ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލައްވަން ޤާނޫނީ ވަކީލް ހިސާން ހުސައިން ނިންމަވައިފިއެވެ.

ހިސާން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލައްވަން އޭނާ ނިންމަވާފައިވާ ކަމަށެވެ.

"އިންސާފުގެ މަގަށް ދިވެހިން ފަށާފައިވާ މަސައްކަތުގައި ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ ރައްޔިތުން ތަމްސީލް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ދެއްވާނެ ކަމަށް އުއްމީދުކޮށް އަޅުގަނޑަށް ތާއިދު ކޮށްދެއްވުން އެދެން." ހިސާން ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހަށް ކުރިމަތިލައްވަން ހިސާން ނިންމެވި އިރު މިމަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާނެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވާލާ ކެބިނެޓްގައި ބަންޑާރަނައިބު ކަން ކުރައްވަން އެންމެ ރަނގަޅީ ހިސާން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ނަމަވެސް މިހާރު ޤާނޫނު އަސާސީ އޮންނަ ގޮތުން އެއްވެސް ބޭފުޅަކަށް ވަޒީރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އެއް ފަހަރާ އަދައެއް ނުކުރެއްވޭނެއެވެ.

ހިސާން ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ލީކަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ. އަދި އޭގެ ފަހުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި އޭނާ ވަނީ އެމަނިކުފާނު ޖަލު ޙުކުމުން ސަލާމަތް ކުރައްވަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އެމްޑީޕީ އާއި އިދިކޮޅު އިސް ފަރާތްތަކުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ފާއިތުވި ފަސް އަހަރު އެންމެ ގިނަ މަސައްކަތް ކުރެއްވި އެއް ބޭކަނބަލަކަށް ވެސް ހިސާން ވާނެއެވެ.

ހިސާން ތުޅާދޫ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލައްވަން ނިންމެވި އިރު މިހާރު ތުޅާދޫ ދާއިރާގެ މެންބަރަކީ ނާޒިމް ރަޝާދު އެވެ. ތުޅާދޫ ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ތުޅާދޫ އަކީ އެމްޑީޕީގެ ސަޕޯޓް ބޮޑު ރަށެކެވެ. އެހެންކަމުން ތުޅާދޫ ދާއިރާގެ މަޖިލިސް ގޮނޑިއަކީ "އެމްޑީޕީ އަށް ޔަގީން ގޮނޑިއެއް" ކަމަށް އެދާއިރާގެ ގިނަ ރައްޔިތުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ރައްޓިހި

    ވަރަށް ދެރަ. އެޓަރނީ ޖެނެރަލް ކަމަށް އަންނާނެކަމަށް ވަރަށް އުއްމީދު ކުރިން. ވަރަށް ރަގަޅު ވަރަށް ހިތްހެޔޮ ކަމަނާއެއް. ތިކުރައްވާ ކަންކަމުންވެސް ކާމިޔާބު އެދެން.

    • މީވާވަރަކީ

      ކޮބާ ނާޒިމްރަޝާދު. އޭނަ ޕޕމގަ ހުއްޓަސް އެއީ މޑޕ މީހެއް. މިހާރުވެސް މަސައްކަތްކުރަނީ މޑޕއާއެކު.. ރޔާމީނަށް އޭނަގެފަރާތުން އެއްވެސް އެއްބާރުލުމެނުދޭ. ޕޕމގެ ވިޕްލައިނާ ދެކޮޅަށް ވޯޓުދިނީމަ އެކަމުގެ އަގުވެސް މޑޕނުދެނީތަ. ތުޅާދޫއަށް މިފަސްއަރު ކޮއްދިންކަމެ ކޮއްދިނީ ނަޒިމުގެ ޖީބުންދޯ. ތިނަދޫ މެމްބަރުން ބުނާގޮތަށް. ﷲކަލޭމެންގެ ޖަޒާ ލަސްތަކެނުވެ ދައްކަވާށި..

  2. ޅޯޅާ

    ޅޯޔަރ ކިޔާވާފަ މަހައް ދާންވީނުން...... ހިސާން ހުސެއިން ވ ވ ވ ސަލާން....

  3. ކަޑައޭ

    ތުޅަާދޫގަވެސް އެބަތިބި އެތަށް ދުވަސް ވަންދެން އިސްލާހަށް މަސައްކަތްކުރި ބަޔަކު. އެމީހުންގެ ތެރޭގައިވެސް ތިޔަ ވިސްނުންހުރި ބަޔަކު އެބަތިބި. މިހާރުވެސް ތިކަމަކާހުރެ ތުޅާދޫ އެމްޑީޕީ ތެރޭގަ ހިޔާލު ތަފާތުވުން ވަނީ އުފެދިފަ.

  4. ހެހެ

    މާ ރަނގަޅުވެގެން ހިލޭ ސާބަހައް ވަކީލު ކަން ކޮށްދޭސަބަބު މި އެނގުނީތާ!

    ރަތް ފުއްޕާހަމުގެ ގުރޫޕް މީހުން މިމަޤާމުތަކަށް ހޮވުމަކީ ކުރެވޭ މޮޔަކަމެއް!

  5. ޒީޔާދު

    ތިދެން ހަމަ އަމާލް ކުލޯނީ ވިއްޔަ، މަގޭ ވޯޓު ހަރާމްކޮށްފިން، އޭދަފުށި ދާއިރާއަށް ލައިގެން ވީފޭލިދޯ.

  6. އަހްމަދު

    ބައިއަޅަމުންދިޔައިރުލަށްވާނުލީ ދެއްތޯ ދާއިރާތަށް ބަހާއިރު ތިޔަސާއިރާ އެމްޑީޕީއަށް ލިބޭކަން ޔަގީންތޯ ކޯޅޭޝަނެއްގަވީއްޔާ ވަރަށްގިނަ ކަންކަން ދިމާވާނެ

  7. އަލީ

    އެއްވެސް އެއޗެއް ދަންނަމީހެއްނޫން! ކުއްވެރިންތަކެއް ދޫކޮށްލީ މީނަގެ މޮޅުކަމަކުންނޫން! ފަނޑިޔާރުން ވަޔާއެއްކޮޅަށް ދުއްވަންފެށިައި!

  8. ނަގޫ މަދު

    ލަދެއް ނިގަނޭ ބާ؟ރައްޔިތުންގެ ގާތުގައި އާދޭސް ކުރާތާ މިއީ 3 ވަނަ ފަހަރެވެ.

  9. އަހްމަދު

    ބައިއަޅަމުންދިޔައިރު ކެބިނެޓުން މަގާމެއްލަށްވާނުލީ ދެއްތޯ ދާއިރާތަށް ބަހާއިރު ތިޔަސާއިރާ އެމްޑީޕީއަށް ލިބޭކަން ޔަގީންތޯ ކޯޅޭޝަނެއްގަވީއްޔާ ވަރަށްގިނަ ކަންކަން ދިމާވާނެ

  10. ޓިމް

    ތީނަ ކުރީފަހަރު ލައިގެންވެސް ވީ ފެއިލް
    ދެންވެސް ވާނީ ފެއިލް
    ވަރަށް ސަލާމް

  11. މުހައްމަދު އަހްމަދު

    ވަރަށް ރަނގަޅު.. އެންމެ ދާއިރާއެއްވެސް ބާޣީންނަށް ދީގެން ނުވާނެ...

  12. ރައްޔިތުން

    މަރުހަބާ ހިސާން

  13. އަހަންމަދު

    ހިސާނު ހަސަނުދޯ. އަޅެ މިގޮއްޔެ އުޅެގެން އެއްވެސްމައްސަލައެއް ކާމިޔާބުކުރިކަނން ދަންނަ ކޫދަކު އެބަހުރިތޭ ؟

  14. ސޯލިހު

    ކުރީގަވެސް ކުރިމަތިލައިގެން ފެއިލްވެފް ހުރި މީހެއް މިއަތޮޅަކުން ހިސާނުހުސޭނަށްނަކަށް ވޯޓެއްނުލިބޭނެ ވަރަށްސޮރީ

  15. ޢަބްދުﷲ

    ޙިސާން ޙުސައިނަށް މަރްޙަބާ!

    ޤާނޫނުހަދާ މަޖިލީހުގައި ތިބެންވާނީ، ޤާނޫނު ކިޔަވާފައިވާ ނިޔަތް ރަނގަޅު، ބޭފުޅުންނެވެ. މިހާރުވެސް އެމަޖިލީހުގައި ޤާނޫނު ކިޔަވާފައިވާ ނިޔަތް ރަނގަޅު، ބޭފުޅުން އެބަތިއްބެވިއެވެ.

  16. އިންސާފް

    ޙިސާން އަކީ ތުޅާދޫ އާއިލާއެއް މާލެ ގައި ބިކަކޮށްލި އަންހެނެއް. ޙެޔޮނުވާނެ ވޯޓު ދޭން