މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން މާލެ އާއި ހުޅުމާލެ އާ ދެމެދު ދެމުން ގެންދާ އާންމު ފެރީގެ ހިދުމަތް ހުއްޓާލުމަށް ނިންމައިފިއެވެ.

އެމްޓީސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މާލެ އާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ އާންމު ފެރީ (ނޯމަލް ފެރީ) ގެ ޙިދުމަތާއި މާލެ އާއި ހުޅުމާލެ އާއި ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ޙިދުމަތާއި މާލެ އާއި ހުޅުލެ އާއި ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ޙިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާއި އެކު 5 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ ދަންވަރު 00:00 އިން ފެށިގެން ހުއްޓާލާނެ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

އެމްޓީސީ އިން ވިދާޅުވީ އާންމު ފެރީ އާއި އެކްސްޕްރެސް ލޯންޗްގެ ޙިދުމަތް ހުއްޓާލެވުނު ނަމަވެސް މި ކުންފުނިން މާލެއާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ ޕްރިމިއަމް ފެރީގެ ޙިދުމަތްތައް މިހާރެކޭވެސް އެއްގޮތަށް ކުރިޔަށް ގެންދެވޭނެއެވެ.

އަދި މީގެ އިތުރުން ހުޅުމާލޭގައި ދެމުން ގެންދާ ބަހުގެ ޙިދުމަތްތައްވެސް ޝެޑިއުލްއާއި އެއްގޮތަށް ކުރިޔަށް ގެންދެވޭނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއްވައެވެ.

ޝެޑިއުލްތަކަށް އަންނަ ބަދަލުތައް ކުންފުނީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާއި ޙިއްސާކުރެވިގެންދާނެ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.

މާލެ – ހުޅުމާލެ އާންމު ފެރީގެ ޚިދުމަތް ހުއްޓާލަން އެމްޓީސީސީ އިން ނިންމިއިރު ސިނަމާލެ ބުރިޖު ހުޅުވި ފަހުން ފެރީ ބޭނުންކޮށްގެން ހުޅުމާލެ އާއި މާލޭގެ ދެމެދުގެ ދަތުރުތައް ކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަލިފުތާ

    ދެން ހާދަ ދެރަ ޚަބަރެކޭ... އަހަރުމެން އޮފީހަށް ދާނީ ވެސް ދެން ކިހިނެއް.. އަގުބޮޑު ފެރީން ދޯ.. ސައިކަލް ނުގަނެވޭ ވަރުގެ ކުޑަ މުސާރަ ލިބޭ މީހުންނަށް ދޯ މިކަމުން ވެސް ދެރަގޮތް މިވަނީ.. އިތުރަށް ޚަރަދު ބޮޑުވީ..

    ބަސްވެސް އޮންނަނީ ކީނޫން މިހާރު... ސަހަރޯ.. ދެރަކަމުގެ ހައްދެއްވެސް ނެތް... ކޮންމެ ދުވަހަަކު 20 ރުފިޔާ ދިނުމަކީ ބޮޑު ބުރައަކަށް ވާނެ އަހަރުމެން ކަހަލަ ނިކަމެތީންނަށް...

  2. ގޯޕީ

    މުޅި ގައްމު ދޮވެލާފަ ގުނަޑާޔާމީނުގެ އައްވާނުން އެތިބީ

  3. އަސްލުހާލަތު

    ބުރިޖަށް ޓޮލް ނަގަން ގެށީމަ އަންނަ ބަދަލަށް ބަލާފަ ހުއްޓާލުން މުހިންމު..

  4. ޓިނޭ

    ޒިޔަތުގެ ހުރި އަމިއްލަ އެދުން ބޮޑުކަމުން ވާ ގޮތް ހަމަ. އަމިއްލަ ބޭބެ މީހަކަށް ނުވި މީހަކަށް ކޮން ކުންފުންޏެއް އޮންނާނީ

