުޅިއެއް އަންނަމީހެއް ؟؟؟؟؟؟؟ ކޮބާ މައްސަލައަކީ؟؟؟

  10. ނަޒާހާ ރިނބުދޫ

    ތިލަފަތް ތީ ނަޝީދުދެކެ ހާދަ ރުޅިއެއް އަންނަމީހެއް ؟؟؟؟؟؟؟ ކޮބާ މައްސަލައަކީ؟؟؟

  11. އުދަރެސް

    ވ ދެރަ،،،،،

  12. ޢައިޝާ

    އިންޝާﷲ...އެކުއްޖާގެ ހާލު ރަނގަޅު☺

  13. ބާބޫ ނާޒް

    ނަސީދު ދެކެ މީހުން ރުޅި އަންނަ ސަބަބަކީ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކޮއްފައިވާ މީހަކާށް ވާތީވެ މިހާރު ސާފުވެއްޖެދޯ.

  14. ޖޫޖޫ

    މީހަކާދިމާލަށް ތިކަހަލަ އެއްޗެބުނުމީ އެހާރާދަޅުކަމެށްނޫން އަނެއްކާތިކަމާ ނަސޭދުއާއޮތީކޮން ގުޅުމެށް//؟