ސުވިޒަލޭންޑުގައި ކުރިއަށްދާ ސުވިސް އިންޓަނޭޝަނަލް ހޮލިޑޭ އެގްޒިބިޝަންގައި (އެސްއައިއެޗްއީ 2018) ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ސުވިޒަލޭންޑުގެ ލުގާނޯގައި ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ ޑެލިގޭޝަންގެ ހެޑެއްގެ ގޮތުގައި ބައިވެރިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން(އެމްއެމްޕީއާރުސީ)ގެ އެކްޓިން އެމްޑީ ހާރިސް މުހައްމަދު ކަމަށް މޯލްޑިވްސް އެ ކުންފުނިން ބުނެއެވެ.

މިމަހުގެ 1-4 ގެ ނިޔަލަށް ކުރިއަށްދާ މިފެއާ އަމާޒުކޮށްފައިވަނީ އިޓަލީ ހިމެނޭ ސަރަހައްދުން މީހުން އަންނަ ގައުމުތަކަށެވެ.

ސުވިޒަލޭންޑަކީ ރާއްޖެއަށް ވަރަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެކެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 22،151 މީހުން އައިސްފައިވެ އެވެ. މިދީ މިދިޔަ އަހަރާ އަޅާބަލާއިރު 2.4 ޕަސެންޓުގެ އިތުރު ވުމެކެވެ. ފަތުރުވެރިކަމުގެ އައު ސީޒަން ފެށޭއިރު ރާއްޖެއަށް އަންނަ ފަރުތުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ.