ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހުރި އެކަކު ކަމުގައިވާ ސ. ހިތަދޫ ޕެރިސް ހޮލިޑޭ އަހްމަދު ނާސިރު (ސަގަރު ނާސިރު)ގެ ވާހަކަ ދިވެހިން އިތުރަށް ދައްކާނެ ޖާގައެއް ނެތްކަމަށް މުންތަޚަބު ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޚްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވެފައިވަނީ، މުންތަޚަބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޗެނަލް ތޭރައިގެ ނޫސްވެރިޔަކު މަރިޔާއަށް ސުވާލު ކުރެއްވީ، ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާގައި ކުށް ސާބިތުވެ ހުކުމް ތަންފީޒު ކޮށްފައިވާ ސަގަރު ނާސިރުމެންފަދަ ބޭބޭފުޅުންނަށް އިބޫގެ ވެރިކަމުގައި މަޤާމްތައް ދެއްވާ މަންޒަރު ފެނިދާނެ ކަމާމެދުގައެވެ.

ލަޔާލް މަނިކުގެ ސުވާލު: މި މައްސަލައިގައި ހުކުމް ތަންފީޒުކޮށްފައިވާ ސަގަރު ނާސިރުވެސް މުޙައްމަދު ނަޝީދަށް މަރުޚަބާ ދެންނެވުމަށްޓަކައި ހިތާއިހިތުގެ ގުޅުމުގައި ބައިވެރިވި މަންޒަރުވެސް ފެނިގެންދިޔަ! އެހެންވީމަ އަނެއްކާވެސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި މިކަހަލަ މަންޒަރުތަކެއް ތަކުރާރުވެގެން ހިނގައިދާނެތޯ؟

މި ސުވާލުގެ ޖަވާބުގައި މާރިޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ބިނާވެފައިވަނީ މީހުން އިސްލާހު ކުރުމަށް ކަމަށާއި، ހުކުމް ތަންފީޒުކޮށް ނިމުމުން އިތުރަށް ސަގަރު ނާސިރުގެ ވާހަކަ ޖާގައެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ދިވެހިން، އަޅުގަނޑުމެންގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމްއިންވެސް އަޅުގަނޑުމެން ވިސްނާފަ އޮންނާނީ މީހުން ރަނގަޅު މީހުންގެ ގޮތުގައި މުޖުތަމައުއަށް ނެރުން. އެމީހަކު ހުކުމް ތަންފީޒުކޮށް ނިމުނީމަ ދެން އިތުރަށް ދިވެހި ރައްޔިތުން އެހުކުމުގެ ވާހަކަ ދައްކާނެ ޖާގައެއް ނެތް. އެއޮތީ އެމީހަކަށް އެ ލިބެންޖެހޭ އަދަބު ހުކުމަށް ކޯޓުތަކުން ނިންމެވިގޮތަށް ނިމިފައި. ދެން އޭނަ މުޖުތަމައުއަށް ނިކުތީމާ އޭނަ އެގޮތަށް ލޭބަލް ކޮށްގެން ގެންގުޅުމަކީ އެއްވެސް އިރެއްގައި އަޅުގަނޑުމެން ކޮށްއުޅޭ ކަމެއްނޫން." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކޮށް އެންމެން އެކީގައި ކުރިއަށްގޮސް، މިނިވަންކަންކަން ވަޒަންކޮށް މިނިވަން ކަމާއެކު ކުރިއަށް ދިއުމަށް އައު އަޒުމެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެންގެ މުޖުތަމައު މި 3 ނޮވެމްބަރ، ނަސްރުގެ ދުވަސް އެގޮތަށް ފާހަގަކޮށް އަޅުގަނޑުމެން އެންމެން އެއްބައިވެ އެކީގައި ކުރިއަށް ދާތަން އަޅުގަނޑު މިދެންނެވިހެން މިނިވަންކަންވެސް ވަޒަންކޮށް އަޅުގަނޑުމެން އެ މިނިވަންކަމުގައި ތިބުމަށް އައު އަޒުމެއް ކަނޑައަޅައިގެން ކުރިއަށްދާތަން." މާރިޔާ ވިދާޅުވިއެވެ.

އިތުރަށް މާރިޔާ ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި ޚާއިނުންގެ ލިސްޓެއް އޮންނަކަންވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ދިވެހިރާއްޖޭގެ 30 ވަނަ ނަސްރުގެ ދުވަހު މާރިޔާ މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގައި ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާފައި ބައިވެރިވެފައިވާކަން ކޯޓުތަކަށް ސާބިތުވެފައިވާ ފަރާތްތަކަށް ދިވެހި ސަރުކާރުގެ އިސް މަޤާމްތައް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ބަލާއިރު، ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރ ކަން ކުރެއްވި އަހްމަދް ނަސީމް (ކެރަފާ ނަސީމް) އަކީ 3 ނޮވެމްބަރ 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ބައިވެރިވެފައިވާ މީހެއްކަމަށް ސާބިތުވި މީހެކެވެ. އަދި އެމްޑީޕީ ސަރުކާރުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމާއި އިމިގްރޭޝަން ކޮންޓްރޯލާކަން ކުރެއްވި ސ.ހިތަދޫ ޒަމާނީގޭ އަބްދުﷲ ޝާހިދަކީ ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ މީހެކެވެ.

ހަމައެއާއެކު އެމްޑީޕީ ސަރުކާރުގައި، މަތިދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ކަމަށް އައްޔަން ކުރެވުނު، އުމަރު ޖަމާލަކީ ވެސް 3 ނޮވެމްބަރ ގެ ހަމަލާގައި ބައިވެރިވުން އޮތް ކަމަށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރެވިފައިވާ ބޭފުޅެކެވެ. އަދި އެމްޑީޕީ ސަރުކާރުގައި ޑިފެންސް މިނިސްޓަރ ކަން ކުރެއްވި އަމީން ފައިސަލަކީވެސް ނޮވެމްބަރ 3 ގެ އަނިޔާވެރި، ރަޙުމްކުޑަ ޖަރީމާގެ ބައިވެރިޔެކެވެ.

މާރިޔާ މިހެން ވިދާޅުވި ނަމަވެސް، 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ޢުދުވާނީ ހަމަލާއެއްދީ 19 ދުވެހިން ސަހީދުކޮށްލި މީހުންނަށް ދިވެހިން އަދިވެސް ފާޑުކިޔާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

68 ކޮމެންޓް

 1. އެހެންވީމާ ޔާނުވެސް ކުރަންވީ ކަމަކީ ހަމަ ހުކުން ތަންފީޒުކޮށްގެން އައިސް މިމީހުން ނާގުޅެންވީ އެވަރުގެބަޔަކު ނެތިގެން އުޅެންވީ

