ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންކުރަން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ގޮވާލައިފިއެވެ.

މިއަދު ފަލާހް ކުރި ޓްވީޓެއްގައި ވިދާޅުވީ ކާނަލް ނާޒިމަކީ އެންމެ ފުރަތަމަ އިންސާފުލިބި މިނިވަންވާން ޖެހޭ ބޭފުޅާ ކަމަށާއި އެކަން ކަމާބެހޭ ފަރާތްތަކުން އަވަސް ކުރަން ޖެހޭ ކަމަށެވެ.

ފަލާހް ކުރި އިތުރު ޓްވީޓެއްގައި ވަނީ އަދީބަށް ހަމަހަމަ ކަމާއެކު އިންސާފު ލިބި މިނިވަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ރިޔާސީ އިންތިހާބުން ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ ރާގު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން ޕީޕީއެމްގެ އިތުރުން މެމްބަރުންތަކެއް މިއަދު ވަނީ އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް ގޮވާލާފައެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި 11 އަހަރުގެ ޖަލު ޙުކުމެއް އޭނާ އަށް އިއްވީ 2015 ވަނަ އަހަރު އެވެ. ނާޒިމް މިވަގުތު ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެ އިން ބޭރުގައެވެ.

ކޮރަޕްޝަންގެ ތަފާތު އެކި މައްސަލަތަކާއި ގުޅިގެން އަދީބުގެ މައްޗަށް މިހާތަނަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދީބުގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން އޭނާ ރާއްޖެ އިން ބޭރަށް ފޮނުވައިދިނުމަށް އަދީބުގެ އާއިލާ އިން މީގެކުރިން ވަނީ ސަރުކާރުގައި އެދިފައެވެ. ނަމަވެސް ސަރުކާރުން ވަނީ އަދީބަށް ރާއްޖެ އިން ބޭރަށް ދެވޭނީ ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ބިރުވެތިވާ މީހާ

  ދެފައިގަ ހިފާފަ މިބުނީ ކަލޯ ފަލާހޫ ކަލޯ އަގަ މަޑުން ލައިގެން ހުރެބަލަ. ކޮން ބަލާވެރިކަމެއް ކަލޯޔަކަ. ކަލޯތީ ނިކަން ރީތިކޮށް ހަރާމްފައިސާއިން ބައިއަޅައިގެން ހުރި ސޮރެކޭ. ކަލޯޔާވެސް އެބަ ދިމަކުރޭ ދިވެހި ހަވަރު. ތައްޔާރުވެގެން ހުރޭ. މީ ވަރަށް ވާހަކަޔޭ ކިޔާފަ އަގައި ފޮނު އަރުވާނީކީއެއްނޫން. މިކަން ކުރާނަން. މާލޭގެ ހަ އަވަށުގަ ގަން ހިންގުވާނަން ތިޔަ ހުރިހާ ސޮރުން.

  • ޙައްގުބަސް

   އަސްލު ފަލާހު އެކިޔަނީ ރަގަނޅު އެއްޗެއް!! ކާނަލް ނާޒިމާ އަދީބުވެސް ދޫކޮށް މިނިވަންކުރަންޖެހޭ!! ދެން ތިބިއްޔާ ތިބި ބަޔަކުވެސް މިނިވަންކުރަން ޖެހޭ!! ވަކިން ޚާއްސަކޮށް ރައިސް ޔާމީންގެ ސަރުކާރުގައި އެކި ކުށްކޮށްގެން ގަވާއިދާއި ގާނޫނީ ހަމަތަކުގެތެރެއިން ޖަލަށްލާފައިވާ ހަމަ އެންމެންނދޫކޮށް ޖަލު ހުސްކުރަންވީ!! ވަކި ކާނަލް ނާޒިމާ އަދީބު ދޫނުކޮށް ބައިތިއްބާކަށް ނުޖެހޭ!! އެމީހުންވެސް ކުރީ ކުށް!! މައުމޫނުވެސް ކުރީ ކުށް!! ނަޝީދުވެސް ކުރީ ކުށް!! ޢިމްރާނުވެސް ކުރީ ކުށް!! އަދި ގާސިމްވެސް ކުރީ ކުށް!! މަޖްލީހުގެ ބައެއް މެމްބަރުންވެސް ކުރީ ކުށް!! މިރާއްޖޭގެ ގާނޫނުތަކުގެ ދަށުން މިމިހުނަށް އަދަބު ލިބިފައިވަނީ!! މިއެންމެން ފަޓާސް ބަރިއެއްހެން ހަފްތާއެއްތެރޭ ހުދު މާވަހަރަށް ހަދާފަ މަގުމައްޗަށް އަނެއްކާވެސް ޗަރުކޭސް ކުޅެން ދޫކޮށްލި ގޮތަށް ކާނަލް ނާޒިމާ އަދީބުވެސް މިނިވަން ކުރަންޖެހޭ!! ދެން ބިރުވެތިވާ މީހާގެ ނަމުގައި ކޮމެންޓްކުރި ފަރާތަށް ބުނެލަން އޮތީ އެއްކަމެއްވެސް ނުކުރެވޭނެ!! ގަދަބަސް ނުބުނޭ!! މިރާއްޖޭގެ ގާނޫނުތަކަކީ އެބަޔަކު ބޭނެންވާއިރަކު ބޭނުންވާ ގޮތަކަށް އޮޅާލެވޭ އެއްޗެއް!! ގަން ހިންގަންޖެހޭ މީހުން ޙަގީގަތުގައި ރާއްޖެއިން ބޭރުގައި ފިލައިގެން ތިބެފަ އިހައްދުވަހު އެއައީ!! މިރާއްޖޭގައި ކޮރަޕްޝަންވެސް ހިންގަންވީ!! ފަނޑިޔާރުން ވަގަށްވެސް ނަގަނީ!! ވާކަމެއް ނެތް!! މިކަންކަން ކުރާ މީހުންނަކީ ހީރޯއިންނަށް ފަހުން މިބަދަލުވަނީ!! ދެންކޮން ބިރެއް!! ކޮންޖެހިލުމެއް!! ހުރިހާ މުައައްސަސާއަކަށް އޮތީ ކޮރަޕްޝަންވަދެފަ!! ސްޕްރީމް ކޯޓު ރައްޔިތުންގެ މަޖްލިސް ނެތް ތަފާތެއް!! ވައްﷲ އަޢުލަމް!!

 2. ކަލޯ

  ބުރޯ އަދިކިރިޔާތަ؟ ނުވަތަ ަމިއްލައަށް މޮޔވެ ދީވާނާވެ އާށޯހު ވީތަ؟

 3. ރާބެ

  ހުސް ދެފުއްކެހެރިން އަވަހޭ މިއާލާތުން ރާގު ބަދަލު ވާލެއްވެސް

 4. ހަލޯ

  ތިއުޅެނީ ގައުމު ހަލާކުގެ ތެރެއަަށް ވައްޓާލަން. ތިއީ ދޫކުރާ ވަރުގެ މީހުނެއް ނޫން.

 5. Miadhu

  ބޭސްވަރުވާއަށްގޮސް މިވަގުތު ތާއްޖެއިން ބޭރުގައި ހުންނެވި އަހުމަދިނާޒިމުވެސް ދޫކޮށްލަން ފެނޭ

 6. ރައްޔިތުން

  އަވަސްކުރޭ ޔާމީނޫ

 7. ޟީ

  ޅާރި ކެއި މީހުން ފަޅާ އަރަނީ ދޯކާދިން މީހުން ގޯނިން ބޭރުވަނީ

 8. ތުނިޔަ

  މީނަވެސް ގޯއްޗެއް ގަތޭދޯ މިދިޔަ އަހަރު!

 9. Anonymous

  ޕީޕީއެމްގެ މިގޮވެލިތައް ގޮވާ އެމްޕީ މެމްބަރުންނަކީ ހައްތާވެސް އަދީބުބޮލަށް ފައިސާތަކެއް އޮހުނު ދުވަސްވަރު އަދީބު އެމީހުންބޮލަށް ފައިސާ އޮއްސާފައިވާ މެމްބަރުންނެވެ، އެއީ އޭނަގެ އުމުރު ނާއިބުރައީސަކަށް ކުރިމަތިލެވޭ އުމުރުކަމަށް މަޖިލީހުން ފާސްކުރަން ވޯޓުހޯދުމަށް އަދި ނާއިބުރައީސަކަށް ހޮވަން ވޯޓުހޯދުމަށާއި އެވެ.، ވީމާ މިމީހުންނަށް މަޖުބޫރުވާނެ އޭނަ ޖަލުން ސަލާމަތްކުރުމަށް އަޑުއުފުލަންވެސް، އަދީބު ދިން ފައިސާގަޑުން ކޮއްމެ މެމްބަރަކަށް ބޭރުގައުމުތަކުންނާއި މާލެއާއި ހުޅުމާލެއިން ބިންތަކާއި ރޯހައުސްއާއި ފުލެޓްތައް ގަނެފައިވަނީ

 10. ޒާ

  ސިޔާސީ މާނަ ކުރާނަމަ ދެނާޒިމާއި އަދީބުވެސް މިނިވަން ކުރަންޖެހޭނެ.

 11. ޚަލީލުﷲ

  ރައީސް ޔާމީން އިންތިޚާބުން ބަލިވުމުގެ އެންމެބޮޑު ސަބަބަކީ ޔާމީނާއެކުތިބި މީހުންގެ އިޚްލާޞްތެރިކަމެއް ނެތުމެވެ. މިއަދު އެ ފެނުނީ އިޚްލާޞްތެރިކަންނެތުމުގެ ނަތީޖާއެވެ. އެމްޑީޕީ 2013 ގައި އިންތިޚާބުންބަލިވިޔަސް އަންނިގެ ގާތްމީހުން ދެފުށަށްޖެހޭތަނެއް ނުފެނުނެވެ. މަޖިލިހުގެ މެބަރުންނާ އެމްޑީޕީގެ ވެރިން ތިބިގޮތަށް އިޚްލާޞްތެރިކަމާއެކުތިބެ ހިއްވަރުކުރިއެވެ. މިއަދު އެ ފެނުނީ އެ އިޚްލާޞްތެރިކަމުގެ ނަތީޖާއެވެ. އަދީބަކީ ބޮޑުވެގެންވާ ނުރައްކާތެރި މުޖުރިމެއްކަން އަޅެފަހެ މީނަވެސް މިއަދު ހަނދާންނެތުނީހެއްޔެވެ؟