ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހިން ސަލާމަތްވީ އެއްބައިވަންތަކަމާއި އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބުމުން ކަމަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާއި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ބުނީ ދިވެހިން ދުށް އެންމެ ނުރައްކާތެރޮ ދުވަހަކީ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާކަމަށާއި ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ދިވެހިން ސަލާމަތްވީ އެއްބައިވަންތަކަމާއި އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބުމާއި ނަސްރު ދެއްވުން އެދި ދިވެހިން ކުރެއްވި މަތިވެތި ދުއާގެ ސަބަބުން ކަމަށެވެ.

"ދިވެހިންގެ ހަޔާތުގައި ދިވެހިން ދުށް އެންމެ ނުރައްކާތެރި، އެންމެ ބިރުވެރި ދުވަހަކީ ދާދީ ފަހުން ދިވެހިން ދުށް ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއެވެ. މިހަމަލާ ދިވެހި ރައްޔިތުންނަށް ކުރިމަތިވުމުން އެރައްޔިތުންގެ ފަރާތުން، ހާކިމާއާއި އެކު އެއްބައިވަންތަކަމާއި އެކު ކުރި އެންމެ މުހިންމު ކަމަކީ އޭރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މުސީބާތުން ސަލާމަތްކޮށްދެއްވުން އެދި ﷲގެ ހަޟްރަތަށް ކުއްތަންވެ ރާއްޖޭގެ ރަށްތަކުގައި ކުރެވިގެން ދިޔަ ދުއާއެވެ. އަދި މިގައުމު ސަލާމަތުގެ އައްސޭރިއަށް ގޮސްފައިވަނީ މިގައުމުގައި އޮތް އެއްބައިވަންތަކަމާއި މިގައުމުގެ ރައްޔިތުން އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބުމުގެ އިތުރުން މިފަދަ ކަންކަމުގެ ﷲގެ ހަޟްރަތުގައި ދުއާ ދެންނެވުމާއި އަޅުކަން ކުރުމުގެ މަތީގައި ސާބިތުވެ ދެމިތިބުމުންނެވެ." ހުތުބާގައި ވެއެވެ.

ދިވެހިންގެ ހަތިޔާރަކީ ދުއާކަމަށާއި ދިވެހިންގެ ރަށްތައް ލޫޓުވަން އަންނަ ބޭރުގެ ފޭރޭ މީހުން ބަލިވެ ދަނީ ދިވެހިންގެ ދުއާގެ ސަބަބުން ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ. އަދި ނަސްރާއި ކާމިޔާބަކީ މާތްﷲއަށް ތެދުވެރި އިޙްލާސްތެރި މުއުމިނުތަކުންނަށް ﷲ ދެއްވާ ނިއުމަތެއް ކަމަށް ހުތުބާގައިވަނީ ބުނެފައެވެ.

ރަސޫލާ ހަދީޡްކުރައްވާފައިވެއެވެ. "ހަމަކަށަވަރުން މާތްﷲ މިއުންމަތަށް ނަސްރުދެއްވަނީ އުންމަތުގެ ނިކަމެތިންގެ ދުއާއާއި ނަމާދާއި އިހްލާސްތެރިކަމުންނެވެ."

މާތްﷲ ވަހީކުރައްވާފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ނަސްރުދޭނަމަ އެކަލާނގެ ތިޔަބައިމީހުންނަށް ނަސްރުދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތަށް ސާބިތުކުރައްވާނެތެވެ"

އިލްމުވެރިން ވިދާޅުވާގޮތުގައި މާތްﷲ އަށް ނަސްރު ދިނުމަކީ އެކަލާނގެ ދީން ގާއިމްކުރުންކަމަށާއި އެކަލާނގެ ޝަރީއަތް ތަންފީޒުކުރުމާއި .ﷲ ގެފޮތާއި އެކަލާނގެ ސުންނަތަަށް އަމަލުކުރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ކާފިރުން ކިތަންމެ ބޮޑު ތުހުމަތުތަކެއް މުސްލިމުންގެ ބޮލުގައި އެޅުވިޔަސް އެކަމާއި ދެރަވެ ހިތާމަކުރަން ނުޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"އުޙުދުގެ ދުވަހު އަޝްކަރީގޮތުން މައްކާގެ މުޝްރިކުންނަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބުނު ކަމަށް ހީކުރެވުނު ނަމަވެސް، އެއީ ނަސްރެއް ނޫނެވެ. މައްކާގެ މުޝްރިކުންނަށް މަދީނާއެއް ނުހިފުނެވެ. މުސްލިމުންގެ ލަޝްކަރު ހަނގުރާމައިގެ މައިދާނުން ފިލާކަށް ނުދުވެއެވެ. މުޝްރިކުންގެ އަތްދަށުގައި މުސްލިމުންގެ އެކަކުވެސް ހައްޔަރެއްނުވެއެވެ، މުޝްރިކުންނަށް މުސްލިމުންގެ އަތުން ޢަނީމާގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިފައެއް ނުވެއެވެ، މިއީ މާތްﷲ މުސްލިމުންނާއި ކުރިމަތިކުރެއްވި އިމްތިހާނެކެވެ" ހުތުބާގައި ބުނެފައިވެއެވެ.

