އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

މުހަންމާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު 14:00 އަށެވެ.

މުހަންމާ ފުލުހަށް ހާޒިރުކުރަނީ ދައުލަތުގެ މުވައްޒަފުންނަށް ރިޝްވަތުދީގެން އެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް އެކި ގޮތްގޮތުން ނުފޫޒް ފޯރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މުހަންމާ މާދަމާ ފުލުހަށް ހާޒިރުކުރާއިރު ކުއްލި ނުރައްކަލުގެ ދަށުން އިއްޔެ ވަނީ އޭނާ ހައްޔަރު ވެސް ކޮށްފައެވެ. ނަމަވެސް ފޯނު އަތުލުމަށްފަހު މުހަންމާ ވަނީ ފަހުން ދޫކޮށްލާފައެވެ.

މުހައްމާގެ ފޯނު ހިފެހެއްޓީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު