ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ގައުމާއި މުހާތަބު ކުރައްވަނީ -ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގައުމާއި މުހާތަބު ކުރައްވަނީ -ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، އަސްކަރީ ހޮސްޕިޓަލް ސެނަހިޔާ އަށް ވަދެވަޑައިގެންފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެމަނިކުފާނު ސެނަހިޔާ އަށް ވަދެވަޑައިގެންފައިވަނީ ދާދި ދެންމެއަކުއެވެ. އަދި ރައީސް ޔާމީން ހޮސްޕިޓަލަށް ވެންނެވި މަންޒަރު އެސަރަޙައްދުގައި ހުރި "ވަގުތު" ގެ ނޫސްވެރިއަކަށް ފެނިފައިވެއެވެ. އެސަރަޙައްދުގައި ހުރި ނޫސްވެރިޔާ މައުލޫމާތު ދެއްވާ ގޮތުގައި ރައީސް ޔާމީން ސެނަހިޔާ އަށް ވަދެވަޑައިގެންފައިވަނީ ހިންގަވާފައެވެ.

މީގެއިތުރުން، މިއަދު މެންދުރުގެ ވަގުތެއްގައިވެސް ރައީސް ޔާމީން ސެނަހިޔާ އަށް ވަޑައިގެންނެވިކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިއްޔެއިން ފެށިގެން، ރައީސް ޔާމީން އާލާސްކަންފުޅާ އުޅުއްވާ ޚަބަރުވަނީ މީސް މީޑިޔާގައި ފެތުރިފައެވެ. އަދި، ސެނަހިޔާގެ ބޭރުގައި ރައީސްގެ މޮޓޮކޭޑުގައި ހިމެނޭ ބައެއް އުޅަނދުތައް ޕާކުކޮށްފައި ހުރި މަންޒަރު ފެންނަ ފޮޓޯތައްވެސް މީސް މީޑިޔާގައި ދައުރުވެފައިވެއެވެ. ހަމައެހެންމެ، ނައިބު ރައީސް އަބްދުﷲ ޖިހާދު، ސެނަހިޔާ އަށް ވަދެވަޑައިގެންނެވި މަންޒަރު ފެނުނުކަމަށްވެސް ބައެއް ފަރާތްތަކުން މީސް މީޑިޔާގައި ބުނެފައިވެއެވެ.

އެހެންނަމަވެސް، ރޭ "ވަގުތަށް" މައުލޫމާތު ދެއްވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ރައީސް ޔާމީން ހުންނެވީ ހެޔޮ ހާލުކޮޅުގައިކަމަށެވެ.

ރައީސް ޔާމީން ވެރިކަމުގައި ހުންނަވާނީ މި ހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

63 ކޮމެންޓް

  1. ޔާމިނު ވެއްޖިއްޔާ ޑޮކުޓަރައް ވެސް ގޮސްގެން ނުވޭތަ

  2. ރާއްޖެއިން ބޭރަށްދާނެ މަގެއް ތިޔަކޮށަނީ

    • ޜައީސް ޔާމީން ވެއްޖެ އާ ބޭރަކައްވެސް ނުދެވޭތަ. ބަލަ ގަމާރު ނުވެބަަލަ ރައީސް އައް ނުދާން ކާކް އަންގާފަ އޮތީ ބޭރައް. ޜައީސް ބޭނުން ވަންޏާ މިހާރުވެސް ދެވޭނެ ގައުމުން ބޭރައް. މި ރައީސް އަކީ މަކަރުހަދައިގެން ފިއްލަވާނެ ރައީސް އެއް ނޫން.

      ޢަންނި މަަކަރު ހަދައިގެން ފިލީމަ ހީވަނީދޯ މިރައީސްވެސް ފިލާނެ އެ ދޯ. ދެން ރައީސް ޔާމީނަކީވެސް އިންސާނެއް ބަލިވާނެ ބަލިވީމަ ޑޮކްޓަރައްވެސް ދައްކާނެ ދޯ. މޮޔަ މޑޕ ކުދިން ވާ އުޅޭ

    • ފުރާނަ ގެންދަވާތީ ކާކުބާ ފުރާގެން ދިޔައީ

    • ކޮން ތާކު. ކަލޭމެންގެ ރޫޙާނީ ފިނޑިއެއް ނޫނޭ އެއީ.

    • ބަލަ އެހެންމީހުންވެސް ހަމަ ދާންވީމަ މަގުކޮށައިގެން ދިޔައީނު؟ އަނެއްކާ އަންނަންވީމާ ހަމަ މަގުކޮށައިގެން އައީނު؟

  3. ޙީހީހީ ހަލާކު...

  4. ބަޔަކަަށް ހަޖަމް ވިޔަސް ނުވިޔަސް ރައީސް ޔާމީން އަދި ހުންނެވީ ރާއްޖޭގެ ރައީސުލް ހުމްހޫރިއްޔާގެ މަގާމުގައި. އެމަނިކުފާނުގެ މައްޗަށް ޝަރުއީ ކޯޓަކުން އަދި ހުކުމެއް އިއްވާފައެއް ނުވޭ. އެއީ ގައިދީއެއްވެސް ނޫން. ބޭނުން އިރަކު ރާއްޖެއިން ބޭރަށް ފުރައިގެން ވަޑައިގެންނެވުމުގެ އިހުތިޔާރު އެބައޮތް. ބޮޑެތި ހުކުމްތައްކޮށްފައި ތިބި ބޮޑެތި ގައިދީން ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅުނު ރައީސް ޔާމީނަށް ނުދެވެންވީ ކީތް ވެގެންބާ؟؟؟؟

  5. ޔާމީން ވެސް ބަލިވާނެދޯ އެވެސް އިންސާނެއްވިއްޔާ ވަގުތުމީހުން ތިތެޅެނި ކިހިނެއް ވެގެންތަ 😠😠😠

  6. އެއުޅެނީ މަކަރު ހަދައިގެން ބޭސް ފަރުވާއަށް ފުރައި ފިލަން. މާލެއިން ބޭސްކުރެވެންވާނެ!! ހިންގި ޖަރީމާތަކަށް ޖަވާބުދާރީވާންޖެހޭނެ. ކޮބާ އެއްކަލަ ގަޓުތައް. ތިވަނީ ބަހަބަހަ ލައްވާ ޗިކަން ރައީސް އަކަށް.

  7. ބަލަ ހޭބަލިވީތަ؟ ރައީސްޔާމީން އަށް ރާއްޖޭން ބޭރަށް ވެސްއެތެރެއަށް ވަޑައިގެންނެވޭނެ. ބޭނުންވެއްޖެނަމަ ކިހިލިފަތި ދަށައްލައިގެން ވިއަސް ގެންދާނަން. ޙެހެހް

  8. ރައީސު ޔާމީނަކީވެސް އިންސާނެކެވެ، އެހެން އިންސާނުން ފަދައިން އެމަނިމުފާނުވެސް ބައްޔެއްޖެހިދާނެކަމަށާއި ބައްޔެއްވެއްޖެއްޔާ ޑޮކްޓަރަށްވެސް ދާންޖެހޭނެކަމާއި ބޭސްފަރުވާވެސް ކުރަންޖެހޭނެކަމަށް ގަބޫލުކުރެވެން ޖެހޭނެ ދޮތެ؟؟.

  9. ދާން ބޭނުމިއްޔާ ދާނެ

  10. ޔާމީނުވެއްޖިޢްޔާރާއްޖެއިންބޭރަޢްވެސްގޮސްގެންނުވަނީދޯ

  11. ޢިއްޔެ ރެޔާ މިއަދު ހެނދުނުވެސް ޔާމީން ސެނަހިޔާއިން ފިޒިއޯ ހެއްދި ކޮންމެފަހަރަކު ގަޑިއެއްހާއިރު ފިޒިއޯ ހަދާ ހިނގާފަ ދިޔަގޮތުން އުނދަގުލެއް ވެގެން އުޅޭކަން ފާހަގައެއް ނުކުރެވޭ

  12. .ރައީސް ޔާމީނު ވިއްޔާ ބަލި ވުމަކީވެސް ބޭސްފަރުވާ ކުރުމަކީ ވެސް އެބޭފުޅާއަށް ކުރުން ހުއްދަ ކަމަކަށް ނުވަނީތޯ.

  13. ޔާމީންގެ ދިފާއުގައި ނިކުންނާނަން..

  14. ބިރުވެތިވާ މީހާ

    ޔާމީނު ގެންގޮސް އަވަހަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާކޮށް ރަގަޅު ކުރޭ. އަވަސް ކުރެ. ރާއްޖޭގަ ތިބި ހުރިހާ މޮޅު ޑޮކްޓަރުން ލައްވާ ބޭސް ފަރުވާ ކުރޭ. އަދީބު ހުރިތަނަށް އެސްރޭމެޝިން ފޮނުވި ގޮތަށް ޔާމީނު ހުރިތަނަށް ރާއްޖޭން ބޭރުގެ މޮޅުޑޮކްޓަރުންވެސް ގެނޭ. ގެނެސް ބޭސްކޮށްގެން ރަގަޅުކުރޭ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރައްޔިތުންގެ ކޯޓް އެބަ ބާއްވަން. އެއީ ދިވެހި ހަވަރު ކިޔާ ކޯޓެއް. އެ ކޯޓުން ޔާމީނާ އޭނަޔަ އެކީ ކޮރަޕްޝަންގަ ބައިވެރިވި ހުރިޙާ އެންމެން ގްރޭޓަރ މާލޭގެ ހަ އަވަށުގަ ގަންހިންގުވާނަން. ހަަމަ އެންމެ ފުރިހަމަ މާނާގައި ގަންހިންގުވާނަން. އަދަބުވެސް ދޭނީ ހަވަރު.

  15. ސީތަލަ ހަންނާނު

    13 ދުވަސް ބާކީ، ގޭމެއްޖައްސާފަ ފިލަން،

  16. ހާދވަރަކަށް ރައީސް ޔާމީން އާ ޖައްސާލައިގެން މިއުޅެނީ މިބައިގަނޑު ރައީސް އާ ބެހެން ނުހަދައްޗޭ

  17. ކުޑަކޮށް ރޯގާކޮޅެއް ޖެހިލާއިރައްވެސް އިދިކޮޅޭމެން އެގުޅުވާމީ ކޮންމެވެސް ސިޔާސީ ކަމަކާއި ގުޅުވައިގެން. ކޮންމެ އިންސާނަކުވެސް ބަލިވާނެ. ބަލިވާނީ ކޮންއިރަކު ކަމެއް ނޭންގޭނެ.

  18. ކޮން ބޭހެއް ކުރާކަށް ޖަލުގަ ބާއްވަންވީ

  19. ފިލިޔަނުދޭތި.

  20. މަކަރުހަދާނެ ކަމެއްނެތް ފިލައިގެން ނުބެޗޭނެ. ދައުލަތުން ވަގަށްނަގާފައިވާ ފައިސާ ދިނީމަ ދެވޭނީ.

  21. ޙާލުގެ ދުލުން

    މޮޔަކުދިންނޭ ރައީސް ޔާމީނަކީ ފިނޑިއެއްނޫން އެއީ ހިތްވަރުގަދަ ބަޠަލެއް. އަވަސް ޝިފާއަކަށް އެދެން

  22. ޔާމީނޫ އަފްރާޝީމް އާއި ނޫސް ވެރިޔާ އަދި އޭނާގެ އެކުވެރިޔާ އަށް ވީގޮް ކިޔައިދޭނެ ވަގުތު ޖެހެނީ ކަމަށް ތިޔަ ވާނީ

  23. ތިބައިގަނޑާ ކޮންބެހޭކަމެއް ރައީސް ޔާމިނަކީ ގަޓްހުރި ރައީސެއް އެހެންމީހުންދަމާ ގުއިރޯނަކު އެމަނިކުފާނެއް ނުޖެހޭނެ ދެންތިބެ އުނޑޮލިކަހާލަން

  24. ޔާމީނުގެ ވާހަކަ ދިވެހިން އިތުރަށް ދައްކާނެ ޖާގައެއް ނެތް

  25. އަޅުގަނޑަކަށްނުފެނެ ރައިސްޔާމީނު ޖަވާބުދާރީވާންޖެހޭ ބައިވަރު މައްސަލަ އެބަހުރި އޭގެތެތޭގައި
    1. 2012 ވަނަ އަހަރު ރާހްޖޭގައި ޖެހި ބޮޑުހުޅު
    2. ރައިސްޔާމީނު ދަތުރު ކިރެއްވި ލާންޗްކޮޅު ކޮއްވާލި މައްސަލަ
    3. ޢަންނިގެ ވެރިކަމުގައި މިނިސްޓަރުން ދައުލަތަށްވީ ޙިޔާނާތުގެ މައްސަލަ
    4. ސާކް ސަމިޓަށް އައްޑޫގައި ބުދު ބެހެއްޓި މައްސަލަ
    5. ސްޕްރިންކޯޓުގެ ފަޑިޔާރުން އެކިފަހަރު އެކިގޮތަށް އެއްމައްސަލައެއްގެ ހުކުމްތަށް ބަދަލުކުރާ މައްސަލަ
    6. އީސީން ވޯޓު އޮޅުވާލި މައްސަލަ
    7. އަހަރެމެން ދްޕްރިންކޯޓުން ހުކުމެއް ނެރުނީމަ ގަބޫ ނުުރެވުނުކަމަށް ޤާސިމުމު ބުނި މައްސަލަ. އަދިވެސް މިގަދަ ކިތަންމެކަމެެއް

  26. ބަލަ އެ ވެސް އިންސާނެއް. ބަލިވެސް ވާނެ. މަރުވެސް ވާނެ. މިހެންބުނާއިރު އަދި ނެނގެ އތަނަށް ވަދެވަޑައިގތީ މީހަކަށް ޒިޔާރަތް ކޮށްލުމަށް ނޫން ކަމެއްވެސް. މީހަކާ ޖައްސާލިޔަސް ތި ހަމަ ބޮޑު ވަރު. މީ އަންނި އެއް ނޫން ވިއްޔާ ފޭކް މައިބަދަ ސްޓަންޓެއް ޖައްސަން. ޢެއަށް ވުރެ މާ ހިތްވަރުގަދަ ބޭފުޅެއް ރައީސް ޔާމިނަކީ

  27. ލޯބިވާ ރައީސް

    ރައީސްގެ ހާލުކޮޅު ރަގަޅު ކަަމަށް އުންމީދު ކުަރަން. މާތް ﷲ މަނިކުފާނަށް ސަލަމަތަާ ރައްކަތެރިކަން އަދި ދުޅަހެޔޮ ސިއްޙަތެއް މިންވަރު ކުރައްވާށި .އާމީން.

  28. 2 ގަދިއިރުވީ ތަފްސީލް ނުލިބޭ....

  29. ޚޮން ތަފްސީލު އަންނަނީ ؟ އެޑްމިޓްކުރީތަ

  30. އަންނިވެސް ބޭސްފަރުވާއަށް ދުއްވަނީ ގޮނޑި

  31. ބަލި ނުވާ މީހުން ތިބޭތަ

  32. މަވެސް ރައިސް ޔާމީން ގެ ދިފާއުގައި ނިކުންނާނަން

  33. ހޭބަލިވެވުންތަ ވަގުތު ވަގުންނައް

  34. ނައިބު ރައީސެއް އެބަހުރިތަ؟

  35. މިއުޅޭ ފަލާހު މެން ވެސް ބިރުން ތުރުތުރު އަޅައިގެން އަވަހަށް އަދީބު ބޭރަށް ފޮނުވަން އެގޮވަނީ އަދީބު ގޮސްފިލީމަ ޔާމީން ގެ ކަން ތަށް ފަޅާ ނާރާނޭނުން.އެހެންވެ.ތިވާނުވާ އެގެޔޭ އެންމެނަށް ވެސް.

  36. އެންދެމޭ ބޭބެ

    ރައީސް ޔާމީނު ވެރިކަމުގައި ހުންނަވާނީ ނޮވެމްބަރ 16 ވަނަ ދުވަހުގެ ނިޔަލަށް އިނގޭތޯ. 17 ނޮވެމްބަރުން ފެށިގެން ވެރިކަމާ ހަވާލު ވާނީ އިބޫ.

  37. ނަންވާނީ ޔާމީނު

    ރައީސް ޔާމީނުއަށްވެސް އޮންނަންވާނެ ދޯ ބޭރު ގައުމުތަކަށް ގޮސް ބޭސް ފަރުވާ ކުރުމުގެ އިޚްތިޔާރު. ކަލޭމެން ޔާމީނުއާ އަޅައިގަނެގެން ނެއްޓެން ނޭންގޭންޏާ ވާހަކަ ނުދައްކާ ހަނުހުރޭ!!!