  5. ޙދގަ

    މިހާރުވެސް ފެރީގަ ދާންޖެހެނީ އެމްޓީސީސީން އެމްޕީއެލް ބަސް ސްޓޭޝަނަށް ދާން އޮންނަ ރޫޓް ދިގުކަމުން ފެރީގަ ދާން އަވަސްވާތީ. މުޅިއަކު އެބަ ހުއްޓާ 15 ތަނަށް. 13 މިނެޓް ނަގާ ސްޓޭޝަނަށް ދާން. ދާއިރު މާލެ ދާ ބަސް އޮންނަނީ ނައްޓާލާފަ. ޢަނެއްކާ 20 މިނެޓް މަޑުކުރަންޖެހޭ. އެމްޓީސީސީ އަށް ގުޅާފަވެސް މިވާހަކަ ކިޔައިދީފިން. އާންމުންނަށް ލުއިފަސޭހަ ކޮށްދޭން ހިދުމަތެއްދޭން އުޅޭ ބަޔަކަކު އުޅޭތަނެއްހެން ހިޔެއްނުވޭ. ޢަޅާވެސް ނުލި. އަޅެ 2 ހިސާބަށް 2 ބަސް ބާއްވާލިއްޔާ ވާނީ ކީއްތަ

  6. ޑިރާސާ

    ސައިކަލުގައި ކޮތަޅެއް ވެސް ނުގެންދެވޭ ބްރިޖުން ، ބްރިޖު ބަލަހައްޓާ ފުލުހުން ބުނަނީ ތަންކޮޅެއް ގިނައިން އެއްޗެއް ހުރި ކޮތަޅެއް ހުފައިގެން ދިޔއީމަ ބުނަނީ އަނބުރާލައިފައި ދާން. އެންމެ ކުޑަ ފޮއްޓެއް ހިފައިގެން އެއަރޕޯރޓަށްވެސް ދާން ޖެހެނީ ފެރީގައި، ބަހަށް ލަގެޖް ނޭރުވޭ. ބްރިޖާއި އަލަށް ހަދައިފައި އޮތް މަގު ބޭނުން ކުރަން ޖެހެނީ މިއުޅޭ ބާރު ސްޕީޑުގައި ދުއްވާ ޒުވާނުން އެކަނީ. ދިރިއުޅުމަށް ބުރަކޮށް ، މާލެއިން ހުޅުމާލެއަށް ގޭތެރޭ ބޭނުންކޮއްލާ އާލާތެއް ގެންދަން ޖެހުނަސް އިރު އޮއްސެންދެން މަޑު ކުރަން މިޖެހެނީ. ވަރުގަދަ ބްރިޖެއް ތިއޮތީ.. ފެރީ އެއްކޮށް ހުއްޓާލުން ނުފެނޭ

  7. ޒަހޫ

    ވާހަކަ ނުދައްކާ. ދުވާލަކު 1 ދަޅު ރެޑްބުލް އާއި، ކޮފީއަށް ބިޓަށް ޚަރަދުކުރަން ފައިސާ ހުރެފައި، ސިނގިރޭޓަށް ޚަރަދު ކުރާން ފައިސާ ހުރީމަ އެންމެ 10 ރުފިޔާ ދުވާލަކަށް ބޮޑެއް ނޫން. ނަގަންވީ 10 އެއްވެސް ނޫން. 60 ރުފިޔާ ނަގަންވީ

    • ކަޅުސޮރު

      ދޯ.. ޒަހޫ މެންނަށް ތުއި ދެއްކެން ވިއްޔާ އެކަން ކުރަނީ.

  8. ތުގުވަ

    ހުއްޓާލަން އަދި ތަންކޮޅެއް އަވަސްކަންނޭނގެ. ބްރިޖަށް މިހާރު ބާރުބޮޑު މިވަނީ ހިލޭ ދަތުރުކުރެވޭތީވެ. ދުވަސްކޮޅަކުން ފީ ނަގަން ފެށީމަ ވާގޮތެއް ބަލައިލާފައި ހުއްޓާލަން ރަނގަޅުކަންނޭނގެ. މިވަގުތަށް އިހަށް މުޅިން ހުއްޓާލުމުގެ ބަދަލުގައި ފެރީތައް ތަންކޮޅެއް މަދުކޮށްލުން ރަނގަޅުވާނެ. މިސާލަކަށް ކޮންމެ ބައިގަޑިއަކުން ނުވަތަ ސާޅީސް ފަސް މިނެޓަކުން ފެރީއެއްގެ މަގުން.

  9. ނައީމު

    ދެން ތި ވިލިނގިލި ފެރީތަކުގެ ފެންވަރު ރަނގަޅުކޮށް ގަޑި އިތުރު ކޮއްބަލަ. ތަތްތެޅިގެން ޑިއުޓީއަށް މިދަނި ފެރީގަނޑު ހޫނުގަދަ ކަމުން.