  • ރައިސް މައިމޫނުގެ ވެރިކަމުގައި ބަޣާވާތްކުރަން އެކިފަހަރުމަތިން ރޭވި ބައެއް ކެރަފާ އާއިލާގެ ދޮށީ އުމުރުގެ ބައެއް މީހުންނަކީ!! ފިސްތޯލަ އެތެރެކުރިމުން ފެށިގެން 3 ނޮވެމަބަރ 1988 އާއި ހަމަޔަށް!! އިންތިޚާބީ ރައިސްގެ ބަފާކަލޭގެ ނޮވެމްބަރ 3 ގެ މޭސްޔިރިއަކީ!! އެހެންވީމަ މިހާރު ދެން ވިސްނާލާ މިމީހުންގެ ވާހަކަ ހުންނާނެގޮތް!! 2008 ގައި ވެރިކަމާ ނަޝީދު ޙަވާލުވެފަ އެދުވަސް ރަސްމީ ގޮތުން ސަރުކާރުން ފާހަގަވެސް ނުކުރި!! ބޮޑުބޭބެ ވިއްޔާ އިންތިޚާބީ ރައިސްގެ އަންހެނުންގެ ބަފާކަލޭގެއަކީ!! ކެރަފާ ނަސީމް މެން ކެރަފާ ނަޝީދުމެން ކިހިނެތް ރަގަނޅުވާނީ!! މިއިން މީހަކު މިދުވަހާއި ބެހޭގޮތުން އެކައްޗެކޭވެސް ނުކިއެއްނު!! އިންތިޚާބީ ރައިސްވެސް ޝަހީދުންގެ އާއިލާއަށާ މިގައުމުގައި ފާހަގަކުރަމުން އަންނަ މިމުހިންމު ދުވަހާއި ގުޅޭގޮތުން ޗުއްޕުވެސް ނުބުންޏެއްނު!! ދެނަް މާރިޔާދީދީ އަރާ ފަޅޯ އޮށެއްހެން ތުން ވައްކޮށްގެން ހުރެ މިދަމަނީ ކޮން ހާސަރުތަކެއް!! ޚާއިނުންގެ ލިސްޓް މާރިޔާއަށް ނޭގޭނެ!! އެމީހުންގެ އުނގަށް ވެއްޓި އޮންނައިރު އެކައްޗެއްވެސް ނޭގޭނެ!! ފުޅިކަނޑަން އެގޭނީ!!!

  • ކޮންމެވެސް މީހެއް

   މާރިޔާ ނުސީދާކޮށް ތިބުނަނީ އިސް މަގާމެއް ސަގަރަށް ދޭނަމޭ ދޯ....... ރަނގަޅު..... ގައުމު ސުންނާފަތި ކޮއްފަ ނޫނީ ނުހުއްޓާތި...... ހިއްސު ކެނޑިފަތަ ތިހުންނަނީ މާރިޔާ...... ވަރުގަދަ ކަމެއްނު.... ދެން ފެންނާނީ ނޮވެންބަރު 3 1988 ނޫން ... ނޮވެމްބަރު 3 2019... އިސްކޮށް ހުންނާނީ ސަގަރު ނާސިރާ ސަގަރު ނަޝީދާ މާރިޔާ އާ އިބޫ ކަލޭގެ....

 2. 3 ނޮވެމްބަރ ގަ އެލްޓީޓީއިން އައި ނަސީދު ގެވެސް ބައިވެރިވުމާ އެކުގައިނަމަ ނަސީދު އައުމުން ހިނިތުން ވިމާއެކު މިހާރުވެސް ބައްދަލުކުރާނެދޯ ؟

 3. ތެދެކެވެ! މިރާއްޖޭގެ މަތިފަޑިމަތީގައި އުޅޭ ބައެއް އަންހެން ބޭފުޅުންނަކީ ބައެއް އިސް ވެރީންގެ ރޭގަޑަށް ހޭލާ ގުނަވަން ނިންދެވުމުގެ މުޤައްދަސް ޒިންމާ ނަންގަވާފަ މިހާރުވެސް ނޫންކަމަށް ހެދިގެން ލަދެއް ހަޔާތެއްނެތި ތަންމިނަށް އަނގަ ހުޅުވައިގެން އުޅޭ ކަބަލުންނައްވިޔަސް އެވާހަކަ ނުދެއްކޭނެ ކަނބަލުންކަން އެއްމެންވެސް ދަންނަން ޖެހޭނެއެވެ. ދެއްތޯ؟ މާރިޔާއްތަ؟!!

 4. މާރިޔާ ސަގަރުނާސިރުގެ ވށހަކަނުދެއްކިނަމަވެސް ދިވެހިން ދިވެތާޙު އެވާހަކަ ދައްކާނެ. މޑޕގެ ސަރުކާރަކީ ޙާއިނުންގެ ސަރުކާރެ. މިހާރު މިވާހަކަ ނުދައްކާނީ މައުމޫނު. އޭނަނުދެއްކިޔަސް ރައްޔިތުން މިތިބީ މިވާހަކަ ހުއްޓާލާގޮތަކަށްނޫން. ވިސްނޭމީހަކަށް މިހާރުވެސް މޑޕގެވިސްނުން އިގޭނެ.. ޝޭހުންތަކަށް ނުވިސްނޭނެ.. އެތިބީ އެތިކޮޅެދިނީމަ މަޑުން.

 5. ބައިކޮޅަށް ގޯލެއް

 6. ސަގަރު ނާސިރުގެ ނަން ބަދަލުކުރަންވީނު ހުދުކާފޫރަށް

 7. އެމްޑީޕީ ވެރިކަމުގައި ނަސްރުގެ ދުވަސް ފާހަގައެއް ނުކުރާނެ. ޗެނަލް 13 އިން އެކަނި މިއަދު އެ ދުވަސް ފާހަގަކުރަނީ. ޓީވީއެމަށް ވެސް ނުކެރުނު "ނަސްރުގެ ދުވަސް" މިހެން ޓީވީ ސްކިރީނަށް އަރުވައިލާން ވެސް. 2018 ނޮވެންބަރު 17 ން ފެށިގެން ފަސްޓް ލޭޑީއަކަށް ހުންނަވާނީ އެހާދިސާގެ އެންމެ ބޮޑު ބައިވެރިޔާގެ ދަރިކަނބަލެއް.

  • ޥަރަށް ސަލާން

   ޢަޅުގަޑު ތިބޭފުޅާޔާ ކުރަން ބޭނުންވާ ސުވާލަކީ3ނޮވެމަބަރުގެ ހަމަލާޔާ ގުޅިގެން އިބޫ ސޯލިހުގެ އަނބިކަނބަލުނަގެ އޮތީ ކޮން ކުށެއްތޯއޭ؟
   ޢުއްމީދު ކުރަން ޖަވާބު ލިބޭނެ ކަމަށް

   • އިބޫގެ އަނބިކަނބަލުންނަކަށް ބައްޕަ ކުރިކަމަކަށް ޒިންމާވާކަށް ނުޖެހޭ. އެކަމަކު، ބައްޕަޔާ، ކާފަޔާ، ބޮޑުބޭބެޔަކާ، އާއިލާގެ އެކި މީސްމީހުން މުހައްމަދު އަމީނުއްސުރެ އަދާ ހަމަޔަށް އެކިއެކި ވެރިންނާ ދެކޮޅަށް ކުރަން އުޅުނު ކަންކަމުން އެނގޭ އެއްޗަކީ ހަމަ ކެރަފާ އާއިލާގެ ތަރުބިއްޔަތުގެ ކަމެއް އުޅޭކަން. މިކަމަށް ޖަވާބުދީބަލަ ދެން.

   • ގުޅުން މިހާރު ވެސް ފެނިއްޖެ.19 މީހުން ޝަހީދުވި ހާދިސާ ނިމިގެން ދިޔަ އިރުވެސް އިބޫ އަށް ނުކެރުނު ޝަހީދުންގެ އާއިލާ ތަކަށް މެސެޖެއްވެސް ފޮނުވާލަން. ޢެ ގުރުބާނީގެ ޒިކުރާ އާކޮށްލަނަވެސް

 8. ދެއްކޭނެ ދައްކަން ޖެހޭނެ. ހަމަ ގައިމުވެސް އަޅުގަނޑުގެ ކުދިންނަށް އަންގަދޭނަން ނޮވެމްބަރ 3 ގެ ހާދިސާ ހިނގަންޖެހުނީ ސަގަރު ނާސިރާ ލުތުފީގެ ސަބަބުންކަން. ކިތައް އާއިލާ ތޯ ބިކަވީ ތި ދެމީހުންގެ ސަބަބުން. ކިތައް އަނބިން ހުވަފަތްވިތޯ ތިމީހުންގެ ސަބަބުން. ކިތައް މައިންގެ ޅަ ޒުވާން ކުދިންތޯ މި ދުނިޔެއާ އަލްވަދާއު ކިޔަން ޖެހުނީ. އަޅުގަނޑެއް ދުވަހަކުވެސް މާފެއް ނުކުރާނަން ތިޔަ ބާޤީންނަކަށް.

  • ނޮވެމްބަރ 3 އެ ގޮތުގައި ހިނގީ ދިވެހިންގެ ފިނޑިކަމާއި އަމިއްލަ ޙައްޤު ވެސް ނޭނގޭ މިންވަރަށް ޖާހިލުވެތިބުމުގެ ސަބަބުންނެވެ. ޖުމްހޫރީ ވެރިކަމެއްގެ ނަމުގައި ޚުދުމުޚުތާރު ޖައްބާރުވެރިކަމެއް ވައްޓާލާ ޢަދުލު އިނސާފް ޤާއިމްކުރެވޭނެ އެއްވެސް އަލިމަގެއް ނުފެނިގެންނެވެ. މި ފަހަރުގެ އިލެކްޝަން ވެސް ބޭއްވުނީ ބޭރުގެ ބޮޑެތި ފިއްތުންތައް ކުރިމަތި ކުރުވައިގެންނެވެ. މަޖލިސް ޙިސޯރު ކޮށް ސްޕްރީމް ކޯރޓް ގެ ފުރާޅުފަޅާލަަާ އުއްތަމަ ފަނޑިޔާރު ނަގާ ދަމާކޫއްތާފަ ގެން ގޮސް އެއޮތީޖަލުގައެވެ.ކުރި ޝަރީޢަތާއި ބެހޭގޮތުން އަޑު އުފުލަން ކެރުނު އެއް ވެސް މީހަކު ނެތެވެ. ކުށެއް ނެއް އެތައްބަޔަކު މަރާލާ އެއްވެސް މީހަކަށް ޢަދުލު އިންސާފު ނުލިބިގެން އުޅޭ ދިވެހި ބަޔަކު މަދެވެ.މިކަމަށް ވެސް އަޑުއުފުލެނީ ޤަުމުން ބޭރަށް ގޮސް ކާފަރު ޤަވްމުތަކުގައެވެ. މި ވަރުވީމާ ވޭރު މީހުން ނުގެނެސް ފަރުޖެހޭނެ ތޯއެވެ. އަޅުގަނޑު ޢަބްދުﷲ ލުޠުފީއަށް،ސެލިއުޓް ނަގަމެވެ. އެދުވަހު އެކަން ކށމްޔާބް ވި ނަމަ މިއަދު ޢަދުލުއިންސާފުޤާއިމް ވެފައި އޮތީހެވެ. ކޯނީ ރިޕޯރޓް ލިޔަން ގެނައިީ ސިންގަޕޯރުގައި ރަޖިސްޓރީވެގެން އުޅޭ އިންޑިޔާގެ ތަމަޅައެއް ނޫނުްތޯއެވެ؟ އެ ރިޕޯރޓަށް ޢަމަލުކުރަން ދިވެހި ސަރުކާރުން ވަނީއެއްބަސް ވެފައެވެ. އެއަށް ވެސް ދިވެހި ސަރުކާރުން ޢަމަލުނުކުރާކަން އެންމެނަށް ވެސް އެނގެއެވެ. އެވާހަކަވެސް ދައްކަން ކެރުނީ ހަމައެކަނި ތިބުނާ ބާޣީ ކެރަފާގްރޫޕަށެވެ. އެ ގްރޫޕަކީ އަޅުގަނޑަށް،މިހާރު ފާހަގަ ކުރެވޭ ގޮތުގައި އަބަދުވެސް ޢަދުލު އިންސާފާއި ހަމަހަމަ ކަމަށް ލަޯބިކުރި ޤަވްމީ ރޫޙު ހުރި ގްރޫޕެކެވެ. މިއަދުވެސް ޤަވްމަށްޓަކާ އަމިއްލަ އުފަލާއި އަރާމު ޤުރުބަާން އެ ބޭފުޅުން ކުރައްވާމަސައްކަތް އަޅުގަނޑު ފާހަގަ ކުރަމެވެ. ދިވެހިން ގެ ލޭ އޮހޮރިގެން ދިއުމަކީ އެއ ވެސް ދިވެހި ދަރިއަކު އުފާވާނެ ކަމެއް ނޫނެވެ.ޑރ އަްފްރާޝީމުރިޟްވާނާއި ޔާމީން ރަޝީދު ފަދަ މީހުންގެ މަރު ޝަހީދުންގެ ލިސްޓުގައި ހިމަނައިގެން ފާހަގަ ނުކުރަން ވީ ކީއްވެތޯއެވެ؟

   • ލުތުފީއަށް ސެލޫޓް ކުރި ބޭފުޅާއަށް ދަންނަވާލަން އޮތީ ތިބޭފުޅާގެ ސިކުނޑި ރަގަޅަށް މަސައްކަތް ކުރާކަމާއިމެދު އަޅުގަނޑަށް ޝައްކު އަދި މާރިޔާއަށް ދަންނަވާލަން އޮތީ ކިތަންމެ ވަރަކަށް ނޮވެމްބަރ3 ފަސްއަޅާފަ ފޮރުވަން އުޅުނަސް ހަމަހިލާ އެކަމެއް ނުކުރެވޭނެ އަހަރުމެންގެ ދަރިންނަށް އެކަން ވެގެންދިޔަގޮތް ކިޔާދީ އެކަން ކުރި މީހުންގެ މައްޗަށް އެކުދިން ނަފުރަތު ކުރުވާނަން ދެން ބުނެލަން އޮތީ އެދުވަހު ލުތުފީމެން ކުރަން އައި ކަންތަށް ކާމިޔާބު ވީނަމަ ނިކަން ރަގަޅަށް ސެލިއުޓް ކުރެވޭނެ އިންޑިއާ އަޑީގަ އޮވެގެން ހިންގި ޖަރީމާ އަތަށްގޮވީ ކެރަފާ އާއި ކެއްނާރިމެން އޮމާ މަހޭޝްވަރަމް އާއިއެކު މަޝްވަރާކުރުމަށްފަހު ފައިސާއާއި ވެރިކަމަށް ބޫތުކާފަ ތިބެގެން ދިވެހި ދަރިންގެ ލޭ އޮހޮރުވާލާ ހިންގި ޖަރީމާއަށް ސެލޫޓްކުރާ މީހުންނަކީ ހަމަ ލުތުފީމެންކަހަލަ ގައުމަށް ގައްދާރުވާނެ މީހުން ކިތަންމެ ވަރަކަށް ހަޖަމް ނުވިޔަސް ހަމަ ބުނެވޭނީ ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާއެއީ ކެރަފާ ބާޢީ އާއި ކެންނާރި ބާޢީންނޭ ހަމަ ބޮޑެތި ހާއިނުންނޭ މިކަން ނުހުއްްޓުވޭނެ އައްސުލްތާން ގަންޖާބޯމީ ކުލަރީންދޫ ސޫލާސިރާޒް ބޮވުނު ކެންނާރި މަހާރަދުން ބޮބި މަކުނު ނަޝީދަކަށްވެސް އަދި ކެރަފާ ބުނި ދަންނަ ނުދަންނަ މާފަތް އެދުރުކަލޭގެ އިބޫްއަކަށްވެސް މާރިޔާވެސް ޚާއިނުންގެ ލިސްޓް ނޭގެއްޏާ ދަސްކުރުން ވަރަށް މުހިންމު އަމިއްލައަށް ނުކުރެވެއްޏާ މީހެއްގެ ކައިރިން ޓިއުޝަން ނަގައިގެންވިޔަސް އެލިސްޓް ދަސްކުރުމަށް ދަންނަވާލަން ވ.ސަލާމް

  • 3 ނޮވެންބަރ ގެ ވާހަކަ ސްކޫލް ތަކުގެ ކުދިންނާ ހިއްސާ
   ނުކުރުމަކީ ހިތާމަ ކުރާ ކަމެއް.އަޅުގަނޑުގެ ދަރިންނާ އެވާހަކަ ހިއްސާ ކުރުމުން ބުނީ ކުލާސް ޓީޗަރް ތިކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާ ކަމައް.މީ ހިތާމަ ހުރިކަމެއް.ދިވެހި ތާރީހުގެ މިފަދަ މުހިންމު ވާހަކަ އަންނަން އޮތް ޖީލް ތަކައް އެގެން ޖެހޭ ކަމެއް.

 9. މާރިޔާގެވާހަކަވެސް ގޯހެއްނޫން!

  • ދަރިންގެ ދަރިންނަށް ހިސާބުން ކީއްކުރަން ދުނިޔެ އޮތްހާދުވަހަކު ދިވެހި ތާރީހް ލިޔާމީހުން އެ އަނިޔާވެރިނގެ ވަހަކަ ލިޔާނެ.

 10. އެވާހަކަ ވަރަށް ބޮޑަށް ދައްކަންޖެހޭ. އެއްފުޅަށްމަތިން ފުއްމާލި ބަކަރި އަނެއްފުޅަށް މަތިންވެސް ފުއްމާލާނެތީ. ބަޣާވާތްތަކުގެ ތާރީޚަށް ބަލާއިރު އެކަކު ނުވަތަ އެއްބަޔަކު ތަކުރާރުކޮށް އެކަންކަމުގައި ބައިވެރިވެފައިވާކަމީ އިންކާރުކުރެވެން ނެތް މިންވަރަށް ތާރީޚުން ފެންނަންހުރި ހަގީގަތެއް.

 11. ހެެހެ ކީއްވެ ނުދައްކަންވީ ދައްކާނެ ދައްކާނަން. މާރިޔާ ބިރުން އުޅޭހެން ހީވޭ. ޢަނެއްކާ މާރިއާގެ ދައްކަފާނެ ވަާހަކައެއް އޮތީތާ ދޯ..

 12. ދެއްކޭނެ. މަގޭލޯ ކުރިމަތީގަ ދެ މީހުން މަރުވެގެން ވެއްޓުނުތަން ދުށިން. ކުޑައިރުވީކަމެއް އިއްޔެވީކަމެއްހެން އަދިވެސް ހަންދާން އެބަހުރި.

 13. އާ ދެން ދައްކަންޖެހެނީ ގައްދާރު ނަޝީދުގެވާހަކަ! ގައުމަށް ގައްދާރުވެ އަމިއްލަ އެދުމަށްޓަކައި މިގައުމަށް އެހެން ގައުމަކުން އަތްގަދަކުރުމަށް ގޮވާލުމަކީ ގައްދާރުވުންނޫން ދެންކޮންކަމެއްބާ؟؟؟؟؟؟؟؟؟؟؟؟

 14. ލާދީނީ ފިކުރު

  މާރީ އަކީވެސް ބާޣީ އެއް

 15. ބަދިޖަހަނީ އަހަރުމެން ކޮނދު މަތީބާއްވާފަ ވަރައްބިރުވެރިދުވަހެއް އެއްވެސް އުއްމީދެއްނެތް ސަހަދަތް ކިޔާލަކިޔާލަ ހުރީ ކަންފަތް ހީވަނީ ފަޅާލަފަނެހެން ބިރުވެރި ދުވަހެއް

 16. މާރިޔާ ކުރެން އަހާބަލަ، މާރިޔާ ސްކޫލުން ކަނޑާލީ ކީއްވެތޯ؟

 17. ޭެުުިޮޮސަގަރަޭ

  19މީހުން މަރަާލި ހަާއިނުން ތަކަކައް އެފަދަ

  މަގާމް ތަކެއް ލިބިގެން ނުވާނެ .

 18. ތިބުނީ އޭނާއަކީ ޚާއިނެއްކަން ވެސް އަދި ތިމީހުންގެ ސަބަބުން ކުށެއްނެތް ބަޔަކު މަރުވެދިއަކަން ވެސް ހަދާންނައްތާލަންވިއްޔޭ. ާމިއީ ދުވަހަކުވެސް ހަދާންނައްތާލައިގެންވާނެ ކަންތައްތަކެއް ނޫން. ހަމަ މިވާހަކަތައް ދައްކަންވީ.

 19. ކީޢްވެތަ ނުދައްކަންވީ؟ މާރިޔާމެންނަށް ހަނދާން ނޢްތާލަން ފަސޭހަޔަސް އަހަރުންގެ ހިތުން އެދުވަހުގެ ބިރުވެރިކަން ފިލައިގެން ނުދާނެ. ޢަނެއްކާވެސް ބޮޑެތި މަގާމްތަށް ދީފަބަހައްޓާ. ނިކަމެތި ރއްޔިތުން ހާލުގަ އުޅުނަސް މިމީހުނަށް ކޮންކަމެއް.

 20. މާރިޔާ ހަނދާން ނެތަސް އަހަރުމެން ހަނދާން ނުނެތޭނެ އެ ދުވަސް. އަހަރުމެންގެ އާއިލާގެ މެންބަރެއް އޭނަގެ އެއްމެ ޒުވާން ދުވަސްވަރު ޝަހީދު ކޮށްލީ އެއްވެސް ރަހުމެއް ނެތި. އެ އއަމަލު ހިންގުމުގައި ބައިވެރިވި އެއްވެސް ހާއިނަކަށް މާފެއް ނެތް. މާރިޔާ ހުކުމް ތަންފީޒުކޮށްފަ ސަގަރު ނާސިރު ނުކުތިއްޔޭ ކިޔާއިރު އެނގޭތަ ޤައުމަށް ގައްދާރުވީމާ ދޭންޖެހޭ އަދަބު. މަރަން ޖެހޭނީ. އެމީހުން އަމިއްލަ މަސްލަހަތައްޓަކާ މުޅި ޤައުމު ޤުރުބާން ކުރީ. ދުވަހަކުވެސް މަޢާފު ނުކުރާނަން😥

 21. މާރިޔާމެންގެ ހުރި ނުބައިކަމާއެވެ. އެފަދަ ހާއިނުންނަށް އަސްލު ދޭންޖެހޭ އަދަބަކީ މަރުގެ އަދަދު. މައުމޫނު ބިރުން އެކަން ނުކުރުމަކީ އެމީހުން ސާފުވެގެން ދިއުމެއް ނޫން. މަތިވެރި ﷲ ގެ އެމީހުންނަށް ތައުބާ ލެއްވުމަކީ އެހެންކަމެއް.

 22. ޢޭ ލައްޓިއާ މަސްކޫލުން ކަނޑާލީ އެއްކަލަ ކަންތައްގަނޑުގައި ދެން ދިއައީ ބޭރަށް އެތާވެސް ހަރުލާގޮތެއްނުވި ދެން ތިވާހަކަތައް ނުދައްކާ ލަދުން ބޯހަލާކު

 23. ދައްކާނަން. ދެން ލަލަލަ

 24. ދެއްކެންވާނެ. ދައްކަންވެސް ޖެހޭނެ. އެއީ ގާތިލެއް.

 25. ބިރުވެތިވާ މީހާ

  ގަޓޭ. ކޮަންމެ މީހަކުވެސް އެމީހަ ކުރު ކުށަކަށް ތައުބާވެ އެކުށަށް ލިބެންޖެހޭ އަދަބު ލިބި އެދަބަު ތަންފީޒު ކޮށް އަލުން އެފަދަ ކުށަކަށް އެބުރި ނުދިޔައިމާ އެމީހާ އެހުރީ ކުށެއްނެތް ސާފު މީހެއްގެ ގޮތުގާ. ﷲ އެކަން އޮގަތަށް ވަނީ އަންގަވާފަ. ގަޓޭ ގެ ބޮލުގަ ތި ގެންގުޅޭ ހަސަދަވެރިކަމުގެ ނުބައި ވިސްނުން އެއްފަރާތްކޮށްބަލަ، އަދި މިވޭތުވެ ދިޔަ ދުވަސްތަކުގަ ކޮރަޕްޝަންފަދަ ޙަރާމްކުރެއްވިގެންވީ ނުބައި ފާފަޔަކަށް އަރައިގަނެވިފައިވާނަމަ އަވަހަށް ކުށަށް ތައުބާވެ އަސްތަޣުފާރުކޮށް ޢަމަލުތަށް ޞާލިޙުކުރޭ. ﷲ ދުނިޔޭގައިމިވާ ބިލިޔަން ބިލިޔަން މީހުންގެ ކުށްފާފަ ތަކުގެތައުބާ ޤަބޫލު ކުރައްވާނެ ކަމަށްް އަންގަވާފަ ވާއިރު އަހަރެމެން ކީއްވެގެންތަ މިއުޅޭނީ އެކަން ޤަބޫލު ނުކުރަން. އަދި އެނޫނަސް ގަޓޭ ޔާ މަށާ މީ ކާކު މީހުންގެ ކުށުގެ ވާހަކަ ދައްކަން. އަހަރެމެންވެސް އަވަހަށް ތައުބާވެ ޢަމަލުތަށް ޞާލިޙުކުރަމާ ހިނގާ.

 26. ސަޓޯ ތުރާކުނު

  ނާޝީދު އައްވެސް އިބުރޭއަށްވެސް ބުނެލަން އޮތީ ނިކަން ކެރެންޔާ ދީބަލަ !!!.... އިންޝާﷲ އަނެއްކާވެސް ވައްޓާލާނަން...

 27. ދިވެހި މުސްލިމު ޖީލުތަކަށް މި ވާހަކަތަކަކީ އަބަދުވެސް ކިޔާދީ ހަނދާން އައުކޮށް ދޭން ޖެހޭކަމެއް. ދިވެހި އުއްމަތަށް ޣައްދާރު މުނާފިޤުން އެދެނީ އެމީހުނާއި އެމީހުންގެ އަޢުވާނުންގެ ވާހަކަތައް ނުދެއްކުމަށް. އެކަމަކު ﷲ އިރާދަކުރެއްވިއްޔާ އެފަދަ އެންމެން ނިކަން ހުތުރު ބޭޒާރުން ބޭޒާރު ވަމުންދާނެ އަދި ނިކަން ނިކަމެތި މާޔޫސް ދިރިއުޅުމެއް އުޅެމުންދާނެ. މި ދުނިޔެ ނިމި ދިޔައަސް ﷲ ގެ ދަރުބާރުގައި އެންމެހާ ބޭއިންޞާފެއް ބެލޭނެ އަދި ޙައްޤު ޢުޤޫބާތް ދެވޭނެ. ދުޢާކުރަން އެކަމުގެ މުގުލުގައި ތިބި މީހުންނަށް މަރުގެ އަދަބު ދުނިޔޭގައިވެސް ލިބުމަށް. މުނާފިޤު ދޫތަކުން ކިތަންމެ ވާހަކައެއް ދެއްކިޔަސް ތަންދޮރު ދަންނަ މީހުން ﷲގެ ރަޙުމަތުން މި ރާއްޖޭގައި އަދި އެބަތިބި. ތިޔަ ދޫތަކަށް ބޭނުން ވާހަކައެއް އަދު އެ ދެއްކެނީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތިފަދަ ބަނދިވަރުތައް ދަމާ ދޫތައް ރީތިވެގެން އުޅޭތީ. އަދި ދީނަށް މަލާމާތްކޮށް ފުރައްސާރަކުރާ ޝައިޠާނުން އެއީ ބަޠަލުންކަމަށް ހަދާ ރަސްމީ ޢިއްޒަތްދީ ހަދާތީ. އަދު ތިބައިގައި ޢަދަދު ގިނަވެދާނެ ނަމަވެސް މާދަމާ އަންނާނެ...އެންމެ ހެޔޮ ނިމުން ވަނީ ތަޤުވާގެ އަހުލުވެރިންނަށް އަދި ﷲއަށް ވަކީލުކުރަން. ދީނުގެ އަދި މުސްލިމުންގެ ދިފާޢުގައި ޖިހާދުކުޅަ މީހުންގެ ޤުރުބާނީއަށް ޙަރާމްކޯރުވާ ބައެއްކަމުގައި އަޅަމެން ނުލަންވާންދޭވެ!

 28. ރަނގަޅު ރަނގަޅު ރަނގަޅު! ތިޔަކަމަކާ އަހަރުން ހައިރާނެއްނުވަން. އަދި ލުޠުފީވެސް ހުދުކާފޫރަށްވާނެ. އެހެންވީމާ އިންސާފުހޯދަން އުޅޭމީހުންނަށް އެނގޭބާ ޝަހީދުވި 19 ދިވެހިންގެ ޙައްޤުއޮތްކަން. އެމީހުން އިންސާފު ލިބެންޖެހޭނެކަން.؟!

 29. ޢެހެންވިއްޔާ ޕޯޗްގީޒުންގެ ވާހަކަވެސް ދައްކާނެ ކަމެއްނެތްތާ ތާރީޚްގަ ހިގާފަ ހުރި ކަންތައްތަކުގެ ވާހަކަ ދައްކާނެ މާރިޔާ ކިތައްމެ ހަމްދަރުދީއެއްވިޔަސް

 30. ޢިބޫގެ ބަފާބެ އެއީ މިކަމުގެ އެންމެބޮޑު މީހާ..ސަގަރުނާސިރުގެ ވާހަކަ އެކަންޏެއް ނޫން ދައްކަން ވީ

 31. ޙަސަނާއްކަލޯގެ ހުސޭން

  އާނއެކޭ! ޢާނއެކޭ! މަރިޔާ އެހެން ބުނާނެތާއޭ. ވެލާނާގެއިން ކެނެރީގޭ މުހައްމަދު ނަޝީދު އޭ ކިޔުނު ފިރިހެނަކު ވައަކަން ކުރިކަމަށް ބުނެ ޝަރުޢީ ކޯޓެއްގައި ދައުވާކޮށް އެ ސާބިތުކޮށް ދިނީ މާރިޔާ ވިއްޔާއޭ! ދެންފަހެ އެ ހުކުމް ކުރެވި ކެނެރީގޭ ނަޝީދެވެ ކިޔުނު ޒުވާނާގެ މައްޗަށް މިހުކުމް ތަންފީޒް ކުރެވިޔަ ދިޔަތާ މާފަހުންނޭ މި އެގުނީ ހިތާހިތުގެ ގުޅުމެއް މިދެމެދުގައި ވާކަން. މިއަދު ވެރިކަމުގެ ދަހިވެތިކަމުގައި ރައީސް ޔާމީނަށް އެއްވެސް ސާބިތެއް ނެތްކަމަކު ވަގަށް ގޮވަމުން މާރިޔާމެން ދާއިރު ނަޝީދަށް ވަގަން ނުގޮވަން އޮތް ގޮތަކީ މާޒީވެއްޖެ ކަންތަކުގެ ވާހަކަ ނުދެއްކުންތާއޭ. اًه

 32. ޑަކައިތު ގަނޑާ، ފާޑުފާޑުގެ ވާހަކަ ނުދައްކާ ހުރޭ! ތީ މައުމޫނާ ގުޅުންހުރި ކަމެއް ނޫން. މުޅި ދިވެހި އުއްމަތުގެ މަސްލަހަތު ހިމެނޭ ކަމެއް.އެތަށް ދިވެހި ދަރިންގެ ލޭ އޮހޮރުވާލި ހާދިޘާއެއް. ތި އިފުރީތުގެ ބައިވރެިންގެ ޟާމިލުވުން ހިމެނޭ ހާދިޘާއެއްވެސްމެ.

 33. މާރިޔާ ވިއަސް އެބުނީރަނގަޅުވާހަކަެއް

 34. މައުމޫން، މާރިޔާ، އަންނި، އަދި އިބޫ މެން ތިމީހުނަށް މާފު ކުރިޔަސް އެ 19 ޝަޙީދުންގެ އާއިލާ ތަކުން އެ މީހުނަށް މާފު ކުރެވޭނެ ގޮތެއް ބުނެދީ ބަލާށެވެ. ދަރިން ޔަތީމުވެ އަނބިން ހުވަފަތް ވެގެން ދިއުމުން އެ މީހުން ރުއި ރުއިމާ ވީ ނިކަމެތިކަން މިއަދުވެސް އެ ހިތްތަކުގައި ދެންމެ ވީ ކަމެއްހެން ހަނދާހުންނާނެކަން ދަންނަންޖެހެއެވެ. އެހެން ކަމުން ޝަހީދުންގެ އާއިލާ ތަކަށް ތިފަދަ ގޮތަކަށް މަލާމާތް ކުރަން ހެޔޮނުވާނެއެވެ.

 35. 2018 ނޮވެމްބަރ 17 ވަނަދުވަހު އިބޫގެ ފަރާތުން ރައިސްކަމުގެ ހުވާވެސް ކުރައްވާނީ މާރިޔާތަ؟

 36. އާއެކޭ ކޮންމެ އިންސާމަކަށް ވެސް ކުށް ކުރެވޭނެއޭ.. ބޮޑެތި ކުށާއި ކުދި ކުށެވެ.. އެކަމަށް ހައްޤު އަދަބު ލިބި ހުކުމް ތަންފީޒު ކުރެވުނީމާ އެވާހަކަ ދައްކާނެކަމެއް ނެތޭ.. ތައުބާވެ އިސްލާހުވުމަށޭ ދީންވެސް ބާރުއަޅަނީ.. އެއީއޭ އިސްލާމީ ގޮތަކީ.. އެއްގަނޑުން ދީން ނަގަނީ ކީއްވެތޯއޭ

 37. ދައްކާނަން ދުނިޔޭގަ ހުރިހާ ދުވަހަކު ދައްކާނަން ދިވެއްސަކަށް ވީތީވެސް ދައްކާނަން... އެދުވަހުގެ ބިރުވެރިކަން ލޮލުން ދެކިފަ ހުރިމީހަކަށް ވުމުން ވެސް ދައްކާނަން...މިދިވެހި ބިމަށް އެއްވެސް ކުށެއްނެތް ދިވެހި ދަރިންގެ ލޭ އެއްވެސް ރަހުމެއް ނެތި ވެރިކަމުގެ ބޭނުމުގަ އޮހަރާލި މީހުންގެ ވާހަކަ ދައްކާނަން ނުވެސް ހުއްޓުވޭނެ...

 38. ދައްކާނަން ދުނިޔޭގަ ހުރިހާ ދުވަހަކު ދައްކާނަން ދިވެއްސަކަށް ވީތީވެސް ދައްކާނަން... އެދުވަހުގެ ބިރުވެރިކަން ލޮލުން ދެކިފަ ހުރިމީހަކަށް ވުމުން ވެސް ދައްކާނަން...މިދިވެހި ބިމަށް އެއްވެސް ކުށެއްނެތް ދިވެހި ދަރިންގެ ލޭ އެއްވެސް ރަހުމެއް ނެތި ވެރިކަމުގެ ބޭނުމުގަ އޮހަރާލި މީހުންގެ ވާހަކަ ދައްކާނަން ނުވެސް ހުއްޓުވޭނެ.

 39. މަވެސް ދެކޭ ގޮތުގައި މީހަކުގެ ހުކުމް ތަންފީޒުކޮށް ނިމުނީމާ ދެން އެމީހެއްގެ ވާހަަކަ ދައްކައިގެން ނުވާނެ. އަމުދުން މިހާރު ކޯޓުގެ ހުކުމްތައް ނެރެމުންދާ ގޮތަށް ބަލާއިރު އޭރު ތަހުގީގާއި ހުކުމްތައް ކޮށްފައިވަނީވެސް އަދުލުވެރިކޮށްކަމަށް މަށެއް ގަބޫލެއް ނުކުރަން.

 40. ކޮންމެ ކުށަކަށްވެސް އަދަބުތަކެއް ކަނޑއްެޅިފައިވާނެ. އެމީހެއްގެ މައްޗަށް އކުއް ސާބިތުވެ އަދަބު ކަނޑައަޅާ ޙުކުމް ތަންފީޒުކޮށް ނިމުނީމަ އެމީހަކު އެކަހެރިކޮށް އެމީހެއްގެ ހައްގުތަކެއް ނިގުޅައިގަތުމަކީ ސަގަރު ނާސިރުވިޔަސް ރައީސް ޔާމީންވިޔަސް އިންސާފެއް ނޫން...

  • ބުރޯއެވެ. ވައްކަންކުރުމާ، ފޭރުމާ އަދި ކިޔާނެކަމެއްނެތް... މަސްތުވާތަކެތި އެތެރެކޮށް ވިއަކުންވެސް 19 މީހުންމެރުމަށް ވުރެން ކޫލް...... ހަޖަމް.... ނޯހަޖަމް؟؟
   ކަލޯގެދަރިންނާ މައިންބަފައިން މަރާފަހުރި މީހަކާ ދިމާވީވަ ކަލޯތިބުނާ ލެވަލް މުވަތަ ފެންވަރު ކަލޯއަށް އެނގޭނެ. ޗައުޅެނީ މާބޮޑަށް ފޭކްވެގެން....އަނެއްކާ ޗަވެސްބާގީއެއްތޯ؟؟؟

 41. ޖަޒީރާ އަޙްމަދު

  ދައްކާނަން އެއީހަމަ ބާޣީން.......،... ލުލް

 42. މިހެން ވާތީ، އެފަދަ ހާއިނުން މަރަންވީ. މަރަށް މަރު ހިފަން ޖެހެނީ. ލަނޑަޔާ ވާނީ ލަނޑާ ދޯ.

 43. ޤައުމުގެ ޙައްޤުގަ ޖިހާދުކޮށް މިނިވަންކަމަށްޓަކައި ފުރާނަ ދޫކޮށްލި އަބްޠާލުންގެ ހަނދާން އައުކޮށް އެކަމްކަމުން ޢިބްރަޓް ލިބިގަތުމަށް އެކިއެކި ޙަފްލާ ބާއްވާ ހަދަނީ . ޤައުމީ ލޯބި އާލާކޮށް ކުދިންގެ ހިތްތަކުގަ ދީނާޤައުމަށް ވަފާތެރި ވުމަށް ނަސޭހަތް ދިނުމަކީ އެކަން އާލާވާނެކަމެއް. އެހެންވީމާ ޤައުމަށް ޣައްދާރުވި މީހުންގެ ވާހަކަ ދައްކާ އެމީހުންކުރި ގޯސް ކަންކަމުގެ ވާހަކަ ދައްކަންޖެހޭނެ. އަދަބުލިބުނޭ ކިޔާފަ އެމީހުންގެ ވާހަކަ ނުދައްކާ ތިބެގެން ނުވާނެ. މި ވާގޮތަކީ މިބޭފުޅާއަކީވެސް ކަމެއްގަ ބެދި ށަރީޢަތުން ޙުކުމންކޮށްފަހުރި ބޭފުޅެއް އަނެއްކާ 3 ނޮވެމްބަރގެ ޢުދުވާނުގަ ބައިވެރިވި ބޭފުޅެއް "ބަފާކަލޭގެ" އަކީ އެހެންވީމާ އެވާހަކަ ނުދެއްކުންތާ މޮޅުވާނީ. އެހެންނޫނަށް 3 ނޮވެމްބަރ ދެން ނާންނާނެ މި ޤައުމަކަށް މިމީހުންގެ ވެރިކަމެއްގަ. ސިފައިންނަށް ކުރާނީ މަލާމާތް އަދި ފުރައްސާރަ.

 44. ބާއީ އުމަރު ޖަމާލަކީ މާރިޔާ ގެ ތިމާގެ ބައެއް... މާރިޔާގެ ކޮއްކޮ އެއްގެ ފިރިކަލުން!

 45. ލުތުފީ މެން އުމަރު ޖަމާލުމެން ނަސީދު މެން މީ ހުސް ގާތްމީހުން މާ ކުރިން ވެސް...ކެރަފާ އާއިލާ އާ މީ ފެށުނީސުރެން މާރިޔާމެނގެ އާއިލާ އާ ގާތް ބައެއް

 46. ޤަބީލާ އާދަމް

  މަރައިލި 19 ދިވެހިންގެވާހަކަ ދެއްކޭނެ ! ކޮސް ނުގޮވާ ދައިތަގަނޑާ! އަދަބު ލިބި މިނިވަންވުމަކީ މީހާ ހިންގި ޖަރީމާ ފަސްއަޅާ ފޮރުވޭނޭކަމެއްނޫނ!

 47. ޚާއިނުން ގެ ލިސްޓެއް އޮންނަކަން އެގިވަޑައި ނުގަނަްނަވާ ކަމަށާ ޚާެއިނުން އެގޭނީ ކޯޓްތަކުގެ ޙުކުމުން ކަމަށް މާރިޔާ ވިދާޅުވޭ. 3 ނޮވެމްބަރ 88 ގެ ޢުދުވާނީ ޙަމަލާގެ ބައިވެރިންނަށް ހައިކޯޓްން ޙުކުމް ކޮށްފައިވޭ. ކުލީސިފައިން ގެނެސްގެން ރާއްޖޭގައި އޮތް ސަރުކާރު ވައްޓާލާން އުޅުނު މީހުންނަށް 1981 ގައި ހައިކޯޓްން ޙުކުމްކޮށްފައިވޭ. މާރިޔާ އެ ލިސްޓް ލިޔެލަން ފެނޭ.
  ސަރަގު ނާޞިރަށް އަދަބު ލިބި ނިމިފައި ވާތީ ދިވެހިން އޭނާއަށް މަޢާފް ކުރަން ޖެހޭކަމަށް މާރިޔާ ވިދާޅުވާއިރު އެވާހަކަތަޢް ނުދައްކާ ޤަވްމު އޮންނާނެތޯ.. ނާޞިރު ޓީ.ވީ އަށް އަރާ ރަޢިއްޔަތުން ކިބައިން މަޢާފަށް އެދެން ގޮވާލިނަމަ މާތާހިރުވީިސް.

 48. ބާޢީއެއް ވާނީ ބާޢީއަކަށް. ހުސް ބާޢީން . ޤައުމު ހިންގަން ދެން އަންނަނީވެސް ބާޢީންގެ ބައިގަނޑެއް. ކިތައްމެ ދުވަހެއް ވިއަސް ބާޢީން ވާނީ ބާޢީންނަށް. މާރިޔާ......