  38. ޜައީސް ޔާމީންވިއްޔާ ބައްޔެއްވެސް ވެގެން ނުވޭ
    ޑޮކްޓަރެއްވެސް އައިސްގެން ނުވޭ ރާއްޖޭގެ ރައްޔިތަކަައްވެސް ޥެގެން ނުވޭ ރަގަޅު އެއްވެސް ސިފައެއް ހުރެގެން ނުވޭ އެއްވެސް ބައެއްގެސަޕޯޓެއްލިބޭކަށްނުޖެހޭ މިއީ ބޮޑުވަރު ގާމު ވެރިކަން ބޭނުންވިޔަސް

  39. ޢަދީބުވެސް ބޭސްކުރަނީ ރާއްޖޭން!

  40. ބޭސްފަރުވާއަށް ރާއްޖެއިންބޭރަށްފޮނުވަންވާނީ އެއްކަލަފައިސާކޮޅު ސަރުކާރަށްދިނުނަށްފަހު..

  41. ރައީސް ޔާމީން ދިވެހިރައްޔިތުންނަށް ދެއްވި ވަރުގަދަ އަނިޔާތައް.
    1- ވިއްސާރަ ދުވަސްދުވަހު ހުޅުމާލެ،ހުޅުލެ އަށް ދަތުރުކުރަން ރައްޔިތުންނަށް ދަތިވާތީ ބުރިޖެއް އަޅާދެއްވުން.
    2-ރައްޔިތުން ބޭސްފަރުވާއަށް ރާއްޖެއިންބޭރަށްދާނއޖެހޭތީ އެކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ދަތުމަވަންތަހޮސްޕިޓަލް އެޅުއްވުމާއި،އެހެނިހެން ހޮސްޕިޓަލް ތަކުގެޚިދުމަތް ރަގަނޅުކުރުމަށް މަސައްކަތް ކުރެއްވުން.
    3-ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ހުޅުމާލޭގެ2ވަނަފިޔަވަހި ހިއްކަވާ ތަރައްޤީކުރައްވަން ފެއްޓެވުން.
    4-ހިއްކަންބޭނުންވާ ބިންހިއްކުމަށް ބިޔަ ކޮންނަބޯޓެއް ބަންނަވާ ބޭނުންކުރަން ފެއްޓެވުން.
    5-އެކިސަރަހައްދު ތަކުގައި އެެއާޕޯރޓް ތައްހެއްދެވުން.
    6-ގިނަރަށްތަކެއްގައި ފެނާއި ނަރުދަމާ އެޅުން.
    7-އާބަނދަރުތައް ހައްދަވާދެއްވުމާއި ބަނދަރުތައް ތަރައްޤީކޮށް ދެއްވުން.
    މީގެ އިތުރުން އަދިވެސް ވަރަށްގިނަ އަނިޔާތައް.
    މަތްﷲ،ރައްޔިތުން ބަލައިނުގަނެ އަނިޔާކަމުގައިދުއް މިހެޔޮކަންތައްތަކުގެ ދަރުމަ އެމަނިކުފާނަށްމިންވަރުކުރައްވާށި.އާމީން.

  42. އޭ މީސްތަކުންނޭ، ތިޔަވާނީ ރުބޭލުއާ ތެޔޮދަމާ އިއްޒަތްތެރި މެމްބަރާ 2 މީހުންވެގެން ޔާމީނުގެ ވޮށި ދުއްވާލީކަމަށް! ސެނަހިޔާގައި ބޯކޮށް ފަރުވާދޭކަމެއް އެއީ، ވޮށީގެ ވަރަށް ހާއްސަ ޑަކުަޓަރުން ތިއްބަވާނެ!

  43. ޚޮންމެ މީހަކުވެސް ބަލިވާނެ އަދި ބޭސްވެސް ކުރަންޖެހޭނެ. މައްސަލައަކީ ތިބައިގަނޑަށް އެކަން އެނގުނީ އަދިކިރިޔާ ކަމަށްވާކަން. އަދީބަކީ އިންސާނެއް ނޫންތަ އޭނައަކަށް ލިބެންޖެހޭ އެއްވެސް ހައްޤެއް ނޯއްނާނެ ކަމަށް ބުނީ ތި ޔާމީނެއްނޫންތަ. ދެން ކޮން ބޭކާރު ވާހަކައެއް ތި ދައްކަނީ

  44. ރައީސް ޔާމީން ވީމަ ބަލިވެގެން ޑޮކްޓަރަށް ދައްކައިގެންވެސް ނުވަނީތަ. ބަލަ އެވެސް އިންސާނެކޭ، މޮޔަ ގޮވިއަސް ތީ ބޮޑުވަރު

  45. މުސލިމް ގައުމެއްގެ ރައީސް ކަމަށް މަކަރާއި ހީލަތުން އަރައިގަންނަ މީހުނަށް މިދުނިޔޭޔަ ޢަޒާބެއް ނުލިބުނަސް ސުވާލު ވެވޭނެ ދުވަހެއް އަންނާނެ ޖަވާބް ދާެީ ވާންޖެހޭނެ ކޯޓަކުން ކުރާ ހުކުމަކުން މީހަކު މައުސޫމެއްނުވާނެ ވައްކަން ނުކުރާ ކަމަކަށްވެސް ނުވާނެ މިދުނިޔެމަތީގަ ތިހެން ކުރާ ހުކުމަުން ސަލާމަިތް ވެވެޔނީ

  46. ރައީސް ޔާމީނު ވީއާ ބަލިވެސް ނުވާނެ ދޯ. ތި ބާގަނޑު ކިހިނެއް ވެގެން ތަ ތިއުޅެނީ. އެވެސް އިންސާނެކޭ. ޔާމީނުވެސް ބަލިވާނެނު. ޔާމީނަން ވެސް ޑޮކުޓަރައް ދިއުމުގެ ހަގު ލިބިގެން ވޭ އަދި ރާއްޖޭން ބޭރައް ދިއުމުގެ ހައްގު ވެސް ލިބިގެން ވޭ. ރައީސް ޔާމީން އަކީ އައްނި ކަހަލަ ފިޑިއެއް ނޫނޭ ބޭރައް ފިލާގެން ދާކައް. އެ ގަޓުހުރި ރައީސް އެއް. މަވެސް ރައީސް ޔާމީނު ގެ ދިފާއުގާ ނުކުއްނާނަން.

  47. ރައީސް ޔާމީން ވިދާޅުވީ އަދީބު ދޫކޮށްލުނަމަ މަގުތައް ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމުގައެވެ.

    އަދިވެސް 150 ވަރަކަށް މިލިއަން ޑޮލަރު ގެއްލިފައިވާކަމަށާއި އޭނާ ދޫކޮށްލިނަމަ އެ ފައިސާ ހަރަދު ކުރެވިގެންދާނީ އެފަދަ ކަންކަމަށް ކަމަށާއި ދިވެހިރާއްޖެއަކީ މާއްދިއްޔަތަށް ގެއްލި ހަލާކުވެފައިވާ ތަނެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިކަމާ ބޮޑަށް މި ބިރުން ހީބިހި ނަގަނީ

  48. އަޅަމެންގެ ވެރި ރައްބު
    އިބަ ﷲ އަޅަމެން ނަށް މިންވަރު ކޮއްދެއްވާ ފައި މިވާ މުސްލިމު ވެރިޔާ އަށް ދުޅަހެޔޮ ސިއްޙަތެއް މިންވަރު ކޮއްދެއްވާ މިވެރިޔާ އާއި އިދިކޮޅު އެއްމެހައި ފަރާތްތަކުގެ ދުލާއި އަތުގެ ނުބައި ކަމުން އިބަ ﷲ އަޅަމެންގެ މި މުސްލިމު ވެރިޔާ ރައްކައުތެރި ކުރައްފާނދޭވެأمين

  49. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ވަރެއްގެ ބޭފުޅެއް އަދި ނެތް .

  50. ބާކީ މިއޮއް 9 ދުވަހު ތިޔަކަހަލަ އެތައް މަންޒަރެއް ފެންނާނެ

  51. ތިކަލޭގެ އަނެއްކާ ސޮއްސާލީކީ ނޫން މީވަރަށްވާހަކަ

  52. ޔާމީން އަކީ ގަދަރައީސެއް