ނަސްރުލިބޭނީ ކަންތަށްތަކެއްގެ ތެރެއިން ލާފައިކަމަށާއި އޭގެ ތެރޭގައި ގަބޫލުކުރާ ހަރުދަނާ އުސޫލެއްގެ މަތީގައި ދެމިހުރުން ހިމެނޭކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ."ފަހެ، ކަލޭގެފާނަށް އިއްވަވާ ވަހީ ކަލޭގެފާނު ހިފަހަށްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ވަނީ، ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ"

މާތްﷲ އަންގަވަނީ މުސްލިމުން އެއް އުންމަތެއްގެ ގޮތުގައި ދެމިތިބުމަށާއި ބައިބައިވެގެން ނުދިޔުމަށް ކަމުގައި ހުތުބާގައި ވަނީ ބުނެފައެެވެ.

މިކަމާއި ގުޅިގެން މާތްﷲ ވަހީކުރައްވާފައިވެއެވެ. "އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށޭވެ!( ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ ތިޔަބައިމީހުންގެ ބާރު ނެތި ހިނގައިދާނެއެވެ"

އަދި ނަސްރު ހޯދުމަށް މުސްލިމުންނަށް ބާރުގެ ބޭނުންކުރަން ޖެހޭ ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ. "އެއުރެންނާއި ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާހާ ބާރެއް ތައްޔާރުކުރާށެވެ.1 އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން ﷲގެ އަދުއްވުންނާއި، ތިޔަބައިމީހުންގެ އަދުއްވުންނާއި، އެރެން ނޫން ބަޔަކު ބިރުގެންނެވުމަށްޓަކައެވެ ތިޔަމައިމީހުންނަށް އެއުރެންނެއް ނޭނގެތެވެ. ﷲ އެއުރެން ދެނެވޮޑިގެންވަތެވެ. އަދި ﷲގެ މަގުގައި ތިޔަބައިމީހުން ހޭޑަކުރާ އެއްޗެއް ތިޔަބައިމީހުންނަށް ފުރިހަމައަށް ލިބޭނެތެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ"

ހުތުބާގައި ވަނީ އިސްލާމްދީނަށް ނަސްރު ދިނުން މަތީ ދެމި ތިބުމަށް އެންމެހާ ރައްޔިތުންނަށް ވަސިއްޔަތް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހަންމާ

    ޢިބްރާހީމް ސޯލިހުގެ ބަފާބެ ނޮވެމްބަރ 3ގެ ބާނީ އަކީ

    • ޙުސައިން

      ދެން ކޮބާ މައްސަލައަކީ؟

  2. .ފިނޑި

    .ނޮވެމްބަރު 3 ގެ ޢުދުވާނަކީ އަދި އެކަމުގާ ބައިވެރިވީ މީހުންނަކީ އެއްމެ ރަނގަޅު މީހުނާ އެންމެ ރަނގަޅު ކަންތައް ކަމުގާ އެއިރު ގައުމުގެ ވެރިޔާއަށް މިހާރު އެއޮތީ ވެފާ މާދަން ވެސް އަނެއްކާ ބަޔަކު ނާރުވާނެ ކަމެއްވެސް ނޭގެ.

    • ޙުސައިން

      ކޮބާ ތިބުނާ މީހުންނަކީ؟

  3. ދެން އަތްޖަހާ

    ހަމަ އެނޮވެމްބަރު ތިނެއްގެ ބައިގަނޑަށް މިހާރު ދިވެހިން ރާއްޖޭގެ ވެރިކަން ހަވާލުކޮއްގެން އުޅެނީ. ދިވެހިންނަކީ އޮޅުވާލަން ވަރަށް ފަސޭހަ ބައެއް.

    • ޙުސައިން

      ނޮވެމޮބަރ 3 ގަ ހުރީ އަަންނިއެއް ނޫނޭ ކަލޯ، މޮޔަފުޅު ވީތޯ؟

  4. ޙުސައިން

    އިބޫގެ ޅިޔަނަކަސް، އައްނިގެ ބަފާބެއަސް ކަންކުރީ އެ 2 މީހުނެއްނޫން ދެއްތޯ؟

  5. މުރާދު

    ތެދުފުޅެއް އެކުވެރިކަ،މަކީ ގަދަފަދަބާރެއް ވަކިވެގަތުމަކީ ނިކަމެތިކަމެއް މިއަދު ދިވެހިންގެ
    ކިބައިން އެއްބައިވަންތަކަން ކެނޑެމުންދާނަމަ އެއީ ވަރަށްދެރަކަމެއް ނޮވެމްބަރތިނެއްގެ
    ހަމަލާ ދިވެހިގައުމަށްދީ ކުށެއްނެތް ގައުއެތަށްދަރިންނެތްމަރުވެ( ގައުމާ،ދީނަށްޓަކާޝަހީދުވި
    ބޭފުޅުނެވެސް ހިމެނޭ )ބޮޑެތިގެއްލުންތަކެއްލިބިފައިވޭ މިކަމުގައިވެސް ދިވެހިންގެތެރެއިން
    ބައަކުބައިވެރިވެފައިވާކަން އެއީ ވަރަށްދެރަކަމެއް އެއީ އެކަމުގައި ބައިވެރިވިދިވެހިންގެކިބާ
    ގައި އެއްބައި ވަންތަކަންނެތީމަ ފެނުނު ހިތާމަވެރި ޢަމަލެއްކަމުގައިވެސް ބުނެވިދާނެ އިބްރާހިމް ސާލިހުގެ ބަފާބެ ކިޔުއްވާނެކަމެއްނެތް ބޭނުމީ އެއްބައިވަންތަކަން