ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މެމްބަރަކަށް ރިޝްވަތު ދިން ކަމަށްބުނާ މައްސަލައިގައި ފާރިސް އާއި ދެކޮޅަށް ސިއްރުން ހުށަހެޅި ހެކިވެރިޔަކީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) ކަމަށް ބެލެވިއްޖެއެވެ.

ދައުލަތުން ފާރިސް އާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ސިއްރުން ހުށަހެޅި މެމްބަރު ވަނީ ފާރިސް އާއި އެއްކޮޅަށް ހެކިބަސް ދީފައެވެ.

އެއީ އިސްދޫ ދާއިރާގެ މެމްބަރު ކަމަށް ބެލެވުނީ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން އަމިއްލަ އަށް ދެއްކި ވާހަކަތަކުންނެވެ.

އިސްދޫ ދާއިރާގެ މެމްބަރު ކަމަށް ބެލެވޭ ހެކިވެރިޔާ ހެކިބަސްދެމުން ދިޔައިރު ކާކުކަން ހާމަވާން ފެށުމުން މައްސަލަ ބައްލަވާ ގާޒީ ހެކިވެރިޔާގެ ވާހަކަ ވަނީ ހުއްޓުވާފައެވެ. އަދި ތަކުރާރުކޮށް އެއީ ސިއްރު ހެއްކެއްކަން ހަނދާން ކޮށްދެއްވިއެވެ.

ނަމަވެސް އިސްދޫ ދާއިރާގެ މެމްބަރު ކަމަށް ބެލެވޭ ހެކިވެރިޔާ އަށް ސިއްރު ހިފެހެއްޓޭ ގޮތެއް ފަހުން ވެސް ނުވިކަން ފާހަގަކޮށްލެވެއެވެ.

މައްސަލަ ބައްލަވާ ގާޒީ މެމްބަރާއި ކުރި ސުވާލުތައް:

ގާޒީ: ދައުލަތުން ހެކިވެރިޔާގެ ނަން ހުށަހަޅާފައިވަނީ ސިއްރު ހެއްކެއްގެ ގޮތުގައި ކަމަށް ވާއިރު، ހެކިވެރިޔާ ބޭނުންވަނީ ތޯ ފާޅުގައި ހެކިބަސް ދޭން؟

މެމްބަރު: ނޫން، އަޅުގަނޑު ނަން ހާމައެއް ނުކުރަމެއް ނޫންތޯ.

ގާޒީގެ ވާހަކަތަކަށްފަހު އެއީ ކޮން މެމްބަރެއްކަން އިތުރަށް ހާމަވާން ފެށިކަން ފާހަގަކޮށްލެވެއެވެ. އެހާ ހިސާބުން ދެ ފަހަރަށް ހެކިބަސް ދިނުން ހުއްޓުވާފައި އެއީ ސިއްރު ހެއްކެއްކަން ތަކުރާރުކޮށް ގާޒީ ވަނީ އޭނާއަށް ހަނދާންކޮށް ދެއްވާފައެވެ.

އެ މެމްބަރު ހެކިބަސް ދެމުން އަހުމަދު ޝާފިއު އަކީ އޭނާގެ ބޮޑީގާޑެއް ކަމަށް ވިދާޅުވިއިރު އިސްދޫ ދާއިރާގެ މެމްބަރުގެ ބޮޑީގާޑަކަށް ވެސް ޝާފިއު އުޅެފައިވެއެވެ.

އަދި ޕެޓިޝަނުގައި ސޮއިކުރުމަށްފަހު ޕާޓީ އިން ހިތްހަމަ ނުޖެހުމުން ސޮއިކުރި ކަމަށް އިންކާރު ކުރެއްވި ކަމަށް ވެސް އިސްދޫ ދާއިރާގެ މެމްބަރު ކަމަށް ބެލެވޭ ހެކިވެރިޔާ ބުނެފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާއްވާފައި ޕެޓިޝަނުގައި ސޮއި ކުރެއްވި ކަމަށް އިންކާރު ކުރެއްވި ހަމައެކަނި މެމްބަރަކީ އިސްދޫ ދާއިރާގެ މެމްބަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އެހެންތޭ

    އެހެންވީމާ މިހާރު އެނގިއްޖެ އެއް ނޫންތޭ ގާރީ ވެސް ވަނީ ދަ ނަހަލާލު ޕެޓިޝަން ގައި ދަށުން ދަމާ ކުޅެގެން ކަޓް ޖައްސާފައި ކަން. ތަމެން ކަޓް ޖެއްސީ ކިހާ ވަރެއްތޭ ތަމެން ބުނެދީފާނަންތޭ އޭ މަމެން އަހަން ނެތީމު ދޯ.

  2. ޙައްޤްބަސް

    ޤާޒީ ކިތަންމެވަރަކަށް ސިއްރުކުރަން މަސައްކަތްކުރިނަމަވެސް ހައްޤައް ނަސްރުލިބި ޖައްބާރުން ފަލީޙަތްވެ ނިމޭނެ. ﷲ އިިރާދަ ކުރައްވައިފިނަމަ ތިބާޔާ ދެކޮޅަށް ތިބާގެ ދޫވެސް ހެކިދޭ... ﷲ އީ ޔޫސުފުގެ ފާނަށް ނިކަމެތިކަން ދޭންމަސާްކައްކަތް ކުރިމީހުން ފަޟީހަތްކުރައްވާ ނަބީކަމާއި ވެރިކަން އެކަލޭގެ ފާނަށް މިންވަރު ކުރެއްވި ޖައްބާރުވަންތަ ރަޙްމާނުވަންތަ އެއްކައުވަންތަ އިލާހު. ﷲ އެންމެ ބާރުގަދައީ ﷲ އެންމެ ބާރުގަދައީ

  3. އާޔަތު

    ގަޓޭގެ ބޯއީސްތަށް ކަޅު ކަނޑިކައެއްވެސް ހޯދަފާނެ

  4. ފެނޭދޯ

    އިއޮތީ ދިދަ ބާލާފައި. ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި ރަންރީނދޫ ޓްވިޓަރޭ މެންނަށް. ތަމެން ނަށް ފެނޭތޭ އިއޮތީ އޭ ދިދަ ބާލާފައި. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...

    • ރިޗް

      މޭން ސުރުހީ ކިޔާލަބަ

  5. ތީ ގޯސް ކަމެއް

    ބޭޒާރު ކުރަން އުޅުމުގެ ބޭނުނެއް ނެތެވެ.

  6. ޙަޤީޤަތަށްލޯބިކުރާ

    ކޮންމެއަކަސް އިސްލާމީ ޢަދާލަތުގެ ދަރުބާރުގައި ގޯސްކޮށް ކަމެއް ކުރެވިއްޖެކަން ހެކިވެރިޔާއަށް ވިސްނި ޙައްޤުގެ މަގު ޚިޔާރު ކުރިކަމަށް ޓަކައި އުފާކުރަން. މިލަމާ ގުޅިގެން އަންނަ މަޖްބޫރުތަކަށާ ޕާރޓީގެ ޢުޤޫބާތްތަކަށް ކެތްތެރިވުމަކީ އާޚްރަތް ދުވަހުން ހެޔޮ ދަރުމަ ލިބޭނެ ކަމެއް. އެދުވަހު ޕާރޓީއަކަށްވެސް ކުޑަވެގެން ކަޅުސައި ތައްޓެއްވެސް ނުދެވޭނެ. ކައްޕިއަކަށްވެސް އެއްކަމެއްވެސް ކޮށެއް ނުދެވޭނެ.

    • ހަހާ

      ކައްޕިއަށް ކަޅުސައި ދެވޭނެ.

    • ޖޮއްބެ

      އެހެންތޯ؟ އެންމެރަނގަޅަށް ބަރާބަރު ޢަދުލު އިންޞާފުން ޙުކުމްކުރެއްވީ އުއްތަމަ ގޫކާޓްބެއްޔާ އާއި ހުދު ޖަނގިޔާ ދެއްތޯ.....؟ އެދެބާޣީންވެސް އެހާ އިންޞާފުން އެ ޙުކުމްކުރީ އާޚިރަތް ދުވަހުން ލިބިދާނެ ނިކަމެތި ކަމަކަށް ބިރުންނޯލަ.

  7. މީޙުން

    ދޮގު ހެދި ދާނެ ކަމަށް ބިރު ހީޥި

  8. ޛދޖ

    ދިދަ ބޭލީމަ ކީއްކުރާނި ގައިމުވެސް ވޯޓެއް ނުލިބޭނެ ހަމަ ބޭލީ ނެގީ ލލލލލލލލލލލލލލލލލލ

  9. ޑާރޓީދިދަ

    އެއް ރަށުން އެމްޑީޕީގެ ދިދަ ބާލާ އިރަށް، އަނެއް ރަށުގެ ދިދަ އެއަށް ވުރެ އުހަށް އެނަގަނީ އެއީ ކޮން ދިދައެއްތޭ އާއް ބަލާލަން ހާދަ ލޮލަށް އުނދގޫވާ ކުލައޭ އެކޮއި ދީބަލަ ތިޔާ އޮތް ލޯ ބޮޑު ކަޅު އައިނު މަމެން އަޅާލަން އެދިދަ އަށް ބަލާލަން އޮއޮއޯ ލޯ ބޮޑު ކަޅު އައިނު އެޅީމައޭ ރަނގަޅަށް އެފެންނަނީ އެ ދިދަ އޮއޮއޯ އައިނު ނެގީމަ ނުފެނެއޭ އެހެންވީމާ އިނގެއެއް ނޫންތޭ މިދިދަ މައްޗަށް ކެއްޗާއި ހަމައަށް ނެގި ނަމަވެސް މިދިދަ ފެންނާނީ ހަމަ އެކަނި ލޯ ބޮޑު ކަޅު އައިނު އަޅާ މީހުންނަށް ނޫންތޭ. އިޓްސް ޑާރޓީ ދިދަ އެއް ނޫންތޭ އިޓްސް ޑާރޓީ ދިދައޭ ޑާރޓީ ދިދައޭ ޑާރޓީ ދިދައޭ ޑާރޓީ ދިދައޭ ޑާރޓީ ދިދައޭ އޯއް އޯއް ޑާރޓީ ފްލެގް ޑާރޓީ ފްލެގް އާއު އާއު އާއު ޑާންސް ޑާންސް ޑާންސް ޑާންސް..