 49. މާރިޔާ އަކީ ހާދަ ނާ ތަހްޒީބު މީހެއް! އެ މީހުންގެ ވާހަކަ ނުދައްކަންވީ ކީއްވެ! އެ މީހުންނަކީ ރާއްޖޭގެ އެތައް ރައްޔިތުންނެއް މަރާފަ ތިބި ބައެއް! އެ އާއިލާތަކުގެ މީހުން އެމީހުން ފެނުނަސް ރުޅި އަންނާނެ! މާރިޔާ ތީ ކާކު! ދޭ ބަލަ ކަނޑިކި ގަނޑު ލައިންގެން ބީޗަށް މާރިޔާ

 50. ނޮވެމްބަރ 3 1988 ވަނަ ދުވަހަކީ އެއްވެސްގޮތަކުން ހަނދާނުންފޮހެވޭނެ ދުވަހެއްނޫނެވެ. މިހާރު އުމުރުން 40 އަހަރުން ދަށުގެ މީހުންނަކަށް އެކަމެއް ރަނގަޅަކަށް ނޭނގޭނެއެވެ. އަދި މިކަން އެވެރިންނަށް އޮޅުވާލުމަށް މިކަމުގައި ބައިވެރިވި މީހުން މަސައްކަތް ކުރަނީއެވެ. އެމީހުން ބޭނުންވަނީ މިއީ މާބޮޑުކަމަކަށް ނުހެދުމަށެވެ. ނަމަވެސް 19 ދިވެހިން ހައްގުން ކަމަކާނުލައި ޝަހީދުކޮށް ޤައުމަށް އެތައް ގެއްލުންތަކެއްދީ ނަފުސާނީ ބިރުވެރިކަމެއްގައި ދިވެހިން ބޭތިއްބި ބަޔަކަށް މަޢާފުކުރެވޭނީ ކިހިނަކުންހެއްވެ؟ އަދި އެމީހުން އެޢާއިލާތަކުގެ ކިބައިން މަޢާފަށް އެދި އެޢާއިލާތަކުން މަޢާފުދިނީކީވެސް ނޫނިއްޔާއެވެ. އަދިވެސް އެބާޣިން އެމީހުންގެ މައްސަލައެއް ނެތްކަމަށް ދައްކަން އުޅޭހެން ހީވެއެވެ.

 51. ނޮވެންބަރު 3 ތަކުރާރުވާތަން ދެކެން 01 ނޮވެންބަރު ރީނދޫ ޓީޝާޓު ލައިގެން ތިބި ގައުމަށް ގައްދާރުވި މީހުން ދެކެން ތިބޭތި. ކޮންފަދަ ނުބައި ނުލަފާ ރޭވުމެއްތަމީ.
  19 މީހުން މަރަާލި ހަާއިނުން ތަކަކައް މި ގައުމުގާ މިނިވަންކޮށް އުޅެން ލިބުމަކީ އަހަރެމެންގެ ބިރު ކުޑަކަން.

 52. ސަގަރު ނާސިރާއި ލުތުފީގެ ވާހަކަ ދިވެހިން އަބަދުވެސް ދައްކާނޭ، އެއީ އެތަށް އައިލާ އަކަށް ބިރުވެތި ކަން އިޙްސާސް ކުރުވި ބައެއް އަދި އެމީހުންނަކީ ސީދާ ދިވެހިން މަރާފައިވާ ބައެއް އެމީހުންނަށް އެއްވެސް މާފެއް ނޯންނާނޭ މާރިޔާ ދީދީ ، އެމީހުންނަށް މަރަށް މަރުހިފި ދުވަހަކުން ދިވެހިން ހިންހަމަޖެހޭނީ،،، ތިޔަހެން އުޅޭ މީހުންނާ ހުރެ މިޤަޢުމު ހަލާކުވަނީ............

 53. ނޮވެންބަރު 3ގެކަންތައްގަޑުގަ އެންމެފަހުވަގުތު ފިލަންވެގެންދިޔަ ބޯޓުގަ ހޮސްޓޭޖަކަށް ގެންދެވުނެ އިސްލާމީމަރުކަޒުގެ މުދިންބެގެ ގަޔަށް 12 ތަނަކަށް ވަޒަންއަރާފަހުރި. އެވަގުތު އެބޯޓުގަތިބީ ކޮންދިވެހިންނެއްކަން އިގެނީ ކޮނަބޭފުޅަކަށްތޯ؟ އަޅުގަނޑު ބޭނުންވޭ އިގެން.... އެއީ އެމުދިންބެއާ ޒާތީގޮތުން ޖައްސާލީމަ ނޫނީ 12ފަހަރު ބަޑިނުޖެހީސް. އަދިއެއީ އިސްލާމްދީންދެކެވި ހަސަދާގެ ރޯޅިގަނޑެއްކަން ކަށަވަރު.
  އަދިބުނެލަން...... މިހާރު ނަޝީދުގެ އާއި ހުދުޖަންގިޔާމެންގެ ހުކުމްތައް އަލުންބަލަން ބޭނުންނަމަ.... ލުތުފީމެންގެ ޖަރީމާވެސް އަލުންބެލެންޖެހޭނެ. އެއީ އެމީހުން މިހެން މިނިވަންކަމާއެކު އުޅެވެން އަހަރުމެން ނޭދޭތީވެ. މާރިޔާގެ އަމާ ނޫނީ ބަފާ ޝަހީދުކޮއްލިނަމަ ޗަހެން ފކފކ ނުކީސްކަންވެސް ހަމަ ކަށަވަރު... ސެލްފިޝް ބާގީސް......................

 54. ދެން ގިނަ ވާހަކަ ދައްކާނެ ކަމެއްނެތް. ގިނަ ދިވެހިންނަކީ ތިގޮތް ކަމުދާ މީހުންކަން ދައްކައިދީފި. ސޭކުންތައްވެސް ލޯކަނުވެފަ އެތިބީ. ދެން ލަލަލާޔޯ. ބޭނުން މީހަކަށޯ މަޤާމުތައްދޭނީ. މިތާ މިހުރި ކޮމެންޓްތައްވެސް ކިޔާލަބަލަ. ދިވެހިންގެ ރަހުމުކުޑަކަން އިނގޭނެ އޭރުން.

 55. ސަގަރު ނާސިރު ކުރި ކަމަކުން ދެން އޭނާގެ އާއިލާ އަށް ކޮން ކަމެއް؟

 56. ޏނާސިރާ އައްނިއާ ކޮބާތަފާތެއް ތީ އެއްފޮތަކުން ކިޔަވައިގެން ތިބި ބަެއް

 57. ސަގަރު ނާސިރު 10 ފަހަރު ޠަހޫރު ވެލިލައިގެން ދޮވުނަކަސް 3 ނޮވެމްބަރެއް ގެަސް އޭނާ ނުކުރާކަމަކަށް އެކަން ނުވާނ. އޭރުވެސް އެކަން ކަމުގެ މުގުލުގައި ތިބީ ކެރަފާ މީހުން. އަދި އަދަށް ދާންދެންވެސް މިރާއްޖޭގެ ކޮންމެ ވެރިކަމަކާ ދިމާކޮގެން ހުންނަނަީ އެޢާއިލާ މީހެއް. ދެން ހަމަ ސަގަރު ނާޞިރަކީ ހަމަ މަޢުސޫމު މީހަކަށް ނޫނީ އައްނިއާ އޭނާގެ އައްވާނުންނަށްނުވާނެ